Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަގާމުން ވަކިކުރާ ފުލުސް އޮފިސަރުންގެ މައްސަލަ

ވަކިކުރަން ނިންމި ފުލުހުންގެ ފަސް އޮފިސަރަކު ކޯޓަށް

އޮފިސަރުންކުރެ އެއްވެސް އޮފިސަރަކަށް އަމިއްލަ ދިފާއުގައި ބަސްބުނުމަށާއި، ޖަވާބުދާރީވުމުގެ ފުރުސަތު ލިބިފައިނުވާކަމަށް ވަކީލުން ބުނޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 6 އޮކްޓޯބަރު 2021 | ބުދަ 14:19
"އޮޕަރޭޝަން ބްލޫ ރޭ"ގެ ބްރީފިންގގެ ތެރެއިން

"އޮޕަރޭޝަން ބްލޫ ރޭ"ގެ ބްރީފިންގގެ ތެރެއިން

ޕޮލިސް ބޯޑުން ވަކި ކުރަން ނިންމާފައިވާ ފުލުހުންގެ 7 އޮފިސަރުންގެ ތެރެއިން ފަސް އޮފިސަރުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.

ފުލުހުންގެ ގާނޫނަށް ގެނައި ބޮޑެތި އިސްލާހުތަކުގެ ތެރެއިން އެއް އިސްލާހަކީ ފުލުހުންގެ ބޯޑެއް އުފެއްދުމެވެ. މިބޯޑުން ފުލުހުންގެ ލީޑަރޝިޕްގައި ތިއްބަވަނީ ގާބިލް ބައެއްތޯ ކަށަވަރުކުރަންޖެހެއެވެ. އެގޮތުން އެގާނޫނަށް އަމަލުކުރަން ފަށާތާ 4 މަސް ދުވަހުގެ ތެރޭ ފުލުހުންގެ އިދާރާ އިސްލާހުކުރުމުގެ މަސައްކަތް ނިންމުމަށް ގާނޫނުގައި ބުނެފައިވެއެވެ. ގާނޫނުގައިވާ ގޮތުން ކޮމިޝަންޑް އޮފިސަރުންގެ ތެރެއިން ކޮމިޝަނަރ އޮފް ޕޮލިސް ފިޔަވައި، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްއިން ފެށިގެން މަތީ ރޭންކުގެ ކޮމިޝަންޑް އޮފިސަރުން، ފުލުހަކަށް ވީތީ އެމީހަކަށް ލިބިފައިވާ ގާނޫނީ ބާރާއި އިޚްތިޔާރު ނަހަމަ ގޮތުގައި ބޭނުންކޮށް، ލާއިންސާނީ އަނިޔާވެރި އަމަލެއް ނުވަތަ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭތޯ ބޯޑުން ބަލަން ޖެހެއެވެ.

އެގޮތަށް އެ ބޯޑުން ކުރި މަސައްކަތުގައި 7 އޮފިސަރަކު މަގާމުން ވަކިކުރުމަށް ނިންމައި, ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދަށް, އެކަން ތަންފީޒުކުރުމަށް ފޮނުވާފައިވަނީ ނިމިގެންދިޔަ އޮގަސްޓްމަހުގެ 9 ވަނަ ދުވަހުއެވެ. މިހާތަނަށް އައިއިރު ސީޕީ ނިންމަވާފައިވަނީ އޭގެތެރެއިން ދެ އޮފިސަރަކު މަގާމުން ވަކިކުރުމަށެވެ. އެއީ އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރ މުޙައްމަދު ޖަމްޝީދާއި އެސިސްޓެންޓް ކޮމިޝަނާ އަޙުމަދު މުހައްމަދު (ޓޫފޯ)އެވެ. އެ ދެ ބޭފުޅުން މަގާމުން ވަކިކުރުމުގެ އިޖުރާއަތްތައް ވަނީ ފަށާފައެވެ.

ފުލުހުންގެ އޮފިސަރުންތަކެއް މަގާމުން ވަކިކުރަން ނިންމުމާއި ގުޅިގެން އެ ދެ ބޭފުޅުންވެސް ހިމެނޭ ގޮތަށް ސިވިލް ކޯޓަށް 5 އޮފިސަރުންގެ ފަރާތުން ވަނީ މައްސަލަ ހުށަހަޅުއްވާފައެވެ. ދެން މިމައްސަލަ ހުށަހަޅުއްވާފައިވާ ތިން އޮފިސަރުންނަކީ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްމާޢީލް ޝަމީމް އާދަމް އާއި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް އަދި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ދާއޫދުއެވެ.

އެ މައްސަލައާ ގުޅޭ ގޮތުން 5 އޮފިސަރުން ތަމްސީލުކުރާ ދިވެހި ޗެމްބަރސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ, އެ އޮފިސަރުންކުރެ އެއްވެސް އޮފިސަރަކަށް އަމިއްލަ ދިފާއުގައި ބަސްބުނުމަށާއި، ޖަވާބުދާރީވުމުގެ ފުރުސަތު ލިބިފައިނުވާ ކަމަށެވެ.

އެކަމުގެ ސަބަބުން އޮފިސަރުންގެ ދުސްތޫރީ އަދި ގާނޫނީ ހައްގުތަކެއް ގެއްލިފައިވާކަން ބަޔާނުގައި ވަކީލުން ފާހަގަ ކޮށްފައިވެއެވެ. ސިވިލް ކޯޓަށް ހުށަހެޅީ އެ ސަބަބާއި ފިޔަވަޅު އެޅުމުގައި ގާނޫނީ ގޮތުން ބޮޑެތި ފުށުއެރުންތަކެއް އިޖުރާއީ ގޮތުން ވެސް ހުރުމާއެކު ކަމަށް ބަޔާނުގައިވެއެވެ.

މިމައްސަލަ މިހާރު ވަނީ ސިވިލް ކޯޓުން ބަލައިގަނެފައިކަމަށްވެސް ވަކީލުންގެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން ވަކީލުން ވަނީ މި މައްސަލާގައި ވަގުތީ އަމުރަކަށްވެސް އެދިފައެވެ. އެގޮތުން ޝަރީއަތުން ގޮތެއް ކަނޑައެޅުމުގެ ކުރިން އޮފިސަރުން ވަޒީފާއިން ވަކިކުރުމާގުޅޭ އެއްވެސް ކަމެއް ނުކުރުމަށާއި، ވަޒީފާ އަދާކުރުމުގެ ހައްގަށް ހުރަސްއެޅިދާނެ އެއްވެސް ކަމެއް ނުކުރުމަށް ފުލުހުންގެ އިދާރާއަށާއި ފުލުހުންގެ ބޯޑުގެ މައްޗަށް އަމުރުކޮށްދިނުމަށް އެދިފައިވެއެވެ.

ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުގައި ބާކީ ތިބި ދެ އޮފިސަރުންކަމުގައިވާ އެސިސްޓެންޓް ކޮމިޝަނާ ފަރުހާދު ފިކުރީ އާއި ޗީފް ސުޕްރިންޓެންޑެންޓް އަޙުމަދު ޝުހާދު ބައިވެރިއެއް ނުވެއެވެ.

ފުލުހުންގެ ބޯޑުން އޮފިސަރުންތަކެއް ވަކިކުރަން ނިންމި މައްސަލާގައި ދާދިފަހުން ރައްޔިތުންގެ މަޖިލީހުގައި ހޯމް މިނިސްޓަރާއި ޢިމްރާން ޢަބްދުﷲއާ ކުރެވުނު ސުވާލުތަކަށް ޖަވާބު ދެއްވަމުން ވިދާޅުވެފައިވަނީ ޕޮލިސް ބޯޑުން ކަންކޮށްފައިވަނީ ގާނޫނާއި އެއްގޮތަށް ކަމަށާއި އެކަމުގެ ތެރެއަށް ސިޔާސީ އެއްވެސް ނުފޫޒެއް ފޯރުވާފައިނުވާނެކަމަށެވެ. ފުލުހުންގެ ބޯޑުން ނިންމާ ނިންމުން އަންގަންވީ ފަރާތް ގާނޫނުގައި ބަޔާންކޮށްފައިވާއިރު, ބޯޑުން އެކަން ކޮށްފައިވަނީ އެގޮތަށް ކަމަށާއި، ބޯޑުގެ ނިންމުން މިހާތަނަށް ވެސް މިނިސްޓަރާ ހިއްސާ ކޮށްފައި ނުވާ ކަމަށް ވެސް ވިދާޅުވިއެވެ. ބޯޑުގެ ނިންމުމުގައި މިނިސްޓަރުގެ ދައުރެއް ނެތް ކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްކޮމިޝަނަރ އޮފް ޕޮލިސް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި

އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި

02 ޑިސެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

12 މާރިޗު
ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.
20242 އަހަރު ކުރިން
ރިޕޯޓު

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!
20233 އަހަރު ކުރިން
ރިޕޯޓު

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''
20224 އަހަރު ކުރިން
ރިޕޯޓު

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު