Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުޑަ އަންހެން ކުއްޖަނު ނިޔާވުން

ފުވައްމުލަކު ހޮސްޕިޓަލުގައި ނިޔާވި ކުޑަކުއްޖާގެ މައްސަލަ ހެލްތް މިނިސްޓްރީން ތަހުގީގުކުރަން ފަށައިފި

ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައީ ހޮޑުލައި ބަނޑުގައި ރިއްސާތީ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 4 އޮކްޓޯބަރު 2021 | ހޯމަ 09:57
ފުވައްމުލައް ހޮސްޕިޓަލް

ފުވައްމުލައް ހޮސްޕިޓަލް

ފުވައްމުލަކު ހޮސްޕިޓަލުގައި ނިޔާވި ކުޑަކުއްޖާގެ މައްސަލަ ހެލްތް މިނިސްޓްރީގެ ޓެކްނިކަލް ޓީމަކުން ތަހުގީގު ކުރަން ފަށާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

ހޮސްޕިޓަލުގެ މެނޭޖަރ މުހައްމަދު ލިރާރު ވިދާޅުވީ، ކުޑަ ކުއްޖާ ނިޔާވީ ހޮސްޕިޓަލުގެ އިހުމާލުން ކަމަށް އާއިލާއިން ތުހުމަތު ކުރާތީ އެ ކޭސްގައި ހަރަކާތްތެރިވި ހުރިހާ އެންމެންގެ ބަޔާން ނަގައި ހެލްތް މިނިސްޓްރީއަށް މިހާރު ފޮނުވާފައިވާ ކަމަށެވެ. މިނިސްޓްރީގެ ޓެކްނިކަލް ޓީމުން އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށާއި، އެކަމުގައި އިހުމާލެއް އޮތްނަމަ އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށެވެ. ލިރާރު ވިދާޅުވީ، ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައީ ހޮޑުލައި ބަނޑުގައި ރިއްސާތީ ކަމަށާއި، ނަރުހުންނާއި ޑޮކްޓަރުން ވަގުތުން ކުއްޖާއަށް ފަރުވާ ދޭން ފެށި ކަމަށެވެ. ކުއްޖާގެ ހާލު ގޯސްވާން ފެށުމުން ވެސް ފަރުވާ ދިނުމުގައި މަސްއޫލުވެގެން އުޅުނު ކަމަށް ލިރާރު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައީ އާދީއްތަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. ނިޔާވީ އިރުއޮއްސި 7:30 ހާއިރުއެވެ. އެ ކުއްޖާ ނިޔާވީ، އެކުއްޖާގެ ގަޔަށް ޖެހި އިންޖެކްޝަނަކާ ގުޅިގެން ކަމަށް އާއިލާއިންވަނީ ތުހުމަތުކޮށްފައެވެ. ނިޔާވެފައިވަނީ ފުވައްމުލަކުގެ ފުނާޑު އަވަށު، ނޫރީ ފެހި، އުމުރުން 6 އަހަރުގެ ސާދާ ސަޢުދުﷲ އަޙުމަދެވެ.

އާއިލާއިން ބުނެފައިވަނީ އިންޖެކްޝަން ޖެހިފަހުން ކުއްޖާގެ ބަލީގެ ހާލަތު ގޯސްވެ، ކުއްޖާގެ ހަރަކާތް ހުއްޓުނު ކަމަށެވެ. ނިޔާވިއިރު، އެކަން ހޮސްޕިޓަލުން ފޮރުވަން މަސައްކަތް ކޮށްފައިވާ ކަމަށް ވެސް އާއިލާއިން ބުނެފައިވެއެވެ.

ފުވައްމުލައް ސިޓީހެލްތު މިނިސްޓްރީ

އިތުރަށް ކިޔާލަން

26 ނޮވެމްބަރު 2025

އަސާސީ ބޭސް ނުލިބޭ މައްސަލަ: މިނިސްޓަރު ވިދާޅުވީ ނުލިބެނީ ޑޮކްޓަރުން ލިޔާ ބްރޭންޑުގެ ބޭސް ކަމަށް

26 ނޮވެމްބަރު 2025
އަސާސީ ބޭސް ނުލިބޭ މައްސަލަ: މިނިސްޓަރު ވިދާޅުވީ ނުލިބެނީ ޑޮކްޓަރުން ލިޔާ ބްރޭންޑުގެ ބޭސް ކަމަށް
23 ނޮވެމްބަރު 2025

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން
18 ނޮވެމްބަރު 2025

ބަހާލި ޕްރޮޖެކްޓްތަކުގެ މައްސަލަ އާއި ފުވައްމުލައް ސިޓީގެ ފެނުގެ މައްސަލަ ބަލައިދޭން އިދާރާތަކަށް ހުށަހެޅުމުން ރައީސް ރުޅިގަދަވެއްޖެ

18 ނޮވެމްބަރު 2025
ބަހާލި ޕްރޮޖެކްޓްތަކުގެ މައްސަލަ އާއި ފުވައްމުލައް ސިޓީގެ ފެނުގެ މައްސަލަ ބަލައިދޭން އިދާރާތަކަށް ހުށަހެޅުމުން ރައީސް ރުޅިގަދަވެއްޖެ
17 ނޮވެމްބަރު 2025

ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ

17 ނޮވެމްބަރު 2025
ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ
17 ނޮވެމްބަރު 2025

އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި

17 ނޮވެމްބަރު 2025
އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު