Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މިނިސްޓަރ އިމްރާން

ފުލުހުންގެ ބޯޑުން ނިންމާފައިވާ ނިންމުމަށް އެއްވެސް ސިޔާސީ ނުފޫޒެއް ފޯރުވާފައެއް ނުވާނެ - އިމްރާން

ޕޮލިސް ބޯޑުން މަސައްކަތް ކޮށްފައިވަނީ ގާނޫނުގައި އޮތް ގޮތަށް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 4 އޮކްޓޯބަރު 2021 | ހޯމަ 04:54
އިމްރާން އަބްދުﷲ - ހޯމް މިނިސްޓަރ

އިމްރާން އަބްދުﷲ - ހޯމް މިނިސްޓަރ

ފުލުހުންގެ ބޯޑުން ނިންމާފައިވާ ނިންމުމަށް އެއްވެސް ސިޔާސީ ނުފޫޒެއް ފޯރުވާފައެއް ނުވާނެ ކަމަށް ހޯމް މިނިސްޓަރ ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

Advertisement - newsAdvertisement

ޝިޔާމް ކުރެއްވި ސުވާލަކީ، ފުލުހުންގެ ޚިދުމަތުގެ އައު ޤާނޫނުގެ ދަށުން ފުލުހުންގެ މަތީ ރޭންކުތަކުގައި ތިއްބެވި އޮފިސަރުންގެ ތެރެއިން ހަތް އޮފިސަރަކު މަޤާމުން ވަކިކުރުމަށް ފުލުހުންގެ ބޯޑުން ނިންމާފައިވާ ނިންމުމަކީ ޤާނޫނީ ހަމަތަކުގެ ތެރެއިން އިންސާފުވެރިކަމާއެކު ނިންމަވާފައިވާ ނިންމެވުމެއް ކަމަށް ސާފުކޮށްދެވިދާނެތޯ އާއި، މި ހަތް އޮފިސަރުންގެ މައްސަލަ ބަލައި ވަކިކުރުމަށް ނިންމި ނިންމުމުގައި ކިހާވަރެއްގެ ސިޔާސީ ނުފޫޒެއް ފޯރު ފައިވޭތޯއެވެ.

މި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ، ފުލުހުންގެ ގާނޫނު ވުޖޫދު ވެގެން އައިއިރު ޕޮލިސް ބޯޑެއް އެކުލަވާލަން ގާނޫނުގައި ބަޔާން ކޮށްފައިވަނީ ފުލުހުންގެ މަސައްކަތް ހަރުދަނާ ކުރުމުގެ ގޮތުން ކަމަށެވެ. ޕޮލިސް ބޯޑުގެ ޒިންމާތަކުގެ ތެރެއިން މިނިސްޓަރަށް ޖަވާބުދާރީ ވާންޖެހޭ ކަންކަން ވެސް ގާނޫނުގައި ސާފުކޮށް ބަޔާން ކޮށްފައިވާ ކަމަށެވެ. އެގޮތުން ގާނޫނުގެ 3 ވަނަ މާއްދާގެ (ނ) ގައި ބަޔާން ކޮށްފައިވާ މަސައްކަތް ކުރާއިރު ވަޒީރުގެ އެއްވެސް ދައުރެއް އޮންނަ ގޮތަކަށް ނޯންނާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެކަން ޕޮލިސް ބޯޑުން ކޮށްފައިވަނީ ގާނޫނުގައި އޮތް ގޮތަށް ކަމަށާއި، އެކަމުގައި މިނިސްޓަރުގެ ދައުރެއް ނެތް ކަމަށް ވިދާޅުވިއެވެ. މަސައްކަތް ކުރުމަށް ކަނޑައަޅާފައިވާ މުއްދަތުގައި އެ މަސައްކަތް ނިންމުމަށް ދަތިތަކެއް ހުރިކަމަށް ބޯޑުން ބުނެފައިވާތީ، އެ މުއްދަތުގައި ނިންމުމަށް ބާރު އެޅުމަށް މިނިސްޓަރުގެ ހައިސިއްޔަތުން ކުރަން ޖެހިވަޑައިގަންނަވާ ކަންކަން ކުރެއްވި ކަމަށާއި، ބޯޑުގެ މަސައްކަތަށް އެއްވެސް ސިޔާސީ ނުފޫޒެއް އެމަނިކުފާނު ފޯރުވާފައި ނުވާނެ ކަމަށް ވިދާޅުވިއެވެ.

ފުލުހުންގެ ޚިދުމަތުގެ ގާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމަށްފަހު ބޯޑުން ނިންމާ ނިންމުން ތަންފީޒުކުރުމަށް ކޮމިޝަނަރ އޮފް ޕޮލިސްއަށް ޕޮލިސް ބޯޑުން ފޮނުވަންވާނެ ކަމަށް ގާނޫނުގައިވަނީ ބުނެފައެވެ.

ފުލުހުންގެ ގާބިލްކަން ބެލުމަށް ބޯޑުން ކުރި މަސައްކަތް ކޮށްފައިވަނީ، ގާނޫނުގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ. އަދި ވަކިކުރުމަށް ނިންމި ފުލުހަކަށް އިސްތިއުފާ ދެއްވުމަށް އަންގާފައިވާ ކަމަށް ނައިފަރު ދާއިރާގެ މެމްބަރު ކުރެއްވި ތުހުމަތަށް މިނިސްޓަރު އިންކާރު ކުރެއްވިއެވެ. މިނިސްޓަރު ވިދާޅުވީ، އެފަދަ އިންޒާރެއް އެއްވެސް ފުލުހަކަށް ދެއްވާފައި ނުވާނެ ކަމަށެވެ.

ފުލުހުންގެ ބޯޑުން ނިންމާ ނިންމުން އަންގަންވީ ފަރާތް ގާނޫނުގައި ބަޔާންކޮށްފައިވާއިރު ބޯޑުން އެކަން ކޮށްފައިވަނީ އެގޮތަށް ކަމަށާއި، ބޯޑުގެ ނިންމުން މިހާތަނަށް ވެސް މިނިސްޓަރާ ހިއްސާ ކޮށްފައި ނުވާ ކަމަށް ވެސް ވިދާޅުވިއެވެ. ބޯޑުގެ ނިންމުމުގައި މިނިސްޓަރުގެ ދައުރެއް ނެތް ކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ.

ފުލުހުންގެ ގާނޫނު ވުޖޫދު ކުރުމުގެ ބޭނުމަކީ މުއައްސަސާގެ މަސައްކަތްތައް 21 ގަރުނަށް ފެއްތުން ކަމަށާއި، ގާނޫނު ފަރުމާ ކޮށްފައި އޮތް ގޮތުން އެއްވެސް އޮފިސަރަކަށް ނުފޫޒު ފޯރުވޭނެ ގޮތެއް ނޯންނާނެ ކަމަށް ވިދާޅުވިއެވެ. ސަރުކާރުގެ ބޭނުމަށް ފުލުހުންގެ ނާޖައިޒް ބޭނުން ނުހިފާނެ ކަމުގެ ޔަގީންކަން އަރުވާ ކަަމަށާއި، މިނިވަން ކަމާއެކު ތަހުގީގު ކުރުމުގެ ފުރުސަތު ކޮންމެ އޮފިސަރަކަށް ވެސް އޮންނާނެ ކަމަށް ވިދާޅުވިއެވެ.

ހަތް ފުލުހަކު މަގާމުން ދުރުކުރުމަށް ފުލުހުންގެ ބޯޑުން ނިންމައި، ރިޕޯޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދާ ވަނީ ހިއްސާ ކޮށްފައެވެ. އެ ރިޕޯޓު ހިއްސާ ކޮށްފައިވަނީ އޮގަސްޓް މަހުގެ 9 ވަނަ ދުވަހުއެވެ. ރިޕޯޓު ދިރާސާކުރައްވާ ކަމަށް ސީޕީ ވަނީ ވިދާޅުވެފައެވެ. އަދި މިހާރު އޭގެ ތެރެއިން ދެ ފުލުހަކަށް މިހާރުވަނީ ނޯޓިސް ވެސް ދީފައެވެ.

ހޯމް މިނިސްޓަރު، އިމްރާން އަބްދުﷲމޯލްޑިވްސް ޕޮލިސް ސަރވިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

6 ފެބުރުއަރީ
އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް ދެއްކެވި ވާހަކަ އާ ގުޅިގެން ޣައްސާން މަޖިލިހަށް ހާޒިރު ކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް ދެއްކެވި ވާހަކަ އާ ގުޅިގެން ޣައްސާން މަޖިލިހަށް ހާޒިރު ކުރަނީ

އޭއެފްސީގެ ބައްދަލުވުމަކަށް ޤަތަރަށް ދިއުމަށް ބައްސާމްގެ ޕާސްޕޯޓު ދޫކޮށްނުދިން
20242 އަހަރު ކުރިން
ރާއްޖެ

އޭއެފްސީގެ ބައްދަލުވުމަކަށް ޤަތަރަށް ދިއުމަށް ބައްސާމްގެ ޕާސްޕޯޓު ދޫކޮށްނުދިން

މުޅި ދުނިޔޭން ހޮވުނު އެންމެ ވިސްނުން ރަނގަޅު ކުއްޖަކަށް، އިންޑިޔާ ދަރިކޮޅުގެ ނަތާޝާ
20233 އަހަރު ކުރިން
ދުނިޔެ

މުޅި ދުނިޔޭން ހޮވުނު އެންމެ ވިސްނުން ރަނގަޅު ކުއްޖަކަށް، އިންޑިޔާ ދަރިކޮޅުގެ ނަތާޝާ

ފެބްރުއަރީ 7، ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ ދުވަހެއް
20224 އަހަރު ކުރިން
ރިޕޯޓު

ފެބްރުއަރީ 7، ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ ދުވަހެއް

ކޮވިޑް ޖެހި ފަރުވާދެމުން ދިޔަ ދިވެއްސަކު ދުބާއީގައި ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ކޮވިޑް ޖެހި ފަރުވާދެމުން ދިޔަ ދިވެއްސަކު ދުބާއީގައި ނިޔާވެއްޖެ

ރައީސް ސޯލިހްގެ ރިޔާސީ ބަޔާނުގެ އުސްއަލިތައް
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިހްގެ ރިޔާސީ ބަޔާނުގެ އުސްއަލިތައް

ޢަލީ ހަމީދުގެ އަނބި ކަނބަލުން ހައްޔަރު ކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ޢަލީ ހަމީދުގެ އަނބި ކަނބަލުން ހައްޔަރު ކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު