Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަނިޔާވެރި މާރާމާރީތައް ހިންގުން

ފާއިތުވި ދެ އަހަރުތެރޭ ގޭންގު މާރާމާރީތަކުގައި މަރުވި މީހުން މަދު: ސީޕީ ހަމީދު

މިފަދަ އަމަލުތައް އެއްކޮށް ހުއްޓުވަން ކުރަންޖެހޭ މަސައްކަތްތައް ގިނަ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 3 އޮކްޓޯބަރު 2021 | އާދީއްތަ 02:04
ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު

އެކި އެކި މާރާމާރީ ފަދަ ކުށްތަކުން މީހުން މަރުވި އަދަދު ފާއިތުވި ދެ އަހަރުތެރޭ މަދުވެފައިވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު ފާހަގަކުރި ބައިނަލްއަގުވާމީ އަހިންސާ ދުވަސް ނުވަތަ ނޮން ވަޔަލަންސް ޑޭ އާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައި ސީޕީ ވިދާޅުވީ ރާއްޖޭގެ ގޭންގުތަކުން ހިންގާ އެކި އެކި މާރާމާރީތައް ހުއްޓުވަން މުއައްސަސާތަކުން އިތުރަށް މަސައްކަތް ކުރަން ޖެހިފައިވާކަމަށެވެ. މިފަދައިން ގޭންގުތަކުން ހިނގާ އެކި އެކި އަމަލުތަކުގެ ސަބަބުން މުޖުތަމައުގައި ބިރުވެރިކަން އުފެދިފައިވާކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ފާއިތުވި ދެ އަހަރު ދުވަހަށް ބާލައިރު، މިފަދަ އަނިޔާވެރި އަމަލުތައް ހިންގާ މިންވަރު މަދުވެފައިވާކަމަށް ދައްކާކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ. ވަކިން ޚާއްސަކޮށް އަނިޔާވެރި މާރާމާރީތަކުގައި މަރުވާ މީހުންގެ އަދަދު މަދުވެފައިވާކަމަށް ސީޕީ ވަނީ ވިދާޅުވެފައެވެ.

އެހެންނަމަވެސް މިކަން އެއްކޮށް ހުއްޓުވަން ކުރަންޖެހޭ ކަންކަން ވަރަށް ގިނަ ކަމަށް ސީޕީ ވަނީ ވިދާޅުވެފައެވެ. މި މަސައްކަތް ކުރަންޖެހެނީ މިކަމަށް ދާއިމީ ހައްލެއް ގެނެވޭނެ މަގަކުން ކަމަށް ސީޕީ ވަނީ ވިދާޅުވެފައެވެ.

ގޭންގުތަކުން ހިންގާ މާރާމާރީތަކުގައި ފާއިތުވި އަހަރުތަކުގައި އެތައް ބަޔަކު ވަނީ މަރުވެފައެވެ. މިފަދަ އެތައް މައްސަލައެއްގެ ޝަރީއަތް މިވަގުތުވެސް ކޯޓުތަކުގައި ކުރިއަށްދެއެވެ.

ދާދި ފަހުންވެސް އައްޑޫ ސިޓީގައި ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރިއެއްގައި ދެ ޒުވާނަކަށް ވަނީ ބޮޑެތި އަނިޔާތަކެއް ވެފައެވެ.

ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް, މުހައްމަދު ހަމީދު

އިތުރަށް ކިޔާލަން

30 ނޮވެމްބަރު 2025

ކުޑަކުދިން އޮންލައިންކޮށް އެކްސްޕްލޮއިޓްކުރުން: ރާއްޖޭގައި ކޮންމެ 10،000 މީހުންގެ ތެރެއިން 94 މީހަކީ މިފަދަ މައްސަލަތަކުގައި ހިމެނޭ މީހެއް

30 ނޮވެމްބަރު 2025
ކުޑަކުދިން އޮންލައިންކޮށް އެކްސްޕްލޮއިޓްކުރުން: ރާއްޖޭގައި ކޮންމެ 10،000 މީހުންގެ ތެރެއިން 94 މީހަކީ މިފަދަ މައްސަލަތަކުގައި ހިމެނޭ މީހެއް
15 ނޮވެމްބަރު 2023

ސީޕީ މުޙައްމަދު ޙަމީދު ފުލުހުންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރކުރައްވައިފި

15 ނޮވެމްބަރު 2023
ސީޕީ މުޙައްމަދު ޙަމީދު ފުލުހުންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރކުރައްވައިފި
04 ނޮވެމްބަރު 2023

ފަސް އަހަރު ތެރޭގައި އާންމުންގެ އިތުބާރު ފުލުހުންނަށް ވަނީ ލިބިފައި: ސީޕީ ހަމީދު

04 ނޮވެމްބަރު 2023
ފަސް އަހަރު ތެރޭގައި އާންމުންގެ އިތުބާރު ފުލުހުންނަށް ވަނީ ލިބިފައި: ސީޕީ ހަމީދު
20 ޖުލައި 2023

ފުލުހުންގެ މަސައްކަތުގައި ކުރިއަށްދެވޭނީ މަސައްކަތާމެދު ޚާއްސަ ލޯތްބަކާއި ޝައުގެއް ބަހައްޓައިގެން: ސީޕީ ހަމީދު

20 ޖުލައި 2023
ފުލުހުންގެ މަސައްކަތުގައި ކުރިއަށްދެވޭނީ މަސައްކަތާމެދު ޚާއްސަ ލޯތްބަކާއި ޝައުގެއް ބަހައްޓައިގެން: ސީޕީ ހަމީދު
26 މެއި 2023

ނައިމާގެ މަރު - މަރާލަން ބޭނުންކުރި ހަތިޔާރު ހޯދައިފި

26 މެއި 2023
ނައިމާގެ މަރު - މަރާލަން ބޭނުންކުރި ހަތިޔާރު ހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު