Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖަރުމަން ލީގު

އޯގްސްބާގް ބަލިކޮށް ޑޯޓްމުންޑް ދެވަނައަށް

ދެވަނައަށް ޑޯޓްމުންޑް ޖެހިލީ ހަތް މެޗުން 15 ޕޮއިންޓާއެކު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 2 އޮކްޓޯބަރު 2021 | ހޮނިހިރު 21:05
ޑޯޓްމުންޑާއި އޯގްސްބާގް ބައްދަލުކުރި މެޗުގެ ތެރެއިން

ޑޯޓްމުންޑާއި އޯގްސްބާގް ބައްދަލުކުރި މެޗުގެ ތެރެއިން

ޖަރުމަން ލީގުގައި ހޮނިހިރު ދުވަހުގެރޭ އޯގްސްބާގް ބަލިކޮށް ތާވަލުގެ ދެވަނައަށް ބޮރޫޝިއާ ޑޯޓްމުންޑް ޖެހިލައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޑޯޓްމުންޑް މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައިވަނީ ޑޯޓްމުންޑުންނެވެ. މެޗު ފަށައިގެން 10 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރަފައެލް ގުއެރެއިރޯއެވެ. މިއީ އޭރިއާ ތެރެއިން ޑޯޓްމުންޑުގެ ޑޮންޔެލް މާލެންއަށް އޯގްސްބާގުގެ ޖެފެރީ ގޯވެލެއު ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.

އެކަމަކު މެޗުގެ 35 ވަނަ މިނެޓުގައި އޯގްސްބާގުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރައިޓަނުގެ ލޯނު އެއްބަސްވުމެއްގެ ދަށުން ކުޅެމުން އަންނަ އަންޑީ ޒެކީރީއެވެ.

އެކަމަކު ދެވަނަ ހާފު ފަށައިގެން ހަވަނަ މިނެޓުގައި ޑޯޓްމުންޑުން ވަނީ މި މެޗުގައި އަލުން ލީޑު ނަގާފައެވެ. ކެޕްޓަން މާކޯ ރެއުސްގެ އެހީއާއެކު މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޔޫލިއަން ބްރަންޓެވެ. އަދި އޭގެ ހަ މިނެޓު ފަހުން ލީޑު ފުޅާކުރަން އޭރިއާ ތެރެއިން ރެއުސްއަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

މި މޮޅާއެކު ތާވަލުގެ ދެވަނައަށް ޑޯޓްމުންޑް ޖެހިލީ ކުޅުނު ހަތް މެޗުން ލިބުނު 15 ޕޮއިންޓާއެކުއެވެ. ތާވަލުގެ ތިންވަނައިގައި އޮތް ފްރެއިބާގަށްވެސް ހަތް މެޗުން 15 ޕޮއިންޓް ލިބިފައިވާއިރު، އެއްވަނައިގައި އޮތީ ހަ މެޗުން 16 ޕޮއިންޓް ހަމަކޮށްފައިވާ އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކެވެ.

ޖަރުމަން ލީގުބޮރޫޝިއާ ޑޯޓްމަންޑް

އިތުރަށް ކިޔާލަން

27 ސެޕްޓެމްބަރު 2025

ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

27 ސެޕްޓެމްބަރު 2025
ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި
23 އޯގަސްޓު 2025

ފުރަތަމަ މެޗުގައި ބަޔާން މޮޅުވިއިރު، ކޭން ހެޓްރިކް ހަދައިފި

23 އޯގަސްޓު 2025
ފުރަތަމަ މެޗުގައި ބަޔާން މޮޅުވިއިރު، ކޭން ހެޓްރިކް ހަދައިފި
02 ޖުލައި 2025

ގުރާސީގެ ދެ ލަނޑުން މޮޅުވެ، ޑޯޓްމަންޑު ވެސް ކުއާޓާ އަށް

02 ޖުލައި 2025
ގުރާސީގެ ދެ ލަނޑުން މޮޅުވެ، ޑޯޓްމަންޑު ވެސް ކުއާޓާ އަށް
05 މެއި 2025

ލެވަކޫސަން އެއްވަރުވުމުން، ބަޔާނަށް ލީގު ޗެމްޕިއަންކަން ލިބިއްޖެ

05 މެއި 2025
ލެވަކޫސަން އެއްވަރުވުމުން، ބަޔާނަށް ލީގު ޗެމްޕިއަންކަން ލިބިއްޖެ
04 މެއި 2025

ލައިޕްޒިގާ އެއްވަރުވެ، ބަޔާނަށް އިތުރު އިންތިޒާރެއް

04 މެއި 2025
ލައިޕްޒިގާ އެއްވަރުވެ، ބަޔާނަށް އިތުރު އިންތިޒާރެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު