Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކްރިކެޓުގެ ޕާޓްނަރަކަށް ރާއްޖެޓީވީ

ކްރިކެޓް ބޯޑުގެ މީޑިއާ ޕާޓްނަރަކަށް ރާއްޖެޓީވީ

2 އޮކްޓޯބަރު 2021 | ހޮނިހިރު 15:20

ރާއްޖެޓީވީގެ އިތުރުން އަދަދު ވަނީ މީޑިއާ ޕާޓްނަރަކަށް ހަމަޖައްސާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 2 އޮކްޓޯބަރު 2021 | ހޮނިހިރު 15:20
ކްރިކެޓް ބޯޑުގެ މީޑިއާ ޕާޓްނަރަކަށް ރާއްޖެޓީވީ ހަމަޖެއްސުން

ކްރިކެޓް ބޯޑުގެ މީޑިއާ ޕާޓްނަރަކަށް ރާއްޖެޓީވީ ހަމަޖެއްސުން

ކުރިއަށް އޮތް ތިން އަހަރަށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) ގެ މީޑިއާ ޕާޓްނަރަކަށް ރާއްޖެޓީވީ ހަމަޖައްސައިފިއެވެ.

ކްރިކެޓް ބޯޑުގެ މީޑިއާ ޕާޓްނަރަކަށް ރާއްޖެޓީވީ ހަމަޖެއްސުމަށް އެއްބަސްވީ ހޮނިހިރު ދުވަހުގެ ހަވީރު ސޯލްޓް ކެފޭގައި ބޭއްވި ރަސްމިއްޔާތުގައެވެ. މި އެއްބަސްވުމުގައި ރާއްޖެޓީވީގެ ފަރާތުން ހެޑް އޮފް ސްޕޯޓްސް ހުސެއިން ފަރިޔާޒް ސޮއިކުރެއްވިއިރު، ކްރިކެޓް ބޯޑުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ބޯޑުގެ ރައީސް މުޙައްމަދު ފައިސަލެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ދެއްވި އިންޓަވިއުއެއްގައި ރާއްޖެޓީވީގެ ހެޑް އޮފް ސްޕޯޓްސް ހުސެއިން ފަރިޔާޒް ވިދާޅުވީ މި ސަރަހައްދަށް ބަލާއިރު ކްރިކެޓަކީ އެއް ނަންބަރު ކުޅިވަރު ކަމަށާއި، އެކަމަކު އެ ފެންވަރަށް ރާއްޖޭގެ ކްރިކެޓް ނުދިޔަ ނަމަވެސް، ކްރިކެޓް ކުރިއަރުވަން ކްރިކެޓް ބޯޑުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާކަން ފާހަގަކޮށްލެވޭ ކަމަށެވެ. އެހެންކަމުން އެ މަސައްކަތްތައް އެއްބާރުލުންދިނުމަށް ކްރިކެޓް ބޯޑާއެކުގައި ރާއްޖެޓީވީން ވަރަށް ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

ހޮނިހިރު ދުވަހު ބޭއްވި ރަސްމިއްޔާތުގައި ކްރިކެޓް ބޯޑުގެ މީޑިއާ ޕާޓްނަރަކަށް ރާއްޖެޓީވީ ހަމަޖެއްސިއިރު، މި ރަސްމިއްޔާތުގައި ވަނީ އެ ބޯޑުގެ އެހެނިހެން ޕާޓްނަރުންނާއެކުވެސް އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެގޮތުން ކްރިކެޓް ބޯޑުން ވަނީ ރާއްޖޭގެ ކުޅިވަރަށް އަބަދަށްފެހި "މައިލޯ" އާއެކުވެސް އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ކްރިކެޓް ކުރިއެރުވުމަށް މައިލޯއާއެކު އެ ބޯޑުން މަސައްކަތްކުރާނެއެވެ.

މީގެ އިތުރުން ކްރިކެޓް ބޯޑުގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ރާއްޖެޓީވީގެ އިތުރުން ރާއްޖޭގެ އޮންލައިން ނޫސް "އަދަދު" ވެސް ވަނީ ހަމަޖައްސާފައެވެ.

ކްރިކެޓް ބޯޑުން ޕާޓްނަރުންނާއެކު ސޮއިކުރިއިރު، މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި އަހަރީ އާންމު ޖަލްސާގައި ފައިސަލް ވަނީ ކްރިކެޓް ބޯޑުން 2030 ވަނަ އަހަރަށް އަމާޒުކޮށް ދުރުރާސްތާ ޕްލޭނެއް ހަދާނެ ކަމަށް ވިދާޅުވެފައެވެ.

ހޮނިހިރު ދުވަހު ބޭއްވި ރަސްމިއްޔާތަށްފަހު "ރާއްޖެ.އެމްވީ" އަށް ދެއްވި އިންޓަވިއުއެއްގައި ފައިސަލް ވިދާޅުވީ ބޭނުމަކީ ހުރިހާ އެންމެން ބައިވެރިކޮށްގެން ޕްލޭނެއް ހެދުން ކަމަށާއި، އެގޮތުން އެންމެ ގުޅިގެން ރަނގަޅު ޕްލޭނެއް ހެދިއްޖެ ނަމަ، ކްރިކެޓް ކުރިއަރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި ކްރިކެޓުގައި ހަރަކާތްތެރިވާ އެންމެންގެވެސް އަމާޒަކީ ރަނގަޅު ކުޅުންތެރިންތަކެއް އުފެއްދައި، ބައިނަލްއަގުވާމީ މައިދާނުގައި ރަނގަޅު ކާމިޔާބީއެއް ހޯދުން ކަމަށާއި، އެހެންކަމުން އެކަންކަން ހާސިލުކުރުމަށް އެންމެން އެއްބަސްވެވޭ ޕްލޭނެއް ހެދިއްޖެނަމަ، އެކަމުގެ ފައިދާ ކްރިކެޓަށް ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

ކްރިކެޓް ބޯޑުގެ ރައީސަކަށް ފައިސަލް އިންތިޚާބުވެވަޑައިގަތީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި އިންތިޚާބު ކާމިޔާބުކުރެއްވުމަށްފަހުއެވެ. މީގެ ކުރިން އެ ބޯޑުގެ ނައިބު ރައީސްކަމާއި ޖެނެރަލް ސެކްރެޓަރީކަންވެސް ކުރެއްވި ފައިސަލް އެ އިދާރާއާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި ކްރިކެޓް ބޯޑުގެ ހިންގާ ކޮމިޓީން ކުރިއަށް އޮތް ހަތަރު އަހަރުގެ މަސައްކަތްތައް ބައްޓަންކުރާނެ ގޮތްތަކެއް ކަނޑައެޅުމަށް "ޕްލޭން 120" ގެ ނަމުގައި ކުރު މުއްދަތުގެ ޕްލޭނެއް އެކުލަވާލުން ހިމެނެއެވެ.

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

29 އޮކްޓޯބަރު 2024

ޤައުމީ ކްރިކެޓު ޓީމު ރާއްޖެ އައުމުން ހޫނު މަރުޙަބާއެއް ކިޔައިފި

29 އޮކްޓޯބަރު 2024
ޤައުމީ ކްރިކެޓު ޓީމު ރާއްޖެ އައުމުން ހޫނު މަރުޙަބާއެއް ކިޔައިފި
21 ސެޕްޓެމްބަރު 2024

ކްރިކެޓުގެ ރައީސަކަށް އަނެއްކާ ވެސް ފައިސަލް އިންތިޚާބު ކޮށްފި

21 ސެޕްޓެމްބަރު 2024
ކްރިކެޓުގެ ރައީސަކަށް އަނެއްކާ ވެސް ފައިސަލް އިންތިޚާބު ކޮށްފި
04 ފެބުރުއަރީ 2024

ޖަޕާން އަތުންވެސް ބަލިވެ، ސެމީގެ ފުރުސަތު ރާއްޖެއަށް ގެއްލިއްޖެ

04 ފެބުރުއަރީ 2024
ޖަޕާން އަތުންވެސް ބަލިވެ، ސެމީގެ ފުރުސަތު ރާއްޖެއަށް ގެއްލިއްޖެ
02 ފެބުރުއަރީ 2024

41 ލަނޑުން މޮޅުވީ ސިންގަޕޯރ

02 ފެބުރުއަރީ 2024
41 ލަނޑުން މޮޅުވީ ސިންގަޕޯރ
12 އޮކްޓޯބަރު 2023

އޭސީސީ ޕްރިމިއަރ ކަޕް: ރާއްޖެ އަތުން ސިންގަޕޯރ މޮޅު

12 އޮކްޓޯބަރު 2023
އޭސީސީ ޕްރިމިއަރ ކަޕް: ރާއްޖެ އަތުން ސިންގަޕޯރ މޮޅު
10 އޮކްޓޯބަރު 2023

ޒުވާން ކްރިކެޓް ޓީމް މެލޭޝިޔާއަށް!

10 އޮކްޓޯބަރު 2023
ޒުވާން ކްރިކެޓް ޓީމް މެލޭޝިޔާއަށް!
19 ސެޕްޓެމްބަރު 2023

ދެ މުބާރާތް އެއްވަގުތަކަށް ދިމާވެ، ކްރިކެޓްގެ ގައުމީ ދެޓީމް!

19 ސެޕްޓެމްބަރު 2023
 ދެ މުބާރާތް އެއްވަގުތަކަށް ދިމާވެ، ކްރިކެޓްގެ ގައުމީ ދެޓީމް!
13 އޯގަސްޓު 2023

ޕްރެޒިޑެންޓް ކަޕްގެ ޗެމްޕިއަންކަން ހޯދީ މިލާން ކްރިކެޓް އެކެޑަމީ

13 އޯގަސްޓު 2023
ޕްރެޒިޑެންޓް ކަޕްގެ ޗެމްޕިއަންކަން ހޯދީ މިލާން ކްރިކެޓް އެކެޑަމީ
06 އޯގަސްޓު 2023

ޕްރެޒިޑެންޓް ޓީ20 ކަޕް: ފައިނަލްގައި މިލާން ކްރިކެޓް އެކެޑަމީއާއި މާލެ ވެޓަރެންސް

06 އޯގަސްޓު 2023
ޕްރެޒިޑެންޓް ޓީ20 ކަޕް: ފައިނަލްގައި މިލާން ކްރިކެޓް އެކެޑަމީއާއި މާލެ ވެޓަރެންސް
17 ޖުލައި 2023

އައިސީސީން ނާބެގެ އަގު ވަޒަންކޮށްފި

17 ޖުލައި 2023
އައިސީސީން ނާބެގެ އަގު ވަޒަންކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް