Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހިޔާ ފްލެޓުތަކުގެ ކުލީގެ މައްސަލަ

ހިޔާ ފްލެޓުތަކުގެ ކުލި ކުޑަކޮށްދިނުމަށް އެދި ތިންވަނަ ފަހަރަށް ރައީސް އޮފީހަށް ހުށަހަޅައިފި

ކުއްޔަކީ މަހަކު 7,500 ރުފިޔާ، ފުލެޓުގެ މެނޭޖްމެންޓު ފީގެ ގޮތުގައި ކޮންމެ މަހަކު 1,000 ރުފިޔާ ނަގާނެ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 2 އޮކްޓޯބަރު 2021 | ހޮނިހިރު 07:50
ހިޔާ މަޝްރޫއުގެ ފްލެޓްތައް

ހިޔާ މަޝްރޫއުގެ ފްލެޓްތައް

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް މަހަކު ދައްކަން ޖެހޭ ކުލި ކުޑަކޮށް ދިނުމަށް އެދި ތިންވަނަ ފަހަރަށް ރައީސް އޮފީހަށް ހުށަހަޅާފައިވާ ކަމަށް މާލޭގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހިޔާ ފްލެޓްތަކުގެ ކުއްޔަކީ މަހަކު 7,500 ރުފިޔާއެވެ. އަދި ފުލެޓުގެ މެނޭޖްމެންޓު ފީގެ ގޮތުގައި ކޮންމެ މަހަކު 1,000 ރުފިޔާ ނަގާނެއެވެ. ފްލެޓްތަކަށް ފައިސާ ދައްކާ ޚަލާސް ކުރަން ޖެހޭނީ 25 އަހަރުގެ މުއްދަތަށް ބަހާލައިގެންނެވެ. ކުލި ބޮޑުވުމާއި ގުޅިގެން ފްލެޓު ލިބުނު މީހުން ދަނީ އެކަމާއި ކަންބޮޑުވުންފާޅު ކުރަމުންނެވެ. އަދި ފްލެޓްގެ ފިނިޝިން މަސައްކަތް ކުރަން ޖެހުމާއެކު އަތުން ވަރަށް ބޮޑު ހަރަދެއް ހޭދަވާ ކަމަށް އެމީހުން ބުނެއެވެ.

Advertisement - newsAdvertisement

މިމައްސަލައާ ގުޅިގެން މޭޔަރު މުއިއްޒު ވިދާޅުވީ ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް މަހަކު ދައްކަންޖެހޭ އަދަދު 5600އަށްވުރެ ކުޑަކޮށް ދިނުމަށް އެދި 3 ވަނަ ފަހަރަށް ރައީސް އޮފީހަށް ނިމިދިޔަ ހަފުތާގައި ސިޓީ ފޮނުވާފައިވާނެ ކަމަށެވެ. އަދި ފިނިޝިން މަސައްކަތަށް މަދުވެގެން 9 މަސް ދުވަސް ދިނުމަށް ތަކުރާރުކޮށް އެދިފައިވާ ކަމަށް ވިދާޅުވިއެވެ.

ހިޔާ ފްލެޓުތަކުގެ ކުލީގެ މައްސަލަ ބޮޑުވެފައިވާއިރު، ރައްޔިތުންގެ މަޖިލީހަށް ހިޔާ ފްލެޓާ ގުޅިގެން ހުށަހަޅާފައިވާ ޕެޓިޝަނުގައި މައިގަނޑު 3 ކަމަކަށް ޑިމާންޑް ކޮށްފައިވެއެވެ. އެގޮތުން ފްލެޓްގެ ކުލި 5،600 އަށް ކުޑަކުރުމާއި، ފްލެޓްގެ ފިނިޝިންއަށް ދީފައިވާ މުއްދަތު 12 މަސްދުވަހަށް އިތުރުކޮށް ދިނުމާއި، ފްލެޓްގެ ޖުމްލަ ކުލިން އެއްލައްކަ ރުފިޔާ ކުޑަކުރުމަށް ވަނީ ޕެޓިޝަނުގައި ޑިމާންޑްކޮށްފައެވެ.

މި ޕެޓިޝަނާ ގުޅޭ ގޮތުން ކަމާ ގުޅުންހުރި އިދާރާ ތަކާއެކު ބޭއްވި ބައްދަލުވުމުގައި ސަރުކާރުން ސަބްސިޑައިޒް ކޮށްގެންވެސް 5000 ރުފިޔާއަށް ހިޔާ ފްލެޓްގެ ކުލި ކުޑަ ކޮށްދިނުމަށް ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ގޮވާލައްވާފައިވެއެވެ.

މެމްބަރު ސަލީމް ވިދާޅުވީ، މިކަހަލަ ކުޑަ ކޮށްޓަކަށް ވަންނައިރު 5000 ރުފިޔާ އެއީ ބޮޑު އަދަދެއް ކަމަށެވެ. އަތުން އެތައް ޚަރަދެއް ކޮށްފައި 5000 ރުފިޔާ ކުއްޔަށް ދައްކަން ބޮޑު ކަމަށާއި، މިފަދަ ބޮޑު ދެރައެއް ރައްޔިތުންނަށް ދޭއިރު ސަރުކާރުން ކޮންމެވެސް ކަމެއް ކުރަން ޖެހޭ ކަމަށެވެ.

ކަން ހިގާފައި އޮތް ގޮތް ތަހުގީގު ކުރުމަށް ތަހުގީގު އިދާރާތަކަށް ދޫކޮށްލުމަށްފަހު، އިތުރު ފައިސާ ސަރުކާރުން ލާފައި ނަަމަވެސް 5000ށް އެތަނުގެ ކުލި ކުޑަ ކުރުމަށް އޮތީ ކޮން ހުރަހެއްތޯ މެމްބަރު ސަލީމް ވަނީ ސުވާލު އުފައްދަވާފައެވެ. މެމްބަރު ސަލީމް ވިދާޅުވީ، ތަހުގީގު އިދާރާތައް މިއަދު އޮތީ ފެއިލް ވެފައި ކަމަށާއި، ބޭނުން ގޮތަކަށް ލޯނު ނަގާ ޚަރަދު ކޮށްފައިވާކަން ފެންނަން އެބައޮތް ކަމަށެވެ. ކޮންމެ އެޕާރޓްމެންޓެއް ނިންމިިއިރު އަގަށްވުރެ އެތައް ގުނައެއް ކޮންމެ ޔުނިޓަކުން އިތުރުވެފައިވާ ކަމަށާއި، މި މަޝްރޫއުގައި ޚިޔާނާތް އެބައޮތްކަމަށް މެމްބަރު ސަލީމް ވިދާޅުވިއެވެ. އަދި ތަހުގީގު އިދާރާތައް ފެއިލްވެފައިވާތީ، އެކަމުގެ ފައިދާ ނަގަނީ ކަމަށް ވިދާޅުވިއެވެ.

އާއްމު ރައްޔިތުން ކުލި ކުޑަކުރުމަށް ޑިމާންޑް ކުރި ނަމަވެސް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރ ސުހައިލް އަހުމަދު ވިދާޅުވީ، މިހާރުވެސް ޑިސްކައުޓެއް ދެވިފައިވާ ކަމަށާއި، ފިނިޝިންއަށް ދީފައި އޮތް އެއް އަހަރަށް ދިގު ދަންމާލައިފި ނަމަ އެތަނުގައި ދިރުއުޅޭ ރައްޔިތުން އުޅޭނީ ވަރަށް ދަތި ހާލުގައި ކަމަށެވެ. މަޝްރޫއަށް ނަގާފައިވާ ލޯނު ދެއްކޭނީ އެންމެ ކުޑަކޮށްވެސް 8500 ރުފިޔާ ކުއްޔަށް ނަގައިގެން ކަމަށް ސުހައިލް ވިދާޅުވިއެވެ.

ފްލެޓްހިޔާ ފްލެޓްޑރ. މުހައްމަދު މުއިއްޒު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

19 ފެބުރުއަރީ
ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ
20251 އަހަރު ކުރިން
ސިއްހަތު

ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް
20242 އަހަރު ކުރިން
ރާއްޖެ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!
20224 އަހަރު ކުރިން
ކޮލަމް

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ
20197 އަހަރު ކުރިން
ދިވެހި ބަސް

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު