Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕެލޭ ހޮސްޕިޓަލުން ދޫކޮށްލުން

އޮޕަރޭޝަނަށްފަހު ޕެލޭ ހޮސްޕިޓަލުން ދޫކޮށްލައިފި

10 ދުވަސް ވަންދެން ކެއާ ޔުނިޓުގައި ޕެލޭ ބޭއްވި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 2 އޮކްޓޯބަރު 2021 | ހޮނިހިރު 04:47
ބްރެޒިލުގެ ފުޓްބޯޅަ ލެޖެންޑް ޕެލޭ

ބްރެޒިލުގެ ފުޓްބޯޅަ ލެޖެންޑް ޕެލޭ

ގޮހޮރުގައި އުފެދުނު ޓިއުމަރެއް ނެގުމަށް ކުރި އޮޕަރޭޝަނަށްފަހު ބްރެޒިލުގެ ލެޖެންޑް ޕެލޭ ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.

އުމުރުން މިހާރު 80 އަހަރުގެ ޕެލޭގެ ގޮހޮރުގައި ޓިއުމަރެއް އުފެދުމާއެކު މިދިޔަ ސެޕްޓެމްބަރު މަހުގެ ހަތަރުވަނަ ދުވަހު ވަނީ ސައު ޕައުލޯގެ އަލްބަޓް އެއިންސްޓައިން ހޮސްޕިޓަލުގައި ޚާއްސަ އޮޕަރޭޝަނެއް ކޮށްފައެވެ. އެ އޮޕަރޭޝަނަށްފަހު 10 ދުވަސް ވަންދެން ޕެލޭ ކެއާ ޔުނިޓުގައި ބޭއްވިއިރު، އޭނާ ހޮސްޕިޓަލުން ދޫކޮށްލާފައިވަނީ ހުކުރު ދުވަހުގެ ވަގުތެއްގައެވެ.

ހޮސްޕިޓަލުން ދޫކޮށްލުމުން ފޭސްބުކްގައި ހިއްސާކުރި ޕޯސްޓެއްގައި ޕެލޭ ބުނީ އެނބުރި ގެއަށް އާދެވުމުން އުފާވާ ކަމަށެވެ. އަދި އޭނާއަށް ފަރުވާދިން އަލްބަޓް އެއިންސްޓައިން ހޮސްޕިޓަލުގެ ޓީމަށް ވަރަށް ޚާއްސަ ޝުކުރެއް އަދާކުރަން ބޭނުންވާ ކަމަށާއި، އަދި އޭނާއަށް ހިތްވަރުދީ މެސެޖުކުރި އެންމެނަށްވެސް ޚާއްސަ ޝުކުރެއް އަދާކުރަން ބޭނުންވާ ކަމަށްވެސް ޕެލޭ ބުންޏެވެ.

ގޮހޮރުގައި އުފެދުނު ޓިއުމަރެއް ނަގަން ދާދި ފަހުން ޕެލޭ އޮޕަރޭޝަނެއް ކުރިއިރު، އޭނާ ވަނީ މީގެ ކުރިން 2015 ވަނަ އަހަރުވެސް ބޮޑު އޮޕަރޭޝަނެއް ކޮށްފައެވެ. އަދި އެއަށްފަހު އޭނާގެ ހާލަތު ގޯސްވާތީ އެކި ފަހަރު މަތިން ވަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެންވެސް ފަރުވާ ދީފައެވެ. އޭގެ ތެރޭގައި ގޮހޮރުގެ އެކި ބަލިތަކަށްވެސް ވަނީ ތަކުރާރުކޮށް ފަރުވާ ހޯދާފައެވެ.

ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ފާހަގަކޮށްލެވޭ ޕެލޭގެ ކެރިއަރުގެ އެންމެ ބޮޑު އުސްއައްޔަކީ ބްރެޒިލާއެކު ފީފާ ވޯލްޑް ކަޕް ތިން ފަހަރު ކާމިޔާބުކުރުމެވެ. އެއާއެކު ޕެލޭ ވެފައިވަނީ ވޯލްޑް ކަޕް ތިން ފަހަރަށް ކާމިޔާބުކުރި ހަމައެކަނި ކުޅުންތެރިޔާއަށެވެ. މީގެ އިތުރުން ޕެލޭ ވަނީ ތަފާތު ހަތަރު ވޯލްޑް ކަޕެއްގައި ލަނޑު ޖަހާފައެވެ.

ބްރެޒިލަށް އެންމެ ގިނަ ލަނޑު ޖެހުމުގެ ރިކޯޑުވެސް އޮންނަ ޕެލޭ ވަނީ ބްރެޒިލް ޓީމަށް ކުޅެދިން 92 މެޗުން 77 ލަނޑު ޖަހާފައެވެ. އަދި ތަފާސް ހިސާބުތައް ދައްކާގޮތުން ކެރިއަރުގައި ކުޅުނު 1،363 މެޗުގައި ޕެލޭ ވަނީ 1،279 ލަނޑު ޖަހާފައެވެ.

ޕެލޭ

ކޮމެންޓް

އިތުރަށް ކިޔާލަން

ރެލިގޭޓްވުމުން ސަންޓޯސްއިން ޕެލޭގެ 10 ނަންބަރު ސަސްޕެންޑްކޮށްފި

ރެލިގޭޓްވުމުން ސަންޓޯސްއިން ޕެލޭގެ 10 ނަންބަރު ސަސްޕެންޑްކޮށްފި

12 ޑިސެމްބަރު 2023
ޕެލޭ ސްޓޭޑިއަމް ހުޅުވި މެޗުން ގައުމީ ޓީމަށް މޮޅެއް

ޕެލޭ ސްޓޭޑިއަމް ހުޅުވި މެޗުން ގައުމީ ޓީމަށް މޮޅެއް

28 މެއި 2023
އިންފަންޓީނޯގެ ޚާއްސަ ޝުކުރެއް ދިވެހިރާއްޖެއަށް

އިންފަންޓީނޯގެ ޚާއްސަ ޝުކުރެއް ދިވެހިރާއްޖެއަށް

28 މެއި 2023
ޕެލޭއަށް ދިވެހިންގެ ހާއްސަކުރި ދަނޑު އދ. މަހިބަދޫއަށް

ޕެލޭއަށް ދިވެހިންގެ ހާއްސަކުރި ދަނޑު އދ. މަހިބަދޫއަށް

27 މެއި 2023
ޕެލޭއަށް ހާއްސަ ދަނޑެއް ބާއްވައިދިނުމަށް ފީފާއިން އެދިއްޖެ

ޕެލޭއަށް ހާއްސަ ދަނޑެއް ބާއްވައިދިނުމަށް ފީފާއިން އެދިއްޖެ

27 މެއި 2023

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު