Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ދިރާގަށް 33 އަހަރު ފުރުން

ދިރާގަކީ ހަމައެކަނި މުވާސަލާތީ އަދި ޑިޖިޓަލް ޚިދުމަތް ފޯރުކޮށްދޭ ކުންފުންޏެއް ނޫން!

ކުންފުންޏަށް ލިބުނު ކާމިޔާބީގެ އަސްލަކީ ކަސްޓަމަރުން ދެއްވާ ތަރުހީބު ކަމަށް ދިރާގުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ރަޝީދު ވިދާޅުވި

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 1 އޮކްޓޯބަރު 2021 | ހުކުރު 11:16
ދިރާގު

ދިރާގު

ޒަމާނީ މުއާސަލާތުގެ ފަސޭހަކަން ދިވެހިރާއްޖެއަށް އިހްސާސްކުރެވެން ފެށީ މީގެ ތިރީހަކަށް އަހަރު ކުރިންނެވެ. އޭގެ ކުރިން ދިވެހިރާއްޖޭގެ މުއާސަލާތީ ޚިދުމަތް ހުރީ ވަރަށް އާދައިގެ ގޮތެއްގަ އެވެ. ވަރަށް ވެސް ޅަފަތުގަ އެވެ. މާލޭގެ ވަރަށް މަދުގެއެއްގައި ނޫނީ ފޯނެއް ނުހުރެއެވެ. އަމުދުން ރަށްރަށުގައި މުއާސަލާތީ ޚިދުމަތެއް ނުހުރެއެވެ. އެންމެ ބޮޑުވަރަކަށް ވެސް އޮންނަނީ ވޯކީ ޓޯކީއެކެވެ.

މިހާރު ދޯނިފަހަރުގެ ކެޔޮޅު އަތުގައި ވެސް ޓެބްލެޓެއް ނުވަތަ ސްމާޓް ފޯނެއް އޮންނައިރު، މާކަނޑުގެ މެދުގައި އާއިލާއާއި ރަހުމަތްތެރިންނާއެކު މުއާސަލާތު ކުރަމުން ދިއުމުގެ ފަސޭހަކަން ލިބުނުލެއް ބޮޑުކަމުން، މީގެ ކުރީގެ ހަދަންތައް ފިލައިދިޔަ ފަދައެވެ.

މިހާރު އަތުގައި އޮންނަނީ ސްމާޓް ފޯނެވެ. އާންމު ދިރިއުޅުމާއި ވިޔަފާރި އަދި ތައުލީމުގެ ވެސް އެންމެ މުހިންމު ބައިވެރިއަކީ މިހާރު މޯބައިލް ފޯނެވެ. މިހިސާބަށް ދިވެހިން ތަރައްގީކޮށް ދިނުމުގެ ހަގީގީ ބައިވެރިއަކީ، އެ ކުންފުންޏަކަށް 33 އަހަރު ފުރޭ ދިވެހިރާއްޖޭގެ ގުޅުން (ދިރާގު) އެވެ. ދިރާގަކީ ޓެލެކޮމިއުނިކޭޝަނާއި ޑިޖިޓަލް ސާވިސް ދިވެހިރާއްޖޭގައި ދެމުންދާ އެންމެ ވަރުގަދަ ކުންފުންޏެވެ. ދިރާގު އުފެދިގެން އައީ މީގެ 33 އަހަރު ކުރިން، ދިވެހި ސަރުކާރާއި އިނގިރޭސި ވިލާތުގެ ކޭބަލް އެންޑް ވަޔަލެސްއާ ދެމެދު ގާއިމުކުރެވުނު ޖޮއިންޓް ވެންޗަރ ކުންފުންޏެއްގެ ގޮތުގައެވެ. 1988 ވަނަ އަހަރު އުފެއްދި ދިރާގުގައި އޮތް ކޭބަލް އެންޑް ވަޔަލެސްގެ ހިއްސާ 2013 ވަނަ އަހަރު ބަހުރެއިން ޓެލެކޮމިއުނިކޭޝަން ކޮމްޕެނީ (ބެޓެލްކޯ) އަށް ވިއްކައިލިއެވެ.

މި ޖަޒީރާ ރާއްޖޭގައި ޓެލެކޮމިއުނިކޭޝަން ޚިދުމަތް ދިނުމަކީ ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ކަމެކެވެ. ނަމަވެސް، ދިރާގު އުފެދިގެން ގާތްގަނޑަކަށް 10 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޓެލެފޯނުގެ ޚިދުމަތް ފޯރުކޮށް ދެވުނެވެ. މިކަމުގައި ކުރިމަތިވި ގޮންޖެހުންތައް މިހާރުގެ ޖީލުގެ ކުދިންނަށް އިހްސާސްކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެ އެވެ. ސަރުކާރުގެ ސިޔާސަތާއި ދިރާގުގެ ބޯޑުގެ ތަސައްވުރާ އެއްގޮތަށް މި މަޝްރޫއު ކާމިޔާބު ކުރެވުނީ ދިރާގުގެ ހީވާގި މުވައްޒަފުންގެ މަސައްކަތުންނެވެ.

ދިރާގަށް 33 އަހަރު ފުރުން ފާހަގަކުރަމުންދާއިރު ދިރާގަކީ ހަމައެކަނި މުވާސަލާތީ އަދި ޑިޖިޓަލް ޚިދުމަތް ފޯރުކޮށްދޭ ކުންފުންޏެއް ނޫނެވެ. ދިރާގަކީ ރާއްޖޭގައި ހަރަކާތްތެރިވާ ވިޔަފާރި ކުންފުނިތަކުގެ ތެރެއިން އިޖުތިމާއީ ކަންކަމަށް އެންމެ ބޮޑު އިސްކަމެއްދޭ އެއް ކުންފުންޏެވެ. އެގޮތުން، ދިރާގުގެ އިޖުތިމާއީ ޒިންމާ ނުވަތަ ސީއެސްއާރްގެ ދަށުން ކުޑަކުދިންނާއި ޒުވާނުން ބާރުވެރިކުރުމަށް ގިނަ ގުނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. މީގެ އިތުރުން ތިމާވެށި ހިމާޔަތް ކުރުމާއި އެއްފަހަރު ބޭނުން ކުރާ ޕްލާސްޓިކާ ދެކޮޅަށް އަމަލީ ގޮތުން ފިޔަވަޅު އަޅައި، މުވައްޒަފުންނާއި އާންމުންނަށް އަމާޒުކޮށް ހޭލުންތެރި ކުރުމުގެ ޕްރޮގުރާމެއް އެންމެ ފުރަތަމަ ފެށި ކުންފުންޏަކީވެސް ދިރާގެވެ. އެގޮތުން މިހާރުވެސް ދިރާގުން ޕްލާސްޓިކާ ދެކޮޅަށް ދަނީ ކެމްޕެއިނެއް ކުރިއަށް ގެންދެއެވެ.

ދިރާގަށް 33 އަހަރު ފުރުމުގެ މުނާސަބަތާއި ގުޅިގެން ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އިސްމާއިލް ރަޝީދު ވިދާޅުވީ ކުންފުންޏަށް ލިބުނު ކާމިޔާބީގެ އަސްލަކީ ކަސްޓަމަރުން ދެއްވާ ތަރުހީބު ކަމަށެވެ. އަދި ކުންފުނީގެ މުވައްޒަފުންގެ އަގު ވަޒަންކުރައްވާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ދިރާގަކީ ރާއްޖޭގެ ތަރައްގީގެ އެންމެ މުހިންމު އެއް ބައިވެރިއާއެވެ. ދިރާގުގެ ކުރިއެރުމާއި ކާމިޔާބީ ފެނިގެން ދަނީ އެ ކުންފުނީގެ ބެލެންސް ޝީޓާއި ހިއްސާދާރުންނަށް ބަހާ ޑިވިޑެންގެ މިންވަރުން އެކަންޏެއް ނޫނެވެ. އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ތެރެއިން، މުޖުތަމައުގެ ތަފާތު ދާއިރާތަކަށް ދިރާގުން އެހީތެރިކަން ފޯރުކޮށްދެ އެވެ. ދިރާގުގެ ނަން ނުފެންނަ ތަނެއް ނެތެވެ.

ދިރާގު

ކޮމެންޓް

އިތުރަށް ކިޔާލަން

ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް "ލިމިޓްލެސް ބޫސްޓަރސް" ތައާރަފުކޮށްފި

ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް "ލިމިޓްލެސް ބޫސްޓަރސް" ތައާރަފުކޮށްފި

08 ޑިސެމްބަރު 2025
ދިރާގުން ދޭ 2 ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު 2 ގުނަ ކުރުމަށް ބާކީ 3 ދުވަސް

ދިރާގުން ދޭ 2 ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު 2 ގުނަ ކުރުމަށް ބާކީ 3 ދުވަސް

27 ނޮވެމްބަރު 2025
ދިރާގު އެމްއެލްބީބީ މިނީ ސީރީޒް IV އަށް ރަޖިސްޓްރޭޝަން ފަށައިފި

ދިރާގު އެމްއެލްބީބީ މިނީ ސީރީޒް IV އަށް ރަޖިސްޓްރޭޝަން ފަށައިފި

25 ނޮވެމްބަރު 2025
ދިރާގުން މީޑީއާނެޓް އަންލިމިޓެޑް ސްޕޯޓްސްޕާސް ތައާރަފުކޮށްފި

ދިރާގުން މީޑީއާނެޓް އަންލިމިޓެޑް ސްޕޯޓްސްޕާސް ތައާރަފުކޮށްފި

07 ނޮވެމްބަރު 2025
ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2025: އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އައު ލަނޑުދަނޑިއެއް ހާސިލުކޮށްފި

ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2025: އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އައު ލަނޑުދަނޑިއެއް ހާސިލުކޮށްފި

30 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

23 ޖޫން
ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން
20242 އަހަރު ކުރިން
ރާއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"
20233 އަހަރު ކުރިން
ރިޕޯޓު

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟
20224 އަހަރު ކުރިން
ރިޕޯޓު

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު