Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަމީންގެ ޝަރީއަތް

އަމީންގެ ޝަރީއަތް: ވަކީލަކު ނެތުމުން ކުރިއަށް ނުގެންދެވުނު

29 ސެޕްޓެމްބަރު 2021 | ބުދަ 08:23

ބުދަ ދުވަހު ކުރިއަށް ގެންގޮސްފައިވަނީ އެކަމާ ގުޅޭ ފުރަތަމަ އަޑުއެހުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 29 ސެޕްޓެމްބަރު 2021 | ބުދަ 08:23
އަމީން

އަމީން

ޓެރަރިސްޓެއް ކަމަށް ބުނާ މުޙައްމަދު އަމީނުގެ މައްސަލައިގައި ހައިކޯޓުން ނިންމާފައިވާގޮތާމެދު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހިތްހަމަ ނުޖެހޭތީ އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، އެ މައްސަލައިގެ އަޑުއެހުމެއް ބުދަ ދުވަހު ސުޕްރީމް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

އަމީންގެ މައްސަލަ ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔައިރު، އޭނާގެ ފަރާތުން ހުށައެޅި ހުށައެޅުންތައް ކްރިމިނަލް ކޯޓުން ބަލައިނުގަތުމުން އޭނާ ވަނީ އެކަން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. ހައިކޯޓުން އެ މައްސަލަތައް ބެލުމަށްފަހު ނިންމާފައިވަނީ އަމީންގެ މައްޗަށް ކޮށްފައިވާ ދައުވާތައް ބާތިލު ކަމަށެވެ. އެއާއެކު ދައުލަތުން އެ ނިންމުން ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރުމުން، ބުދަ ދުވަހު ކުރިއަށް ގެންގޮސްފައިވަނީ އެކަމާ ގުޅޭ ފުރަތަމަ އަޑުއެހުމެވެ.

Advertisement - newsAdvertisement

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ އުއްތަމަ ފަނޑިޔާރު އަޙުމަދު މުއުތަސިމް އަދުނާން، ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު، އަދި ފަނޑިޔާރު ހުސްނުއްސުއޫދެވެ.

އަޑުއެހުން ފައްޓަވަމުން އުއްތަމަފަނޑިޔާރު މުޢުތަސިމް އަދުނާން ވިދާޅުވީ، އަމީންގެ ފަރާތުން ވަކީލެއްގެ ގޮތުން އަހުމަދު ޔާމީން އައްޔަނު ކޮށްފައިވާ ކަމަށެވެ. ނަމަވެސް ޔާމީނަށް ބައިވެރިނުވެވޭތީ އައު ވަކީލެއްގެ ގޮތުން އިސްމާއިލް ވިޝާމް އޭނާގެ ފަރާތުން ވަކީލެއްގެ ގޮތުގައި ހަމަޖައްސާފައިވާކަމަށް މުޢުތަސިމު ވިދާޅުވިއެވެ. މުޢުތަސިމް ވިދާޅުވީ، ވިޝާމް ހަމަޖެއްސުމަށްފަހު ކޯޓަށް ހުށައަޅާފައިވާ ފޯމުގައި ވިޝާމްގެ ސޮޔާއި އިނގިލީގެ ނިޝާން ނެތް ކަމަށެވެ. ވުމާއެކު ވަކީލަކު ނެތި މި މައްސަލަ ކުރިއަށް ގެންދިއުމަށް ޤަސްދު ނުކުރައްވާކަމަށް މުޢުތަސިމް ވިދާޅުވިއެވެ.

މުޢުތަސިމް ވިދާޅުވީ، ބުރާސްފަތި ދުވަހު މި މައްސަލައިގެ އިތުރު އަޑުއެހުމެއް އޮންނާނެ ކަމަށެވެ. އެމަނިކުފާނު ވަނީ އަޑުއެހުމަށް އަންނައިރު ވަކީލާއެކު އައުމަށާއި، ލިއެކިއުމުގައި ފުރިހަމަ ކުރަންޖެހޭ ކަންކަންވެސް ފުރިހަމަ ކުރުމަށް ދަންނަވާފައެވެ. ހަމައެއާއެކު މިއީ ވަކި މުއްދަތެއްގެ ތެރޭގައި ނިންމަންޖެހޭ މައްސަލައެއްކަން ފާހަގަކުރައްވައި މުޢުތަސިމް ވިދާޅުވީ، ލިއެކިއުންތައް ބަލައިގަންނަތާ 7 ދުވަހުގެ ތެރޭގައި މައްސަލަ ނިންމަން ޖެހޭ ކަމަށެވެ. ވީމާ އެގޮތަށް ކަންކަން ތަރުތީބު ކުރެއްވުމަށް މުއްތައްސިމް އެދިވަޑައިގެންނެވިއެވެ.

އަޑުއެހުމުގައި ވާހަކަ ދައްކަމުން އަމީން ބުނީ، ސިއްޙީ މައްސަލައެއް އުޅެނީ އޭނާގެ ކަމަށާއި، މެޑިކަލް ސެޓްފިކެޓުވެސް ޙަވާލު ކޮށްފައިވާނެ ކަމަށެވެ.

"މިކޮޅަށް އީމެއިލް ނުލިބޭކަމަށް އަންގަނީ، އެހެންވީމާ އަޅުގަނޑު ވަގުތުން އެހެން ލޯޔަރެއް އައްޔަނު ކޮށްފައި ވަގުތުން މިހާރު ވާނީ މެއިލްވެސް ކޮށްފައި، އަދި މިކޮޅާ ޙަވާލުކޮށްފައި އަޅުގަނޑުގެ އެމްސީ ވެސް، ރޭގެ ދަންވަރުގެ ވަގުތެއްގައި އަޅުގަނޑު ތްރޯޓް އިންފެކްޝަނަކާއިގެން އައިޖީއެމްއެޗްގެ އީއާރް ޑިޕާޓްމަންޓުގެ ފްލޫ ކްލިނިކަށް ގޮސް ގާތްގަނޑަކަށް އަޅުގަނޑު 4 ޖަހަންދެން އެކޮޅުގައި އުޅުނީ، ދެން ޕޮލިހުންނަށް ވެސް އެނގޭނެ އެކަން، އެއަށްފަހު އަޅުގަނޑު ވާނީ ސިޓީ ލިއެފައި ޙަވާލުކޮށްފައި އަޅުގަނޑު ވެސް އީމެއިލް ކުރުމަށް އެދިފައި އަޅުގަނޑު ގޮސް ނިދީ"

މުޢުތަސިމް ވިދާޅުވީ، ސިއްޙީ މައްސަލައެއް އުޅޭނަމަ މަޤްބޫލު އުޒުރެއްތޯ ބެލުމަށްޓަކައި އެކަމާ ގުޅޭ ލިއެކިއުންތައް ވެސް ހުށައަޅަންޖެހޭނެ ކަމަށެވެ.

އަމީންކްރިމިނަލް ކޯޓް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

16 ޑިސެމްބަރު 2025

ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ

16 ޑިސެމްބަރު 2025
ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ
16 ޑިސެމްބަރު 2025

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

16 ޑިސެމްބަރު 2025
ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި
13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް