Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއޭދަފުށީ މަގުތައް ތަރައްގީކުރުން

އޭދަފުށީ މަގުތަކާއި ބެހޭގޮތުން މިނިސްޓްރީން ފާހަގަކޮށްފައިހުރި ކަންކަން ރަނގަޅުކުރަން ވަރަށް އަވަހަށް ފަށާނަން: އެމްޓީސީސީ

މިކަންކަން ރަނގަޅުކުރަން އެއްއަހަރު ލިބޭނެ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 23 ސެޕްޓެމްބަރު 2021 | ބުރާސްފަތި 11:03
އޭދަފުށި މަގުމަތި

އޭދަފުށި މަގުމަތި

ބ. އޭދަފުށި މަގުތަކާއި ގުޅޭގޮތުން ޕްލޭނިން މިނިސްޓްރީން ފާހަގަކޮށްފައިހުރި ކަންކަން ރަނގަޅުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އޭދަފުށީގެ 17 މަގެއް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީން ވަނީ މިއަހަރުގެ ޖުލައި 3 ވަނަ ދުވަހު ނިންމާލާފައެވެ. އެމްޓީސީސީގެ ސީއީއޯ ވަނީ އެކުންފުނިން ތަރައްގީކޮށްފައިވާ މަގުތައް ބައްލަވާލެއްވުމަށް އެރަށަށް ޒިޔާރަތްކުރައްވާފައެވެ. މަގުތައް ބައްލަވައިލެއްވުމަށްފަހު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އާދަމް އާޒިމް ވިދާޅުވީ މި މަސައްކަތަކީ ކޮވިޑް-19ގެ އެންމެ އުނދަގޫ ދަނޑިވަޅުގައި ކުރިއަށްގެންގޮސްފައިވާ މަޝްރޫއެއް ކަމަށެވެ. ދަތިތަކާއެކުވެސް ހިތްހަމަޖެހޭ މިންވަރަށް މި މަސައްކަތް ކުރެވިފައިވާކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ މަސައްކަތް ނިމުމުން މީގެ ހަފުތާއެއް ކުރިން ޕްލޭނިން މިނިސްޓްރީން އޭދަފުއްޓަށް ގޮސް މަސައްކަތް ނިމުނުގޮތުގެ އިންސްޕެކްޝަނެއް ހަދާފައިވާކަމަށެވެ. މިކަމާއި ގުޅިގެން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި ހިމެނޭ ކަންކަން ބަލައި، ރިޕޯޓުގައި ފާހަގަކޮށްފައިހުރި ކަންކަން ރަނގަޅުކުރުމުގެ މަސައްކަތް ފަށާނެ ކަމަށް އާޒިމް ވިދާޅުވިއެވެ. މިކަންކަން ރަނގަޅުކުރަން އެއް އަހަރުދުވަސް ލިބޭނެ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.

އޭދަފުށީ މަގުތަކުގެ މަސައްކަތާއި ގުޅޭގޮތުން އޭދަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ފާތިހު ވިދާޅުވީ މަގުތައް ހެދުމުގެ ކުރިން އެރަށުގެ މަގުތަކުގައި ވަޅުގަނޑުތައް ހެދިފައި ހުރުމާއި، ފެން ބޮޑުވުން ފަދަ ކަންކަން ފާހަގަކުރެވުނު ކަމަށެވެ. އެހެންނަމަވެސް މިހާރު މިވަނީ މިކަންކަމަށްވެސް ހައްލު ގެނެވި، ޒަމާނީ ފެންވަރަކަށް ތަރައްގީކުރެވިފައި ކަމަށް ފާތިހު ވިދާޅުވިއެވެ. މިހާރު ނުހެދި ހުރި މަގުތައްވެސް ކުރިއަށް އޮތް ތަނުގައި ތަރައްގީކު ރެވިގެންދާނެ ކަމަށް އުންމީދު ކުރައްވާކަމަށް ފާތިހު ވަނީ ވިދާޅުވެފައެވެ.

މިއީ 29.68 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އެމްޓީސީސީބ. އޭދަފުށި

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2025

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް
19 ނޮވެމްބަރު 2025

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި
27 އޮކްޓޯބަރު 2025

ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

27 އޮކްޓޯބަރު 2025
ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި
27 އޮކްޓޯބަރު 2025

ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

27 އޮކްޓޯބަރު 2025
ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި
17 އޮކްޓޯބަރު 2025

އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

17 އޮކްޓޯބަރު 2025
އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު