Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މަރިޔާ 3 ކޮޅުވެއްޓި

ކޮޅުވެއްޓީގައި ތިބި މީހުން އިންޑިއާ މަނަވަރުގައި މާލެ ގެންނަނީ

މީހުން ގެންނަނީ އިންޑިއާގެ އަސްކަރީ މަނަވަރު، އައިއެންއެސް ކިރްޗްގައި

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 22 މެއި 2017 | ހޯމަ 13:40
މާރިޔާ 3 ކޮޅުވެއްޓީގެ ފޮޓޯއެއް

މާރިޔާ 3 ކޮޅުވެއްޓީގެ ފޮޓޯއެއް

ހަ މީހުންނާއެކު ގެއްލިގެން ހޯދަމުން ދަނިކޮށް، ރާއްޖެއާ 130 ނޯޓިކަލް މޭލް ބޭރުން ފެނުނު "މާރިޔާ 3" ކޮޅުވެއްޓީގައި ތިބި މީހުން އިންޑިއާގެ މަނަވަރެއްގައި މާލެ ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ، ކޮޅުވެއްޓި އޮތް ހިސާބުގައި މޫސުން ގޯސްވެ، ވައި ގަދަވަމުންދާތީ، ކޮޅުވެއްޓީގައި ތިބި ހަ މީހުން، އެ ކޮޅުވެއްޓި ހޯދުމުގެ އޮޕަރޭޝަންގައި ބައިވެރިވި އިންޑިއާގެ އަސްކަރީ މަނަވަރު، އައިއެންއެސް ކިރްޗްގައި، މާލެއަށް ގެނައުމަށް އެމްއެންޑީއެފުން ނިންމުމާ ގުޅިގެން، އެމީހުން ގޮވައިގެން އައިއެންއެސް ކިރްޗް މިހާރު މާލެއަށް ދަތުރުކުރަމުން އަންނަ ކަމަށެވެ.

Advertisement - newsAdvertisement

އާޒިމް ވިދާޅުވީ، ސެނޮކް ޕވޓ ލޓޑގެ މި ކޮޅުވެއްޓީގައި ސަލާމަތީ ހުރިހާކަމެއް ވެސް ހުރީ ފުރިހަމައަށް ކަމަށާއި، އަދި ކޮޅުވެއްޓީގެ ކުރީގައިވާ ރޭމްޕަށް ލިބިފައިވާ ގެއްލުން ފިޔަވައި އެ އުޅަނދަށް އިތުރު އެއްވެސް ގެއްލުމެއް ލިބިފައި ނުވާކަމަށެވެ.

އެމްއެންޑީއެފާއި ސެނޮކް ޕވޓ ލޓޑ އިން ކުރިން މަސައްކަތް ކުރަމުންދިޔައީ ކޮޅުވެއްޓި ޓަގެއްގައި ކަފުޖަހައިގެން މާލެއަށް ގެނައުމަށެވެ. ނަމަވެސް އާޒިމް ވިދާޅުވި ގޮތުގައި ސެނޮކް ޕވޓ ލޓޑ އިން ވޭތުވެދިޔަ 36 ގަޑިއިރު ކުރި މަސައްކަތް ވެސް ކާމިޔާބު ވެފައި ނުވާ ކަމަށެވެ. އެގޮތުން މި މޫސުމުގައި، ކޮޅުވެއްޓި ބަލައި ފުރުމަށް އެއްވެސް ބަޔަކު އެއްބަސް ނުވި ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި ކުރިން ކުރެވުނު މަސައްކަތް ނާކާމިޔާބު ވުމުން، މިހާރު މަސައްކަތް ކުރަމުންދަނީ މި މަސައްކަތް ކުރުމަށް ލަންކާގެ އުޅަނދެއް ހޯދުމަށް ކަމަށެވެ.

އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި ކޮޅުވެއްޓި މިހާރު އޮތީ މާލޭގެ އިރު ދެކުނުން 215 މޭލަށް ވުރެ ބޭރުގައެވެ.

'މާރިޔާ 3' ގެއްލިގެން ހޯދަން ފަށާފައިވަނީ، މި މޭމަހުގެ 16 ވަނަ ދުވަހުގެ ރެއިން ފެށިގެން އެ އޫލަނދުގެ ޚަބަރެއް ނުވެގެން، މޭ 18 ވަނަ ދުވަހު އެކަން އެމްއެންޑީއެފްއަށް ރިޕޯޓް ކުރި ހިސާބުންނެވެ. އެ ދުވަހުން ފެށިގެން ހޯދަމުން ދަނިކޮށް، އުޅަނދު ފެނިފައިވަނީ މޭ 20 ވަނަ ދުވަހުގެރޭ އިންޑިއާގެ ނޭވީ މަތިންދާ ބޯޓަކަށެވެ.

މި ކޮޅުވެއްޓި ފެނުނު އިރު އޭގައި ތިބި 6 މީހުންގެ ހާލުވެސް ރަނގަޅު ކަމަށާއި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނެތް ކަމަށް އެމްއެންޑީއެފުން ބުނެއެވެ. މި ކޮޅުވެއްޓީގައި ތިބީ 2 ދިވެހިންނާއި 4 ބިދޭސީނެވެ. ދެ ދިވެހިންނަކީ ކޮޅުވެއްޓީގެ ކެޕްޓަން، ތ.ވިލިފުށީ ފިނިހިޔާގެ އާދަމް ނައީމް އާއި އޭނާގެ އަންހެނުން އެ ރަށު ކޮށިބިއްލޫރިގޭ ޒުލައިޚާ އުސްމާނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު