Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޖާބިރަށް ހަމަލާދިން ކަމަށްބުނާ މައްސަލަ

ޖާބިރަށް ހަމަލާދިން ކަމަށް ބުނާ މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި

ހައްޔަރުކޮށްފައިވަނިީ ދެ ފިރިހެނުން

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 23 ސެޕްޓެމްބަރު 2021 | ބުރާސްފަތި 09:58
މަތިވެރިން ހަމަލާދިން ކަމަށް ޖާބިރު ވިދާޅުވި

މަތިވެރިން ހަމަލާދިން ކަމަށް ޖާބިރު ވިދާޅުވި

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، އއ. މަތިވެރިއަށް ދިއުމުން އޭނާއަށް ހަމަލާދިން ކަމަށް ބުނާ މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައިވަނީ 42 އަހަރާއި 19 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ.

ޖާބިރަށް ހަމަލާދިންކަމަށްބުނެ ފުލުހުން ދެ މީހަކު ހައްޔަރުކޮށްފައިވާއިރު، އަންގާރަ ދުވަހު ޖާބިރު އެ ރަށަށް އަރަން މަސައްކަތް ކުރުމުން، ޖާބިރު މަތިވެރި ކައުންސިލަށް ދައްކަންޖެހޭ 4.7 މިލިއަން ރުފިޔާ ނުދައްކާ ކަމަށް ބުނެ، އެ ރަށު ރައްޔިތުން ވަނީ މުޒާހަރާކޮށްފައެވެ. އަދި ޖާބިރަށް އަނިޔާ ވެސް ކޮށްފައިވެއެވެ. މި ހަމަނުޖެހުން ހިންގަން ފެށުމުން އެރަށު ފުލުހުން ވަނީ ޖާބިރު ޕޮލިސް ސްޓޭޝަނަށް ގެންގޮސްފައެވެ. އަދި ފަހުން އެސްއޯ ފުލުހުންނާއެކު ޖާބިރު ޕޮލިސް ސްޓޭޝަނުން ނުކުތް ވަގުތު ވެސް ހަމަލާދީފައިވާ ކަމަށް ޖާބިރު ވިދާޅުވިއެވެ.

ރާއްޖެއެމްވީއަށް މަތިވެރި ކައުންސިލްގެ ރައީސް އަހުމަދު އަސްލަމް ވިދާޅުވީ މަތިވެރީގެ ރައްޔިތުން ޖާބިރާ ދެކޮޅަށް މުޒާހަރާއަށް ނުކުތީ ކައުންސިލަށް ދައްކަން ޖެހޭ 4.7 މިލިއަން ރުފިޔާ ނުދައްކާތީ ކަމަށާއި، އެފައިސާ ދައްކަން ރައްޔިތުން ޑިމާންޑް ކުރި ކަމަށެވެ.

ގެސްޓްހައުސް ތަރައްގީކުރުމަށް، ޓޫރިޒަމް މިނިސްޓްރީން ޖާބިރުގެ ރިޗް ކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް މަތިވެރީ ބިމުން ކުއްޔަށް ދޫކޮށްފައިވާ ގެސްޓްހައުސް ބިން 1 އަދި ގެސްޓްހައުސް ބިން 2ގެ ކުލި ގަވާއިދުން ނުދައްކާކަން ފާހަގަކުރައްވައި އަސްލަމް ވިދާޅުވީ 2017 ވަނަ އަހަރުން ފެށިގެން މިހާތަނަށް ގަވާއިދުން ބިމުގެ ކުލި ދައްކަމުން ނުދާ ކަމަށެވެ. އަދި އެކަމާ ގުޅިގެން އެކި ފަހަރު މަތިން ޖާބިރުއާ މަޝްވަރާކޮށް ހައްލު ހޯދުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން މަތިވެރީގައި ގެސްޓްހައުސް ތަރައްްގީ ކުރުމަށް ޓޫރިޒަމް މިނިސްޓްރީން ޖާބިރަށް ކުއްޔަށް ދޫކޮށްފައިވާ ބިމާބެހޭ އެއްބަސްވުން ބަލައިގަތުމަށް މަތިވެރީ ކައުންސިލުން ވަނީ ދެކޮޅު ހަދާފައެވެ.

މިމައްސަލައާ ގުޅިގެން ކައުންސިލުން އާއްމުކޮށްފައިވާ ގަރާރުގައި ބުނެފައިވަނީ އެރަށު ބިމުގެ ހުޅަނގު ދެކުނުފަރާތުގައިވާ ޓޫރިޒަމް ޒޯން-1 ގައި ހިމެނޭ މި 2 ބިމަކީ މަތިވެރީ ކައުންސިލްގެ ފުރިހަމަ އިޚްތިސާސްގައި ހިމެނޭ 2 ބިން ކަމަށެވެ. އަދި މި 2 ބިން، ޓޫރިޒަމް މިނިސްޓްރީއިން ޖާބިރުގެ ރިޗް ކްލަބް މޯލްޑިވްސްއަށް 50 އަހަރަށް ކުއްޔަށް ދޫކޮށްފައިވަނީ, މީހުން ދިރިއުޅޭ ރަށްރަށުގައި ޓޫރިސްޓް ހޮޓަލާއި ޓޫރިސްޓު ގެސްޓުހައުސް ތަރައްގީކުރުމަށް ކައުންސިލް މެދުވެރިކޮށް ބިން ކުއްޔަށް ދިނުމަށް ބިން ކަނޑައެޅުމާބެހޭ އުސޫލާ ޚިލާފަށް، މަތިވެރީ ކައުންސިލްގެ ބަހެއް ނެތި ކަމަށެވެ.

ޖާބިރު ވިދާޅުވީ، މަތިވެރި ކައުންސިލަށް ދައްކަން ޖެހޭ އެއްވެސް ފައިސާއެއް ނޯންނާނެ ކަމަށެވެ.

އަބްދުﷲ ޖާބިރުމަތިވެރިމޯލްޑިވްސް ޕޮލިސް ސަރވިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

6 އެޕްރީލު
ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު
20251 އަހަރު ކުރިން
ރާއްޖެ

ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"
20224 އަހަރު ކުރިން
ރިޕޯޓު

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟
20215 އަހަރު ކުރިން
ރިޕޯޓު

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!
20197 އަހަރު ކުރިން
ރާއްޖެ

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު