Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއދ.ގެ އާންމު މަޖިލީހުގައި ބައިޑަން ދެއްކެވި ވާހަކަ

މޫސުމީ ބަދަލުތަކާ ގުޅިގެން، ތަރައްޤީވަމުން އަންނަ ގައުމުތަކަށް ދޭ އެހީ ދެގުނަ ބޮޑުކުރުމަށް މަސައްކަތްކުރާނަން: ބައިޑަން

ބައިޑަން ވިދާޅުވީ ކޮންގްރެސްއާ ގުޅިގެން މިހާރު ދެމުންދާ އެހީ 2024ވަނަ އަހަރު އަންނަންވާއިރު އަހަރަކު 11.4 ބިލިއަން ޑޮލަރަށް އިތުކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 21 ސެޕްޓެމްބަރު 2021 | އަންގާރަ 18:48
އެމެރިކާގެ ރައީސް ޖޯ ބައިޑަން

އެމެރިކާގެ ރައީސް ޖޯ ބައިޑަން

މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ތަރައްޤީވަމުން އަންނަ ގައުމުތަކަށް އެމެރިކާއިން މިހާރު ދެމުން ގެންދާ އެހީތެރިކަން ދެގުނަ އިތުރުކުރެއްވުމަށް މަސައްކަތްކުރައްވާނެކަމަށް އދ.ގެ އާންމު މަޖިލީހުގައި ތަގުރީރުކުރައްވަމުން އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.

ބައިޑަން ވިދާޅުވީ ކޮންގްރެސްއާ ގުޅިގެން މިހާރު ދެމުންދާ އެހީ 2024 ވަނަ އަހަރު އަންނަންވާއިރު އަހަރަކު 11.4 ބިލިއަން ޑޮލަރަށް އިތުކުރުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ. މިއާއެކު, މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އެންމެ ބޮޑަށް ނުރައްކާވެފައިވާ ގައުމުތަކަށް އަހަރަކު 100 ބިލިއަން ޑޮލަރު ހޭދަކުރުމަށް, މީގެ 10 އަހަރު ކުރިން ކަނޑައެޅި އަމާޒަށް ވާސިލްވުމަށް އެހީތެރިކަން ލިބިގެންދާނެއެވެ.

ދުނިޔޭގެ ގައުމުތަކުގެ އިސް ލީޑަރުން ބައިވެރިވެވަޑައިގެންނެވި މި އާންމު މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ބައިޑަން އިތުރަށް ވިދާޅުވީ މިފަދަ އިންވެސްޓްމެންޓްތަކެއް ކުރުމުގެ އެންމެ މުހިންމު ކަމަކީ ހަމައެކަނި މޫސުމީ ރަނގަޅު ސިޔާސަތުތަކަށް އިންވެސްޓް ކުރުން އެކަނި ނޫންކަމަށެވެ. ނަމަވެސް އެއީ ކޮންމެ ގައުމަކަށްވެސް އެބަޔެއްގެ އަމިއްލަ ކުރިމަގަށާއި ދުނިޔޭގެ ކުރިމަގަށް އިންވެސްޓްކުރުމަށް ލިބިގެންދާ ފުރުސަތެއްކަމަށެވެ.

ބައިޑެން މިމޭރުމުން މޫސުމީ ބަދަލުތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައިމިވަނީ, އަންނަ އޮކްޓޯބަރ މަހުގެ 31ން ނޮވެމްބަރ 12ށް ކޮޕް 26 ސަމިޓް ބޭއްވުމަށް ހަމަޖެހިފައިވަނިކޮށެވެ. ބައިޑެންގެ މޫސުމީ ބަދަލުތަކާއި ގުޅޭ ގިނަ ސިޔާސަތުތައް އަދިވެސް އޮތީ ކޮންގްރެސްއިން ނިންމާ ނިންމުންތަކެއްގެ މައްޗަށެވެ.

ސްކޮޓްލެންޑްގައި ކޮޕް 26 ސަމިޓް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވެފައިވަނީ މޫސުމީ ބަދަލުތަކާ ގުޅިގެން ހާސިލްކުރަން ކަނޑައަޅާފައިވާ ފައިސާއާބެހޭ ލަނޑުދަނޑިތަކަށް ވާސިލްވުމުގައި ތަރައްޤީ ވަމުން އަންނަ ގައުމުތަކާއި ތަރައްޤީވެފައިވާ ގައުމުތަކާ ދެމެދު އިތުބާރު ގާއިމުކުރުމަކީ މުހިންމު ކަމެއްކަމަށެވެ. 100 ބިލިއަން އެމެރިކާ ޑޮލަރު އަހަރަކު ހޭދަކުރުމަށް ތަރައްގީވެފައިވާ ގައުމުތަކުން ވެފައިވާ އެއްބަސްވުމުގެ މުއްދަތު 2020 ވަނަ އަހަރު ވަނީ ހަމަވެފައެވެ. ނަމަވެސް އެލަނޑުދަނޑިއަށް ވާސިލްވެފައެއްނުވެއެވެ.

އެކުވެރި ދައުލަތްތައް (އ.ދ.)ޖޯ ބައިޑަން

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް
05 ނޮވެމްބަރު 2025

"ރިޔާސީ ރޭހުން ބައިޑަން ވަކިވެ، ކަމަލާ ވާދަ ކުރެއްވުމަކީ ގޯހެއް!"

05 ނޮވެމްބަރު 2025
"ރިޔާސީ ރޭހުން ބައިޑަން ވަކިވެ، ކަމަލާ ވާދަ ކުރެއްވުމަކީ ގޯހެއް!"
05 ނޮވެމްބަރު 2025

ސިޔާސީ ޙަރަކާތްތަކާ ދުރުގައި ހުންނެވި ބައިޑަން ފެނުނީ ރެސްޓޯރެންޓެއް ގައި ފަރިއްކުޅުވަން އިންނަވަނިކޮށް

05 ނޮވެމްބަރު 2025
ސިޔާސީ ޙަރަކާތްތަކާ ދުރުގައި ހުންނެވި ބައިޑަން ފެނުނީ ރެސްޓޯރެންޓެއް ގައި ފަރިއްކުޅުވަން އިންނަވަނިކޮށް
02 ނޮވެމްބަރު 2025

ބައިޑަން ޖަލަށް ލާން ޖެހޭ ކަމަށް ގޮވާލައި ޓްރަމްޕް ވިދާޅުވީ، އެއީ ނާކާމިޔާބު މީހެއް ކަމަށް

02 ނޮވެމްބަރު 2025
ބައިޑަން ޖަލަށް ލާން ޖެހޭ ކަމަށް ގޮވާލައި ޓްރަމްޕް ވިދާޅުވީ، އެއީ ނާކާމިޔާބު މީހެއް ކަމަށް
30 އޮކްޓޯބަރު 2025

ޓްރަމްޕްގެ ވެރިކަމަކީ އެމެރިކާ އަށް އަނދިރި ދުވަސް ތަކެއް، ރައްޔިތުން ހިތްވަރު ކުރަން ޖެހޭ: ބައިޑަން

30 އޮކްޓޯބަރު 2025
ޓްރަމްޕްގެ ވެރިކަމަކީ އެމެރިކާ އަށް އަނދިރި ދުވަސް ތަކެއް، ރައްޔިތުން ހިތްވަރު ކުރަން ޖެހޭ: ބައިޑަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު