Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ހެއްކާ ބެހޭ ބިލް

ހެކި އުފައްދައި ސިޔާސީ މަންފާއަށް މީހުން ހައްޔަރުކުރުން މި ސަރުކާރުން ހުއްޓުވައިފި - ސަލީމް

އިންޓެލިޖެންސް ރިޕޯޓާ މަތިކޮށް އިދިކޮޅު މީހުން ހައްޔަރު ކުރުމުގެ ސަގާފަތަށް ނިމުމެއް އަންނާނެ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 21 ސެޕްޓެމްބަރު 2021 | އަންގާރަ 10:39
އަހުމަދު ސަލީމް - ހޯރަފުށި ދާއިރާ

އަހުމަދު ސަލީމް - ހޯރަފުށި ދާއިރާ

ހެކި އުފައްދައި ސިޔާސީ މަންފާއަށް މީހުން ހައްޔަރުކުރުން މި ސަރުކާރުން ހުއްޓުވައިފި ކަމަށް ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ހެއްކާ ބެހޭ ބިލާ ގުޅޭގޮތުން އަންގާރަ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ، ޒަމާނަށް ނުފެތޭ ބިލެއްކަމަށް ބައެއް މެމްބަރުން ވިދާޅުވާއިރު އެއްވެސް ސަރުކާރަކަށް ބިލު އިސްލާހުކުރުމަށް ކެރިވަޑައިނުގަތް ކަމަށެވެ. މިއީ ޑިމޮކްރެޓިކް އަދި ހެޔޮ ވެރިކަމުގެ މަގަށް މުހިއްމު ބިލެއް ކަމަށާއި، އިންޓެލިޖެންސް ރިޕޯޓާ މަތިކޮށް އިދިކޮޅު މީހުން ހައްޔަރު ކުރުމުގެ ސަގާފަތަށް ނިމުމެއް އަންނާނެ ކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ނޫސްވެރިންނާއި ސިޔާސީ މީހުން އިންޓެލިޖެންސް ރިޕޯޓްގެ ނަމުގައި ހައްޔަރުކޮށް ޖަލަށްލުމުގެ ސަގާފަތަށް ހުއްޓުމެއް އަންނާނެ ކަމަށް ވިދާޅުވިއެވެ. ސިޔާސީ މަންފާއަށް ހެކި އުފައްދައި މީހުން ފްރޭމް ކުރުން މި ސަރުކާރުން ހުއްޓުވައިފި ކަމަށް ސަލީމް ވިދާޅުވިއެވެ. މި ބިލް ގާނޫނަކަށް ވެގެން އައުމުން ދެން ޝަރުއީ ކޯޓުތަކުން އެގޮތަށް ހުކުމް ނުއިއްވޭނެ ކަމަށް ވިދާޅުވިއެވެ.

މިހާތަނަށް މިކަން ނުކޮށް އޮތީ ޚުދުމުހުތާރު ވެރިކަން، ޑިމޮކްރެސީގެ ނަމުގައި ރާއްޖޭގައި ހިންގަމުން ދިޔުމުން ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް އެކަން މާޒީވެ އެދިޔައީ ކަމަށާއި، މި ބިލް ހުށަހެޅުއްވީ ޝަރުއީ ނިޒާމް ކުރިއެރުވުމަށް ސަރުކާރުން ވެފައިވާ ވައުދު ފުއްދަމުންދާ ކަމުގެ ފުރިހަމަ ހެއްކެއް ކަމަށް ސަލީމް ވިދާޅުވިއެވެ.

އިންސާފުން ޝަރީއަތް ހިންގަން ޖެހޭނެ ކަމަށް ގާނޫނު އަސާސީގައި އޮތް ނަމަވެސް އެކަން ކަށަވަރު ކުރުމަށްޓަކައި ހަދަން ޖެހޭ ގާނޫނުތައް މިހާތަނަށް މިއޮތީ ވުޖޫދަށް ނުގެނެވި ކަމަށާއި، އެ ހުސްކަން މި ބިލުން ފޫބައްދާނެ ކަމަށެވެ.

ގާނޫނުތައް ވުޖޫދުވެގެން އަޔަސް ހުކުމް ކުރައްވާ ފަނޑިޔާރުން ގާނޫނަށް އަހުލުވެރިވާން ޖެހޭކަން ފާހަގަކުރެއްވިއެވެ. މިހާރު އަމަލު ކުރަމުން އަންނަ ހެއްކާބެހޭ ގާނޫނަށް 40ށްވުރެ ގިނަ އަހަރުވެގެން ދިޔައިރު ގާނޫނު މުރާޖަޢާ ކުރެވިފައި ނެތްކަން ވެސް ފާހަގަކުރެއްވިއެވެ.

މި ބިލު ގާނޫނަކަށް ވެގެން އަންނައިރު ކޯޓުުތަކާއި ޓްރައިބިއުނަލްތައް އަދި ފިޔަވަޅުއެޅުމުގެ ބާރު ލިބިގެންވާ ތަންތަނަށް ހެކީގެ ބާވަތްތައް ކަނޑައެޅުމުގައި ފަސޭހަތަކެއް ވެގެންދާނެއެވެ. އިންސާފުން ޝަރީއަތް ކޮށްދިނުމުގެ މައިގަނޑު އަސާސް ކަމުގައިވާ ހެކި ހުށަހެޅުމަށްޓަކައި ހެއްކާ ބެހޭ ގާނޫނީ އޮނިގަނޑެއްް އެކުލަވާލުމަކީ މި ބިލުގެ މަގްސަދެކެވެ.

ރައްޔިތުންގެ މަޖިލިސްހޯރަފުށީ ދާއިރާގެ މެންބަރު, އަޙުމަދު ސަލީމް

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު