Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މިނިމަމް ވޭޖް

ޕޭ ސްޓްރަކްޗަރއަށް ބަދަލު ނާންނަނަމަ މިނިމަމް ވޭޖް އެއީ ހައްލެއް ނޫން - ސަލީމް

މީގެ ކުރިން މިކަމަށް ނުހޯދި އޮތްކަމެއް ނަމަވެސް މި އަހަރު މިކަަމަށް ހައްލު ލިބިގެންދާނެ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 20 ސެޕްޓެމްބަރު 2021 | ހޯމަ 05:51
އަހުމަދު ސަލީމް - ހޯރަފުށި ދާއިރާގެ މެމްބަރު

އަހުމަދު ސަލީމް - ހޯރަފުށި ދާއިރާގެ މެމްބަރު

ޕޭ ސްޓްރަކްޗަރއަށް ބަދަލު ނާންނަނަމަ މިނިމަމް ވޭޖް އެއީ ހައްލެއް ނޫން ކަމަށް ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ސިވިލް ސަރވިސް މުވައްޒަފުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް އެދި މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ، ކޮވިޑްގެ ހާލަތާއެކު މަސައްކަތްތައް ލަސްވެގެންދިޔަކަން ގަބޫލް ކުރައްވާ ކަަމަށެވެ. އަދި ސިވިލް ސާރވިސްގައި މަސައްކަތް ކުރައްވާ މުވައްޒަފުންނަށް އެކަށީގެންވާ އުޖޫރައެއް ލިބެމުން ނުދާ ކަމަށާއި، ކުޑަ އުޖޫރައެއް ދިނުމަކީ ފައިސާ ރައްކާ ކުރެވޭ ކަމެއް ނޫން ކަމަށެވެ. ކުޑަ އުޖޫރައެއް ދިނުމަކީ މަސައްކަތުގެ ފެންވަރު ރަނގަޅު ކުރެވޭ ކަމެއް ނޫން ކަމަށް ވެސް ސަލީމް ވިދާޅުވިއެވެ. ސަލީމް ވިދާޅުވީ، މި އަހަރު މިނިމަމް ވޭޖް ތައާރަފް ކުރާނެ ކަމަށާއި، އެހެންނަމަވެސް އެއީ ހައްލެއް ނޫން ކަމަށެވެ. މިހާރު އޮތް ޕޭ ސްޓްރަކްޗަރއަށް ބަދަލު ނުގެނެސް މިނިމަމް ވޭޖުން މުސާރައަށް ބަދަލު ނާންނާނެ ކަމަަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މި މަައްސަލައަށް ވާހަކަދައްކަވަމުން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ، އެމްޑީޕީން އަބަދުވެސް ވަކާލާތު ކުރަނީ، މަސައްކަތްތެރިންގެ ހައްގު ހޯދުމަށް ކަމަށެވެ. މަސައްކަތްކުރާ މީހުންގެ ބޮޑު އިންސައްތައަކީ ސިވިލް މީހުންނަށް ވުމަކީ ވެސް މައްސަލައެއްކަން ފާހަގަކޮށް މީގެ ކުރިންވެސް ވާހަކަދައްކަވާފައިވާނެ ކަމަށާއި، އުފެއްދުންތެރި މަސައްކަތް ކުރާ މީހުން އިތުރު ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި ހުރިހާ ތަނެއްގައި ވެސް އެއް އުސޫލެއް ހިފަހައްޓަންޖެހޭ ކަމަށެވެ. މިހާރުވެސް ބައެއް ތަންތަނުން އަމަލު ކުރަމުންދަނީ ރަނގަޅަށް ނޫންކަން ފާހަގަކުރައްވަމުން އިންތި ވިދާޅުވީ، ޕީއެސްއެމްގައި ސަރުކާރުގެ ރަސްމީ ބަންދު ދުވަސްތައް ރަސްމީދުވަހަކަށް އެއް މަހު ހަދާފައި އަނެއް މަހު ބަންދު ދުވަހަކަށް ހަދަމުންދާ ކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށެވެ.

ދާންދޫ ދާއިރާގެ މެމްބަރު ޔަގޫބް އަބްދުﷲ ވިދާޅުވީ، ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރައަކީ މީގެ ކުރިން މިކަމަށް ނުހޯދި އޮތްކަމެއް ނަމަވެސް މި އަހަރު މިކަަމަށް ހައްލު ލިބިގެންދާނެ ކަމަށެވެ. އަދި ޕޭ ކޮމިޝަނުން އަންނަ އަހަރުގެ ބަޖެޓް ހުށަހަޅާއިރު، ބަދަލުތަކާއެކު ހުށަހަޅަން ގޮވާލާ ކަމަށް ވެސް ވިދާޅުވިއެވެ. ޓީޗަރުންގެ މުސާރައަކީ ބަދަލު ގެންނަން ޖެހޭ މުހިއްމު ދާއިރާއެއްކަން ފާހަގަކުރައްވާ ޔަގޫބް ވިދާޅުވީ، އެމީހުން ކުރާ މަސައްކަތާ ބަލާއިރު ލިބެނީ ކުޑަ މުސާރައެއް ކަމަށެވެ.

ސިވިލް ސަރވިސް މުވައްޒަފުންނަށް ހައްގުވާ މުސާރަ ނުލިބޭ ކަމަށްބުނެ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އާދިއްތަ ދުވަހު ވަނީ ހިމޭން އިހުތިޖާޖެއް ކުރިއަށް ގެންގޮސްފައެވެ.

ކުއްލި މައްސަލަ ހުށަހެޅުއްވީ، ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމެވެ. ހަލީމް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައިވަނީ، ސަރުކާރު ހިންގުމުގެ އެންމެ ބޮޑު ޒިންމާއެއް އަދާކުރާ ބަޔަކީ ދިވެހި ސިވިލް ސަރވެންޓުން ކަމަށާއި، އެމީހުންނަށް އެކަށީގެންވާ އުޖޫރައެއް ދޭން ޖެހޭ ކަމަށެވެ. އަދި މުސާރައިގެ އޮނިގަނޑު ލަސްނުކުރުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.

ހޯރަފުށީ ދާއިރާގެ މެންބަރު, އަޙުމަދު ސަލީމްރައްޔިތުންގެ މަޖިލިސްމިނިމަމް ވޭޖް

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު