Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
72 ކިލޯ ޑްރަގްގެ މައްސަލަ

72 ކިލޯ ޑްރަގް ކޭސް: ދައުވާލިބޭ މީހުންގެ ބަންދު ދަމަހައްޓައިފި

މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކޮށް އެތަކެތި ޓްރެފިކްކުރި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 20 ސެޕްޓެމްބަރު 2021 | ހޯމަ 09:16
72 ކިލޯ ޑްރަގް އެތެރެކުރި މައްސަލައިގައި ދައުވާކޮށްފައިވާ ފަރާތްތައް

72 ކިލޯ ޑްރަގް އެތެރެކުރި މައްސަލައިގައި ދައުވާކޮށްފައިވާ ފަރާތްތައް

ރާއްޖެއަށް 72 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ދައުވާ އުފުލާފައިވާ 10 މީހުންގެ ޝަރީޢަތުގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މައްސަލައިގެ ޚުލާސާއެއް:

Advertisement - newsAdvertisement

މި މައްސަލައަކީ މިދިޔަ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހު "މަސްޖަރީ 2" ނަމަކަށްކިޔާ ދޯންޏެއްގައި, 72 ކިލޯ ހުރި މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކޮށް އެތަކެތި ޓްރެފިކްކުރިކަމަށް ތުހުމަތުކުރެވުނު މައްސަލަކެއެވެ. އެގޮތުން މި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވާއިރު، އެ 10 މީހުންގެ މައްޗަށް މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ދަށުން ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ ވަނީ އުފުލާފައެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ ސ. ހުޅުދޫ، ދޭލިޔާގެ ޢިރުފާން ތަޤިއްޔު، ރ. އިނގުރައިދޫ އެލެސްކާ މުޙައްމަދު ވިސާމް، ރ. އިނގުރައިދޫ އެލެސްކާ ޢަބްދުﷲ ވިސާމް، ދ. މާއެނބޫދޫ އަނބުގޮސްދޮށުގެ އަޙްމަދު ނަޞީރު، ކ. މާލެ ހ. ގާރޑްންބިޔުޓީ މުޙައްމަދު އަކްރަމް، ހދ. ނޮޅިވަރަންފަރު ނޫރީއާގެ މުޙައްމަދު ޝަރީފް، ގަން-ތުނޑި ޕެރިސްހޮލިޑޭ މުޙައްމަދު ފުރުޤާން، ރަސްގެތީމު ފީރޯޒްގެ އަޙްމަދު ޝިނާން، ތ. ތިމަރަފުށި ތަނޑިރަތްމާގެ މުޙައްމަދު ވަޖީހު، އަދި ކ މާލެ މއ. ކަނޑޫގެ، ޢަލީ އަޙުމަދުގެ މައްޗަށެވެ.

އޭގެ އިތުރުން، މި މައްސަލައިގައި ހިމެނޭ އަޙުމަދު ނަޞީރުއާއި މުޙައްމަދު އަކްރަމް އަދި މުޙައްމަދު ޝަރީފްގެ މައްޗަށް ވަނީ ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދަޢުވާ ވެސް އުފުލާފައެވެ.

އާދިއްތަ ދުވަހުގެ އަޑުއެހުން:

މި މައްސަލައިގައި މިހާރު ކުރިއަށްދަނީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހަޅައި ވާހަކަ ދެއްކުމުގެ މަރުޙަލާއެވެ. އޭގެ އިތުރުން ބަންދު މުރާޖައާ ކުރުމުގެ ބައި ވެސް ކުރިއަށްދާއިރު، މި މައްސަލައިގައި ދައުވާލިބޭ ފަރާތްތަކުގެ ތެރެއިން މުޙައްމަދު ވިސާމްގެ މައްޗަށް އެއްވެސް ހެއްކެއް ނެތްކަމަށް ވިދާޅުވެ ވިސާމްގެ ވަކީލު ވަނީ އޭނާ ބަންދުން ދޫކޮށްލުމަށް އެދިލައްވާފައެވެ. އެކަމަށް ރައްދު ދެއްވައި ދައުލަތުގެ ވަކީލާ ވިދާޅުވީ، ވިސާމްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރި ބަންދާ ގުޅޭ މައްސަލައިގައި ވެސް އޭނާ ބަންދުގައި ބަހައްޓަންޖެހޭ ޙާލަތެއް އޮތްކަމަށް ނިންމާފައިވާ ކަމަށެވެ. އަދި ބަންދު ފޯމުގައި ވެސް އޭނާއާއި މި މައްސަލައާ ގުޅިގެންދާ ގޮތް ބަޔާންކޮށްފައިވާނެކަން ދައުލަތުގެ ވަކީލާ ފާހަގަ ކުރެއްވިއެވެ.

ދައުލަތުގެ ވަކީލާ ވިދާޅުވީ، ބަންދު މުރާޖައާ އަޑުއެހުން ބޭއްވިފައި ނުވުމަކީ ބަންދުން ދޫކޮށްލަންޖެހޭ ސަބަބެއް ނޫންކަމަށް ސުޕްރީމް ކޯޓުގެ ނިންމުންތަކުގައި ވެސް ވާ ކަމަށެވެ. އަދި ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު ވެސް އޮތްކަމަށް ފާހަގަކޮށް ދައުލަތުން ވަނީ ހުރިހާ ސަބަބުތަކަށް ރިއާޔަތްކުރާއިރު ބަންދުން ދޫކޮށްލަން ޖެހޭ ސަބަބެއް ނެތްކަމަށް ނިންމަވައިދެއްވުމަށް އެދިލައްވާފައެވެ. މި މައްސަލަ ބައްލަވާ ފަނޑިޔާރު ވެސް ވަނީ އޭނާ ބަންދުގައި ބަހައްޓަވަން ނިންމަވާފައެވެ.

އޭގެ އިތުރުން، ދައުވާ ލިބޭ އަހުމަދު ނަސީރުގެ ފަރާތުން ހެކި ހުށަހަޅާފައިވާއިރު، ހެއްކާ ގުޅޭގޮތުން މި އަޑުއެހުމުގައި ވަނީ ވާހަކަ ދައްކާފައެވެ. ނަމަވެސް ހެއްކާ ގުޅޭގޮތުން ދައުލަތުން ވާހަކަ ދެއްކުމާއި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގެ ބައި ކުރިއަށް ގެންގޮސްފައެއް ނުވެއެވެ. އަދި ނޮވެމްބަރު މަހުގެ ފުރަތަމަ ހަފްތާ ތެރޭގައި އެކަމަށްޓަކައި ބާއްވާ އަޑުއެހުން އޮންނާނެކަމަށް ގާޒީ ވިދާޅުވިއެވެ.

އަހުމަދު ނަސީރަށް އިށީނދެގެން އިނުމަށް ދަތިވާކަން ފާހަގަކޮށްފައިވާއިރު އޭނާ ވަނީ ޝަރީއަތުގެ މަޖިލީހުގައި ވެސް ވާހަކަ ދައްކާފައެވެ. އެގޮތުން މައިބަދައިގައި ރިއްސާއިރު ކަށީގެ ޚާއްސަ ޑޮކްޓަރަކަށް ރިފަރ ކޮށްފައިވީނަމަވެސް، އެކަން ކޮށްފައި ނުވާކަމަށް ބުނެއެވެ. އެކަމާ ގުޅޭގޮތުން ދައުލަތުގެ ވަކީލާ ވިދާޅުވީ، އޭނާ އެޑްމިޓް ކުރުމަށް ކުރިންވެސް ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި ނަމަވެސް އޭނާ އެޑްމިޓްވާން ދެކޮޅު ހަދާފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ޑޮކްޓަރުންގެ ލަފަޔާ އެއްގޮތަށް ފަރުވާ ދިނުމުގެ ކަންކަން ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ. ޝަރީއަތުން ވަނީ ނަސީރުގެ ބަންދު ވެސް ދަމަހައްޓާފައެވެ. ނަމަވެސް އާއިލާގެ ފަރާތުން ބޭސްފަރުވާ ކުރުމުގެ ކަންކަން ކުރާނަމަ އެކަމަށް މަގުފަހިކޮށްދެއްވުމަށް ކުރަންޖެހޭ ކަންކަން ކުރައްވާނެކަން ޝަރީއަތުން ފާހަގަކޮށްފައިވެއެވެ.

ދައުވާލިބޭ އަބްދުﷲ ވިސާމްއާއި އަލީ އަހުމަދު، އަދި އަކްރަމްގެ ބަންދު މުރާޖައާ ކޮށްފައިވާއިރު، އޭނާގެ ބަންދުގެ ޙާލަތަށްވެސް ބަދަލެއް ގެންނަން ނުފެންނަކަމަށް ޝަރީއަތުން ވަނީ ނިންމާފައެވެ.

ވަކިވަކިން ކުރިއަށްގެންދާ މި އަޑުއެހުންތަކުގެ ތެރެއިން ދައުވާ ލިބޭ ބައެއް ފަރާތްތަކުގެ ހެކި ހުށައެޅުމުގެ ބައިވެސް ކުރިއަށް ގެންގޮސްފައިވާއިރު، ދައުލަތުން ވަނީ ހެކިތަކާއި ގުޅޭގޮތުން ހުށައަޅަން ބޭނުންވާ ކަންކަމަށް ވާހަކަ ދެއްކުމަށް 10 ދުވަހުގެ މުއްދަތަކަށް އެދިފައެވެ.

އޭގެ އިތުރުން، ބަންދު މުރާޖައާވެސް ކޮށްފައިވާއިރު، ޝަރީއަތުން ވަނީ އެންމެންވެސް ބަންދު ކުރުމަށް ނިންމާފައިވާ ނިންމުން ދަމަހައްޓާފައެވެ.

އިރުފާން ތަޤިއްޔުގެ ބައި:

އޭގެ އިތުރުން، މި މައްސަލައިގެ އިސްކޮށް އުޅުނުކަމުގެ ތުހުމަތު ކުރެވޭ އިރުފާން ތަޤިއްޔުގެ އަޑުއެހުން ވެސް ކުރިއަށް ގެންގޮސްފައިވާއިރު، އޭނާގެ ޤާނޫނީ ވަކީލު އަލީ ޝާހު ވިދާޅުވީ، އެންމެ ފަހުން އޮތް އަޑުއެހުމުގައި ދެފަރާތުން ވެސް ހެކި ހާމަކޮށްފައިވާ ކަމަށާއި، ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް ފުރުސަތު ވެސް ލިބިފައިވާ ކަމަށެވެ. އަދި ހުށައެޅުންތަކަށްފަހު އަނެއްކާވެސް ދައުލަތަށް ހުށަހެޅުންތަކުގެ ފުރުސަތު ލިބުމަކީ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތާއި ޚިލާފު ކަމެއްކަން ޝާހު ފާހަގަކުރެއްވިއެވެ.

ޝާހު ވިދާޅުވީ، ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް ލިބުނު ފުރުސަތުގައި ދައުލަތުން ހުށަހެޅުންތައް ހުށަހަޅާފައި ނުވާ ކަމަށާއި، ދިފާއުގެ ހުށަހެޅުންތަކަށް ރައްދުވެސް ދީފައިވާ ކަމަށެވެ. ނަމަވެސް ޝަރީއަތުން ވަނީ ދައުލަތަށް 10 ދުވަހުގެ މުއްދަތެއް ދީފައެވެ. އެއާއެކު ވަކީލު ޝާހު ވަނީ ދިފާއަށް ވެސް އަލުން ޝަރީއަތުގެ ކުރިން ހުށައަޅާ ހުށަހެޅުންތަކަށް ފުރުސަތު ދީ ހަމަހަމަކަމާއެކު އެ ފުރުސަތު ފަހިކޮށްދިނުމަށް އެދިވަޑައިގަންނަވާފައެވެ.

އެކަމާ ގުޅޭގޮތުން ދައުލަތުގެ ވަކީލާ ވިދާޅުވީ، ދިފާއުގެ ހެކިތައް ދައުލަތަށް ލިބިފައިވަނީ 14 ސެޕްޓެމްބަރުގައި ކަމަށެވެ. ނަމަވެސް ޝާހު ވަނީ އެންމެ ފަހުން ބޭއްވި އަޑުއެހުމުގެ ތެރޭގައިވެސް ހެކި ހާމަކޮށްފައިވާނެކަން ފާހަގަ ކުރައްވާފައެވެ. ޝާހު ވިދާޅުވީ، ކޮންމެ ކަމެއް ދައުލަތާއި އެއްކޮޅަށް ނިމިގެންދާކަން ފާހަގަކުރައްވައި އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު ޝަރީއަތް ކުރިއަށް ގެންދިއުމަށް އެދިވަޑައިގަންނަވާފައެވެ. ނަމަވެސް ޝަރީއަތުން ނިންމާފައިވަނީ ދައުލަތުން އެދިފައިވާ ގޮތަށް 10 ދުވަހުގެ މުއްދަތެއް ދިނުމަށެވެ.

އިރުފާން ތަޤިއްޔުގެ ބަންދު މުރާޖައާ ބައިވެސް ކުރިއަށް ގެންގޮސްފައިވާއިރު، އޭނާގެ ބޭސްފަރުވާގެ ކަންކަން ކުރުމަށް ތަކުރާރުކޮށް މަސައްކަތް ކުރައްވައި، އެކަމަށް ފަހި މަގެއް ފެނިފައިނުވާތީ އެކަމުގެ ކަންބޮޑުވުން ވަކީލު ޝާހު ވަނީ ފާޅު ކުރައްވާފައެވެ. އަދި އޭނާގެ ބޭސްފަރުވާގެ ކަންކަމުގައި އިހުމާލުވެފައިވާކަން ޝާހު ފާހަގަކުރެއްވިއެވެ. ވަކިން ޚާއްސަކޮށް އިރުފާން ތަޤިއްޔުގެ މައި ނާރުގައި މައްސަލަތަކެއް ހުރިއިރު، ދެ އަހަރުވެގެންދާއިރު ވަކި ޑޮކްޓަރަކު ނެތިގެން ޑޮކްޓަރަށް ދެއްކިފައިނުވާކަމަށް ދައުލަތުން ބުނާ ބުނުމަށް ޝާހު ވަނީ ފާޑު ވިދާޅުވެފައެވެ.

މި މައްސަލައިގައި ދެފަރާތުން ފާހަގަކުރި ކަންކަމަށް ރިއާޔަތް ކުރައްވައި ގާޒީ ޙަސަން ސައީދު ވަނީ ބަންދުގައި ހުރި ހުރުމަށް އިތުރު ބަދަލު ނުގެނައުމަށް ނިންމަވާފައެވެ. ނަމަވެސް އާއިލާއިން ބޭސްފަރުވާ ކުރުމުގެ ކަންކަން ކުރާނަމަ އެކަމަށް މަގުފަހި ކޮށްދެއްވުމަށް ކުރަންޖެހޭ ކަންކަން ކުރެއްވުމަށް ގާޒީ ވަނީ ނިންމަވާފައެވެ. އަމުރުގައިވެސް އެކަންކަން ބަޔާން ކުރައްވާނެކަން ގާޒީ ފާހަގަ ކުރެއްވިއެވެ.

72 ކިލޯ ޑްރަގް މައްސަލަކްރިމިނަލް ކޯޓް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

21 ފެބުރުއަރީ
ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު
20242 އަހަރު ކުރިން
ރާއްޖެ

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ
20233 އަހަރު ކުރިން
ދުނިޔެ

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު
20224 އަހަރު ކުރިން
ރާއްޖެ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!
20215 އަހަރު ކުރިން
ރިޕޯޓު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !
20197 އަހަރު ކުރިން
ރިޕޯޓު

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!
20188 އަހަރު ކުރިން
ރާއްޖެ

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު