Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖުޑީޝިއަލް ޓްރެއިނިންގ ޕްރޮގްރާމް

"ޓްރެއިނިން އޮފް ޖުޑީޝިއަލް ޓްރެއިނިން" ޕްރޮގްރާމް ނިންމާލައިފި

19 ސެޕްޓެމްބަރު 2021 | އާދީއްތަ 07:43

ޕްރޮގްރާމް ހިންގީ ބްރިޓިޝް ހައި ކޮމިޝަނުގެ އެހީއާއެކު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 19 ސެޕްޓެމްބަރު 2021 | އާދީއްތަ 07:43
"ޓްރެއިނިންގ އޮފް ޖުޑީޝިއަލް ޓްރެއިނިންގ" ޕްރޮގްރާމްގެ ބައިވެރިން

"ޓްރެއިނިންގ އޮފް ޖުޑީޝިއަލް ޓްރެއިނިންގ" ޕްރޮގްރާމްގެ ބައިވެރިން

ކ. ތުލުސްދޫގައި ކުރިއަށްގެންދިޔަ "ޓްރެއިނިންގ އޮފް ޖުޑީޝިއަލް ޓްރެއިނިންގ" ޕްރޮގްރާމް ނިންމާލައިފިއެވެ.

މި ޕްރޮގްރާމަކީ ބްރިޓިޝް ހައި ކޮމިޝަނުގެ އެހީއާއެކު ޖުޑީޝަލް އެކެޑަމީއާއި، ޔޫއެންޑީޕީ ގުޅިގެން 16 ސެޕްޓެމްބަރު 2021ން ފެށިގެން 18 ސެޕްޓެމްބަރު 2021ށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. ކ ތުލުސްދޫގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ދާއިރާއާ ގުޅޭ ފަންނީ ތަމްރީނު ބައިވެރިންނަށް ވަނީ ކިޔާދެއްވާފައެވެ.

Advertisement - newsAdvertisement

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އައިޝަތު ރިޒްނާ ވިދާޅުވީ، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައިވެސް ހުއްޓުމެއްނެތި ތަފާތު އެކި ޓްރެއިނިންގ ޕްރޮގްރާމްތައް ހިންގިފައިވާ ކަމަށާއި، "ޓްރެއިނިންގ އޮފް ޖުޑީޝަލް ޓްރެއިނަރސް" އަކީ ބައިވެރިން އެއް ތަނަކަށް ހާޒިރުވެގެން މި ފަހުން ބޭއްވުނު ފުރަތަމަ ޓްރެއިނިން ކަމަށެވެ. ރިޒްނާ ވިދާޅުވީ މި ޕްރޮގްރާމްގެ ދަށުން 26 ފަނޑިޔާރުންނަށް ޓްރެއިނިން ދެވިފައިވާ ކަމަށެެވެ. އޭގެ ތެރޭގައި ސުޕްރީމް ކޯޓާއި މާލޭގެ ކޯޓުތައް ހިމެނޭ ގޮތަށް 9 ފަނޑިޔާރުންނާއި 16 މެޖިސްޓްރޭޓުން ހިމެނޭކަން ރިޒްނާ ފާހަގަ ކުރެއްވިއެވެ.

ރިޒްނާ އިތުރަށް ވިދާޅުވީ، މި ޕްރޮގްރާމްގެ މަގްސަދަކީ މުސްތަގުބަލުގައި ފަނޑިޔާރުންގެ ޓްރެއިނިންތައް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންދިއުން ކަމަށާއި، ފަނޑިޔާރު ކަމުގެ މަސްއޫލިއްޔަތު އަދާ ކުރުމަށް ބޭނުންވާ ފަންނީ ހުނަރުތައ ދަސްކޮށްދިނުން ކަމަށެވެ.

މި ޓްރެއިނިން ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ބަންޑާރަނާއިބު އިބްރާހިމް ރިފްއަތެވެ. އެގޮތުން ޓްރެއިނިން ފުރިހަމަ ކުރި ފަނޑިޔާރުންނަށް ރިފްއަތު ވަނީ ސެޓްފިކެޓު ހަވާލު ކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ރިފްއަތުގެ އިތުރުން ޔޫއެންޑީޕީ މޯލްޑިވްސްގެ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް މިސް ވެރާ ހަކީމްގެ އިތުރުން، ޓްރެއިނިންގ ގެ ފެސިލިޓޭޓަރ ޖަޖް މެލްކޮމް ސިމަންސްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންޖުޑީޝަލް ސަރވިސް ކޮމިޝަން

އެންމެ ހިނގާ

1

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2025

ރާއްޖޭގެ ދިގު ތާރީހުގައި މިހައި ބޮޑަށް ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވި ސަރުކާރެއް އައިސްފަ އެއް ނުވޭ، ޖޭއެސްސީ ހިނގަނީ ކުންފުނި އުސޫލުން: ވަކީލު މުސްތަފާ

04 ޑިސެމްބަރު 2025
ރާއްޖޭގެ ދިގު ތާރީހުގައި މިހައި ބޮޑަށް ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވި ސަރުކާރެއް އައިސްފަ އެއް ނުވޭ، ޖޭއެސްސީ ހިނގަނީ ކުންފުނި އުސޫލުން: ވަކީލު މުސްތަފާ
03 ޑިސެމްބަރު 2025

ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި

03 ޑިސެމްބަރު 2025
ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި
01 ޑިސެމްބަރު 2025

ކްރިމިނަލް ކޯޓުގެ ގާޒީ، ފާއިޒް ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް

01 ޑިސެމްބަރު 2025
ކްރިމިނަލް ކޯޓުގެ ގާޒީ، ފާއިޒް ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް
26 ނޮވެމްބަރު 2025

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރީ އަދުލުވެރި ގޮތަކަށް ނޫން: މުއިއްޒު

26 ނޮވެމްބަރު 2025
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރީ އަދުލުވެރި ގޮތަކަށް ނޫން: މުއިއްޒު
24 ނޮވެމްބަރު 2025

ޝަރުއީ ދާއިރާގެ މުސާރަ: ކަންބޮޑުވުންތައް ބޮޑު، 600 އަށް ވުރެ ގިނަ މުވައްޒަފުންގެ ޕެޓިޝަނެއް

24 ނޮވެމްބަރު 2025
ޝަރުއީ ދާއިރާގެ މުސާރަ: ކަންބޮޑުވުންތައް ބޮޑު، 600 އަށް ވުރެ ގިނަ މުވައްޒަފުންގެ ޕެޓިޝަނެއް
22 ނޮވެމްބަރު 2025

ސުލޫކީ މައްސަލަ ބަލަނީ ވަކި ކޯޓެއް ގެ ފަނޑިޔާރަކަށް ވީތީ ވަކި ގޮތަކަށް އަމަލު ކުރާކަށް ނޫން: ޖޭއެސްސީ

22 ނޮވެމްބަރު 2025
ސުލޫކީ މައްސަލަ ބަލަނީ ވަކި ކޯޓެއް ގެ ފަނޑިޔާރަކަށް ވީތީ ވަކި ގޮތަކަށް އަމަލު ކުރާކަށް ނޫން: ޖޭއެސްސީ
21 ނޮވެމްބަރު 2025

ޖޭއެސްސީ އިން އުޅެނީ މުޅި ޖުޑީޝަރީ ސަރުކާރުގެ މުށުތެރެ އަށް ލައިދޭން: ސުއޫދު

21 ނޮވެމްބަރު 2025
ޖޭއެސްސީ އިން އުޅެނީ މުޅި ޖުޑީޝަރީ ސަރުކާރުގެ މުށުތެރެ އަށް ލައިދޭން: ސުއޫދު
20 ނޮވެމްބަރު 2025

ހައިކޯޓުގެ 5 ފަނޑިޔާރެއްގެ މައްސަލަ ބަލަނީ

20 ނޮވެމްބަރު 2025
ހައިކޯޓުގެ 5 ފަނޑިޔާރެއްގެ މައްސަލަ ބަލަނީ
30 އޮކްޓޯބަރު 2025

ޖޭއެސްސީގެ ރައީސް ކަމަށް ހުސްނީ މުބާރަކު އައްޔަންކޮށްފި

30 އޮކްޓޯބަރު 2025
ޖޭއެސްސީގެ ރައީސް ކަމަށް ހުސްނީ މުބާރަކު އައްޔަންކޮށްފި
29 އޮކްޓޯބަރު 2025

ޖޭއެސްސީގެ މެންބަރުކަމުގެ މަޤާމަށް ޙުސްނީ މުބާރިކް ޢައްޔަންކުރައްވައިފި

29 އޮކްޓޯބަރު 2025
ޖޭއެސްސީގެ މެންބަރުކަމުގެ މަޤާމަށް ޙުސްނީ މުބާރިކް ޢައްޔަންކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް