Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ2022 ވަނަ އަހަރަށް އަންދާޒާކުރާ ބަޖެޓް

2022 ވަނަ އަހަރަށް ހުށަހެޅުމަށް ނިންމާފައިވަނީ 37 ބިލިއަން ރުފިޔާގެ ބަޖެޓެއް

މިނިސްޓަރ ވިދާޅުވީ ބަޖެޓް 40 ބިލިއަނަށްވުރެ ބޮޑުވާނަމަ ފައިނޭންސް ހޯދުމަށް ދަތިވާނެކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 19 ސެޕްޓެމްބަރު 2021 | އާދީއްތަ 03:37
ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު

ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު

2022 ވަނަ އަހަރަށް ހުށަހެޅުމަށް ނިންމާފައިވަނީ 37 ބިލިއަން ރުފިޔާގެ ބަޖެޓެއްކަމަށާއި ފައިނޭންސިންގ ގެޕް ބޮޑުވުމާއެކު ބަޖެޓް އެއަށްވުރެ މާބޮޑު ނުކުރެއްވުމަށް ހުށަހަޅުއްވާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފިނޭންސް މިނިސްޓްރީން ވަނީ ރާއްޖޭގެ އިގްތިސާދީ އަދި މާލީ ހާލަތަށް އައިސްފައިވާ ބަދަލުތަކާއި ދައުލަތުގެ މެދު ރާސްތާގެ ދަރަނީގެ ސްޓްރެޓެޖީ 2022ން 2024ށް އަދި މިއަހަރުގެ ފިސްކަލް ރިސްކު އެސެސްމަންޓާ ގުޅޭގޮތުން މައުލޫމާތު އަރުވާފައެވެ. ކޮމިޓީން ބޭއްވި ބައްދަލުވުމުގައި މިނިސްޓަރ ވަނީ 2022ން 2024ށް މެދުރާސްތާގެ ފިސްކަލް އަދި ޑެޓް ސްޓްރެޓެޖީގެ ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވާފައެވެ.

Advertisement - newsAdvertisement

މި ޕްރެޒެންޓޭޝަން ހުށަހަޅުއްވަމުން މިނިސްޓަރ ވިދާޅުވީ ބަޖެޓް 40 ބިލިއަނަށްވުރެ ބޮޑުވާނަމަ ބަޖެޓް ފައިނޭންސް ކުރުމަށް ބޭނުންވާ ފައިސާ އިތުރުވެ ފައިނޭންސް ހޯދުމަށް ދަތިވާނެކަމަށެވެ. އަދި 34 ބިލިއަނަށް ބަޖެޓް ކުޑަކުރާނަމަ ދައުލަތުގެ ޚަރަދުތަކުގެ ތެރެއިން ކުޑަކުރެވޭނެ ޚަރަދުތައް ކަނޑައަޅާ ފިޔަވަޅު އަޅަންޖެހޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އަންނަ އަހަރުގެ ޖުމްލަ ބަޖެޓް ހުންނާނެކަމަށް ލަފާކުރެވެނީ 33.8 ބިލިއަން ރުފިޔާގައިކަމަށެވެ. ރިކަރަންޓް ޚަރަދުގެ ގޮތުގައި 23.9 ބިލިއަން ރުފިޔާ އާއި ކެޕިޓަލް ޚަރަދުގެ ގޮތުގައި 12.6 ބިލިއަން ރުފިޔާ އަންނަ އަހަރު ބޭނުންވާނެއެވެ. އަދި ނިއު ޕޮލިސީ އިނީޝިއޭޓިވްގެ ގޮތުގައި 500 މިލިއަން ރުފިޔާގެ މާކެއް މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ. މިނިސްޓަރ ވިދާޅުވީ އާމްދަނީ ހޯދާނެ ގޮތްތައް އިތުރުނުކޮށް މިއަހަރުގެ ބަޖެޓާއި މިދިޔަ އަހަރުގެ ބަޖެޓްގައި އާމްދަނީ ހޯދުމަށް ހުށަހަޅާފައިވާ ކަންކަން ތަންފީޒުކޮށްގެން އަންނަ އަހަރު އާމްދަނީ ހޯދުމަށް މަސައްކަތްކުރައްވާނެކަމަށެވެ.

އަންނަ އަހަރު ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ބަލާފައިވަނީ 23.6 ބިލިއަން ރުފިޔާއެވެ. އެހެންކަމުން ބަޖެޓް ފައިނޭންސިންގ އަށް 13.4 ބިލިއަން ރުފިޔާ ބޭނުންވެއެވެ. އަންނަ އަހަރުގެ ބަޖެޓް ފައިނޭންސިންގ 5 ބިލިއަން ރުފިޔާ ހުރީ ހަމަޖެހިފައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް އައި ލޮޅުމާއެކު ދަރަނި ވަނީ ކުރިން އަންދާޒާކުރި ވަރަށްވުރެ މަތީގައެވެ. އެހެންކަމުން މިނިސްޓަރ ވިދާޅުވީ ކުރިޔަށް އޮތްތަނުގައި މަސައްކަތްކުރައްވާނީ އިތުރުވާ ދަރަނި އަދާކުރުމަށް މެދުރާސްތާގެ ޚަރަދު ކޮންޓްރޯލްކުރާ ނިޒާމަކުން ބަޖެޓް ބައްޓަން ކުރައްވަންކަމަށެވެ. އަދި 2022 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރުގެ ބަޖެޓްތަކުގައި ކޮވިޑްގެ ބަދަލުވެފައިވާ ހާލަތަށް ރިއާޔަތްކޮށް ބަޖެޓްގެ މިސްރާބު ބަދަލުކުރުމަށް މަސައްކަތް ކުރައްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިއަމާޒަށް ވާސިލްވުމަށްޓަކައި ފިސްކަލް އެންކަރ ތަކެއް ގެންގުޅުއްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އޭގެ ފުރަތަމަ ބަޔަކީ 2023 ވަނަ އަހަރު ނިމެންވާއިރު ދައުލަތުގެ ސީދާ ދަރަނި ޖީޑީޕީގެ ނިސްތަބުން 105 އިންސައްތައަށް ތިރިކުރުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިހާރު ދައުލަތުގެ ސީދާ ދަރަނި ހުރީ ގާތްގަނޑަކަށް 115 އިންސަތަ އާއި 120 އިންސައްތައިގެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ދެވަނަ އެންކަރ އަކީ 2023 ވަނަ އަހަރުގެ ޕްރައިމަރީ ބަޖެޓް ޑެފެސިޓް ޖީޑީޕީގެ ނިސްބަތުން 5 އިންސައްތައަށް ތިރިކުރުން ކަމަށާއި ތިން ވަނަ އެންކައަކީ ބަޖެޓް ޑެފެސިޓް އަދި ދައުލަތުގެ ދަރަނި އަހަރަކަށްފަހު އަހަރެއް ކުޑަވަމުން ދާ މިސްރާބެއްގައި މެދުރާސްތާގައި ބެހެއްޓުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 2022 ވަނަ އަހަރުގެ ބަޖެޓް ބައްޓަންކުރައްވާނީ މި ފިސްކަލް އެންކަރތަކަށް ބަލައިގެން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓްރީރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

10 ޑިސެމްބަރު 2025
އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!
30 ނޮވެމްބަރު 2025

އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި

30 ނޮވެމްބަރު 2025
އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި
25 ނޮވެމްބަރު 2025

ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

25 ނޮވެމްބަރު 2025
ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި
22 ނޮވެމްބަރު 2025

ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

22 ނޮވެމްބަރު 2025
ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް
19 ނޮވެމްބަރު 2025

64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި

19 ނޮވެމްބަރު 2025
64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު