Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގައިދީއަކު މަރުވުން

އަސްލަމްގެ މަރު: ތަހުގީގު ދަނީ ކުރިއަށް، އިހުމާލެއްވާނަމަ ފިޔަވަޅު އަޅާނަން

ތަހުގީގު ނިމޭނެ ދުވަހެއް ނޭނގޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 18 ސެޕްޓެމްބަރު 2021 | ހޮނިހިރު 07:42
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް،

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް،

ހުޅުމާލެ ޖަލުގައި، 3 އަހަރުގެެ ހުކުމެއް ތަންފީޒު ކުރަމުންދިޔަ ގައިދީއަކު މަރުވުމާއި ގުޅިގެން ކުރިއަށް ގެންދާ އިންޓަރނަލް ތަހުގީގުގަށް އިހުމާލެއްވާކަން ފާހަގަކުރެވޭނަމަ ފިޔަވަޅު އަޅާނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ބުނެފިއެވެ.

ހުޅުމާލޭ ޖަލުގައި މިމަހުގެ 13 ވީ ހޯމަ ދުވަހު ރޭ މަރުވީ ގދ. ވާދޫ/ ޖަނަވަރީގެ މުހައްމަދު އަސްލަމެވެ. އޭނާގެ މަރާ ގުޅިގެން އާއިލާއާ ހަވާލާދީ އަނިޔާކޮށްފައިވާ ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެއެވެ. ނަމަވެސް އެކަން ކަރެކްޝަންސްއިން ވަނީ ދޮގުކޮށްފައެވެ. އަދި ކަން ހިނގާދިޔަ ގޮތުގެ ޓައިމްލައިނެއް ވެސް އާއްމުކޮށްފައިވެއެވެ.

Advertisement - newsAdvertisement

މިމަރާ ގުޅިގެން ކަރެކްޝަންސްއިން ބުނީ އިންޓަރނަލް ތަހުގީގު ކުރިއަށްދާ ކަމަށާއި، ނިމޭނެ ދުވަހެއް ނޭނގޭ ކަމަށެވެ. ނަމަވެސް މިތަހުގީގުގައި އިހުމާލެއްވާކަން ފާހަގަކުރެވޭނަމަ ފިޔަވަޅު އަޅާނެ ކަމަށް ކަރެކްޝަންސްއިން ބުނެއެވެ. އިންޓަރނަލް ތަހުގީގީ ރިޕޯޓަކީ މީޑިއާތަކަށް އާއްމުކުރާ ރިޕޯޓެއް ނޫނެވެ.

މިހާދިސާ ހިނގާދިޔަ ގޮތާއި ބެހޭ ގޮތުން ކަރެކްޝަންސްއިން ބުނީ ސެޕްޓެމްބަރު 13 ވަނަ ދުވަހުގެ ރޭ ގާތްގަނޑަކަށް އިރުއޮއްސި 6:00 ހާއިރު އަސްލަމް ޔާޑު ސަރަަހައްދުގައި އިށީނދެގެން އިންދާ ކުއްލިއަކަށް ވެއްޓުމާއި ގުޅިގެން 8 މިނެޓް ތެރޭ އެމަރޖެންސީ ހާލަތުގައި ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފެށި ކަމަށެވެ. އަދި އާއިލާއަށް 6:30 ގައި ގުޅުމަށް މަސައްކަތްކޮށް، ގުޅިފައިވަނީ 6:42 ހާއިރު ކަމަށެވެ. އޭނާ އަކީ އެއްވެސް ބޮޑު ބައްޔަކަށް ބޭސްފަރުވާ ކުރަމުންދިޔަ މީހެއް ނޫން ކަމަށާއި އަސްލަމްގެ ބޮލަށް ގެއްލުން ލިބުނީ އޭނާ އިށީނދެ އިންދައި ވެއްޓުމާއި ގުޅިގެން ކަމަށް ވެސް ބުންޏެވެ. އަދި މަންޒަރު ހުޅުމާލެ ޖަލުގެ ސީސީޓީވީ ފުޓޭޖުން ސާފުކޮށް ފެންނަ ކަމަށް ވެސް ވަނީ ބުނެފައެވެ.

ހުޅުމާލެ ހޮސްޕިޓަލުން އަސްލަމަށް ފަރުވާ ދިނުމަށްފަހު އޭނާ މަރުވި ކަމަށް އަންގާފައިވަނީ 8:23 ގައި ކަމަށާއި މަރުގެ ސެޓްފިކެޓްގައި މަރުގެ ސަބަބު ދެނެގަނެފައި ނުވާ ކަމަށް ބުނެއެވެ. އަދި މަރުވެފައިވާ ވަގުތަކީ 6:55 ކަމަށް ބަޔާންކޮށްފައިވާ ކަމަށް ވެސް ކަރެކްޝަންސް އިން ބުނެއެވެ.

ކަރެކްޝަންސްއަސްލަމްގެ މަރު

ކޮމެންޓް

އިތުރަށް ކިޔާލަން

ސަސްޕެންޝަނުގައި އަށް މަސް ބެހެއްޓުމަށްފަހު ކަރެކްޝަންސްގެ އޭސީޕީ އާސިފް ވަޒީފާއިން ވަކިކޮށްފި

ސަސްޕެންޝަނުގައި އަށް މަސް ބެހެއްޓުމަށްފަހު ކަރެކްޝަންސްގެ އޭސީޕީ އާސިފް ވަޒީފާއިން ވަކިކޮށްފި

18 ޖުލައި 2025
ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ ގައިދީއަކު ނިޔާވެއްޖެ

ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ ގައިދީއަކު ނިޔާވެއްޖެ

01 އެޕްރީލު 2024
މީޑިއާ ސްޓަންޓެއް؟ - ކުރަނީ ބަނޑުހައި ހޫނުކަމުގެ ހަޅުތާލު، އެކަމަކު ތިބެނީ ކައިގެން!

މީޑިއާ ސްޓަންޓެއް؟ - ކުރަނީ ބަނޑުހައި ހޫނުކަމުގެ ހަޅުތާލު، އެކަމަކު ތިބެނީ ކައިގެން!

23 ފެބުރުއަރީ 2023
އަލިފާނުގެ ހާދިސާގެ އަސަރު އެއްވެސް ގައިދީއަކަށް ނުކުރޭ، ޖަލުގެ ހާލަތު ރަނގަޅު: ކަރެކްޝަންސް

އަލިފާނުގެ ހާދިސާގެ އަސަރު އެއްވެސް ގައިދީއަކަށް ނުކުރޭ، ޖަލުގެ ހާލަތު ރަނގަޅު: ކަރެކްޝަންސް

09 ޖެނުއަރީ 2023
ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހަކަށް ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެ

ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހަކަށް ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެ

07 އޮކްޓޯބަރު 2021

އަހަރުތަކުން މިއަދު

31 މެއި
ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި
20233 އަހަރު ކުރިން
ރާއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް
20224 އަހަރު ކުރިން
ރާއްޖެ

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ
20215 އަހަރު ކުރިން
ރާއްޖެ

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ
20197 އަހަރު ކުރިން
ރާއްޖެ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި
20188 އަހަރު ކުރިން
ކުޅިވަރު

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު