Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޖަލުއަދަބު ނޫން އަދަބުތައް

ހުރަގެއަކީ އިސްލާހު ޖާޑިއެއް ނޫން

ކުދި ކުށްތަކުގައި ޖިނާއީ އަދުލުގެ ނިޒާމުގެ ތެރޭގައި އެނބުރެމުންދަނީ އެއް ބައެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 13 އޯގަސްޓު 2021 | ހުކުރު 14:09
ޤައިދީން އަނބުރާ މުޖުތަމައަށް ގެނެސް، ޖަލުތައް އިސްލާޙު ކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރަން ޖެހިފައި

ޤައިދީން އަނބުރާ މުޖުތަމައަށް ގެނެސް، ޖަލުތައް އިސްލާޙު ކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރަން ޖެހިފައި

އަދަބާމެދު ވާހަކަ ދެއްކުމަށް ދައުވާކުރާ ފަރާތާއި، ދައުވާލިބޭ ފަރާތަށް ދެވޭ ފުރުސަތުގައި ޖަލަށް ލުމުގެ ބަދަލުގައި އިތުރު އަދަބެއް ކަނޑައެޅުމަށް ހުށައެޅިދާނެއެވެ. އަދި ޖަލު އަދަބު އެނޫން އަދަބަކަށް ބަދަލު ކުރުމާމެދު ދެފަރާތުން ދެކޭގޮތް ހޯދުމަށްޓަކައި ސުވާލު ކުރުމުގެ އިހުތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ.

މިއީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެކުލަވާލި "ޝަރީއަތުން އަދަބު ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" ގައި ބަޔާންކޮށްފައިވާ މާއްދާއެކެވެ. މި އުސޫލުގައި ވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ ދަށުން އަދަބުކަނޑައަޅާ މައްސަލަތަކުގައި އަމަލު ކުރާނެ ގޮތްތައް ބަޔާންކޮށްފައެވެ. ވަކިން ޚާއްސަކޮށް، ޖަލު އަދަބުގެ ބަދަލުގައި ދެވިދާނެ އަދަބުތަކާއި، ޖަލު އަދަބުގެ ބަދަލުގައި ކަނޑައަޅާ އިތުރު އަދަބުތައް އެއްހަމަކުރުމާއި، އެކަންކަމުގައި ފަނޑިޔާރު އަމަލުކުރާނެ ގޮތުގެ އުސޫލުތަކެއް އޭގައި ވަނީ ބަޔާންކޮށްފައެވެ.

ދިވެހި މުޖުތަމައަށް ބަލާއިރު، އަބަދުވެސް އާންމު ކުދި ކުށްތަކުގައި ޖިނާއީ އަދުލުގެ ނިޒާމުގެ ތެރޭގައި އެނބުރެމުންދަނީ އެއް ބައެކެވެ. އެކަމުގެ އެއް ހެއްކަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް (އެމްސީއެސް)އިން ބަލަހައްޓަމުންދާ ޖަލުތަކުގައި ތިބި ޤައިދީންގެ 70 އިންސައްތަ އަކީ މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތަކުގައި ޖަލުގައި ބަންދުކޮށްފައިވާ މީހުން ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙުމަދު މުޙައްމަދުފުޅު ދާދިފަހުން ވިދާޅުވި ވިދާޅުވުމެވެ. ކޮމިޝަނަރ ވިދާޅުވީ އެމްސީއެސްއިން ބަލަހައްޓާ ހަތަރު ޖަލުގައިވެސް މިހާރު ބަންދުކުރެވިފައިވާ ޤައިދީންގެ ނިސްބަތަށް ބަލާއިރު 70 އިން ސައްތަ ޤައިދީންނަކީ މަސްތުވާތަކެތީގެ ކޮންމެވެސް ބާވަތެއްގައި ޝާމިލްވާ މީހުންކަމަށާއި، ދިވެހިރާއްޖޭގައި ޖަލުތައް ހަދާފައިވާ ގޮތުން، ޖަލުތަކުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގައި ބައެއް އަސާސީ ސިފަތަކާއި ކަންތައްތައް ނެތުމުން ދަތިތަކާ ކުރިމަތިލާންޖެހޭކަމަށެވެ.

ތެދެކެވެ. މަސްތުވާތަކެތީގެ ކުށްތަކާ ގުޅިލާމެހިގެން ފެންމަތިވާ އިތުރު ބައެއް މައްސަލަތަކުގެ ތެރޭގައި ވައްކަމާއި، ފޭރުމާއި އެނޫންވެސް އިތުރު ކުށްތައް ހިމެނެއެވެ. މި ކުށްކުށަށް ތަކުރާރުކޮށް އަރައިގަންނަ ކުށްވެރިންވެސް އިސްލާޙު ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ބޮޑެތި ގޮންޖެހުންތައް ހުރިކަން އެއީ ފެންނަން އޮތް ހަގީގަތެކެވެ.

މަސްތުވާތަކެތީގެ ވަބާގައި ޖެހެމުންދާ ޒުވާނުން ހަމަމަގަށް އެޅުވުމަށް މަސައްކަތް ކުރުމުގެ ޒިންމާ މަތިކޮށްފައިވާ އެއް މުއައްސަސާއަކީ ނޭޝަނަލް ޑްރަގް އޭޖެންސީއެވެ. ނަމަވެސް އެންޑީއޭގެ ފަރުވާއަށް ޙުކުމްކޮށް ކިއޫގައި އެތަކެއް ޒުވާނުންނެއް މިއަދުވެސް ތިބިއިރު، އެކަށީގެންވާ ރިމާންޑް ސެންޓަރުތައް ނެތުމުގެ ސަބަބުން އޭގެ ތެރެއިން ގިނަ މީހުން ތިބެނީ އެ މަސްތާއެކު، ކުށުގެ ވެއްޓަށް ދޫވެފައެވެ.

ދޭތެރެ ދޭތެރެއިން ފުލުހުންގެ ބަންދަށް ގެންދިޔަނަމަވެސް، ދުވަސްކޮޅަކުން ދޫކޮށްލަނީއެވެ. ވައްކަމާއި ފޭރުން ފަދަ އިތުރު ކުށްކުށަށް އަރައިގަނެ އެންމެ ފަހުން ގޮސް ނިމެނީ ޖަލުގެ ތޭރިތަކުގެ ތެރޭގައެވެ. ނަމަވެސް ޖަލަށް ގޮސްގެން ޒުވާނުން އިސްލާޙު ކުރެވޭކަމަށް ޤަބޫލުކުރާ މީހުން މަދެވެ. ސަބަބުތައް ނެތިއެއްވެސް ނޫނެވެ.

ދިވެހިރާއްޖޭގައި ޖަލުތައް ހަދާފައިވާ ގޮތުން، ޖަލުތަކުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގައި ބައެއް އަސާސީ ސިފަތަކާއި ކަންތައްތައް ނެތުމުން ބޮޑެތި ގޮންޖެހުންތަކާއި ވަނީ ކުރިމަތިލާން ޖެހިފައެވެ. ކޮވިޑް-19 ގެ ސަބަބުން ޤައިދީން އެއްތަނުން އަނެއްތަނަށް އުފުލުން 1 އިންސައްތައަށް މަދުކޮށްފައި އޮތްއިރުވެސް، ޖަލަށް ވެއްދުން މަނާތަކެތި އިންތިހާއަށް ވައްދައެވެ. މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހަށް ބަލާއިރު، އޮޕަރޭޝަންތަކުން 178 މޮބައިލް ފޯނު އަތުލައިގަނެވިފައިވާ ކަމަށް ކަރެކްޝަންސްގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ޖަލުގައި މަނާތަކެތި ބޭނުން ކުރުމާއި، މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި، ހަރުކަށި ފިކުރަށް ޒުވާނުން ލެންބުން ފަދަ އެތައް ކަމަކާއެކު، ޖަލަކީ "އިސްލާޙު ޖާޑި" އެއް ކަމަށް ބެލޭކަށް މިއަދު ނެތެވެ. އެމްސީއެސްއިން ޝާއިޢުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުގައި މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ގާތްގަނޑަކަށް ބައި ކިލޯގެ މަސްތުވާތަކެތި އެކި އެކި އޮޕަރޭޝަންތަކުން އަތުލައިގަނެވިފައިވެއެވެ.

ކަންމިހެން ހުރުމާއެކު، ތަކުރާރުކޮށް ކުށްތަކަށް އަރައިގަންނަ މީހުން ޖަލަށް ގެންގޮސް، ދައުލަތުން އެތައް ޚަރަދެއް ކުރުމަށްފަހު އަނެއްކާވެސް ކުށް ކުރަން މުޖުތަމައަށް ދޫކޮށްލުމުގެ ބަދަލުގައި އިތުރު ގޮތްތަކެއް ހޯދަން ޖެހެއެވެ.  

ކޮމިޝަނަރ ވެސް ވަނީ ޕެރޯލްގެ ދަށުން ސަރުކާރުގެ ކުންފުނިތަކާ ގުޅިގެން މަސައްކަތްކުރުމުގެ ފުރުސަތު ޤައިދީންނަށް ހޯދައިދިނުމަށް އެ ކުންފުނިތަކާ މަޝްވަރާ ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވެފައެވެ. އަދި ބައެއް ބާވަތުގެ ކުށްތަކަށް ޖަލު ނޫން އެހެން އަދަބު ދެވޭނެ ގޮތްތައް ހޯދުމަށްޓަކައި ކަމާބެހޭ ވުޒާރާތަކާ މަޝްވަރާކުރަން ފަށާފައިވާކަންވެސް ކޮމިޝަނަރ ފާހަގަ ކުރެއްވިއެވެ.

މިއީ އިސްލާޙީ ރަނގަޅު ބަދަލަކަށް ވެދާނެކަމަށް ގިނަ ބަޔަކު ޤަބޫލު ކުރެއެވެ. ކުށްވެރިން މުޖުތަމައަށް އަނބުރާ ގެނައުމާއި، ޒުވާން ޖީލު ކުށުގެ ވެއްޓެއްގައި ގެނބިގެން ދިއުމުން ސަލާމަތް ކުރުމަށް މިއީ ހެޔޮ ފާލަކަށް ވެދާނެއެވެ.

ކަރެކްޝަންސްދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

ކޮމެންޓް

އިތުރަށް ކިޔާލަން

ޑިމޮކްރެޓިކް ނިޒާމެއް އޮތް ނަމަވެސް ވާދަވެރި ސިޔާސީ މީހުން ބަންދުކުރުމުގެ ސަގާފަތަށް ބަދަލެއް ނާދޭ: ޔާމީން

ޑިމޮކްރެޓިކް ނިޒާމެއް އޮތް ނަމަވެސް ވާދަވެރި ސިޔާސީ މީހުން ބަންދުކުރުމުގެ ސަގާފަތަށް ބަދަލެއް ނާދޭ: ޔާމީން

17 އޮކްޓޯބަރު 2025
ސަސްޕެންޝަނުގައި އަށް މަސް ބެހެއްޓުމަށްފަހު ކަރެކްޝަންސްގެ އޭސީޕީ އާސިފް ވަޒީފާއިން ވަކިކޮށްފި

ސަސްޕެންޝަނުގައި އަށް މަސް ބެހެއްޓުމަށްފަހު ކަރެކްޝަންސްގެ އޭސީޕީ އާސިފް ވަޒީފާއިން ވަކިކޮށްފި

18 ޖުލައި 2025
ހައްގެއް ހޯދަން ޓަކި ޖަހާލާނެ ދޮރެއް ވެސް މިއަދަކު މި ގައުމުގައި ނެތެވެ.

ހައްގެއް ހޯދަން ޓަކި ޖަހާލާނެ ދޮރެއް ވެސް މިއަދަކު މި ގައުމުގައި ނެތެވެ.

28 ޖޫން 2025
ކޮމެޓީގެ އިއްތިފާގުން ސަމީލް އާއި ހަމީދު ސުޕްރީމް ކޯޓަށް އައްޔަން ކުރަން ފާސް ކޮށްފި

ކޮމެޓީގެ އިއްތިފާގުން ސަމީލް އާއި ހަމީދު ސުޕްރީމް ކޯޓަށް އައްޔަން ކުރަން ފާސް ކޮށްފި

04 ޖޫން 2025
މަހާޒް އާއި އަލްމިރަލްދާ ވަކި ކުރުމާ ދެކޮޅަށް، ހައި ކޯޓު އަދި ދަށު ކޯޓުގެ ފަނޑިޔާރުން ވޯޓު ދެއްވައިފި

މަހާޒް އާއި އަލްމިރަލްދާ ވަކި ކުރުމާ ދެކޮޅަށް، ހައި ކޯޓު އަދި ދަށު ކޯޓުގެ ފަނޑިޔާރުން ވޯޓު ދެއްވައިފި

05 މެއި 2025

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު