Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހަރުކަށި ފިކުރުގެ ގައިދީން ދެނެގަތުން

މާފުށީ ޖަލުގައި ތިބި ގައިދީންގެ ތެރެއިން ހަރުކަށި ފިކުުރުގެ ގައިދީން ދެނެގަންނަނީ

އަންނަ އޮގަސްޓު މަހުގެ ތެރޭގައި ގައިދީން އެ ޔުނިޓަށް ބަދަލު ކުރުމުގެ މަސައްކަތް ފަށާނެ

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 22 ޖުލައި 2021 | ބުރާސްފަތި 16:14
މާފުށީ ޖަލުގައި އަލަށް އިމާރަތް ކޮށްފައިވާ ޔުނިޓްތަކަކަށް އެ ޖަލުގައި ތިބި ހަރުކަށި ފިކުރުގެ ގައިދީން ބަދަލު ކުރުމަށް ދަނީ މަސައްކަތް ކުރަމުން

މާފުށީ ޖަލުގައި އަލަށް އިމާރަތް ކޮށްފައިވާ ޔުނިޓްތަކަކަށް އެ ޖަލުގައި ތިބި ހަރުކަށި ފިކުރުގެ ގައިދީން ބަދަލު ކުރުމަށް ދަނީ މަސައްކަތް ކުރަމުން

ކ. މާފުށީ ޖަލުގައި ތިބި ގައިދީންގެ ތެރެއިން ހަރުކަށި ފިކުުރުގެ ގައިދީން ދެނެގަތުމުގެ މަސައްކަތް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ކުރަމުންދާކަމަށް ކަރެކްޝަނުން ބުނެފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ކަރެކްޝަންގެ މީޑިއާ އޮފިސަރު ވިދާޅުވީ މާފުށީ ޖަލުގައި އަލަށް އިމާރަތް ކޮށްފައިވާ ޔުނިޓްތަކަކަށް އެ ޖަލުގައި ތިބި ހަރުކަށި ފިކުރުގެ ގައިދީން ބަދަލު ކުރުމަށްޓަކައި، އެފަދަ ގައިދީން ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި އެފަދަ ގައިދީން ހޯދައި، އަންނަ އޮގަސްޓު މަހުގެ ތެރޭގައި ގައިދީން އެ ޔުނިޓަށް ބަދަލު ކުރުމުގެ މަސައްކަތް ފަށާނެ ކަމަށާއި، އެ ޔުނިޓް ވެގެންދާނީ އެފަދަ ގައިދީންނަށް އަމާޒުކޮށް ތަފާތު ޕްރޮގްރާމްތައް ހިންގާ، ރިހެބިލިޓޭޓް ކުރުމުގެ ޕްރޮގްރާމްތައް ވެސް ހިންގާނެ ޔުނިޓެއްކަމަށް ކަރެކްޝަނުން ބުނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުޙައްމަދު ނަޝީދަށް ހަމަލާދިނުމުގައި ހަރުކަށި ފިކުރުގެ ބައެއް ޝާމިލުވާކަމަށް ފުލުހުން ބުނެފައިވާއިރު މިކަމާ ގުޅިގެން ޖަލުތަކުގެ ހާލަތު އިތުރަށް ރަނގަޅުކޮށް ގައިދީން ރިހެބިލިޓޭޓް ކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް ކަރެކްޝަނުން ދަނީ މަސައްކަތް ކުރަމުންނެވެ.

މީގެ އިތުރުން ރާއްޖޭގެ ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށްޓަކައި ސަރުކާރުން، ޚާއްސަކޮށް ހޯމް މިނިސްޓަރުގެ އިސްނެންގެވުމަށް، ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. ޖަލުގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި ޖަލުތަކުގެ ޚާއްސަ އޮޑިޓެއް ހަދައި، ފާހަގަކުރެވުނު ކަންކަން އިސްލާހުކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި މަސައްކަތްތަކުގެ ދަށުން މާލެއާއި ހުޅުމާލެ ޖަލު އެއްކޮށްލުމުގެ މަސައްކަތް މިއަހަރު ކުރުމަށް ވަނީ ނިންމާފައެވެ.

މާލެއާއި ހުޅުމާލޭ ޖަލު އެއްކޮށްލުމަށްފަހު އަޅާ ޖަލު ވެގެންދާނީ ރާއްޖޭގައި ހަދާ ސަރަހައްދީ އެންމެ ބޮޑު ޖަލަށްކަމަށާއި، މިތަނުގައި ރިމާންޑް މީހުންނާއި އަންހެން ގައިދީންގެ އިތުރުން ކުޑަކުދިންވެސް ބޭއްތިބުމަށް ނިންމާފައިވާކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙުމަދު މުޙައްމަދުފުޅު ވަނީ ވިދާޅުވެފައެވެ.

މި ތަނަކީ ޑިޓެއިނީސްއަށް ޚާއްސަ ޖަލަކަށް ވާނެކަމަށްވެސް ކޮމިޝަނަރ ވިދާޅުވިއެވެ. ކުށްވެރިން އެއްތަނުން އަނެއްތަނަށް އުފުލުމަކީ މިހާރު ދިމާވާ އެންމެ ބޮޑު ގޮންޖެހުންކަން ފާހަގަކުރައްވަމުން ކޮމިޝަނަރ ވިދާޅުވީ އައު ޖަލާއެކު މިކަމަށް ވެސް ހައްލެއް ލިބިގެންދާނެކަމަށެވެ.

އަދި މިމަސައްކަތް ނިމޭއިރު، މުވައްޒަފުން ތިބޭނެ އިތުރު އެކޮމަޑޭޝަން ބްލޮކްތައްވެސް ހެދިގެންދާނެކަމަށެވެ. އަދި މާލެއާއި ހުޅުމާލޭ ޖަލު އެއްކޮށްލުމުގެ މަސައްކަތް ނިންމައި، 2022 ވަނަ އަހަރު އެތަން ބޭނުންކުރަން ފެށޭވަރުވާނެކަމަށެވެ.

މާފުށިކަރެކްޝަންސް

އިތުރަށް ކިޔާލަން

24 އޮކްޓޯބަރު 2025

މުޒާހަރާތައް ހުއްޓުވޭނެ ގޮތެއް މާފުށީ ކައުންސިލު ރައިސް ސަލާހު ރައީސް މުއިއްޒު އަށް ކިޔައިދެއްވައިފިިި

24 އޮކްޓޯބަރު 2025
މުޒާހަރާތައް ހުއްޓުވޭނެ ގޮތެއް މާފުށީ ކައުންސިލު ރައިސް ސަލާހު ރައީސް މުއިއްޒު އަށް ކިޔައިދެއްވައިފިިި
11 އޮކްޓޯބަރު 2025

މިނިސްޓަރު އިހްސާނަށް ކުރެވޭނެ ކަމަކީ ޒުވާން ކުދިންގެ ފޯނު ހިފެހެއްޓުން: ޒިޔާދު

11 އޮކްޓޯބަރު 2025
މިނިސްޓަރު އިހްސާނަށް ކުރެވޭނެ ކަމަކީ ޒުވާން ކުދިންގެ ފޯނު ހިފެހެއްޓުން: ޒިޔާދު
18 ޖުލައި 2025

ސަސްޕެންޝަނުގައި އަށް މަސް ބެހެއްޓުމަށްފަހު ކަރެކްޝަންސްގެ އޭސީޕީ އާސިފް ވަޒީފާއިން ވަކިކޮށްފި

18 ޖުލައި 2025
ސަސްޕެންޝަނުގައި އަށް މަސް ބެހެއްޓުމަށްފަހު ކަރެކްޝަންސްގެ އޭސީޕީ އާސިފް ވަޒީފާއިން ވަކިކޮށްފި
01 އެޕްރީލު 2024

ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ ގައިދީއަކު ނިޔާވެއްޖެ

01 އެޕްރީލު 2024
ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ ގައިދީއަކު ނިޔާވެއްޖެ
23 މާރިޗު 2024

މާފުށީ ހިއްކި ބިމުން ގޯތި ވިއްކަނީ، އަކަފޫޓެއް 2000 ރުފިޔާއަށް

23 މާރިޗު 2024
މާފުށީ ހިއްކި ބިމުން ގޯތި ވިއްކަނީ، އަކަފޫޓެއް 2000 ރުފިޔާއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު