Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގައިދީންނަށް ކޯސް ހިންގުން

ގައިދީންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ކަރަންޓުގެ މަސައްކަތް ދަސްކޮށްދޭ ކޯސް ފަށައިފި

21 ގައިދީން ވަނީ ބައިވެރިވެފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 11 އޯގަސްޓު 2021 | ބުދަ 06:47
ގައިދީންނަށް ކޯސް ހިންގުން

ގައިދީންނަށް ކޯސް ހިންގުން

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ގައިދީންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ “ސެޓްފިކެޓް 1 އިން ހައުސް ވަޔަރިންގ އެންޑް އިލެކްޓްރިޝަން” ކޯހުގެ ހަތް ވަނަ ބެޗްގެ ކިޔެވުން ފަށައިފިއެވެ.

07 އޮގަސްޓް 2021 ގައި މާފުށީ ޖަލުގައި ފެށި މި ކޯސް ކުރިއަށްދާނީ ފަސް ހަފްތާގެ މުއްދަތަށެވެ. އަދި މި ކޯހުގެ ހަތް ވަނަ ބެޗްގައި 21 ގައިދީން ވަނީ ބައިވެރިވެފައެވެ.

ކަރެކްޝަނުން ބުނީ މި ކޯހުގެ މަގްސަދަކީ ކޯހުގެ ބައިވެރިންނަށް ކަރަންޓު ވައިރުކުރުމާ ބެހޭ މައުލޫމާތު ދިނުމާއި، ވައިރު ކުރުމުގައި ބޭނުންކުރާ އާލާތްތަކާއި ތަކެތި ކިޔައިދީ، ކަރަންޓް ވައިރު ކުރުމުގައި ވިސްނަންވީ ކަންތައްތައް އަންގައިދީ،  ބޭސިކް ކަރަންޓު ވައިރު ކުރާނެ ގޮތްތައް ދަސްކޮށްދިނުމުގެ އިތުރުން ޖަލުން ނުކުތުމަށްފަހު، އާންމު ދިރުއުޅުމުގައި އުޅޭއިރު އާމްދަނީ ހޯދުމަށް ކުރާނެ މަސައްކަތެއް ދަސްކޮށްދިނުން ކަމަށެވެ.

މި ކޯސް ފުރިހަމަ ކުރާ ފަރާތްތަކަށް އެމް.ކިއު.އޭއިން ލެވަލް 01 ގެ ފެންވަރަށް ޤަބޫލުކުރާ ސެޓްފިކެޓެއް ލިބި، މި ދާއިރާއިން ސެޓްފިކެޓް ލެވެލް 2 ގެ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާނެވެ. އަދި މި ކޯހުގައި ކިޔަވައިދެއްވަނީ އެމްސީއެސް ގެ އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) ގެ މުދައްރިބުންނެވެ.

މި ކޯހުގައި މައިގަނޑު ހަތް (7) މޮޑިއުލް ކިޔަވައިދޭނެއެވެ. އޭގެ ތެރޭގައި ޑޮމެސްޓިކް ސިންގަލް ފޭސް އެންޑް ތްރީ ފޭސް އިލެކްޓްރިކަލް ވަޔަރިންގ، އިންސްޕެކްޝަން، ޓެސްޓިންގ، ފޯލްޓް ފައިންޑިންގ އެންޑް ރިޕެއަރ އިން ޑޮމެސްޓިކް އިންސްޓޮލޭޝަން، އެސްޓިމޭޓް ހެދުމާއި ކަރަންޓު ވަޔަރުކުމަށް ބޭނުންވާ ތަކެތި، އިންސްޓޯލް ސާރވިސް / ރިޕެއަރ އޮރ ރިޕްލޭސް އިލެކްޓްރިކަލް ކޮންޓްރޯލް ސިސްޓަމް އެންޑް ޕްރޮޓެކްޓިވް ސްވިޗް ގިއަރ ފަދަ މޮޑިއުލްތަކުގެ އިތުރުން އިނގިރޭސި އަދި ހިސާބު ވެސް ކިޔަވައިދޭނެއެވެ.

ކަރެކްޝަންސް

އިތުރަށް ކިޔާލަން

18 ޖުލައި 2025

ސަސްޕެންޝަނުގައި އަށް މަސް ބެހެއްޓުމަށްފަހު ކަރެކްޝަންސްގެ އޭސީޕީ އާސިފް ވަޒީފާއިން ވަކިކޮށްފި

18 ޖުލައި 2025
ސަސްޕެންޝަނުގައި އަށް މަސް ބެހެއްޓުމަށްފަހު ކަރެކްޝަންސްގެ އޭސީޕީ އާސިފް ވަޒީފާއިން ވަކިކޮށްފި
01 އެޕްރީލު 2024

ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ ގައިދީއަކު ނިޔާވެއްޖެ

01 އެޕްރީލު 2024
ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ ގައިދީއަކު ނިޔާވެއްޖެ
23 ފެބުރުއަރީ 2023

މީޑިއާ ސްޓަންޓެއް؟ - ކުރަނީ ބަނޑުހައި ހޫނުކަމުގެ ހަޅުތާލު، އެކަމަކު ތިބެނީ ކައިގެން!

23 ފެބުރުއަރީ 2023
މީޑިއާ ސްޓަންޓެއް؟ - ކުރަނީ ބަނޑުހައި ހޫނުކަމުގެ ހަޅުތާލު، އެކަމަކު ތިބެނީ ކައިގެން!
09 ޖެނުއަރީ 2023

އަލިފާނުގެ ހާދިސާގެ އަސަރު އެއްވެސް ގައިދީއަކަށް ނުކުރޭ، ޖަލުގެ ހާލަތު ރަނގަޅު: ކަރެކްޝަންސް

09 ޖެނުއަރީ 2023
އަލިފާނުގެ ހާދިސާގެ އަސަރު އެއްވެސް ގައިދީއަކަށް ނުކުރޭ، ޖަލުގެ ހާލަތު ރަނގަޅު: ކަރެކްޝަންސް
07 އޮކްޓޯބަރު 2021

ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހަކަށް ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެ

07 އޮކްޓޯބަރު 2021
ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހަކަށް ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު