Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޕީއެލް މުވައްޒަފުން

އެމްޕީއެލްގެ މުވައްޒަފުންނަށް އަންނަ އަހަރުގެ ކުރީކޮޅު ފްލެޓް ލިބޭނެ: އެމްޕީއެލްގެ އެމްޑީ

18 ސެޕްޓެމްބަރު 2021 | ހޮނިހިރު 07:34

ކޮވިޑާއި ގުޅިގެން ފްލެޓުގެ މަސައްކަތް ލަސްވި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 18 ސެޕްޓެމްބަރު 2021 | ހޮނިހިރު 07:34
އެމްޕީއެލްގެ މެނޭޖިންގ ޑިރެކްޓަރ ޝާހިދު އަލީ

އެމްޕީއެލްގެ މެނޭޖިންގ ޑިރެކްޓަރ ޝާހިދު އަލީ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މުވައްޒަފުންނަށް އަންނަ އަހަރުގެ ކުރީކޮޅު ފްލެޓް ލިބޭނެ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ ވިދާޅުވެއްޖެއެވެ.

އެމްޕީއެލްގެ 35 ވަނަ އަހަރީދުވަސް ފާހަގަ ކުރުމަށް ހުކުރު ދުވަހުގެރޭ ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ކޮވިޑާއި ގުޅިގެން ފްލެޓުގެ މަސައްކަތް ލަސްވި ނަމަވެސް މިހާރު މަސައްކަތް ހަލުވި މިނެއްގައި ކުރިއަށްދާ ކަމަށެވެ.

Advertisement - newsAdvertisement

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 15 ބުރީގެ 3 ޓަވަރު އިމާރާތް ކުރުމަށް ވަނީ ނިންމާފައެވެ. އެމްޕީއެލުން ދޫކުރާ ފްލެޓްތަކުގެ ޕްރޮޖެކްޓް އަގަކީ 566 މިލިއަން ރުފިޔާއެވެ. އެމްޕީއެލުން ބުނީ އެ ކުންފުނީގެ ފްލެޓްތައް ލިބޭ ދާއިމީ ލިސްޓުގައި ހިމެނޭ މުވައްޒަފުންނަށް ފްލެޓް ގަތުމަށް 3 ގޮތެއް އިޚުތިޔާރު ކުރެވޭނެ ކަމަށެވެ. ފުރަތަމަ ގޮތަކީ އެއްފަހަރާ ފްލެޓަށް ފައިސާ ދެއްކުމެވެ. އެގޮތް އިޚުތިޔާރު ކުރާ މުވައްޒަފުން، އެއްބަސްވުމުގައި ސޮއި ކުރާތާ 3 މަސް ދުވަހުގެ ތެރޭގައި ފައިސާ ދައްކަން ޖެހެއެވެ. މި މުވައްޒަފުންނަށް ފްލެޓުގެ ޖުމްލަ އަގުން 7 ޕަސަންޓުގެ ޑިސްކައުންޓެއް ލިބޭނެއެވެ.

ދެވަނަ ގޮތަކީ އެއްއަހަރަށް ބަހާލައިގެން ފައިސާ ދެއްކުމެވެ. މި ގޮތް އިޚުތިޔާރު ކުރާ މުވައްޒަފުން، ކަނޑައަޅާފައިވާ މުއްދަތުގައި 20 ޕަސަންޓް ފައިސާ ދައްކަން ޖެހެއެވެ. އެއަށްފަހު ބާކީވާ އަދަދު އެއް އަހަރުގެ މުއްދަތަކަށް ބަހާލައިގެން ދެއްކޭނެއެވެ.

ތިންވަނަ ގޮތަކީ ބޭންކު ނުވަތަ ފައިނޭންޝަލް އިންސްޓިޓިއުޓަކުން ލޯނު ހަމަޖެއްސުމެވެ. މިގޮތް އިޚުތިޔާރު ކުރާ މުވައްޒަފުންނަށް ބޭނުންވާ ލިޔެކިއުން ފުރިހަމަ ކުރުމަށް ކުންފުނީގެ ފަރާތުން އެހީތެރިކަން ދޭނެ ކަމަށް އެމްޕީއެލުން ބުނެއެވެ.

އެ ކުންފުނިން ވިއްކުމަށް ކަނޑައަޅާފައި ވަނީ 4 ކެޓަގަރީއަކުން 534 ފްލެޓެވެ. އެއީ 1 ކޮޓަރީގެ 204 ފްލެޓާއި 1+2 ކޮޓަރީގެ 330 ފްލެޓެވެ. 1 ކޮޓަރީގެ ޓައިޕް-އޭ ފްލެޓުތަކުގެ ބޮޑުމިނުގައި 454 އަކަފޫޓު ހުންނައިރު، އޭގެ އަގަކީ 800،000 ރުފިޔާއެވެ. 1 ކޮޓަރީގެ ޓައިޕް-ބީ ފްލެޓްތަކުގެ ބޮޑުމިނުގައި 471 އަކަފޫޓު ހުންނައިރު، 828،132 ރުފިޔާއެވެ.

1+2 ކޮޓަރީގެ ޓައިޕް-އޭ ފްލެޓްތަކުގެ ބޮޑުމިނުގައި 670 އަކަފޫޓު ހުންނައިރު، އޭގެ އަގަކީ 1،500،000 ރުފިޔާއެވެ. 1+2 ކޮޓަރީގެ ޓައިޕް-ބީ ފްލެޓްތަކުގެ ބޮޑުމިނުގައި 686 އަކަފޫޜު ހުންނައިރު، އޭގެ އަގަކީ 1،535،821 ރުފިޔާއެވެ.

އެމްޕީއެލް

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

12 ނޮވެމްބަރު 2025

ހުޅުމާލޭގެ ފޭސް 2 އެމްޕީއެލް އެޕާޓްމަންޓަކުން 17 ކިލޯގެ މަސްތުވާތަކެތި ފެނިއްޖެ

12 ނޮވެމްބަރު 2025
ހުޅުމާލޭގެ ފޭސް 2 އެމްޕީއެލް އެޕާޓްމަންޓަކުން 17 ކިލޯގެ މަސްތުވާތަކެތި ފެނިއްޖެ
07 ނޮވެމްބަރު 2025

ކޮޅުވެއްޓި އާ ބާޖުތައް އޮޕަރޭޓް ކުރަނީ އެކަމަށް ބޭނުންވާ ސެޓްފިކެޓްތައް ނެތް ކެޕްޓަނުން: ޓްރާންސްޕޯޓް މިނިސްޓްރީ

07 ނޮވެމްބަރު 2025
ކޮޅުވެއްޓި އާ ބާޖުތައް އޮޕަރޭޓް ކުރަނީ އެކަމަށް ބޭނުންވާ ސެޓްފިކެޓްތައް ނެތް ކެޕްޓަނުން: ޓްރާންސްޕޯޓް މިނިސްޓްރީ
05 ނޮވެމްބަރު 2025

ބައިނަލްއަގުވާމީ މައި ދޮރާއްޓަކުން ވައްކަން ކުރުން: ސައުތު އިންޑިއަން ފިލްމަކަށް ވުރެ ވަކި ދެރައެއް ނޫން

05 ނޮވެމްބަރު 2025
ބައިނަލްއަގުވާމީ މައި ދޮރާއްޓަކުން ވައްކަން ކުރުން: ސައުތު އިންޑިއަން ފިލްމަކަށް ވުރެ ވަކި ދެރައެއް ނޫން
04 ނޮވެމްބަރު 2025

ހުޅުމާލެ އިންޓަރނޭޝަނަލް ޕޯޓުން 2 ކޮންޓެއިނަރ ސިނގިރެޓު ވަގަށް ގެންދިޔަ ގޮތް ފުލުހުން ކިޔައިދީފި

04 ނޮވެމްބަރު 2025
ހުޅުމާލެ އިންޓަރނޭޝަނަލް ޕޯޓުން 2 ކޮންޓެއިނަރ ސިނގިރެޓު ވަގަށް ގެންދިޔަ ގޮތް ފުލުހުން ކިޔައިދީފި
03 ނޮވެމްބަރު 2025

ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާ އާއި ގުޅިގެން އެމްޕީއެލްގެ އެތެރޭގެ ތަހުގީގެއް ފަށައިފި

03 ނޮވެމްބަރު 2025
ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާ އާއި ގުޅިގެން އެމްޕީއެލްގެ އެތެރޭގެ ތަހުގީގެއް ފަށައިފި
02 ނޮވެމްބަރު 2025

މާލެ ކައިރިއަށް ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި މީހަކު މަރުވެއްޖެ

02 ނޮވެމްބަރު 2025
މާލެ ކައިރިއަށް ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި މީހަކު މަރުވެއްޖެ
28 އޮކްޓޯބަރު 2025

ފޭރުނު ޑޮލަރު ހޯދިއްޖެތޯ އެހުމުން ފުލުހުން ބުނީ ޖަވާބު ދެވޭކަށް ނެތޭ!

28 އޮކްޓޯބަރު 2025
ފޭރުނު ޑޮލަރު ހޯދިއްޖެތޯ އެހުމުން ފުލުހުން ބުނީ ޖަވާބު ދެވޭކަށް ނެތޭ!
24 އޮކްޓޯބަރު 2025

ސަރުކާރުގެ އިސްފަރާތެއްގެ އެހީގައި ވަގަަށްނެގިކަމަށް ތުހުމަތުކުރެވޭ ސިނގިރޭޓް ކޮންޓެއިނަރުތައް އުފުލިކަމަށް ބެލެވޭ ދޯނީގެ ކައްޕި ހައްޔަރުކޮށްފި؛ ކޯޓުން ނިންމީ އޭނާ 7 ދުވަހަށް ބަންދުކުރަން

23 އޮކްޓޯބަރު 2025

ވަގު ސިނގިރޭޓް ކޮންޓެއިނަރތަކާ ގުޅުވައިގެން ދުއްވާ ދެބޯގެރި

23 އޮކްޓޯބަރު 2025
ވަގު ސިނގިރޭޓް ކޮންޓެއިނަރތަކާ ގުޅުވައިގެން ދުއްވާ ދެބޯގެރި
23 އޮކްޓޯބަރު 2025

13 މިލިއަން ސިނގިރެޓުގެ ވައްކަން: އަބްދުއްރަހުމާނު އަށް ކުރަނީ 2 ކޮންޓެއިނަރު ވަގަށް ނެގުމުގެ އަމަލު ކާމިޔާބު ކަމާއެކު ފުރިހަމަ ކުރުމަށް އެހީތެރިވުމުގެ ތުހުމަތު

23 އޮކްޓޯބަރު 2025
13 މިލިއަން ސިނގިރެޓުގެ ވައްކަން: އަބްދުއްރަހުމާނު އަށް ކުރަނީ 2 ކޮންޓެއިނަރު ވަގަށް ނެގުމުގެ އަމަލު ކާމިޔާބު ކަމާއެކު ފުރިހަމަ ކުރުމަށް އެހީތެރިވުމުގެ ތުހުމަތު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް