Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހއ. އުލިގަމު ކަސްޓަމްސް އިމާރާތް ހުޅުވުން

އުލިގަމު ކަސްޓަމްސް އިމާރާތް ރަސްމީކޮށް ހުޅުވައިފި

16 ސެޕްޓެމްބަރު 2021 | ބުރާސްފަތި 21:02

އުލިގަމު ކަސްޓަމްސް އިމާރާތް ގާއިމުކުރުމަށް 5.6 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 16 ސެޕްޓެމްބަރު 2021 | ބުރާސްފަތި 21:02
އުލިގަމު ކަސްޓަމްސް އޮފީސް ޑިފެންސް މިނިސްޓަރ ހުޅުއްވައިދެއްވަނީ

އުލިގަމު ކަސްޓަމްސް އޮފީސް ޑިފެންސް މިނިސްޓަރ ހުޅުއްވައިދެއްވަނީ

ހއ. އުލިގަމު ކަސްޓަމްސް އިމާރާތް ރަސްމީކޮށް ހުޅުވައިފިއެވެ.

މި އިމާރާތް ހުޅުވައިދެއްވީ އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަހުމަދުދީދީ އެވެ. މާރިޔާގެ އިތުރުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދު ﷲ ޝަރީފާއި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދު ﷲ ޝަމާލާއި، އުލިގަމު ކައުންސިލްގެ ރައީސްގެ އިތުރުން ކައުންސިލްގެ މެމްބަރުން، އަދި އެމްއެންޑީއެފްގެ އިސް އޮފިސަރުންނާއި ކަސްޓަމްސްގެ އިސް ވެރިންނާއި އޮފިސަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

Advertisement - newsAdvertisement

އުލިގަމުގެ ކަސްޓްމަސް އިމާރާތް ހުޅުއްވައިދެއްވުމަށްފަހު މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަހުމަދުދީދީ ވަނީ އުލިގަމުގައި ބަނދަރުކުރާ ޔޮޓްފަހަރުން ނެގޭ ފީ ކުޑަކުރުމުގެ ނަތީޖާއެއްގެ ގޮތުން އުލިގަމަށް އަންނަ ޔޮޓް އިތުރުވެ ރަށަށް އެކިގޮތްގޮތުން ފައިދާ އާއި މަންފާ ކުރާކަން ފާހަގަކުރައްވާފައެވެ.

އުލިގަމު ބަނދަރު ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އިސްކަން ދެއްވާކަން ފާހަގަކުރައްވައި، މި ސަރުކާރުގެ ތަސައްވުރަކީ އެއްވެސް ތަފާތު ކުރުމެއްނެތި ރާއްޖޭގެ ހުރިހާ ރަށަކަށް ޕްރޮފެޝަނަލް ކަމާއެކު ރައްޔިތުންނާ ވީހާވެސް ގާތުން އަވަސް ޚިދުމަތެއް ފޯރުކޮށްދެއްވުން ކަމަށް ވިދާޅުވިއެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް ތެދުވެރިކަމާ އިޚްލާސްތެރިކަމާއެކީ ކަސްޓަމްސްގެ ހީވާގި އޮފިސަރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައި މިނިސްޓަރު ވަނީ އޮފިސަރުންނަށް ޝުކުރު އަދާކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް ދެއްކެވި ވާހަކަފުޅުގައި، އަލަށް ގާއިމުކުރެވުނު މި އިމާރާތުގެ މަސައްކަތް މައިގަނޑުގޮތެއްގައި އަމާޒުކުރައްވާނީ އުލިގަމުގައި ބަނދަރުކުރާ ޔޮޓްފަހަރަށް ލުއިފަސޭހަކަމާއެކު އެކިއެކި ޚިދުމަތްތައް ފޯރުކޮށްދިނުމުގެ އިތުރުން، މުސްތަގުބަލްގައި މިސަރަހައްދުގައި ބޮންޑެޑް ވެއަރހައުސްގެ ޚިދުމަތް ގާއިމުކޮށް ސަރަހައްދުގެ ރިސޯޓްތަކަށް މި ވެއަރހައުސްތަކުގެ ޚިދުމަތް ފުޅާކުރުމަށް ކަމަށްވެސް ވިދާޅުވިއެވެ.

އުލިގަމު ކަސްޓަމްސް އިމާރާތް ހުޅުވުމާއެކު، އުލިގަމުގައި ސަރުކާރުން ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ޔޮޓް މެރީނާ ގާއިމް ކުރުމަށް ކުރެވެމުންދާ މަސައްކަތް ކާމިޔާބުވުމަށް މަގުފަހިވެގެންދާނެކަމަށް ވެސް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ދެއްކެވި ވާހަކަފުޅުގައި، މިފަދަ ޚިދުމަތެއް އުލިގަމުގައި ފުޅާވެގެން ދިޔުމަކީ ރަށުގެ އިތުރުން މި ސަރަހައްދަށާއި ސަރަހައްދުން ބޭރަށް ސީދާގޮތުންނާއި ނުސީދާގޮތުން އެތައް ފައިދާއެއް ކުރާނެ މުހިއްމު ކަމެއް ކަމަށް ފާހަގަކުރެއްވިއެވެ.

އުލިގަމު ކަސްޓަމްސް އިމާރާތް ގާއިމުކުރުމަށް 5.6 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްފައިވާއިރު މި އިމާރާތުގެ މަސައްކަތް ނިންމައި ދީފައިވަނީ އެސްއޭ ކޮންސްޓްރަކްޝަނުންނެވެ.

މޯލްޑިވްސް ކަސްޓަމްސް ސާރވިސް

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

16 ނޮވެމްބަރު 2025

51 މިލިއަން އަށް ލިބޭ ކޮންޓޭނަރު ސްކޭނަރެއް ގަންނަން ފިނޭންސުން ހަމަޖައްސައި ދިނީ އެންމެ 15 މިލިއަން ރުފިޔާ: ކަސްޓަމްސް

16 ނޮވެމްބަރު 2025
51 މިލިއަން އަށް ލިބޭ ކޮންޓޭނަރު ސްކޭނަރެއް ގަންނަން ފިނޭންސުން ހަމަޖައްސައި ދިނީ އެންމެ 15 މިލިއަން ރުފިޔާ: ކަސްޓަމްސް
13 ނޮވެމްބަރު 2025

ކަސްޓަމްސް އެކަށީގެންވާ ގޮތެއްގައި މަސައްކަތެއް ނުކުރޭ، އެތަން ޖަވާބުދާރީ ކުރުވޭކަށް ނެތް: މެންބަރު ނާޒިމް

13 ނޮވެމްބަރު 2025
ކަސްޓަމްސް އެކަށީގެންވާ ގޮތެއްގައި މަސައްކަތެއް ނުކުރޭ، އެތަން ޖަވާބުދާރީ ކުރުވޭކަށް ނެތް: މެންބަރު ނާޒިމް
04 ނޮވެމްބަރު 2025

ހުޅުމާލެ އިންޓަރނޭޝަނަލް ޕޯޓުން 2 ކޮންޓެއިނަރ ސިނގިރެޓު ވަގަށް ގެންދިޔަ ގޮތް ފުލުހުން ކިޔައިދީފި

04 ނޮވެމްބަރު 2025
ހުޅުމާލެ އިންޓަރނޭޝަނަލް ޕޯޓުން 2 ކޮންޓެއިނަރ ސިނގިރެޓު ވަގަށް ގެންދިޔަ ގޮތް ފުލުހުން ކިޔައިދީފި
29 އޮކްޓޯބަރު 2025

ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނާ ހިލާފުވެގެން ކޮށްފައިވާ ޖޫރިމަނާ ޝަހީމްގެ ދަރިކަލުން އަދިވެސް ނުދައްކާ!

29 އޮކްޓޯބަރު 2025
ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނާ ހިލާފުވެގެން ކޮށްފައިވާ ޖޫރިމަނާ ޝަހީމްގެ ދަރިކަލުން އަދިވެސް ނުދައްކާ!
29 އޮކްޓޯބަރު 2025

ސިނގިރޭޓު ވަގަށް އެތެރެ ކުރި މައްސަލާގައި ވަކި ކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރު އަބްދުﷲ ވަހީދު އާއި މަހްމޫދު ރިޔާޒް

29 އޮކްޓޯބަރު 2025
ސިނގިރޭޓު ވަގަށް އެތެރެ ކުރި މައްސަލާގައި ވަކި ކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރު އަބްދުﷲ ވަހީދު އާއި މަހްމޫދު ރިޔާޒް
29 އޮކްޓޯބަރު 2025

ކަސްޓަމްސްގެ 2 ޑެޕިއުޓީ ކޮމިޝަނަރުން މަގާމުން ވަކި ކޮށްފި

29 އޮކްޓޯބަރު 2025
ކަސްޓަމްސްގެ 2 ޑެޕިއުޓީ ކޮމިޝަނަރުން މަގާމުން ވަކި ކޮށްފި
27 އޮކްޓޯބަރު 2025

ކަސްޓަމްސް އިން ގާނޫނާ ޚިލާފަށް ސަލާމަތީ ސެޓްފިކެޓު ނެތް ލޯންޗެއް ދުއްވިކަން ހާމަވެއްޖެ

27 އޮކްޓޯބަރު 2025
ކަސްޓަމްސް އިން ގާނޫނާ ޚިލާފަށް ސަލާމަތީ ސެޓްފިކެޓު ނެތް ލޯންޗެއް ދުއްވިކަން ހާމަވެއްޖެ
02 އޮކްޓޯބަރު 2025

ލޫޓުވައިފި، ލޫޓުވައިފި އެއްވުމާ ދިމާ ކޮށް ކަސްޓަމްސް އިން ބޮޑު މަސް ރޭހެއް ރާވައިފި

02 އޮކްޓޯބަރު 2025
ލޫޓުވައިފި، ލޫޓުވައިފި އެއްވުމާ ދިމާ ކޮށް ކަސްޓަމްސް އިން ބޮޑު މަސް ރޭހެއް ރާވައިފި
12 ސެޕްޓެމްބަރު 2025

ވަގަށް ނެރުނު ސިނގިރޭޓްތަކަކަށް 20 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ހުކުމްކޮށްފި

12 ސެޕްޓެމްބަރު 2025
ވަގަށް ނެރުނު ސިނގިރޭޓްތަކަކަށް 20 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ހުކުމްކޮށްފި
17 ޖުލައި 2025

2022 ގެ ނިޔަލަށް ކަސްޓަމްސްއަށް 477 މިލިއަން ރުފިޔާ ނުލިބި ހުރި - އޮޑިޓް

17 ޖުލައި 2025
2022 ގެ ނިޔަލަށް ކަސްޓަމްސްއަށް 477 މިލިއަން ރުފިޔާ ނުލިބި ހުރި - އޮޑިޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް