Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސިއްހީ ޚިދުމަތްތެރިން ތަމްރީން ކުރުން

އައި.ސީ.ޑީ-11އަށް ސިއްހީ ޚިދުމަތްތެރިން ތަމްރީނު ކުރަނީ

500އަށްވުރެ ގިނަ ސިއްހީ ޚިދުމަތްތެރިން ބައިވެރިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 16 ސެޕްޓެމްބަރު 2021 | ބުރާސްފަތި 18:57
ހެލްތު މިނިސްޓްރީގެ ބިލްޑިންގ

ހެލްތު މިނިސްޓްރީގެ ބިލްޑިންގ

ސިއްހީ ދާއިރާގެ ޓަރމިނޮލޮޖީތަކާއި ބަލިތައް ކޯޑް ކުރާނޭ ގޮތް ކިޔައިދިނުމުގެ ގޮތުން އިންޓަނޭޝަނަލް ކްލެސިފިކޭޝަން އޮފް ޑިސީސަސް (އައި.ސީ.ޑީ 11)އަށް ސިއްހީ ޚިދުމަތްތެރިން ތަމްރީން ކުރުމުގެ ޕްރޮގްރާމް ފަށައިފިއެވެ.

އައި.ސީ.ޑީއަކީ މަރުވި ސަބަބު އަދި ބަލިތަކާއި ގުޅޭ  ތަފާސްހިސާބުތައް އެއްކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން އެކުލަވާލާފައިވާ ކޯޑިންގ ނިޒާމެކެވެ. އައި.ސީ.ޑީގެ 11ވަނަ ވަރޝަން އަކީ އައި.ސީ.ޑީގެ 10ވަނަ ވަރޝަންއަށްވުރެ ފުރިހަމަ ވަރޝަންއެކެވެ. މި ވަރޝަންގައި, އެންމެފަހުގެ ބަލިތަކާއި ސިއްހީ މައްސަލަތައް އިލެކްޓްރޯނިކް ނިޒާމެއްގެ ތެރެއިން ރެކޯޑް ކުރެވި، ތަފާސްހިސާބު އާއްމުކުރުމަށް ފަސޭހަވެގެންދާނެއެވެ.

މި ތަމްރީނު ދެއްވަނީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ފަރާތުން ކަނޑައަޅުއްވާފައިވާ މިދާއިރާގެ މާހިރުންނެވެ. މިތަމްރީން ޕްރޮގްރާމަށްފަހު ސިއްހީ ތަފާސްހިސާބުގެ ނިޒާމު އިތުރަށް ހަރުދަނާ ވެގެންދާނެއެވެ.

ހެލްތް މިނިސްޓްރީން ބުނީ މި ތަމްރީން ޕްރޮގްރާމް ސެޕްޓެމްބަރ 15، 16 އަދި 20ވަނަ ދުވަހު ވަރޗުއަލްކޮށް ކުރިއަށްދާނެ ކަމަށެވެ. މި ޕްރޮގްރާމުގައި ރާއްޖޭގެ ސިއްހީ ދާއިރާގައި މަސައްކަތްކުރާ (ސަރުކާރާއި އަމިއްލަ ޚިދުމަތްދޭ ފަރާތްތައް ހިމެނޭ ގޮތަށް) 500އަށްވުރެ ގިނަ ސިއްހީ ޚިދުމަތްތެރިން ބައިވެރިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިވަގުތު ރާއްޖޭގެ ހޮސްޕިޓަލާއި ހެލްތު ސެންޓަރތަކުގައި ބޭނުންކުރަމުންދަނީ އައި.ސީ.ޑީގެ 10ވަނަ ވަރޝަންއެވެ. ދިވެހިރާއްޖެއަކީ އައި.ސީ.ޑީގެ 11ވަނަ ވަރޝަން ބޭނުންކުރަންފަށާ އެންމެ ފުރަތަމަ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.

ހެލްތް މިނިސްޓްރީން ބުނީ މިތަމްރީން ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ބައިވެރިން ސިއްހީ ދާއިރާގެ ޓަރމިނޮލޮޖީތަކަށް އަހުލުވެރި ކުރުވުމާއި، ބަލިތަކާއި, މަރުވި ސަބަބު ބައިނަލްއަގުވާމީ މިންގަނޑަށް ކޯޑު ކުރެވި، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ގަބޫލުކުރާ ފެންވަރަށް ސިއްހީ ދާއިރާގެ ތަފާސް ހިސާބު ބެލެހެއްޓުމަށް މަގުފަހިކުރުވުން ކަމަށެވެ.

ހެލްތު މިނިސްޓްރީ

އިތުރަށް ކިޔާލަން

26 ނޮވެމްބަރު 2025

އަސާސީ ބޭސް ނުލިބޭ މައްސަލަ: މިނިސްޓަރު ވިދާޅުވީ ނުލިބެނީ ޑޮކްޓަރުން ލިޔާ ބްރޭންޑުގެ ބޭސް ކަމަށް

26 ނޮވެމްބަރު 2025
އަސާސީ ބޭސް ނުލިބޭ މައްސަލަ: މިނިސްޓަރު ވިދާޅުވީ ނުލިބެނީ ޑޮކްޓަރުން ލިޔާ ބްރޭންޑުގެ ބޭސް ކަމަށް
17 ނޮވެމްބަރު 2025

ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ

17 ނޮވެމްބަރު 2025
ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ
17 ނޮވެމްބަރު 2025

އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި

17 ނޮވެމްބަރު 2025
އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި
15 ނޮވެމްބަރު 2025

މާބަނޑުވީ 17 އަހަރު ފަހުން، ޑޮކްޓަރުގެ އިހުމާލުން ދަރިފުޅު ނިޔާވި އިރު ޖެހި އިންޖެކްޝަންތަކުގެ ސަބަބުން މަސް އޮތީ ގިރިފަ: އާއިލާ

15 ނޮވެމްބަރު 2025
މާބަނޑުވީ 17 އަހަރު ފަހުން، ޑޮކްޓަރުގެ އިހުމާލުން ދަރިފުޅު ނިޔާވި އިރު ޖެހި އިންޖެކްޝަންތަކުގެ ސަބަބުން މަސް އޮތީ ގިރިފަ: އާއިލާ
08 އޮކްޓޯބަރު 2025

ވެންޓިލޭޓަރު ގަންނަން ހަވާލުކުރި ޑުބާއީ ކުންފުނިން 37 މިލިއަން ރުފިޔާ ދައްކަން ދުބާއީގެ ކޯޓަކުން އަމުރުކޮށްފި

08 އޮކްޓޯބަރު 2025
ވެންޓިލޭޓަރު ގަންނަން ހަވާލުކުރި ޑުބާއީ ކުންފުނިން 37 މިލިއަން ރުފިޔާ ދައްކަން ދުބާއީގެ ކޯޓަކުން އަމުރުކޮށްފި
20 އޯގަސްޓު 2025

ރާއްޖޭގައި މަސައްކަތް ކުރާ ނަރުހުން ރަޖިސްޓްރީ ނުވެ، ލައިސެންސް ނެތި މަސައްކަތް ކުރޭ: ހެލްތް މިނިސްޓްރީ

20 އޯގަސްޓު 2025
ރާއްޖޭގައި މަސައްކަތް ކުރާ ނަރުހުން ރަޖިސްޓްރީ ނުވެ، ލައިސެންސް ނެތި މަސައްކަތް ކުރޭ: ހެލްތް މިނިސްޓްރީ
07 އޯގަސްޓު 2025

ފީއަލީގައި އެމްބިއުލާންސް ހަލާކުވެ ޚިދުމަތް ހުއްޓިފައި އޮންނަތާ ތިން މަހަށް ވުރެ ގިނަ ދުވަސް

07 އޯގަސްޓު 2025
ފީއަލީގައި އެމްބިއުލާންސް ހަލާކުވެ ޚިދުމަތް ހުއްޓިފައި އޮންނަތާ ތިން މަހަށް ވުރެ ގިނަ ދުވަސް
07 އޯގަސްޓު 2025

ޔުމްނު ވެއްޓުނު ހާދިސާ - ރިޕޯޓުގައި ހުރި ފިޔަވަޅުތައް އެޅިތޯ ބެލުމަށް އިހުސާން މަޖިލީހަށް ހާޒިރުކުރަނީ

07 އޯގަސްޓު 2025
ޔުމްނު ވެއްޓުނު ހާދިސާ - ރިޕޯޓުގައި ހުރި ފިޔަވަޅުތައް އެޅިތޯ ބެލުމަށް އިހުސާން މަޖިލީހަށް ހާޒިރުކުރަނީ
19 އެޕްރީލު 2025

ދުންފަތުގެ ވިޔަފާރިކުރަން ބޭނުންވާ ލައިސަންސް ހޯދަން ހުޅުވާލައިފި

19 އެޕްރީލު 2025
ދުންފަތުގެ ވިޔަފާރިކުރަން ބޭނުންވާ ލައިސަންސް ހޯދަން ހުޅުވާލައިފި
17 އެޕްރީލު 2025

ފިހުނު ތުއްތު ކުއްޖަކަށް އިހުމާލުވި ކަމަށް ބުނާ މައްސަލަ ސަމާލުކަމަށް އައުމުން ބަލަން ޖެހޭ ކަންކަން ބަލާނެ: ހެލްތް މިނިސްޓްރީ

17 އެޕްރީލު 2025
ފިހުނު ތުއްތު ކުއްޖަކަށް އިހުމާލުވި ކަމަށް ބުނާ މައްސަލަ ސަމާލުކަމަށް އައުމުން ބަލަން ޖެހޭ ކަންކަން ބަލާނެ: ހެލްތް މިނިސްޓްރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު