Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ"ޞާލިހު ޕާޓީ" ޖެހި މައްސަލަ

ޖޭޕީ އޮފީހު ބޭރުގައި "ޞާލިޙު ޕާޓީ" އާއި "އެމްއެމްޕީ" ޖެހި މައްސަލަ ސުލޫކު ކޮމިޓީގައި ތާށިވެފައި

މިކަން ހިނގާފައިވަނީ ޖުލައި މަހުގެ 7ވަނަ ދުވަހު

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 15 ސެޕްޓެމްބަރު 2021 | ބުދަ 13:39
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ހުންނަ ޖުމްހޫރީ ޕާޓީގެ އޮފީހުގެ ބޭރުގައި ތަތްކޮށްފައިވާ ކަރުދާސްގަނޑު

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ހުންނަ ޖުމްހޫރީ ޕާޓީގެ އޮފީހުގެ ބޭރުގައި ތަތްކޮށްފައިވާ ކަރުދާސްގަނޑު

ރަައްޔިތުންގެ މަޖިލީހުގެ އިދާރާގައި ހުންނަ ޖުމްހޫރީ ޕާޓީގެ އޮފީހުގެ ބޭރުގައި "ޞާލިޙު ޕާޓީ" އަދި "އެމްއެމްޕީ" ނުވަތަ މޯލްޑިވްސް މިލިޓަރީ ޕާޓީ ލިޔެފައިވާ ކަރުދާސްގަަނޑެއް ތަތްކުރި މައްސަލަ ސުލޫކު ކޮމިޓީން އަދިވެސް ބަލާ ނުނިމޭ ކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެފިއެވެ.

މިކަން ހިނގާފައިވަނީ ޖުލައި މަހުގެ 7ވަނަ ދުވަހުއެވެ. މައްސަލަ ސުލޫކު ކޮމިޓީން ބަލަން ނިންމީ އޮގަސްޓް މަހުގެ 25ވަނަ ދުވަހުއެވެ. ވީހާވެސް އަވަހަށް ކަންކަން ބަލައި ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވިދާޅުވާއިރު، މަޖިލީހުގެ އިދާރާ ތެރޭގައި ހިނގާ ދިޔަ ކަމެއް ނުބެލި ކޮމިޓީގައި އޮންނަތާ އެތައް ދުވަހެއް މިވަނީ ވެފައެވެ. މިކަން ހިނގާދިޔަގޮތް ހޯދުމަށް ސީސީޓީވީ ފުޓޭޖް ހޯދުމަށްވެސް ޖުމްހޫރީ ޕާޓީން ވަނީ އެދިފައެވެ.

ޖުމްހޫރީ ޕާޓީގެ އޮފީހުގެ ބޭރުގައި އެހެން ނަމެއް ތަތްކުރި މައްސަލައިގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވަނީ މަޖިލީހުގެ އިދާރާއަށް ސިޓީއެއް ފޮނުވާފައެވެ. އެކަމާގުޅިގެން ކޮމިޓީގެ ބައްދަލުވުމެއްވެސް ވަނީ ބާއްވާފައެވެ. މި ބައްދަލުވުމުގައި, މުޤައްރިރު, ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު ޢަބްދުއްލަޠީފް ވަނީ މިސިޓީ އިއްވަވާފައެވެ.

ސިޓީގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ތެރެއިން ޖުމްހޫރީ ޕާޓީއަށް ދޫކޮށްފައިވާ އޮފީސް ކޮޓަރީގައި ހުންނަ އެޕާޓީގެ ނަން ބޯޑުގައި އެހެން ނަމެއް ކަރުދާހުގައި ލިޔެ ހިއްޕާފައިވާ މައްސަލައަކީ ޖޭޕީއާއި ޖޭޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިމްތިޔާޒުތަކަށް އުނިކަން ގެނެސް, ޕާޓީގެ ޕާލަމެންޓަރީ ގްރޫޕްގެ މެމްބަރުންގެ ޙުރުމަތް ކެނޑުމަށް ކޮށްފައިވާ ވަރަށް ހަޑިމުޑުދާރު ޢަމަލެއް ކަމުގައެވެ. މަޖިލީހުގެ ޤަވާއިދުގައި, މަޖިލީހުގެ ޙުރުމަތާއި ޤަދަރު ހިފެހެއްޓުމަކީ މަޖިލީހުގެ ރައީސަށް މަތިކޮށްފައިވާ ޒިންމާއެއްކަމަށް ވީހިނދު އެމައްސަލަ ހިނގައިދިޔަ ގޮތް މަޖިލީހުން ކަނޑައަޅާފައިވާ އުސޫލުން ބައްލަވައި ދެއްވުމަށާއި މިފަދަ އަމަލުތައް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް އެދޭކަމަށެވެ.

އަދި މިއަމަލު ހިންގި ފަރާތެއް ހޯދުމަށް ޖޭޕީގެ ޕާލަމަންޓްރީ ގްރޫޕުން ކުރިޔަށް ގެންދާ މަސައްކަތުގެ ބޭނުމަށް ސީސީޓީވީ ފުޓޭޖް ފޯރުކޮށްދިނުމަށްވެސް ޖޭޕީން ވަނީ ސިޓީގައި އެދިފައެވެ.

ޖޭޕީގެ ސިޓީއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ މަޖިލީހުގެ އިދާރާއަށް, މިކަން ބަލައިދިނުމަށް އެދި ސިޓީއެއް ފޮނުއްވާފައެވެ.

މިމައްސަލާގައި ކޮމިޓީގެ މެމްބަރުންގެ ދެއްކެވި ވާހަކަފުޅުގައި, މިކަމަކީ ސީރިޔަސް މައްސަލައެއްގެ ގޮތުގައި ކޮމިޓީން ބަލަންޖެހޭ މައްސަލައެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ. އަދި މުސްތަގުބަލުގައި މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްވެސް މިމައްސަލަ ބެލުމުގެ މުހިންމުކަން މެމްބަރުން ވަނީ ފާހަގަކުރައްވާފައެވެ. މިކަމަކީ މަޖިލީހުގެ އިދާރާއާއި މެމްބަރުންގެ ޤަދަރަށް އުނިކަން ލިބޭ ކަމެއްކަމަށް މެމްބަރުން ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ސީސީޓީވީ ފުޓޭޖް ޖުމްހޫރީ ޕާޓީއަށް ލިބޭނެ ގޮތަށް އެދިފައިވާ އެދުމާމެދު މެމްބަރުންގެ މެދުގައި ވަނީ ޚިޔާލު ތަފާތުވެފައެވެ. އެއީ މަޖިލީހުގެ ސަލާމަތާވެސް ގުޅުންހުރިކަމަކަށްވާތީ ފުޓޭޖް ފޯރުކޮށްދިނުމަކީ އެންމެ އެދެވޭ ގޮތް ނޫންކަމަށް ބައެއް މެމްބަރުން ވިދާޅުވިއެވެ.

މިމައްސަލަ މުޅި ކޮމިޓީން ބެލުމަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު ޢަބްދުﷲ ސަނީފް ވަނީ ހުށަހަޅުއްވާފައެވެ. އަދި މިހުށަހެޅުމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވަނީ ތާއީދުކުރައްވާފައެވެ. ކޮމިޓީން ފާސްކޮށްފައިވަނީ ވަކި މައްސަލައެއްގެ ގޮތުގައި މިމައްސަލަ އެޖެންޑާކޮށް މިކަން ހިނގާދިޔަ ގޮތް ކޮމިޓީން ބެލުމަށެވެ.

ޖުމްހޫރީ ޕާޓީރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް
28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
09 އޮކްޓޯބަރު 2025

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
07 އޮކްޓޯބަރު 2025

ޤާސިމްގެ ބަދަލުވަމުންދާ ރާގުން ކޮޅުދާލިކޮޅެއް!

07 އޮކްޓޯބަރު 2025
ޤާސިމްގެ ބަދަލުވަމުންދާ ރާގުން ކޮޅުދާލިކޮޅެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު