Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަސްތުވާތަކެތީގެ ވިޔަފާރި

މާލޭގައި ކެފޭ އުސޫލުން މަސްތުވާތަކެތީގެ ވިޔަފާރުކުރާ ހުރިހާތަނެއް ބަންދު ކޮށްފިން - ސީޕީ ހަމީދު

15 ސެޕްޓެމްބަރު 2021 | ބުދަ 12:40

ޝަރުއީ މަރުހަލާގައި ގޮންޖެހުން ތަކެއް އެބަހުރި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 15 ސެޕްޓެމްބަރު 2021 | ބުދަ 12:40
ކޮމިޝަނަރ އޮފް ޕޮލިސް - މުހައްމަދު ހަމީދު

ކޮމިޝަނަރ އޮފް ޕޮލިސް - މުހައްމަދު ހަމީދު

މާލޭގައި ކެފޭ އުސޫލުން މަސްތުވާތަކެތީގެ ވިޔަފާރުކުރާ ހުރިހާތަނެއް އަންގާރަ ދުވަހުގެ ރެއާ ހަމައަށް ބަންދު ކޮށްފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

"ޗޭންޖް އެންޑީއޭ 2020 ޕެޓިޝަން"އާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި ވާހަކަ ދައްކަވަމުން ސީޕީ ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. ސީޕީ ވިދަޅުވީ، ގާނޫނުން ލިބިފައިވާ ބާރު ބޭނުން ކުރުމަށް އިރުޝާދު ދެވިފައިވާނެ ކަމަށާއި، މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، މަސްތުވާތަކެތީގެ ވިޔަފާރިކޮށް މަސްތުވާތަކެތި ބޭނުންކުރާ 44 ތަނެއް މާލެއިން ފާހަގަކުރެވި، އެތަންތަން އަންގާރަ ދުވަހުގެ ރެއާ ހަމައަށް ބަންދު ކޮށްފައިވާނެ ކަމަށެވެ.

Advertisement - newsAdvertisement

ސީޕީ ވިދާޅުވީ، މަސްތުވާތަކެތީގެ ވިޔަފާރި ކެފޭ އުސޫލުން ކުރަމުން އަންނަ ތަންތަނުގެ ވެރިންވެސް ގާނޫނުގެ ކުރިމައްޗަށް ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، މިހާރުވެސް އެކަކުގެ މައްޗަށް ދައުވާ އުފުލާފައިވާއިރު، އިތުރު 4 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވާފައިވާ ކަމަށެވެ. މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން އަންނަ ނެޓްވާރކްތައް ދެނެގަތުމަށް ކުރި މަސައްކަތުން 12 ނެޓްވާރކެއް ފާހަގަވެ ފިޔަވަޅު އެޅުމަށް ޝަރީއަތަށް ފޮނުވިފައިވާނެ ކަންވެސް ސީޕީ ފާހަގަ ކުރެއްވިއެވެ. މި ވިޔަފާރި ކުރަމުން އަންނަ މީހުންގެ މާލީ ތަހުގީގުތައް މިހާތަނަށް ކުރެވިފައި ނެތް އިރު، މިހާރު އެ ތަހުގީގުތައްވެސް ފަށައިގެން ކުރިއަށްދާ ކަމުގައި ވިދާޅުވިއެވެ.

ފުލުހުން އަތުލައިގެންފައިވާ މަސްތުވާތަކެތީގެ އެކި ބާވަތްތައް މިދިޔަ ޑިސެމްބަރުގެ ނިޔަލަށް ނައްތާލާފައިވާނެ ކަމަށް ވިދާޅުވިއެވެ.

މަސްތުވާތަކެތި ރާއްޖެއަށް އެތެރެވުމަށް ހުރި ދޮރުތައް މޮނިޓަރ ކުރުމަށްޓަކައި، ބޮޑީ ސްކޭނިން މެޝިނެއް ނެތުމުގެ ދަތިކަން ފާހަގަކުރައްވަމުން ހަމީދު ވިދާޅުވީ، ރާއްޖެއަށް އެތެރެވާން ނުޖެހޭ ވަރަށް ގިނަ އެއްޗެހި އެތެރެވެފައި އެބަހުރި ކަމަށެވެ. ހަމީދު ވިދާޅުވީ، 5 އަހަރުގެ ތެރޭގައި 8،937 މީހުން މަސްތުވާތަކެތީގެ މައްސަލަ ތަކުގައި ފުލުހުންގެ ހައްޔަރުކޮށްފައިވާ ކަމަށެވެ.

މަސްތުވާތަކެތި ރައްޖެ އެތެރެކޮށް ވިޔަފާރިކުރުން ހުއްޓުވުމަށް އެޅިފައިވާ ފިޔަވަޅުތައް މަދު ކަމަށާއި، މިދިޔަ އަހަރު ޓަނަކާ ގާތްކުރާ އަދަދަކަށް މަސްތުވާ ތަކެތި އަތުލައިގެންފައިވާކަމަަށް ވިދާޅުވިއެވެ. ހަމީދު ވިދާޅުވީ، މިހާރުވެސް މަސްތުވާތަކެއްޗާ ގުޅުންހުރި 20 މައްސަލައެއްގައި 89 މީހުންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ކުރިއަށްދާ ކަމަށާއި އެއީ، 413 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ ކަމަށެވެ. ޝަރުއީ މަރުހަލާގައި ގޮންޖެހުން ތަކެއް އެބަހުރިކަން ފާހަގަ ކުރައްވަމުން ހަމީދު ވިދާޅުވީ، ޝަރީއަތްތައް ދިގުލައިގެންދާ ކަމަށެވެ.

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންގެ ލިސްޓެއް އެކުލަވަން ކުރި މަސައްކަތުން އެފަދަ 3،348 މީހުން ދެނެގަނެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
04 ޑިސެމްބަރު 2025

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
03 ޑިސެމްބަރު 2025

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު
22 ނޮވެމްބަރު 2025

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި
19 ނޮވެމްބަރު 2025

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި
14 ނޮވެމްބަރު 2025

ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ

14 ނޮވެމްބަރު 2025
ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ
13 ނޮވެމްބަރު 2025

މަސްތުވާތަކެތީގެ ޑީލަރުންގެ ފަހަތުން ފުލުހުން ދާނެކަން ރައީސް އިއުލާން ކުރައްވައިފި

13 ނޮވެމްބަރު 2025
މަސްތުވާތަކެތީގެ ޑީލަރުންގެ ފަހަތުން ފުލުހުން ދާނެކަން ރައީސް އިއުލާން ކުރައްވައިފި
11 ނޮވެމްބަރު 2025

ބަނގުރާ ބޮއެގެން ދަރިފުޅަށް ޖިންސީ ގޯނާކުރި މަންމަ ހައްޔަރުކޮށްފި

11 ނޮވެމްބަރު 2025
ބަނގުރާ ބޮއެގެން ދަރިފުޅަށް ޖިންސީ ގޯނާކުރި މަންމަ ހައްޔަރުކޮށްފި
10 ނޮވެމްބަރު 2025

ރިކޯޑުކޮށްފައިވާ ޒާތީ މައުލޫމާތު ވަނީ ބަދަލު ކޮށްފައި، މައްސަލަ ބަލައި ދިނުމަށް އޭސީޕީ ޝިފާން އެދިވަޑައިގެންފި

10 ނޮވެމްބަރު 2025
ރިކޯޑުކޮށްފައިވާ ޒާތީ މައުލޫމާތު ވަނީ ބަދަލު ކޮށްފައި، މައްސަލަ ބަލައި ދިނުމަށް އޭސީޕީ ޝިފާން އެދިވަޑައިގެންފި
09 ނޮވެމްބަރު 2025

ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ސީޕީ ނަވީން، އެންއައިސީ މެންބަރުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފި

09 ނޮވެމްބަރު 2025
ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ސީޕީ ނަވީން، އެންއައިސީ މެންބަރުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް