Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހަކަތައިގެ ބިލް

ޚިދުމަތް ލިބިގަންނަ ފަަރާތްތަކުގެ ހައްގު ހިމާޔަތް ކުރުން ހިމެނޭ ގޮތަށް ހަކަތައިގެ ބިލް ދިރާސާކޮށް މަޖިލީހަށް ހުށަހަޅައިފި

ކަރަންޓު ކަނޑާލަން ޖެހޭ ހާލަތުގައި ރައްޔިތުންނަށް ދުރާލާ އެކަން އަންގަން ޖެހޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 14 ސެޕްޓެމްބަރު 2021 | އަންގާރަ 13:20
ގައުމުގެ އެންމެހައި މަސައްކަތްތައް ބަރޯސާވެގެންވަނީ ހަކަތައިގެ މައްޗަށް

ގައުމުގެ އެންމެހައި މަސައްކަތްތައް ބަރޯސާވެގެންވަނީ ހަކަތައިގެ މައްޗަށް

ޚިދުމަތް ލިބިގަންނަ ފަަރާތްތަކުގެ ހައްގު ހިމާޔަތް ކުރުން ހިމެނޭ ގޮތަށް ރާއްޖޭގައި އެކުލަވާލާ ފުރަތަމަ ގާނޫނުގެ ބިލު ދިރާސާ ކުރުމަށްފަހު ތަޅުމަށް ހުށަހަޅައިފިއެވެ.

އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ބިލު ދިރާސާ ކޮށް ނިންމި ގޮތުގެ ރިޕޯޓު އިއްވަމުން ކޮމިޓީގެ މުގައްރިރު އަދި ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ، ކޮމިޓީއަށް ހުށަހެޅުނު ބިލް ދިރާސާ ކުރުމަށްފަހު ބިލަށް ބޮޑެތި އިސްލާހުތަކެއް ގެނެސްފައިވާ ކަމަށެވެ. އަދި ތިން ފަހަރެއްގެ މަތިން ކަމާ ގުޅޭ ފަރާތްތަކަށް ބިލަށް ކޮމެންޓް ކުރަން ފުރުސަތު ދެއްވި ކަމަށެވެ. ސަލީމް ވިދާޅުވީ، ބިލަކީ މުހިއްމު ބިލަކަށްވާތީ، ބިލަށް ގެނައި އިސްލާހުތައް ބައްޓަން ކުރުމުގައި ކައުންސިލްގެ ޒިންމާތަކާއި ބާރުތައް ހިމަނާފައިވާނެ ކަމަށެވެ. އެގޮތުން ހަކަތައިގެ ދާއިރާ ރެގިއުލޭޓް ކުރުމަށް ރަށު ފެންވަރާއި ސިޓީ ފެންވަރުގައި ހިންގާ ޕްރޮޖެކްްޓަތަކަށް ލައިސެންސް ދިނުން ޔޫޓިލިޓީ އޮތޯރިޓީގެ ދަށުން އެކުލަވާލާ އުސޫލެއްގެ ދަށުން ކަންސިލްތަކަށް އެ ބާރުތައް ދިނުމަށް ހިމަނާފައިވާނެ ކަމަށެވެ.

Advertisement - newsAdvertisement

ޚިދުމަތް ލިބިގަންނަ ފަަރާތްތަކުގެ ހައްގު ހިމާޔަތް ކުރުމަށް ގާނޫނެއްގައި ލިޔެވިގެން އަންނަ ފުރތަމަ ފަހަރު ކަމުގައި ސަލީމް ފާހަގަކުރެއްވިއެވެ. ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުންނާއި އެހެނިހެން ގޮތްގޮތުންވެސް ކަރަންޓު ކަނޑާލަން ޖެހޭ ހާލަތުގައި ރައްޔިތުންނަށް ދުރާލާ އެކަން އަންގަން ޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ކުއްލި ކުއްލިއަށް ކަރަންޓު ކެނޑުމުން ލިބޭ ގެއްލުން ކުޑަކުރެވިގެންދާނެ ކަމަށާއި މިހާރު ވަރަށް ކުރު ނޯޓިސްއެއްގައި ނުވަތަ ކުއްލިއަކަށް ކަރަންޓު ކަނޑާލުމުން ރައްޔިތުންނަށް އެކަމުން ގެއްލުންތައް ލިބިގެންދާ ކަން ފާހަގަކުރެއްވިއެވެ. އަދި ކުއްލިއަކަށް ކަރަންޓު ކަނޑައިގެން ހިނގައިދާނެ ހާލަތަކަށް ތައްޔާރު ވުން ލާޒިމް ކަމަަށް ބިލުގައި މިހާރު ހިމަނާފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ބިލުގެ މަގުސަދަށް ބަދަލު ގެނެސްފައިވާކަން ފާހަގަކުރައްވަމުން މެމްބަރު ސަލީމް ވިދާޅުވީ، ދައުލަތުގެ އިދާރާތަކުގެ ޒިންމާތަކާއި ބާރުތަކާއި، ހަކަތައިގެ ޚިދުމަތް ގާއިމް ކުރުމާއި ހިންގުމުގެ ތެރެއިން ތިމާވެށްޓާއި އާއްމު ސިއްހަތަށް ލިބޭ ގެއްލުންތައްވެސް ހިމަނާފައިވާނެ ކަމަށެވެ. ރާއްޖެ ނެޓް ޒީރޯގެ ގައުމަކަށް ހެދުމަށް ކަމާ ބެހޭ ގާނޫނުތަކާއި ގަަވާއިދުތަކުގައި ކަނޑައަޅާފައިވާ ލަނޑުދަޑިތައް ހާސިލްކުރުމަށް އިއާދަކުރަނިވި ހަކަތައަށް ރާއްޖޭގެ ހަކަތައިގެ ދާއިރާ ބަދަލު ކުރުމަށް އެކުލަވާލަންޖެހެ ޕްލޭން އެކުލަވާލުންވެސް މަގުސަދު ތަކުގެ ތެރޭގައި ހިމަނާފައިވާނެ ކަމަށް ވިދާޅުވިއެވެ.

2030ވަނަ އަހަރުގައި ނެޓް ޒީރޯއަށް އަމާޒު ހިފާފައިވާއިރު އިއާދަކުރަނިވި ހަކަތަ އިތުރުކުރުމަށް ވަސީލަތްތައް ދެނެގަނެ، އެކަމަށް ބާރު އެޅުމުގެ ގޮތުން ބިލު ގާނޫނަކަށް ވެގެން އަންނައިރު، ރާއްޖޭގެ ސަރަހައްދުގައި ހިމެނޭ އިއާދަކުރަނިވި ހަކަތައިގެ ހުރިހާ ވަސީލަތްތަކުގެ ސަރވޭއެއް ހެދުމުގެ މަސައްކަތް މިނިސްޓްރީން ފަށަން ޖެހޭ ކަމަށް އިސްލާހުގައިވެއެވެ. ގާނޫނަށް އަމަލުކުރަން ފަށާތާ 24 މަސްދުވަހުގެ ތެރޭގައި ރާއްޖޭގެ ސަރަހައްދުގައި ހިމެނޭ ހުރިހާ އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކުގެ އިންވެންޓްރީއެއް އެކުލަވާލައި ވަސީލަތްތަކުގެ ޗާޓެއް ހަދައި އާއްމުކުރަން ލާޒިމް ކޮށްފައިވާއިރު، އަހަރަކު އެއްފަހަރު ޗާޓް މުރާޖާ ކުރަން ޖެހެއެވެ.

އަމިއްލަ ފަރާތްތަކުން އިއާދަކުރަނިވި ހަކަދަ އުފައްދާ ބޭނުންކޮށް އެ ޚިދުމަތް ބޭނުންވާ ފަރާތްތަކަށް ވިއްކޭނެ ފަސޭހަ ނިޒާމެއް އެކުލަވާލަން ޖެހޭނެ ކަމަށާއި، ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތުން އެރަށެއްގެ ކަރަންޓް ވިއުގަ ތަންދޭ އެންމެ މަތީ މިންވަރަކަށް އިއާދަކުރަނިވި ހަކަތަ ދެވޭނެ އިންތިޒާމު ހަމަ ޖައްސަން ޖެހެއެވެ. ހަކަތަ ބޭނުން ކުރެވޭނެ މިންވަރާއި، އެންމެ ބޮޑަށް ހަކަތަ ފޯރުކޮށްދެވޭނެ މިންވަރު ކޮންމެ ހަމަހަކުން އަޕްޑޭޓް ކޮށް، އެކަން އާއްމުކޮށް އިއުލާން ކުރަން ޖެހެއެވެ.

ތައްރައްގީގެ މަޝްރޫއުތަކުގައި އިއާދަކުރަނިވި ހަކަތައިގެ ނިޒާމް ފަސޭހައިން ގާއިމް ކުރެވޭނެ ކަންކަމަށް އިސްކަން ދިނުމަށްވެސް ބިލުގައި ވަނީ ހިމަނާފައެވެ. ހަކަތައިގެ ވަސީލަތްތައް ބޭނުންކުރާއިރު، އެއްކަމަކަށް އެއްބާވަތަށްވުރެ ގިނަ ބާވަތެއް ބޭނުން ކުރެވެން އޮންނަ ހާލަތުގައި އިސްކަންދޭން ވާނީ ތިމާވެއްޓާއި އެންމެ ރަހުމަތްތެރި ބާވަތަށްކަން ފުރަތަމަ ފަހަރަށް ގާނޫނެއްގައި ލިޔެވިގެން އަންނަ ފުރަތަމަ ފަހަރުކަމަށް މެމްބަރު ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ، ބިލް ހުށަހެޅުނުއިރު ޕެޓްރޯލިއަމްއާއި ޕެޓްރޯލިއަމްގެ ބާވަތްތައް ހިމަނާފައި ނެތް ކަމަށާއި، މުޅިން އައު ޗެޕްޓަރެއް މިހާރު ހިމަނާފައިވާނެ ކަމަށެވެ. ކަރަންޓުގެ ޚިދުމަތް ދިނުމުގައި ނިކަމެތިންނަށް ލުއި ގޮތްތައް ހިމަނަން ޖެހޭ ކަމަަށް ބިލުގައި މުޅިން އައު މާއްދާއެއް ހިމަނާފައިވާނެ ކަމަށްވެސް ވިދާޅުވިއެެވެ.

ހުއްދަ ދީފައި އޮންނަ ފަރާތަކުން ކަރަންޓު ވިއްކަން ވާނީ ހުއްދަ ދީފައިވާ އަގަށް ކަމަށް އޮންނަ އޮތުމަށް ބަދަލު ގެނެސްފައިވާނެ ކަމަށާއި، މިއީ އަގު ހެޔޮކޮށް ކަރަންޓު ފޯރުކޮށްދެވޭނެ ފުރުސަތު ފަހި ކޮށްދިނުމަށް ހިމަނާފައިވާ މާއްދާއެއް ކަމަށް ވިދާޅުވިއެވެ. އެންމެ މަތީ އަގަށްވުރެ ހެޔޮ އަގެއްގައި ކައުންސިލާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތުގެ މަޝްވަރާގެ މަތިން ފޯރުކޮށްދެވޭނެ ކަމަށް ބަޔާން ކޮށްފައިވާނެ ކަމަށާއި، އެގޮތުން އަންނަ ފަރަގު ސަރުކާރުގެ އަހަރީ ބަޖެޓުން ހަަމަ ނުޖެއްސޭނެ ކަމަށްވެސް ބިލުގައި ސާފުކޮށް ބަޔާން ކޮށްފައިވެއެވެ. ކައުންސިލްތަކުން މަސައްކަތް ކޮށްގެން އާމްދަނީ އިތުރުކޮށްގެން ރައްޔިތުންނަށް ކަރަންޓުގެ އަގު ހެޔޮ ކޮށްދެވިދާނެކަމަށް މެމްބަރު ސަލީމް ވިދާޅުވިއެވެ.

ޖޫރިމަނާގެ އަދަދުތައް މިހާރު ކުޑަކުރެވިފައި ކަމަށްވެސް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލިސްހޯރަފުށީ ދާއިރާގެ މެންބަރު, އަޙުމަދު ސަލީމް

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު