Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ތަހުގީގު ބަންދުގައި ތިބޭ މީހުންނަށް ކުރާ އަނިޔާ

ތަހުގީގު ބަންދުގައި ތިބޭ މީހުންނަށް އަނިޔާ ކުރާނަމަ ފުލުހުންގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގަންޖެހޭ

ކޮމިޓީން މައްސަލަ ދިރާސާ ކުރުމަށްފަހު 4 ކަމެއް ހުށަހަޅާފައިވޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 13 ސެޕްޓެމްބަރު 2021 | ހޯމަ 12:15
ފުލުހަކު، މައްސަލައެއްގައި ހައްޔަރުކުރެވުނު މީހަކު ފާސްކުރަނީ

ފުލުހަކު، މައްސަލައެއްގައި ހައްޔަރުކުރެވުނު މީހަކު ފާސްކުރަނީ

ތަހުގީގު ބަންދުގައި ތިބޭ މީހުންނަށް އަނިޔާ ކުރާނަމަ ފުލުހުންގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވިދާޅުވެއްޖެއެވެ.

މެމްބަރުން މިގޮތަށް ވިދާޅުވީ، 6 ސެޕްޓެމްބަރ 2020ވަނަަ ދުވަހު ވައްކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ލ.ކަލައިދޫ، ސްވީޓް ހަރޓް, އަޙުމަދު ސިރާޖަށް ފުލުހުން އަނިޔާ ކުރި ކަމަށް ބުނާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ދިރާސާކޮސް ނިންމި ގޮތުގެ ރިޕޯޓަށް ވާހަކަ ދައްކަވަމުންނެވެ.

Advertisement - newsAdvertisement

މި ރިޕޯޓާ ގުޅިގެން ވާހަކަ ދެއްކެވި މެމްބަރުން ވިދާޅުވީ، ތަހުގީގު ބަންދުގައި ހުރި މީހަކަށް އަނިޔާ ދިނުމަކީ ބަލައިގަންނަ ކަމެއް ނޫންކަމަށެވެ. މިކަމުގައި ޖިނާއީ ތަހުގީގެއް ހިންގައި ދައުވާ ކުރަން ޖެހޭނެ ކަމަށެވެ. ހަމަ އެކަނީ އިދާރީ ފިޔަވަޅުތަކެއް އެޅުމުން ނިމުނީ ނޫންކަމަަށް މެމްބަރުން ވިދާޅުވިއެވެ.

ރައްކާތެރިކަން ދޭން ތިބޭ ބައެއްގެ ފަރާތުން އަނިޔާ ލިބުމަކީ ދަށު ދަރަޖައިގެ އަމަލެއް ކަމަށާއި އެކަން ބަލައި ނުގަނެވޭނެ ކަމަށް މެމްބަރު ވިދާޅުވިއެވެ.

ކޮމިޓީން މި މައްސަލަ ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު އިއްވަވަމުން ކޮމިޓީގެ މުޤައްރިރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމް ވިދާޅުވީ، ކޮމިޓީން މި މައްސަލަ ދިރާސާ ކުރިއިރު ފުލުހުންގެ ފަރާތުން މައުލުމާތު އެއްކުރި ކަމަށެވެ. އަދި ފުލުހުންގެ ފަރާތުން ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އަޙުމަދު ސިރާޖަށް އަނިޔާ ކޮށްފައިވާ މައްސަލަ ފުލުހުންނަށްވެސް ހުށަހެޅި، ފުލުހުން މި މައްސަލަ ތަހުގީގު ކުރުމަށް ކަލައިދޫއަށް ޚާއްސަ ޓީމެއް ފޮނުވި ކަމަށެވެ.

ސިރާޖުގެ ބަޔާން ނަގާފައިވާ ކަަމަށާއި، ލ.އިސްދޫ ޕޮލިސް ސްޓޭޝަންގައި އަނިޔާ ކޮށްފައިވާ ލކަމަށް ބަޔާނުގައިވެސް ވާކަމަށެވެ. އަދި ބަންދުން ދޫކޮށްލެވޭނީ، އަނިޔާތަކަކީ ގޭގައި އުޅުމުގެ ތެރޭގައި ލިބިފައިވާ އަނިޔާތަކެއްކަަމަށް އެއްބަސްވުމުންކަމަށް ސިރާޖު ގާތު ފުލުހުން ބުނެފައިވާ ކަމަށެވެ.

އަނިޔާކުރި ކަމަށް ތުހުމަތު ކުރެވޭ ފުލުހުން އެކަމަށް އިންކާރު ކުރި ނަަމަވެސް ފުލުހުން އަނިޔާ ކުރިކަން ފުލުހުންގެ ތަހުގީގަށް ހާމަވެފައިވާ ކަމަށްވެސް އަސްލަމް ވިދާޅުވިއެެވެ. އަދި އަނިޔާކުރިކަމަށް ތުހުމަތު ކުރެވޭ ތިން ފުލުހަކު ޚާއްސަ ސުޕަރވިޝަންގެ ދަށުން 8 މަސް ދުވަހު މަސައްކަތް ކުރުމަށާއި، ދެ ފުލުހަކަށް ކައުންސެލިން ދޭން ފުލުހުން ނިންމާފައިވާކަމަށް ކޮމިޓީން ބެލި ބެލުމުން އެނގިފައިވާކަމަށް މުޤައްރިރު ވިދާޅުވިއެވެ.

ކޮމިޓީން މައްސަލަ ދިރާސާ ކުރުމަށްފަހު 4 ކަމެއް ހުށަހަޅާފައިވެއެވެ.

1. މީހަކަށް އަނިޔާ ކުރުމަކީ އެންޓި ޓޯޗަރ ގާނޫނުގެ ދަށުން ޖިނާއިީ ކުށެއް ކަމަށްވާއިރު އިދާރީ ފިޔަވަޅެއް އަޅައި ނިންމާލުން ރަނގަޅު ނޫން ކަމަށާއި، ބަދަލުގައި ޖިނާއީ ތަހުގީގެއް ހިންގަން ޖެހޭނެ ކަމަށް ފުލުހުންނަށް އެންގުން.

2. އެންޓި ޓޯޗަރ ގާނޫނުގެ ދަށުން ޖިނާއީ ދައުވާ ހިންގޭނެ އަމަލެއް ކަމަށްވާތީ، ޖިނާއީ ތަހުގީގު ހިންގުމަށްފަހު ދައުވާ ކުރުން.

3. އަސާސީ ހައްގުތައް ކަށަވަރު ކޮށްދޭން ޖެހޭއިރު، ދިވެހި ފުލުހުންނަކީ އެ ހައްގުތައް ކަށަވަރު ކޮށްދިނުމަށް ތަރުހީބުދޭ ބަޔަކަށް ހެދުމަށް ބޭނުންވާ ތަމްރީނުތައް ދިނުމަށް ފުލުހުންނަށް ދެންނެވުން.

4. ތަހުގީގުގައި ބަންދުގައި ތިބޭ މީހުން މޮނިޓަރ ކުރެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމް ކުރުމަށް ފުލުހުންނަށް ދެންނެވުން.

ކޮމިޓީ ރިޕޯޓް ފާސްކޮށްފައިވަނީ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާޤުންނެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

14 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު