Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިންޑޯ ކޯޓުގެ މައްސަލަ

މާފަންނު ޒުވާނުންގެ މަރުކަޒުގައި ގާއިމުކޮށްފައިވާ އިންޑޯ ހޯލު މި މަސް ނިމޭ ހިސާބުގައި ހުސްކުރެވޭނެ: އެޗްއީއޯސީ

ވެކްސިންގެ ދެވަނަ ޑޯޒު ދިނުމުގެ މަސައްކަތް ނިމޭނެ ކަމަށް ލަފާ ކުރެވެނީ މި މަސް ނިމޭހާތަނުގައި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 10 ސެޕްޓެމްބަރު 2021 | ހުކުރު 07:42
މާފަންނު ޒުވާނުންގެ މަރުކަޒުގައި ފެށި ވެކްސިނޭޝަން ޕްރޮގްރާމްގެ ތެރެއިން،

މާފަންނު ޒުވާނުންގެ މަރުކަޒުގައި ފެށި ވެކްސިނޭޝަން ޕްރޮގްރާމްގެ ތެރެއިން،

މާފަންނު ޒުވާނުންގެ މަރުކަޒުގައި ގާއިމުކޮށްފައިވާ އިންޑޯ ހޯލު މި މަސް ނިމޭ ހިސާބުގައި ހުސްކުރެވޭނެ ކަމަށް ބެލެވޭކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން (އެޗްއީއޯސީ) ބުނެފިއެވެ.

މި އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ކޮވިޑް-19 ގެ ވެކްސިން ސެންޓަރެއްގެ ގޮތުގައި އިންޑޯ ކޯޓު އަންނަނީ ބޭނުންކުރަމުންނެވެ. އެއާއެކު ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)، މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އަދި ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއޭއެމް) އިސްވެ، އެ އެސޯސިއޭޝަންތަކުގެ ހަރަކާތްތަކާއި ގައުމީ ޓީމުތަކުގެ ފަރިތަކުރުންތައް ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދަން ކުޅިވަރާ ބެހޭ ވުޒާރާއާ ވަނީ ބައްދަލުކޮށްފައެވެ.

އަދި އިންޑޯ ކޯޓު ހުސްކޮށްދިނުމަށް އެދި ކުޅިވަރު އެސޯސިއޭޝަންތަކުން ފޮނުވި ސިޓީއަށް ޖަވާބުދީ ކުޅިވަރާ ބެހޭ ވުޒާރާއިން ފޮނުވި ސިޓީގައި ބުނެފައިވަނީ ޒުވާނުންގެ މަރުކަޒުގެ އިންޑޯ ކޯޓުގައި ކުޅެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުން އެދެމުންދާތީ، އަދި ޚާއްސަކޮށް ބާސްކެޓް، ވޮލީ އަދި ނެޓްބޯޅަ ކުޅުމަށް އެހެން ފެސިލިޓީއެއް މާލޭގައި ނެތުމާއެކު އަދި ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކެއް މިހާރު ތާވަލުކޮށްފައި އޮތުމުން، އެ މުބާރާތްތަކަށް ދިއުމަށް ފަރިތަކުރުންތައް ކުރިއަށްގެންދިއުމަށާއި، އެ އެސޯސިއޭޝަންތަކުގެ މުބާރާތްތައް ބޭއްވުމަށް އިންޑޯ ކޯޓު ހުސްކޮށްދިނުމަށް އެދި ސިއްހަތާ ބެހޭ ވުޒާރާގައި އެދިފައިވާނެ ކަމަށެވެ.

އިންޑޯ ކޯޓު ހުސްކޮށްދިނުމަށް އެދި ކުޅިވަރާ ބެހޭ ވުޒާރާއިން ސިއްހަތާ ބެހޭ ވުޒާރާއަށް ސިޓީ ފޮނުވާފައިވަނީ މިދިޔަ އޯގަސްޓް މަހުގެ 18 ވަނަ ދުވަހެވެ.

އެކަމާ ގުޅިގެން އެޗްއީއޯސީން ބުނީ ވެކްސިންގެ ދެވަނަ ޑޯޒު ދިނުމުގެ މަސައްކަތް ނިމޭނެ ކަމަށް ލަފާ ކުރެވެނީ މި މަސް ނިމޭހާތަނުގައި ކަމަށެވެ. އަދި މި މަސް ނިމޭހާތަނުގައި އެތަން ހުސްކުރެވޭނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށެވެ.

މާފަންނު ޒުވާނުންގެ މަރުކަޒުގައި ގާއިމުކޮށްފައިވާ އިންޑޯ ކޯޓަކީ ރާއްޖޭގެ ގިނަ ކުޅިވަރު އެސޯސިއޭޝަންތަކާއި ގައުމީ ޓީމުތަކުން ބޭނުންކުރަން އޮތް ހަމައެކަނި ކޯޓެވެ. އެގޮތުން ވޮލީބޯޅަ، ބާސްކެޓްބޯޅަ، ޓޭބަލް ޓެނިސް އަދި ނެޓްބޯޅަ މުބާރާތްތައް ބޭއްވުމަށް އޮތް ހަމައެކަނި ތަނަކީވެސް އިންޑޯ ކޯޓެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓާރ (އެޗް.އީ.އޯ.ސީ)

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ގަބޫލުކުރަން ޖެހޭ ހަގީގަތަކީ އެމަނިކުފާނު ނެތް ނަމަ މި ގައުމު އިދަޖެހޭނެކަން

ގަބޫލުކުރަން ޖެހޭ ހަގީގަތަކީ އެމަނިކުފާނު ނެތް ނަމަ މި ގައުމު އިދަޖެހޭނެކަން

23 އެޕްރީލު 2022
މީހުން ދިރިއުޅޭ ރަށްރަށާއި، ރިސޯޓްތަކާއި، ސިނާއީ ރަށްރަށުގައި ބަލި ފެތުރުން ކޮންޓްރޯލުކުރުމަށް އަމަލުކުރާނެގޮތް އާންމުކޮށްފި

މީހުން ދިރިއުޅޭ ރަށްރަށާއި، ރިސޯޓްތަކާއި، ސިނާއީ ރަށްރަށުގައި ބަލި ފެތުރުން ކޮންޓްރޯލުކުރުމަށް އަމަލުކުރާނެގޮތް އާންމުކޮށްފި

23 ފެބުރުއަރީ 2022
އެއްރަށުން އަނެއް ރަށަށް ދާއިރު، ވެކްސިން ފުރިހަމަ ނުވާނަމަ ޓެސްޓް ހަދަންޖެހޭނެ

އެއްރަށުން އަނެއް ރަށަށް ދާއިރު، ވެކްސިން ފުރިހަމަ ނުވާނަމަ ޓެސްޓް ހަދަންޖެހޭނެ

23 ފެބުރުއަރީ 2022
ކޮވިޑް-19 އާއި ގުޅިގެން ރަށްރަށް މޮނިޓަރިންގ ޙާލަތަށް ގެނައުމުގެ އުޞޫލަށް ބަދަލު ގެނެސްފި

ކޮވިޑް-19 އާއި ގުޅިގެން ރަށްރަށް މޮނިޓަރިންގ ޙާލަތަށް ގެނައުމުގެ އުޞޫލަށް ބަދަލު ގެނެސްފި

23 ފެބުރުއަރީ 2022
މާލެ ސަރަހައްދުން ނަގާ ސާމްޕަލްތަކުގެ އަދަދު މަދުވެ، ކޭހުގެ އަދަދު ދަށްވެއްޖެ

މާލެ ސަރަހައްދުން ނަގާ ސާމްޕަލްތަކުގެ އަދަދު މަދުވެ، ކޭހުގެ އަދަދު ދަށްވެއްޖެ

12 ފެބުރުއަރީ 2022

އަހަރުތަކުން މިއަދު

20 މާރިޗު
ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ
20242 އަހަރު ކުރިން
މީހުން

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!
20233 އަހަރު ކުރިން
ރިޕޯޓު

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި
20224 އަހަރު ކުރިން
ރާއްޖެ

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!
20215 އަހަރު ކުރިން
ރިޕޯޓު

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
20197 އަހަރު ކުރިން
ރާއްޖެ

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު