Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާބައިދޫ ކައުންސިލާ ބައްދަލުކުރުން

މާބައިދޫ ކައުންސިލަރުންނާއި ނާއިބުރައީސް ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފި

ޕޮލިހުންގެ ޚިދުމަތް ރަށުގައި ނެތުމުން ކުރިމަތިވާ ގޮންޖެހުންތައް ހިއްސާކުރި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 9 ސެޕްޓެމްބަރު 2021 | ބުރާސްފަތި 10:43
ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ލ. މާބައިދޫ ކައުންސިލަރުންނާ ބައްދަލުކުރެއްވުން

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ލ. މާބައިދޫ ކައުންސިލަރުންނާ ބައްދަލުކުރެއްވުން

ލ. މާބައިދޫ ކައުންސިލަރުންނާއި ނާއިބުރައީސް ފައިޞަލް ނަސީމް ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.

ނާއިބުރައީސް ފައިޞަލް ނަސީމް، ހައްދުންމަތީ މާބައިދޫ ކައުންސިލަރުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ކައުންސިލަރުންވަނީ މި ސަރުކާރުން މާބައިދޫގެ ތަރައްޤީއަށް ގިނަ މަޝްރޫޢުތަކެއް ހިންގަމުން ގެންދަވާތީ އެކަމަށްޓަކައި ޝުކުރުއަދާކުރައްވާފައެވެ. މި ބައްދަލުކުރެއްވުން ކުރިއަށްގެންގޮސްފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

Advertisement - newsAdvertisement

މި ބައްދަލުކޮށްލެއްވުމުގައި، ކައުންސިލުން ވަނީ އެރަށުގެ ތަރައްޤީއަށް ކުރަމުން އަންނަ މަސައްކަތްތަކާއި ކުރިޔަށް ރޭވިފައިވާ ތަރައްޤީގެ ޕްލޭންއާއި، މާބައިދޫ ރައްޔިތުންނަށް ދިމާވާ ދަތިތައް ވަރަށް ތަފްޞީލުކޮށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބާ ޙިއްޞާކުރައްވާފައެވެ.

އެގޮތުން، ރަށްގިރުމުގެ މައްސަލައާއި، ތަޢުލީމީ ދާއިރާގައި އޮތް މުވައްޒަފުންގެ ދަތިކަމާއި، ބައެއް ވަޞީލަތްތައް މަދުވުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކާއި، ކައުންސިލް އިދާރާ އަދި ސިއްޙީ މަރުކަޒު ހިންގުމުގައި ކުރިމަތިވާ ގޮންޖެހުންތަކާއި، ރަށުގައި ހުރި ކުނި މެނޭޖުކުރުމުގައި ކުރިމަތިވާ އުނދަގޫތަކާއި، ޕޮލިހުންގެ ޚިދުމަތް ރަށުގައި ނެތުމުން ކުރިމަތިވާ ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާގެ ނާއިބާ ޙިއްޞާކުރެއްވިއެވެ. މީގެ އިތުރުން އެބޭފުޅުން ވަނީ ރަށުގައި ލޯކަލް ޓޫރިޒަމް އަވަހަށް ފެށުމަށް ބޭނުންވާކަމަށާއި މިކަން އަވަހަށް ފަށައިގަތުމަށް ސަރުކާރުން އެހީތެރިވުމަށް އެދިލައްވާފައެވެ. ހަމަ އެއާއެކު ރަށުގެ މިސްކިތް މަރާމާތުކުރުމަށް ބޭނުންވާކަމުގައި ވެސް މާބައިދޫ ކައުންސިލުން ވަނީ މި ބައްދަކުރެއްވުމުގައި ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ނާއިބުރައީސް ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ކަމާބެހޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ. އަދި އެމަނިކުފާނު ވަނީ ރަށުގެ ތަރައްޤީއަށް ލޯކަލް ޓޫރިޒަމަކީ މުހިންމު ކަމެއްކަމުގައި ފާހަގަކުރައްވައި، އެކަމުގައި އަވަހަށް ކުރިއަށް ދިއުމަށް އޮތް މަގުތައް ބައްލަވައި އެހީތެރިވެލައްވާނެކަމުގައި ވިދާޅުވެފައެވެ.

ހަމަ އެއާއެކު މި ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވަނީ އަންނަން އޮތް ޖީލު ހަރުދަނާ ގޮތެއްގައި ބިނާކުރުމަށްޓަކައި ޚާއްޞަ ސަމާލުކަމެއް ދިނުމަށް ބާރުއަޅުއްވާފައެވެ. އަދި އެކަން ޙާޞިލުކުރުމަށް ކުދިންނަށް ބޭނުންވާ ތަމްރީނުތައް ފޯރުކޮށްދިނުމަށާއި، ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތައް ހިންގުމަށާއި، ކުދިންގެ ރައްކާތެރިކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ. މީގެ އިތުރުން ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިން ފުރިހަމަ ކުރުމަށާއި، ބަލި ވުމުގެ ކުރިން އެކަމުން ރައްކާތެރިވުމަށް ފިޔަވަޅުތައް އަޅައި ފަރުދީ ޒިންމާ އަދާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވަނީ ބާރުއަޅުއްވާފައެވެ.

ނައިބު ރައީސް, ފައިޞަލް ނަސީމްރައީސުލްޖުމްހޫރިއްޔާގެ އޮފީސް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!
27 ނޮވެމްބަރު 2025

ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

27 ނޮވެމްބަރު 2025
ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި
12 ނޮވެމްބަރު 2025

ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

12 ނޮވެމްބަރު 2025
ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ
05 އޮކްޓޯބަރު 2025

އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި

05 އޮކްޓޯބަރު 2025
އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި
30 ސެޕްޓެމްބަރު 2025

ޔޫޓިއުބް ޗެނަލް ގެއްލުނުތާ 9 ދުވަސް ވީއިރުވެސް، ސައިބަރ ސެކިއުރިޓީ ބޭފުޅުން ހީނާ އަށް އަޕްޑޭޓެއް ނުދެއްވާ!

30 ސެޕްޓެމްބަރު 2025
ޔޫޓިއުބް ޗެނަލް ގެއްލުނުތާ 9 ދުވަސް ވީއިރުވެސް، ސައިބަރ ސެކިއުރިޓީ ބޭފުޅުން ހީނާ އަށް އަޕްޑޭޓެއް ނުދެއްވާ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު