Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބަކާ ސްކޮޑުން ބާކީކުރުން

ސްކޮޑުން ބާކީކުރީ އިންސާފުން ކަމަށް ގަބޫލެއް ނުކުރަން: ބަކާ

8 ސެޕްޓެމްބަރު 2021 | ބުދަ 12:29

ސްކޮޑުގައި ހިމެނިފައި ނުވަނީ ނުފޫޒެއްގެ ސަބަބުން ކަމަށް ބުނި

އަތޫފް އާތިފް
އަތޫފް އާތިފް | 8 ސެޕްޓެމްބަރު 2021 | ބުދަ 12:29
ގައުމީ ޓީމުން މީގެ ކުރިން ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން މިޑްފީލްޑަރު މުޙައްމަދު އާރިފް (ބަކާ)

ގައުމީ ޓީމުން މީގެ ކުރިން ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން މިޑްފީލްޑަރު މުޙައްމަދު އާރިފް (ބަކާ)

އަންނަ އޮކްޓޯބަރު މަހު ރާއްޖޭގައި ބާއްވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ފުޓްބޯޅަ ޓީމުން ގަތަރުގައި ކޭމްޕުކުރާއިރު، އެ ކޭމްޕަށް އެކުލަވާލި ސްކޮޑުން ބާކީކޮށްފައި ވަނީ އިންސާފުން ކަމަށް ގަބޫލުނުކުރާ ކަމަށް ތަޖުރިބާކާރު މިޑްފީލްޑަރު މުޙައްމަދު އާރިފް (ބަކާ) ބުނެފިއެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން މިދިޔަ އޯގަސްޓް މަހުގެ 26 ވަނަ ދުވަހު 34 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑަކާއެކު ގައުމީ ޓީމުން ފަރިތަކުރުންތައް ފެށިއިރު، އެ ސްކޮޑުގައި ބަކާ ހިމެނުނެވެ. އެކަމަކު ގަތަރު ކޭމްޕަށް އެކުލަވާލި ސްކޮޑުން ފަސް ކުޅުންތެރިއަކު ބާކީކުރިއިރު، ބަކާއަށްވެސް ފުރުސަތު ދީފައެއް ނުވެއެވެ.

"ރާއްޖެ.އެމްވީ" އަށް ދިން އިންޓަވިއުއެއްގައި ބަކާ ބުނީ ސްކޮޑުގައި ހިމެނޭ 30 ކުޅުންތެރިންގެ ތެރޭގައި އޭނާ ހިމެނިފައި ނުވަނީ ކޮންމެވެސް ނުފޫޒެއްގެ ސަބަބުން ކަމަށެވެ. އެހެން ނަމަވެސް އެ ނުފޫޒު އައިސްފައިވަނީ ކޮން ހިސާބުންކަން ބުނަން ބޭނުން ނުވާ ކަމަށާއި، 30 ކުޅުންތެރިންގެ ސްކޮޑުގައި ގަވާއިދުން ފަރިތަކުރުންތަކަށް ނާންނަ، އަދި މަދު މެޗުތަކެއް ކުޅުނު ކުޅުންތެރިން ހިމެނިފައިވުމުންވެސް އެކަން އެނގޭ ކަމަށް ބަކާ ބުންޏެވެ.

ގައުމީ ސްކޮޑުން ބަކާއަށް ފުރުސަތު ގެއްލުނުއިރު، އޭނާއަކީ ރާއްޖޭން މިހާތަނަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ދެ ފަހަރުވެސް ސްކޮޑުގައި ހިމެނުނު ކުޅުންތެރިއެކެވެ. ބަކާއަށް 2018 ވަނަ އަަހަރު ގައުމީ ޓީމުން ފުރުސަތު ދިނީ ދެ އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ. އެއީ ގައުމީ ޓީމުގެ ކޯޗުކަމާ ޕީޓަ ސެގާޓް ހަވާލުވުމަށްފަހުއެވެ. އެކަމަކު ސެގާޓް ވަނީ 2019 ވަނަ އަހަރުގެ އޯގަސްޓް މަހު ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ގުއާމާ ދެކޮޅަށް ނެގި ސްކޮޑުން ބަކާ ބާކީކޮށްފައެވެ. ބަކާއަށް އަލުން ގައުމީ ޓީމުން ފުރުސަތު ދިނީ އެންމެ ފަހުން ޓީމާ ހަވާލުވެހުރި ނެދަލެންޑްސްގެ މާޓިން ކޫޕްމަންއެވެ.

އައިލެންޑް އެފްސީން 2004 ވަނަ އަހަރު ވިދާލި ބަކާ އަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު މިޑްފީލްޑަރުންގެ ތެރޭގައި ހިމެނޭ އެކަކެވެ. އޭނާ ވަނީ ކުލަބު ކެރިއަރުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އާއި ކުލަބު އީގަލްސްގެ އިތުރުން ކުލަބު ވެލެންސިއާ އާއި، ވީބީ އައްޑޫ އެފްސީ އާއި، ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި، ވިކްޓަރީ ސްޕޯޓްސް ކުލަބާއި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަދި ކުލަބު ގްރީން ސްޓްރީޓްސްއަށްވެސް ކުޅެފައެވެ. މީގެ އިތުރުން ބަކާ ވަނީ މިޔަންމާ ލީގުގައި ވާދަކުރި ކޭބީޒެޑަށްވެސް އެއް އަހަރު ކުޅެފައެވެ.

މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް އަންނަ އޮކްޓޯބަރު މަހު ރާއްޖޭގައި ބާއްވާއިރު، އެ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އަންނަ ހުކުރު ދުވަހު ގައުމީ ޓީމުން ގަތަރަށް ފުރާނެއެވެ. އެ ގައުމުގައި ކޭމްޕުކުރުމަށްފަހު ގައުމީ ޓީމު އެނބުރި މާލެ އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 28 ވަނަ ދުވަހުއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

08 ސެޕްޓެމްބަރު 2017

މެސީ ރެއާލް އަށް ގެންނަން މަސައްކަތެއް ނުކުރަން: ޕެރޭޒް

08 ސެޕްޓެމްބަރު 2017
މެސީ ރެއާލް އަށް ގެންނަން މަސައްކަތެއް ނުކުރަން: ޕެރޭޒް
07 ސެޕްޓެމްބަރު 2017

ބާސެލޯނާއާއެކު ހަދާފައިވާ އެއްބަސްވުން އަލެއް ނުކުރަން: އިނިއެސްޓާ

07 ސެޕްޓެމްބަރު 2017
ބާސެލޯނާއާއެކު ހަދާފައިވާ އެއްބަސްވުން އަލެއް ނުކުރަން: އިނިއެސްޓާ
18 އޯގަސްޓު 2017

މިރޭ މެޓްޒްއާ ދެކޮޅަށް ކުޅޭ މެޗަށް މޮނާކޯއިން ނެގި ސްކޮޑުން އެމްބާޕޭ ބާކީކޮށްފި

18 އޯގަސްޓު 2017
މިރޭ މެޓްޒްއާ ދެކޮޅަށް ކުޅޭ މެޗަށް މޮނާކޯއިން ނެގި ސްކޮޑުން އެމްބާޕޭ ބާކީކޮށްފި
16 އޯގަސްޓު 2017

އެކްސްކޯ މެމްބަރަކު އިސްތިއުފާ ދޭވަރުކަމެއް ނުކުރަން: ލަތީބެ

16 އޯގަސްޓު 2017
އެކްސްކޯ މެމްބަރަކު އިސްތިއުފާ ދޭވަރުކަމެއް ނުކުރަން: ލަތީބެ
15 އޯގަސްޓު 2017

ލިވަޕޫލްގެ ޗެމްޕިއަންސް ލީގު ސްކޮޑުން ކުޓީނިއޯ ބާކީކޮށްފި

15 އޯގަސްޓު 2017
ލިވަޕޫލްގެ ޗެމްޕިއަންސް ލީގު ސްކޮޑުން ކުޓީނިއޯ ބާކީކޮށްފި
25 މެއި 2017

ގްރީޒްމަން ޔުނައިޓެޑަށް ބަދަލު ވާނެ ކަމަށް ގަބޫލެއް ނުކުރަން: އެންރިކޭ ސެރެޒޯ

25 މެއި 2017
ގްރީޒްމަން ޔުނައިޓެޑަށް ބަދަލު ވާނެ ކަމަށް ގަބޫލެއް ނުކުރަން: އެންރިކޭ ސެރެޒޯ
16 މެއި 2017

ފްރެންޗް އޯޕަން ޓެނިސް މުބާރާތުގައި ވާދަނުކުރަން ފެޑެރާ ނިންމައިފި

16 މެއި 2017
ފްރެންޗް އޯޕަން ޓެނިސް މުބާރާތުގައި ވާދަނުކުރަން ފެޑެރާ ނިންމައިފި
06 އެޕްރީލު 2017

އޭވީސީ މުބާރާތަށް ނުފޫޒު ފޯރުވަން މަސައްކަތެއް ނުކުރަން: އިއްޒަތު

06 އެޕްރީލު 2017
އޭވީސީ މުބާރާތަށް ނުފޫޒު ފޯރުވަން މަސައްކަތެއް ނުކުރަން: އިއްޒަތު
07 ފެބުރުއަރީ 2017

ކެވިން ލަވް ޓްރޭޑްކޮށް، ކާމެލޯ އެންތަނީ ކެވެލިއަރސްއަށް ގެންނަން މަސައްކަތެއް ނުކުރަން: ލެބްރޯން ޖޭމްސް

07 ފެބުރުއަރީ 2017
ކެވިން ލަވް ޓްރޭޑްކޮށް، ކާމެލޯ އެންތަނީ ކެވެލިއަރސްއަށް ގެންނަން މަސައްކަތެއް ނުކުރަން: ލެބްރޯން ޖޭމްސް
27 ޖެނުއަރީ 2017

ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

27 ޖެނުއަރީ 2017
ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް