Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބްރެޒިލާއި އާޖެންޓީނާ މެޗުގެ މައްސަލަ

ބްރެޒިލާއި އާޖެންޓީނާގެ މެޗު ހުއްޓާލަން ޖެހުނު ކަންތައްތަކާ ދޭތެރޭ ފީފާއިން ކަންބޮޑުވޭ

7 ސެޕްޓެމްބަރު 2021 | އަންގާރަ 13:32

މެޗު އަލުން ކުޅޭނެ ތާރީޚެއް ފީފާއިން މިހާތަނަށް އިއުލާންކޮށްފައެއް ނުވޭ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 7 ސެޕްޓެމްބަރު 2021 | އަންގާރަ 13:32
ބްރެޒިލާއި އާޖެންޓީނާ ބައްދަލުކުރި މެޗުގެ ތެރެއިން ސިއްހީ އޮފިޝަލުން ދަނޑުމަތީގައި

ބްރެޒިލާއި އާޖެންޓީނާ ބައްދަލުކުރި މެޗުގެ ތެރެއިން ސިއްހީ އޮފިޝަލުން ދަނޑުމަތީގައި

ފީފާ ވޯލްޑް ކަޕުގެ ދެކުނު އެމެރިކާ ކޮލިފައިންގައި ބްރެޒިލާއި އާޖެންޓީނާ ބައްދަލުކުރި މެޗު ހުއްޓާލަން ޖެހުނު ކަންތައްތަކާ ދޭތެރޭ ކަންބޮޑުވާ ކަމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއިން ބުނެފިއެވެ.

މިދިޔަ އާދީއްތަ ދުވަހުގެރޭ ބްރެޒިލުގައި ކުޅުނު މި މެޗު ފެށިތާ ފަސް މިނެޓު ތެރޭ ފުލުހުންނާއެކު ސިއްހީ އޮފިޝަލުން ވަނީ ދަނޑަށް އަރައި މެޗު ހުއްޓުވާފައެވެ. އެ އޮފިޝަލުން ދަނޑަށް އެރީ މެޗަށް ނުކުތް އާޖެންޓީނާ ޓީމުގައި ބްރެޒިލުގެ ކަރަންޓީން އުސޫލާ ޚިލާފުވެފައިވާ ހަތަރު ކުޅުންތެރިއަކު ހިމެނުމުންނެވެ.

އެ ކުޅުންތެރިންނަކީ އިނގިރޭސި ޕްރިމިއާ ލީގުގެ ޓޮޓެންހަމް ހޮޓްސްޕާއަށް ކުޅެމުން އަންނަ ޖިއޮވާނީ ލޮ ސެލްސޯ އާއި، ކްރިސްޓިއަން ރޮމޭރޯ އަދި އެސްޓަން ވިލާގެ ގޯލްކީޕަރު އެމިލިއާނޯ މާޓީނޭޒް އަދި އެމީ ބުއެންޑީއާއެވެ. މީގެ ތެރެއިން ލޮ ސެލްސޯ އާއި، ރޮމޭރޯ އަދި މާޓީނޭޒް ވަނީ އާޖެންޓީނާގެ ފުރަތަމަ އެގާރައިގައި ހިމަނާފައެވެ.

ބްރެޒިލުން ކަނޑައަޅާފައިވާ ރެޑް ލިސްޓުގައި އިންގްލެންޑް ހިމެނޭއިރު، އިންގްލެންޑުން ދަތުރެއް ފަށައި 14 ދުވަސްނުވާ މީހަކު ބްރެޒިލަށް އައިސްފިނަމަ، އެ ގައުމުގައި ވަކި މުއްދަތެއްގެ ކަރަންޓީން ވާން ޖެހެއެވެ. އެހެންކަމުން ބްރެޒިލުގެ ސިއްހީ އޮފިޝަލުން ވަނީ އާޖެންޓީނާގެ ހަތަރު ކުޅުންތެރިން ބްރެޒިލުގެ ސިއްހީ ގަވާއިދުތަކާ ޚިލާފުވި ކަމަށް ނިންމާފައެވެ.

ސިއްހީ އޮފިޝަލުން ދަނޑަށް އަރައި މެޗު ހުއްޓުވިއިރު، ކަރަންޓީނާ އުސޫލާ ޚިލާފުވި ކުޅުންތެރިން ޓީމާ އެކަހެރިކޮށް، އާޖެންޓީނާ މުޅި ޓީމު ވަނީ ދަނޑުން ފާބާފައެވެ. އަދި އެއަށްފަހު މެޗު ކުރިއަށްގެންދެވޭތޯ ދެ ޓީމުގެ ކޯޗުންނާއި އޮފިޝަލުން މަޝްވަރާކުރި ނަމަވެސް، ފަހުން ވަނީ މެޗު ސަސްޕެންޑުކުރަން ނިންމާފައެވެ.

މެޗު ސަސްޕެންޑުކުރިކަން ނިންމައި ދެކުނު އެމެރިކާގެ މައި ފުޓްބޯޅަ އިދާރާ ކޮންމެބޯލްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ މެޗުގައި މި ހިނގާދިޔަ ކަންތައްތަކާ ބެހޭގޮތުން ފީފާގެ ޑިސިޕްލިނަރީ ކޮމިޓީއަށް މެޗު ކޮމިޝަނަރާއި ރެފުރީ ރިޕޯޓެއް ހުށަހަޅާނެ ކަމަށާއި، ދެން ކުރިއަށްދާނެ ގޮތެއް ނިންމާނީ އެ އިދާރާއިން ކަމަށެވެ.

އެއާއެކު ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ފީފާއިން ބުނެފައިވަނީ އެތައް މިލިޔަން ބަޔަކު ބަލަމުންދިޔަ ބްރެޒިލާއި އާޖެންޓީނާ ބައްދަލުކުރި މެޗު ހުއްޓާލަން ޖެހުނު ކަންތައްތަކާ ދޭތެރޭގައި ކަންބޮޑުވާ ކަމަށެވެ. އަދި މެޗު ރިޕޯޓު ފީފާއާ މިހާރު ހިއްސާކޮށްފައިވާ ކަމަށާއި، މެޗާ މެޗު ދެން އަމަލުކުރާނެ ގޮތެއް ނިންމާނީ ޑިސިޕްލިނަރީ ކޮމިޓީން ރަނގަޅަށް ދިރާސާކުރުމަށްފަހު ކަމަށްވެސް ވަނީ ބުނެފައެވެ. އެކަމަކު މި މެޗު އަލުން ކުޅޭނެ ވަކި ތާރީޚެއް ފީފާއިން އަދި މިހާތަނަށް އިއުލާންކޮށްފައެއް ނުވެއެވެ.

އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަނުން ހާމަކޮށްފައިވާ ގޮތުން ބްރެޒިލުގެ ކަރަންޓީން އުސޫލާ ޚިލާފުވި ހަތަރު ކުޅުންތެރިން މިހާރު ވަނީ އެނބުރި އިންގްލެންޑަށް ދިޔުމަށް ނިންމާފައެވެ. އޭގެ ތެރެއިން މާޓިނޭޒާއި ބުއެންޑީއާ ނިންމާފައިވަނީ އިންގްލެންޑަށް އައުމުގެ ކުރިން ކްރޮއޭޝިއާގައި ވަކި މުއްދަތެއް ވަންދެން ތިބުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ. އެކަމަކު އިންގްލެންޑުގެ ކަރަންޓީނު އުސޫލުތަކާ ގުޅިގެން އެ ހަތަރު ކުޅުންތެރިންނަށްވެސް މި ހަފުތާ ބަންދުގައި ކުޅޭ އިނގިރޭސި ޕްރިމިއާ ލީގުގެ މެޗުތައް ގެއްލޭނެއެވެ.

މީގެ އިތުރުން ބްރެޒިލުގެ ފުލުހުންވެސް މިހާރު އަންނަނީ ކަރަންޓީން އުސޫލާ ޚިލާފުވި ހަތަރު ކުޅުންތެރިންގެ މައްސަލަ ބަލަމުންނެވެ. ރިޕޯޓުތައް ބުނާ ގޮތުން ބްރެޒިލުގެ ފުލުހުން އާޖެންޓީނާގެ އެ ހަތަރު ކުުޅުންތެރިންގެ މައްޗަށް ކުރާ ތުހުމަތަކީ މައުލޫމާތު އޮޅުވާލިކަމުގެ ތުހުމަތެވެ.

ބްރެޒިލަށް ދިޔަ އާޖެންޓީނާ ޓީމުގައި އިންގްލެންޑުން އައި ހަތަރު ކުޅުންތެރިއަކު ތިބި ނަމަވެސް، އެ މެޗާ ކުރިމަތިލި ބްރެޒިލް ޓީމުގައި އިންގްލެންޑުގައި ކުޅޭ ނުވަ ކުޅުންތެރިއަކު ހިމަނާފައެއް ނުވެއެވެ. އެކަމަކު އެ މެޗު ކުޅުމަށް ދެ ދުވަހެއް ކުރިން ވެނެޒުއޭލާއިން އާޖެންޓީނާ ޓީމު ބްރެޒިލަށް އައިސް، ސިއްހީ އުސޫލުތަކާ އެއްގޮތަށް ހޮޓަލެއްގައި ތިބިއިރު، މެޗު ކުޅެން ފެށި ފަހުން ސިއްހީ އޮފިޝަލުން މެޗު ހުއްޓުވުމުން އާޖެންޓީނާއިން ވަނީ މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
31 ޖެނުއަރީ 2017

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ
30 ޖެނުއަރީ 2017

މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

30 ޖެނުއަރީ 2017
މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް
28 ޖެނުއަރީ 2017

ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް

28 ޖެނުއަރީ 2017
ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
24 ޖެނުއަރީ 2017

ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

24 ޖެނުއަރީ 2017
ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް