Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޒިކުރާ މިސްކިތުގެ މައްސަލަ

ޑރ ޒިޔާދުގެ ޝަރީއަތް: މުހިންމު ހެކިވެރިއަކު ހާޒިރު ނުވުމުން، ބަންދުގައި ބަހައްޓައިގެން ވިޔަސް އޭނާ ހާޒިރު ކުރަނީ

ކުރިން މި މައްސަލަ ބައްލަވަމުން ގެންދެވި ގާޒީ ވަނީ އެހެން ކޯޓަކަށް ބަދަލު ކުރައްވާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 7 ސެޕްޓެމްބަރު 2021 | އަންގާރަ 13:09
ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި އިސްލާމިކް މިނިސްޓަރުކަން ކުރެއްވި، ޑރ. އަޙުމަދު ޒިޔާދު ބާޤިރު

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި އިސްލާމިކް މިނިސްޓަރުކަން ކުރެއްވި، ޑރ. އަޙުމަދު ޒިޔާދު ބާޤިރު

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި އިސްލާމިކް މިނިސްޓަރުކަން ކުރެއްވި، ޑރ. އަޙުމަދު ޒިޔާދު ބާޤިރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ކޮރަޕްޝަނުގެ މައްސަލައިގެ އަޑުއެހުމެއް އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

ޑރ. ޒިޔާދުގެ މައްޗަށް އުފުލާފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާގެ އަޑުއެހުން ކުރިއަށް ގެންގޮސްފައިވަނީ, މި މައްސަލައިގައި އޭނާއާއެކު ދައުވާ އުފުލާފައިވާ މ. މުހައްމަދީއާބާދު އިބްރާހީމް ޢަބްދުﷲ ސަޢީދުގެ މައްސަލައާ ވެސް އެކުގައެވެ.

Advertisement - newsAdvertisement

އަންގާރަ ދުވަހުގެ އަޑުއެހުމަކީ މި މައްސަލައިގެ ޝަރީއަތް ފަށައި ހެކިބަސް ނެގުމަށްޓަކައި ބޭއްވި އަޑުއެހުމެކެވެ. މި އަޑުއެހުމުގައި ދައުލަތުން ވަނީ މި މައްސަލައިގައި ޑރ. ޒިޔާދުއާއި ޢަބްދުﷲ ސަޢީދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި, ދައުވާ އުފުލާ ސަބަބު އިއްވަވާފައެވެ. އެގޮތުން ދައުލަތަށް ގެއްލުންވާގޮތަށް ޢަމަލުކުރައްވާފައިވާ ކަމަށާއި, އެސްޖޭ ކުންފުންޏަށް ނާޖާއިޒު ފައިދާ ހޯއްދަވައިދެއްވާފައިވާކަން ބަޔާންކުރައްވައި ދައުލަތުން ވަނީ ހެކި ހުށަހަޅުއްވާފައެވެ.

އިފްތިތާޙީ ބަޔާން އިއްވުން:

އިފްތިތާޙީ ބަޔާން އިއްވަވަމުން ދިފާޢީ ވަކީލު ނޫރުއްސަލާމް ވިދާޅުވީ، ދައުވާލިބޭ 2 ފަރާތުން މި ދައުވާތަކަށް އިންކާރު ކުރާ ކަމަށެވެ. އަދި މި މައްސަލައިގައި, މައްސަލަ ދިމާވެގެން އުޅޭ އެއްބަސްވުމުގައި ހިމެނެނީ އިދާރީ ކުށްތަކެއްކަން ފާހަގަ ކުރައްވައި ވަކީލު ވިދާޅުވީ، ފިނޭންސް މިނިސްޓްރީންވެސް އެ އެއްބަސްވުމާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް އޭރު ހުއްދަ ދީފައިވަނީ އެއްބަސްވުމުގައިވާ ކުށްތަކާއެކު ކަމަށެވެ. އަދި އެ މައްސަލަ ފާހަގަވި ހިސާބުން އަމިއްލަ އިސްނެގުމަށް އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފެށީ އޭސީސީންވެސް އަދި ނޫސްތަކުންވެސް އެ ވާހަކަތައް ދެއްކުމުގެ ކުރިންކަން ފާހަގަ ކުރައްވައި ވަކީލު ވިދާޅުވީ، އެކަމުގައި ޖިނާއީ އެއްވެސް ނިޔަތެއް ނެތް ކަމަށެވެ. ދިފާއުން ވަނީ އެކަމާ ގުޅޭ ކިތާބީ ހެކިތައްވެސް ހުށައަޅާފައެވެ.

އޭގެ އިތުރުން، ޝަފަހީ ހެކިންގެ ގޮތުގައި މިނިސްޓްރީގެ ބައެއް މުވައްޒަފުންވެސް ވަނީ ހުށައަޅާފައެވެ.

އެސްޖޭ ކޮންސްޓްރަކްޝަނަށް ޒިކުރާ މިސްކިތުގެ މަސައްކަތް ހަވާލުކުރީ ދައުވާލިބޭ ޢަބްދުﷲ ސަޢީދު ހެއްދެވި ޓެކްނިކަލް އިވެލުއޭޝަނަކަށް ބެލުމަށްފަހު ކަމަށް ދެކެވޭ ވާހަކައާ ގުޅިގެން ވަކީލު ވިދާޅުވީ، ފިނޭންސުން ހެދި ރިޕޯޓުގައިވެސް ދައުލަތަށް އެންމެ ފައިދާވާ ޕްރޮޕޯސަލެއް ހުށައަޅާފައިވަނީ އެސްޖޭ ކޮންސްޓްރަކްޝަނުން ކަން ފާހަގަކޮށްފައިވާ ކަމަށެވެ. ވުމާއެކު، އެސްޖޭ ކުންފުންޏާ މި މަސައްކަތް ހަވާލުކުރީ ވަކި ޢަބްދުﷲ ސައީދުގެ ޓެކްނިކަލް އިވެލުއޭޝަނަށް ބަލާފައި އެކަނިކަމަށް ދެންނެވެން ނެތް ކަމަށް ވަކީލު ވިދާޅުވިއެވެ.

ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުން:

އިފްތިތާޙީ ބަޔާނަށްފަހު ހެކިބަސް ނެގުން ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން ސައިފުﷲ އަޙުމަދު ރަޝީދު (ކަރިޝްމާ، ހއ ތަކަންދޫ) ހާޒިރުކޮށް ހެކިބަސް ނަގާފައިވާއިރު، އޭނާއަކީ އޭރު އިސްލާމިކް މިނިސްޓްރީގެ އެޑްމިން އޮފިސަރެކެވެ. އޭނާ މައިގަނޑު ގޮތެއްގައި ކޮށްފައިވަނީ ޕްރޮޖެކްޓުތަކާއި ގުޅޭ ބިޑް ޑޮކިއުމަންޓުތަކުގެ ލިއެކިއުންތަކުގެ މަސައްކަތްތައް ފަދަ އިދާރީ މަސައްކަތްތަކެވެ. އެގޮތުން ކޮންމެ ލިއެކިއުމަކީވެސް މިނިސްޓްރީގެ ކައުންޓަރުން އެންޓަރކޮށް މިނިސްޓްރީގެ ސެކްޝަންތަކަށް ޙަވާލު ކުރެވޭ ލިއެކިއުމެއްކަން ދައުލަތުން ކުރި ސުވާލަށް ޖަވާބުދެމުން އޭނާ ބުންޏެވެ. ނަމަވެސް ޒިކުރާ މިސްކިތުގެ އިމާރާތް ކުރުމާ ގުޅޭގޮތުން ހެކިވެރިޔާ ބުނީ، ޒިކުރާ މިސްކިތުގެ ޕްރޮޖެކްޓާ ގުޅޭ ބައެއް ލިއެކިއުންތައް ފެނުނު ނަމަވެސް، ޕްރޮޕޯސަލްއާ ގުޅޭ މައިގަނޑު އެއްވެސް ލިއެކިއުމެއް ފެނިފައި ނުވާ ކަމަށެވެ. އޭރު ސެކްޝަންގެ ވެރިއަކަށް ހުންނެވީ, މައްސަލައިގައި ދައުވާލިބޭ ޢަބްދުﷲ ސަޢީދެވެ.

ދައުލަތުން ކުރި ސުވާލުތަކަށް ޖަވާބުދެމުން ސައިފުﷲ ބުނީ، ސަރުކާރުގެ ލިއުންތައް ބަލައިގަންނަ ވަކި އުސޫލުތަކެއް އޮންނާނެ ކަމަށާއި، ނަމަވެސް ޕްރޮޖެކްޓާއި ގުޅޭ މައިގަނޑު އެއްވެސް ލިއެކިއުމެއް ފެނިފައިނުވާ ކަމަށެވެ.

ދިފާއުންވެސް ސައިފުﷲއާ ސުވާލު ކޮށްފައިވާއިރު، އަމިއްލަ ކުންފުންޏަކުން، ނުވަތަ ކައުންޓަރުން، ނުވަތަ ޖެމްސްއިން ލިއެކިއުމެއް ލިބުނު ނަމަވެސް، އެ ލިއުމެއް ފުރަތަމަ ހަވާލުވާނީ އިދާރީ ސެކްޝަނުންކަން ސައިފުﷲ ފާހަގަކުރިއެެވެ. ނަމަވެސް އުސޫލުން ބޭރުން އެއްވެސް ކަމެއް ކުރުމަށް ދައުވާލިބޭ ފަރާތުން އެންގުމެއް އަންގާފައި ނުވާކަމަށް ދިފާއުން ކުރި ސުވާލަކަށް ޖަވާބުދެމުން ސައިފުﷲ ބުންޏެވެ.

ދެވަނަ ހެކިވެރިއެއްގެ ގޮތުން ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ސަލީމް (ފޮރެންސިކްސް އަޑި ޑޮކިއުމެންޓޭޝަން)ގެ ހެކިބަސް ވަނީ ނަގާފައެވެ. ސަލީމް ވަނީ ޒިކުރާ މިސްކިތުގެ 10 ބުރީ އިމާރާތުގެ އެސްބަސްވުމާއި، ސޮއި ސާމްޕަލްތަކެއް ދިރާސާ ކުރައްވާފައެވެ. ސަލީމް ވިދާޅުވީ، މި މައްސަލައިގައި ހުށައެޅިފައިވާ ލިއެކިއުންތަކުގައި ހުރި ސޮއިތައް އަޅާކިއުމާއި، ތަހުލީލު ކުރުމަށްފަހު ރިޕޯޓެއް ތައްޔާރު ކުރައްވާފައިވާނެ ކަމަށެވެ. ސަލީމް ވަނީ އެ މަސައްކަތް ކުރެއްވި ގޮތުގެ ޓެކްނިކަލް މައުލޫމާތުތައްވެސް ޝަރީއަތާ ހިއްސާ ކުރައްވާފައެވެ.

ތިންވަނަ ހެކިވެރިއެއްގެ ގޮތުން މުޞްޢަބު ޢަބްދުﷲ ހާޒިރު ކޮށްފައިވާއިރު، އޭނާއަކީ އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޕަރމަނަންޓް ސެކްރެޓަރީއެވެ. އޭރު އޭނާގެ މައްޗަށް ކުރެވުނު އިތުރު ތުހުމަތުތަކަކާއި ގުޅިގެން އެތައް ފަހަރަކު ސަސްޕެންޑް ކުރުމަށްފަހު އޭނާ މިހާރު ހުރީ މަޤާމުންވެސް ވަކިކޮށްފައެވެ.

މީގެ ކުރިން މުޞްޢަބު ވަނީ އޭނާ މަޤާމުން ވަކި ކުރީ ބަންޑާރަނައިބުގެ ލަފައާ އެއްގޮތަށް 130 މިލިއަން ރުފިޔާގެ ކޮރަޕްޝަނެއް ހުއްޓުވައި ބާތިލު ކުރުމުން ކަމަށް ތުހުމަތުކޮށްފައެވެ. އެގޮތުން މުޞްޢަބު އޭރު ވަނީ ތިން ފަރާތަކުން ޕްރޮޕޯސަލް ހޯދުމަށް ފަހު ޒިކުރާ މިސްކިތުގެ މަޝްރޫއު އެސްޖޭއާ ހަވާލުކުރީ އެ ކުންފުންޏަށް މަންފާވާ ގޮތަށްކަމަށް ވިދާޅުވެ އެކަން މަޖިލީހަށްވެސް ހުށަހަޅުއްވާފައެވެ.

ހަތަރުވަނަ ހެއްކެއްގެ ގޮތުން ދައުލަތުން ހުށައެޅި އަޙުމަދު އަކްމަލްގެ ހެކިބަސް ނެގިފައިނުވަނީ އޭނާ ކޯޓަށް ހާޒިރުވެފައިނުވާތީއެވެ. ދައުލަތުން ވަނީ އޭނާގެ ހެކިބަސް މުހިއްމުކަން ފާހަގަ ކުރައްވައި، އޭނާ ހާޒިރުކޮށްގެން ހެކިބަސް ނެގުމަށް އެދިފައެވެ. އަދި އަކްމަލްއަށް ކޯޓު އަމުރު ލިބި، ހާޒިރުވެފައިނުވާތީ ފިޔަވަޅު އަޅުއްވައިދެއްވުމަށް އެދިފައެވެ. އެގޮތުން އެއްވެސް މީހެއްގެ ކުރިމަތީގައި ކޯޓުތައް ކުޑަކަކޫޖަހަން ނުޖެހޭކަން ދާދި ފަހުން ސުޕްރީމް ކޯޓުން ނިންމި ނިންމުމެއްގައިވެސް ބަޔާން ކޮށްފައިވާކަން ފާހަގަ ކުރައްވައި ދައުލަތުން ވަނީ އެފަރާތް ބަންދުގައި ބަހައްޓައިގެން ވިޔަސް، ހާޒިރުކޮށްދޭން އެދިފައެވެ. ނަމަވެސް ދިފާއުން ވަނީ ދިފާއީ ހެކިންވެސް ހާޒިރުވެފައި ތިބުމާއެކު، ދިފާއީ ހެކިންގެ ބައި ކުރިއަށް ގެންދިއުމަށް އެދިފައެވެ.

އަކްމަލްއަކީ ދިފާއުންވެސް ހުށައަޅާފައިވާ ހެއްކެކެވެ. ވުމާއެކު ދިފާއުން ވަނީ އޭނާ ބަންދުގައި ބަހައްޓައިގެން ގެނައުމަށް އިޢުތިރާޒު ކޮށްފައެވެ. ވަކިން ޚާއްސަކޮށް އޭނައަކީ އެއްވެސް ތުހުމަތެއް ނެތް އަބުރުވެރި އިންސާނެއްކަން ފާހަގަކޮށް, ދިފާއުން ވަނީ އޭނާ ބަންދުގައި ބަހައްްޓައިގެން ހާޒިރުކުރަންޖެހޭ ސަބަބެއް ނެތްކަމަށް ވިދާޅުވެފައެވެ.

އެކަމާ ގުޅޭގޮތުން ގޮތެއް ނިންމަވަމުން ޝަރީއަތުން ވަނީ ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ދަށުން ހެކިވެރިޔާ ހާޒިރު ކުރުމަށް ނިންމަވާފައެވެ. އަދި ބަންދުގައި ބަހައްޓައިގެން ހެކިވެރިޔާ ހާޒިރުކުރަން ޖެހުނުނަމަވެސް، އެގޮތަށްވެސް ހާޒިރު ކުރެވިދާނެކަމަށް ޝަރީއަތުން ވަނީ ނިންމަވާފައެވެ. ދެން އޮންނަ އަޑުއެހުމުގައި އޮންނާނީ އަކްމަލްގެ ހެކިބަހާއި، ދިފާއީ ހެކިބަސް ނެގުންކަމަށް ގާޒީ މިޞްބާޙު ވިދާޅުވިއެވެ.

މި މައްސަލައަކީ، އިސްލާމިކް މިނިސްޓްރީން ޒިކުރާ މިސްކިތް އިމާރާތްކުރުމަށް އެސްޖޭ ކޮންސްޓްރަކްޝަނާއެކު ވެފައިވާ އެއްބަސްވުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް އެކުލެވޭތީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އެ މައްސަލަ ތަހުގީގުކޮށް ނިންމައި، މި މައްސަލާގައި ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް މިދިޔަ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު އޭސީސީން ޕްރޮސެކިއުޓަރ (ޕީޖީ)ގެ އޮފީހަށް ފޮނުވި މައްސަލައެކެވެ

ކޮމެންޓް

އިތުރަށް ކިޔާލަން

ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

28 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

17 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

19 ޖެނުއަރީ
ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު
20251 އަހަރު ކުރިން
ރާއްޖެ

ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟
20242 އަހަރު ކުރިން
މީހުން

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!
20233 އަހަރު ކުރިން
ކުޅިވަރު

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު
20215 އަހަރު ކުރިން
ރާއްޖެ

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން
20197 އަހަރު ކުރިން
ރިޕޯޓު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު