Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޗޭންޖް އެންޑީއޭ

މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދީ އަނބުރާ މުޖުތަމަޢަށް ނެރުމުގައި މުޅި ނިޒާމު ފެއިލްވެފައި - ޕެޓިޝަން ކޮމިޓީ

ޑްރަގް ކޯޓާއި އެކި މުއައްސަސާތައް ހުރިއިރު އެއްވެސް ކަމެއް ހައްލެއްނުވޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 7 ސެޕްޓެމްބަރު 2021 | އަންގާރަ 11:34
ޕެޓިޝަން ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން

ޕެޓިޝަން ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން

މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދީ, އަނބުރާ މުޖުތަމައަށް ނެރުމުގައި މުޅި ނިޒާމު ފެއިލްވެފައިވާ ކަމަށް ޕެޓިޝަން ކޮމިޓީގެ މެމްބަރުން ބުނެފިއެވެ.

ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އިހަވަންދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝިފާއު ވިދާޅުވީ، ރާއްޖޭގައި އޮތް އެންމެ ބޮޑު އިމަރޖެންސީއަކީ މިއީ ކަމަށް ކަނޑައަޅަން ޖެހޭ ކަމަށެވެ. ކަންކަން ހައްލު ނުކުރެވެނީ ގާނޫނެއް ނެތިގެން ކަމަށްވާނަމަ މިކަމާ ގުޅިގެން ގެންނަން ޖެހޭ އިސްލާހެއް އޮތްނަމަ މަޖިލީހަށް ހުށަހެޅުމުން ލަސްތަކެއްނުކޮށް އެ މަަސައްކަތް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. ޝިފާއު ވިދާޅުވީ، މެޑިކަލް އިމަރޖެންސީއެއް އިއުލާނުކޮށްގެން ނަމަވެސް މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރަންޖެހޭ ކަމަށެވެ.

Advertisement - newsAdvertisement

ހޯރަފުށި ދާއިރާގެ މެމްބަރު އަޙުމަދު ސަލީމް ވިދާޅުވީ، ޑްރަގް ކޯޓާއި އެކި މުއައްސަސާތައް ހުރި އިރު އެއްވެސް ކަމެއް ހައްލު ނުވާ ކަމަށާއި، މިހާރު މިކަމަށް ހުށަހެޅެނީ ޒުވާނުން ކަމަށާއި، ޒުވާން ޖީލެއް ހަލާކުވެގެންދާއިރު، އެއް މުއައްސަސާ އަނެއް މުއައްސަސާގައި ހުރި މައްސަލަތައް ދެއްކުން ނޫން ކަމެއް ކުރާތަން ނުފެންނަ ކަމަށެވެ. ސަލީމް ވިދާޅުވީ، ނެތިގެން މި އުޅެނީ އިޚުލާސްތެރިކަން ކަމަށެވެ.

"ޗޭންޖް އެންޑީއޭ"ގެ ނަމުގައި ހުށަހަޅާފައިވާ ޕެޓިޝަންގައި އޮތީ އަސާސީ ހައްގުތައް ނުލިބޭތީ އެ ހައްގުތައް ކަށަވަރު ކުރެވޭނެ ގޮތެއް ހޯދައިދިނުމަށެވެ.

މި ބައްދަލުވުމުގައި ފުލުހުންގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ޑްރަގް އެންފޯރސްމެންޓް ޑިޕާޓްމެންޓްގެ ހެޑް އަޙުމަދު ޝާކިރު ވިދާޅުވީ މައްސަލައަކީ ހަމައެކަނި އެންޑީއޭގެ މައްސަލައެއް ނޫން ކަމަށެވެ. އަދި އެންޑީއޭގައި ބޭނުންވާ ވަސީލަތްތައް ހުރިނަމަވެސް ނެތީ ކެޕޭސިޓީ ކަމަށް ވިދާޅުވިއެވެ.

އެގޮތުން ޝާކިރު ވިދާޅުވީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 103 ވަނަ މާއްދާގެ ދަށުން، ފުރަތަމަ މަރުހަލާގައި މަސްތުވާތަކެތި ބޭނުންކުރާ މީހަކު މަގުމަތިން ދެނެގަނެވި، އެމީހަކަށް ފަރުވާ ދޭން ޖެހޭ ކަމަށް ފުލުހުންނަށް ފެނިއްޖެ ނަމަ، އެމީހަކު ކޯޓުން އަމުރެއްގެ ދަށުން ރިމާންޑު ޖަލެއްގައި ބަންދުކުރެވޭ ކަމަށެވެ. އެގޮތުން ގުޅީފަޅުގައި ރިމާންޑު ސެންޓަރު ހުޅުވިގެން ދިއުމާއެކު، ބަންދުގެ މުއްދަތު ޖަހަމުން އައީ ކްރިމިނަލް ކޯޓުން ކަމަށާއި، 12 އޮގަސްޓު 2021އާ ހަމައަށް 238 މީހަކަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހާފައިވާނެ ކަމަށެވެ. އަދި 12 އޮގަސްޓުގައި ކްރިމިނަލް ކޯޓުން، ރިމާންޑަށް މީހުން ބަންދުކުރުމަކީ އެ ކޯޓުގެ އިޚްތިޞާޞްގެ ތެރެއިންވާ ކަމެއް ނޫން ކަމަށް ނިންމާފައިވާ ކަމަށެވެ. އަދި ކްރިމިނަލް ކޯޓުން ބަންދު ޖެހުން ހުއްޓާލުމުން ދެން ދާންވީ ކޮންތަނަކަށްކަން ފުލުހުންނަށް މިއަދާ ހަމައަށްވެސް ސާފުނުވާ ކަމަށެވެ.

އަދި ގާނޫނުގެ ތެރެއިން ބައެއް ގޮންޖެހުންތައް ހުރިނަމަވެސް ގާނޫނުގައި މައްސަލައެއް ނެތް ކަމަށެވެ. އަދި މައްސަލައަކީ ގާނޫނު ތަރުތީބު ކުރެވިފައި އޮތް ގޮތަށް މަސައްކަތް ނުކުރެވުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ރިމާންޑް ސެންޓަރުގެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ނުކުރެވެނީ، މުޅި ނިޒާމުގައި މައްސަލަ ހުރުމުން ކަމަށެވެ.

ބިދޭސީންވެސް މަސްތުވާތަކެތީގެ މައްސަލަތަކުގައި ޝާމިލުވާ މިންވަރު އިތުރުކަން ފުލުހުން ފާހަގަކުރިއެވެ. ފުލުހުން ބުނީ، 2019 ވަނަ އަހަރު 2،366 މީހުން, އަދި 2020 ވަނަ އަހަރު 1،690 މީހުން މަސްތުވާތަކެތީގެ މައްސަލަަތަކުގައި ފުލުހުންގެ ބެލުުގެ ދަށަށް ގެންދެވިފައިވާ ކަަމަށެވެ.

މީޑިއާތަކަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ ޕެޓިޝަން ކޮމިޓީ ވަކި ހިސާބަކުންވަނީ ސިއްރު ކޮށްފައެވެ. ޕެޓިޝަނާ ގުޅިގެން ކަމާ ގުޅުންހުރި މުއައްސަސާތަކުގެ އިސް ބޭފުޅުން ކޮމިޓީއަށް ހާޒިރުކޮށްފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޝަރުއީ މަރުހަލާ ނިމިފައިވާ 955 މައްސަލައަކާ ގުޅޭ މަސްތުވާތަކެތި ފުލުހުން ނައްތާލައިފި

ޝަރުއީ މަރުހަލާ ނިމިފައިވާ 955 މައްސަލައަކާ ގުޅޭ މަސްތުވާތަކެތި ފުލުހުން ނައްތާލައިފި

13 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް

08 ފެބުރުއަރީ 2017
ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި

ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި

08 ފެބުރުއަރީ 2017
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި

07 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު