Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލު

ހެޔޮ ވެރިކަމެއް ނެތްނަމަ މިއަދު މިއޮތް ހާލަތުގައި ވެސް ރާއްޖެ ނޯންނާނެ - ސަލީމް

ކާބޯތަކެތީގެ ޔަގީންކަން ސަރުކާރުން ދެއްވި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 7 ސެޕްޓެމްބަރު 2021 | އަންގާރަ 07:46
އަހުމަދު ސަލީމް - ހޯރަފުށި ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރ

އަހުމަދު ސަލީމް - ހޯރަފުށި ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރ

ހެޔޮ ވެރިކަމެއް ނެތްނަމަ މި ޕެންޑަމިކަށްފަހު ރާއްޖެ މިއޮތް ހާލަތުގައި ވެސް ނޯންނާނެ ކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލަށް ބަހުސް ކުރައްވަމުން މެމްބަރު ސަލީމް ވިދާޅުވީ، ޕެންޑަމިކްގެ މިހާލަތުގައި ކާބޯތަކެއްޗަށް ދަތި ނުވެ މި ހިފަހައްޓާލެވުނީ ސަރުކާރުގެ ހަރުދަނާ ސިޔާސަތާއި، ބޭރު ދުނިޔެއިން ރާއްޖޭގެ އަދުގެ ސަރުކާރު ބަލައިގަންނާތީ ކަމަށެވެ. އޭގެ ނަތީޖާއަކަށްވެގެންދިޔައީ، ބަލިމަޑުކަމާއެކު ގައުމުތަކުގެ އެކްސްޕޯޓް މަޑުޖައްސާލާފައި އޮތް ދުވަސްވަރު ވެސް އެ ގައުމުތަކުން ރާއްޖެއަށް ބޭނުންވާ ތަކެތި ލިބިގެން ދިޔުން ކަމަށެވެ. ޕެންޑަމިކްގައި ވެސް ސަރުކާރުން ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެތީގެ ޔަގީންކަން ފޯރުކޮށްދިން ކަމަށާއި، ކާޑުގެ ބާވަތްތަކުން ނަގަމުންދިޔަ ސަބްސިޑީ ކަނޑާނުލައި ކުރި މަސައްކަތަށް ސަރުކާރަށް އޭ ޕްލަސް ދޭން ޖެހޭ ކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މެމްބަރު ވިދާޅުވީ، 2016 ވަނަ އަހަރު އިޤުތިޞާދު ވެސް ރަނގަަޅަށް އޮވެމެ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ވައްދައި، ކާޑަށް ދެމުންގެންދިޔަ ސަބްސިޑީ ކަނޑާލަން ނިންމި ކަމަށެވެ. އެ ނިންމުމާ އެއްކޮޅަށް ވަކާލާތު ކުރެއްވި، އޭރު އޮތް ސަރުކާރަށް ތާއީދުކުރާ މެމްބަރުން ވިދާޅުވަމުންގެންދެވީ އިޤުތިޞާދަށް ގެއްލުންވާ ގޮތަށް ސަރުކާރުން ކަންތައްތައް ނުކުރައްވާނެ ކަމަށެވެ. އެއާއެކު ތަކެތީގެ އަގު އުފުލި ކުލީގެ އަގު ބޮޑުވެގެން ދިޔަ ކަމަށެވެ. އެހެންނަމަވެސް ޕެންޑަމިކްގެ މި ހާލަތުގައި ވެސް ކާބޯތަކެތީގެ އަގު ހިފެހެއްޓި، ކާބޯތަކެތީގެ ޔަގީންކަން ސަރުކާރުން ދެއްވިކަން މެމްބަރު ސަލީމް ފާހަގަކުރެއްވިއެވެ. އެއާއެކު ފެންޑަމިކްގެ ސަބަބުން ރައްޔިތުންގެ ހިތުގައި އުފެދިފައި އޮތް ނުތަނަވަސް ކަމަށް ތަސައްލީއެއް ލިބިގެން ދިޔަކަމަށް ވިދާޅުވިއެވެ.

މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 200ށްވުރެ ގިނަ ކާޑު އެޖެންޓުން އެބަތިބިކަން ވެސް މެމްބަރު ފާހަގަކުރެއްވިއެވެ.

ކާބޯތަކެތީގެ ރައްކާތެރިކަން ލިބުމަކީ އަސާސީ ހައްގަކަށްވާއިރު، ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލަކީ ލާމަރުކަޒީ އުސޫލުން ގާނޫނު ތަންފީޒު ކުރެވޭ ގޮތަށް ވިސްނާފައި ތައްޔާރުކޮށްފައި އޮތް ބިލެއްކަމަށް މެމްބަރު ވިދާޅުވިއެވެ. މި ބިލު ގާނޫނަކަށް ވެގެން އަންނައިރު ހެދޭ ގަވާއިދު ތަކަކީ، އަމަލުކުރުން ފަސޭހަ ގަވާއިދުތަކަށް ވާންޖެހޭ ކަމަށް ވެސް މެމްބަރު ވިދާޅުވިއެވެ.

ސަރުކާރުން މިފަދަ ބިލެއް ހުށަހެޅުމުގެ ބޭނުމަކީ، ދިވެހިރާއްޖޭގައި އުފައްދާ އަދި ބޭނުންކުރާ ކާބޯތަކެއްޗާއި، ދިވެހިރާއްޖެއަށް އިމްޕޯޓުކުރާ އަދި ދިވެހިރާއްޖެއިން އެކްސްޕޯޓުކުރާ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ފެންވަރުކަނޑައެޅުމާގުޅޭ އުސޫލުތައް ބަޔާންކުރުމާއި، ކާބޯތަކެތި އުފައްދައި، ގުދަންކޮށް، ތައްޔާރުކޮށް، ވިއްކާ ތަންތަނުގައި ކާބޯތަކެއްޗަކީ، އިންސާނުންނަށް ޞިއްޙީގޮތުން އެކަށީގެންވާ، ރައްކާތެރި ތަކެތި ކަމުގައި ހެދުމަށްޓަކައި ޢަމަލުކުރަންޖެހޭ އުސޫލުތަކާއި މިންގަނޑުތަކަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ގާއިމުކުރުމެވެ.

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

ރައީސް ހިންމަފުއްޓާއި ތުލުސްދޫ އަށް މިއަދު ވަޑައިގަންނަވަނީ

13 ފެބުރުއަރީ 2017
 ރައީސް ހިންމަފުއްޓާއި ތުލުސްދޫ އަށް މިއަދު ވަޑައިގަންނަވަނީ
10 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓްލުން މިއަދު ބާއްވާނީ

10 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓްލުން މިއަދު ބާއްވާނީ
08 ފެބުރުއަރީ 2017

މިއަދުވެސް ދިވެހިން ތަހަމަލްކުރަމުން މިގެންދަނީ ބަގާވާތުގެ ހިތި ނަތީޖާ: މާރިޔާ

08 ފެބުރުއަރީ 2017
މިއަދުވެސް ދިވެހިން ތަހަމަލްކުރަމުން މިގެންދަނީ ބަގާވާތުގެ ހިތި ނަތީޖާ: މާރިޔާ
03 ފެބުރުއަރީ 2017

ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!

03 ފެބުރުއަރީ 2017
ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!
27 ޖެނުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ

27 ޖެނުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު