Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސިޔާސީ މައިދާނުގައި އަންހެނުން

ޤާނޫނުގެ އަތުން އަންހެނުންގެ އަތުގައި ހިފައިގެން، މަޤާމުތަކަށް ގެންގޮސްދެވިއްޖެ - ރައީސް

7 ސެޕްޓެމްބަރު 2021 | އަންގާރަ 04:35

އަންހެނުން ބާރުވެރިކުރުމުގަޔާއި، ކަންކަމުގައި އަންހެނުން ބައިވެރިވުމުގައި، އަދިވެސް ދަތިތަކަކާއި ހުރަސްތަކެއް އެބަހުރި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 7 ސެޕްޓެމްބަރު 2021 | އަންގާރަ 04:35
2020-2021 ވަނަ އަހަރުގެ ރެހެންދި އެވޯޑު ޙަވާލުކުރުމުގެ ގޮތުން ބޭއްވެވި ޚާއްޞަ ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅުދައްކަވަނީ

2020-2021 ވަނަ އަހަރުގެ ރެހެންދި އެވޯޑު ޙަވާލުކުރުމުގެ ގޮތުން ބޭއްވެވި ޚާއްޞަ ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅުދައްކަވަނީ

ސިޔާސީ މައިދާނުން އަންހެނުންނަށް ފުރުޞަތު ހޯދައިދިނުމަށް އަޅުގަނޑުމެންނަށް ކުރެވުނު އެންމެ މުހިންމު އެއް ކަމަކީ، ޤާނޫނުގެ އަތުން އަންހެނުންގެ އަތުގައި ހިފައިގެން، މަޤާމުތަކަށް ގެންގޮސްދެއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ 2020 އަދި 2021 ވަނަ އަހަރުގެ ރެހެންދި އެވޯޑު ދެއްވުމަށް ބޭއްވެވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ރާއްޖޭގެ ތާރީޚަށް ބަލާއިރު، ފާހަގަކޮށްލެވޭ އެތައް އަންހެނުންނެއްގެ އިޚްލާޞްތެރި ޚިދުމަތްތަކެއް ޤައުމަށް ލިބިފައި އެބަހުރި ކަމަށެވެ. ކެރޭ، ކުޅަދާނަ، ހީވާގި، މުރާލި، ހުނަރުވެރި ކިތަންމެ އަންހެނުންނެއް ފާހަގަވެ ފެންނަން އެބަތިއްބެވި ކަމަށާއި، މިއަދުގެ ޙާލަތަށް ބަލާއިރު، ވަޒީފާގެ މައިދާނުގަޔާއި، އާމްދަނީ ހޯދުމުގެ ދާއިރާގައި، ދެ ޖިންސުގެ ދެމެދުގައި ތަފާތުކުރުމެއް ނެތޭ ވިދާޅުވެވިދާނެ ކަމަށެވެ.

Advertisement - newsAdvertisement

އެހެންނަމަވެސް، އަންހެނުން ބާރުވެރިކުރުމުގަޔާއި، ކަންކަމުގައި އަންހެނުން ބައިވެރިވުމުގައި، އަދިވެސް ދަތިތަކަކާއި ހުރަސްތަކެއް އެބަހުރިކަން ޤަބޫލުކުރަންޖެހޭ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އޭގެ ނަތީޖާއަކަށް ވެފައި އޮންނަނީ، ޤައުމީ ތަރައްޤީގެ މުހިންމު ކަންކަމުގައި، އަދިވެސް އެކަށީގެންވާ މިންވަރަށް، އަންހެނުންނަށް ފުރުޞަތު ނުލިބުން ކަމަށެވެ.

ލާމަރުކަޒީ ޤާނޫނަށް ގެނައި އިޞްލާޙުގެ ބަދަލުގެ ނަތީޖާއަކަށްވީ، އެއްވެސް ރަށެއް، އެއްވެސް ސިޓީއެއް އިސްތިސްނާ ނުވެ، ކޮންމެ ކައުންސިލެއްގައި ވެސް މެންބަރުންގެ 33 އިންސައްތައަކީ، އަންހެނުން ކަމުގައި ވެގެންދިޔުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ބަދަލާއެކު، ލޯކަލް ކައުންސިލް އިންތިޚާބުގައި، ޖުމްލަ 39.5 އިންސައްތަ ގޮނޑި އަންހެނުން ކާމިޔާބު ކޮށްފައިވާކަން ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ޤާނޫނީ ހައިސިއްޔަތު ލިބިގެން، އަދި މެންބަރުންނަށް ދައުލަތުގެ ބަޖެޓުން އުޖޫރަ ކަނޑައަޅައިގެން، ރާއްޖޭގައި އިންތިޚާބުކުރި ފުރަތަމަ އަންހެނުންގެ ކޮމިޓީތައް ވެސް އުފެދިގެން ދިޔައީ މި އަހަރުގެ ތެރޭގައި ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މި ބަދަލުތަކުގެ ސަބަބުން، ތަރައްޤީގެ ސިޔާސަތުތައް ކަނޑައެޅުމުގަޔާއި، ކަންކަން ނިންމުމުގައި، އަންހެނުންގެ ބައިވެރިވުން ޢަމަލީގޮތުން މިހާރު އިތުރުވެއްޖެ ކަމަށެވެ.

ރައީސް ވިދާޅުވީ ޤައުމު ބިނާކުރުމުގައި، މިހާރުވެސް އެންމެ މުހިންމު ދައުރެއް އަދާކުރާ ބަޔަކީ ދިވެހި އަންހެނުން ކަމަށެވެ. ސަބަބަކީ، ޤައުމުގެ ތަރައްޤީ އެބައެއްގެ އަތްމަތިން ބައްޓަންވެގެން އަންނަ ޤައުމުގެ ޒުވާން ޖީލަށް، އެންމެ ޅަފަތުން ފެށިގެން ވެސް ޢިލްމު އުނގަންނައިދިނުމުގައި، އެންމެ ގިނައީ އަންހެނުން ކަމަށްވާތީ ކަމަށެވެ. އަދި ރާއްޖޭގެ ތަޢުލީމީ ދާއިރާގައި ޚިދުމަތް ކުރައްވާ ގާތްގަނޑަކަށް 78 އިންސައްތައަކީ އަންހެން ބޭފުޅުން ކަމަށެވެ.

ކަންކަން ނިންމާ ފެންވަރުގައާއި ގޮތް ކިޔައި ބަސްބުނުމުގައި، އަންހެނުންނަށް އަދިވެސް ގޮންޖެހުންތަކެއް އެބަހުރިކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އެއީ މުޅި ދުނިޔޭގައި ވެސް ހުރި ގޮންޖެހުންތަކެއް ކަމަށާއި، އެއީ މުޖުތަމަޢުގައި އަންހެނުންނާއި ފިރިހެނުން އަދާކުރަންޖެހޭ ޒިންމާތަކާމެދު، ޒަމާނުއްސުރެ މުޖުތަމަޢުގައި ހުރި ވިސްނުންތަކާއި ޤަބޫލުކުރުންތަކުގެ ސަބަބުން ހުރި ގޮންޖެހުންތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ކޯވިޑުގެ ތެރޭގައި އިޤްތިޞާދީ ޙަރަކާތްތައް ހުއްޓި، ވަޒީފާތައް ގެއްލި، އެތައް ބަޔަކު ދެއަތް އުރާލައިގެން ގޭގައި ތިބެންޖެހުނު ވަގުތު، ޢާއިލާތަކުގެ ފުދުންތެރިކަން ހިފަހައްޓައިދިނުމުގައި، އަންހެނުން އަދާކުރީ ވަރަށް މުހިންމު ދައުރެއްކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ގޭގައި ތިބި އަންހެނުންނާއި އަންހެންކުދިން ކުރި މަސައްކަތުން، ދުވަހުގެ ޚަރަދުތައް ދެކޮޅުޖެއްސި ޢާއިލާތައް މަދެއް ނޫން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ކޮވިޑުގެ ބަލިމީހުންނަށް ފަރުވާކުރުމުގައި، ޢާއިލާތަކާ ވަކިން، ރެޔާއި ދުވާލުގެ ހުރިހާ ވަގުތެއް ހޭދަކުރެއްވި އަންހެން ބޭފުޅުން އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ގިނަ ކަމަށާއި، އެބޭފުޅުން ޤައުމަށްޓަކައި އެ ވެވަޑައިގަތީ ވަރަށް މަތިވެރި ޤުރުބާނީއެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކޮވިޑުން ރައްކާތެރިވުމަށް ހިންގާ ވެކްސިން ޕްރޮގްރާމްގައި ވެސް އަންހެން ބޭފުޅުންގެ ޙިއްޞާ ވަރަށް ބޮޑުކަން ރައީސް ފާހަަގަކުރެއްވިއެވެ.

މިފަދަ ޚިދުމަތްތެރި އަދި މިފަދަ އަގުހުރި ބަޔަކު، ޤައުމީ ޚިދުމަތުގެ ދާއިރާގައި ބައިވެރިވާ މިންވަރު އިތުރުނުކޮށް، އަޅުގަނޑުމެންނަށް ޙަޤީޤީ ކުރިއެރުމެއް ނުހޯދޭނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި އަޅުގަނޑުމެން މިކުރާ މަސައްކަތުން، މާތް ﷲގެ ވާގިފުޅާއެކު، އެކަން ޙާޞިލުވާނެކަމުގެ ވަރަށް ބޮޑު އުންމީދެއް އަޅުގަނޑުގެ އެބައޮތް ކަމަށާއި، އެކަމަށް އިތުރު ހިތްވަރު ދިނުމަކީ ކުރަންޖެހޭ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ދިވެހި ދައުލަތުގެ ފަރާތުން ރެހެންދި އެވޯޑުގެ ނަމުގައި އެވޯޑެއް ދިނުމުގެ މަޤްޞަދަކީ، އަންހެނުން ކުރާ މަސައްކަތްތަކާއި، ޙާޞިލުކޮށްފައިވާ ކާމިޔާބީތަކުގެ އަގުވަޒަންކޮށް، ޤައުމީ ތަރައްޤީގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމެވެ. އަދި މިންތީ ތަފާތުތައް ނައްތާލައި، ދެޖިންސުގެ ދެމެދުގައި ހަމަހަމަކަން ޤާއިމުކުރުމަށް މަސައްކަތްކުރާ، ވަކިވަކި ފަރުދުންނާއި، އަމިއްލަ ޖަމުޢިއްޔާ ޖަމާޢަތްތަކުގެ މަސައްކަތްތައް ބަލައިގަނެ، ޤައުމީ ފެންވަރެއްގައި އަގު ވަޒަންކުރުމަކީ ވެސް ރެހެންދި އެވޯޑް ދިނުމުގެ ވަރަށް ބޮޑު ބޭނުމެކެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

07 މާރިޗު 2017

އަބުރު ޤާނޫނުގެ ދަށުން ރާއްޖެޓީވީ ދެ ލައްކަ ރުފިޔާއިން، ނޫސްވެރިއަކު 50،000ރ. އިން ޖޫރިމަނާ ކުރަން ނިންމައިފި

07 މާރިޗު 2017
އަބުރު ޤާނޫނުގެ ދަށުން ރާއްޖެޓީވީ ދެ ލައްކަ ރުފިޔާއިން، ނޫސްވެރިއަކު 50،000ރ. އިން ޖޫރިމަނާ ކުރަން ނިންމައިފި
23 ފެބުރުއަރީ 2017

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރި އަމުރު ބާތިލް ކޮށްފި

23 ފެބުރުއަރީ 2017
ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރި އަމުރު ބާތިލް ކޮށްފި
15 ފެބުރުއަރީ 2017

ޓެކްސްގެ ނަމުގައި މި ސަރުކަރުން އަންނަނީ ރައްޔިތުންގެ އަތުން ފޭރެމުން: އީސަ

15 ފެބުރުއަރީ 2017
ޓެކްސްގެ ނަމުގައި މި ސަރުކަރުން އަންނަނީ ރައްޔިތުންގެ އަތުން ފޭރެމުން: އީސަ
06 ފެބުރުއަރީ 2017

އެސްއޯއެފް އަތުން 160 މިލިޔަން ރުފިޔާ ހޯދުމަށް ކުރާ ދައުވާގެ ޗިޓެއް ނުލިބޭ: އެމްއެމްޕީއާރުސީ

06 ފެބުރުއަރީ 2017
އެސްއޯއެފް އަތުން 160 މިލިޔަން ރުފިޔާ ހޯދުމަށް ކުރާ ދައުވާގެ ޗިޓެއް ނުލިބޭ: އެމްއެމްޕީއާރުސީ
02 ފެބުރުއަރީ 2017

ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު

02 ފެބުރުއަރީ 2017
ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު
02 ފެބުރުއަރީ 2017

ހިލަ ހިފައިގެން އިނގުރައިދުއަށް ދިޔަ ބާޖެއް ފަރަށް އަރައިފި

02 ފެބުރުއަރީ 2017
ހިލަ ހިފައިގެން އިނގުރައިދުއަށް ދިޔަ ބާޖެއް ފަރަށް އަރައިފި
01 ފެބުރުއަރީ 2017

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި

01 ފެބުރުއަރީ 2017
ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި
01 ފެބުރުއަރީ 2017

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

01 ފެބުރުއަރީ 2017
އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް
24 ޖެނުއަރީ 2017

އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ

24 ޖެނުއަރީ 2017
އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ
23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް