Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކާބޯތަކެތީގެ ރައްކާތެރިކަން

ކެންސަރާއި ނާރުގެ ބަލިތަކަށް 2 އަހަރުގެ ތެރޭގައި 100 މިލިއަން ރުފިޔާ ޚަރަދުވެފައިވޭ - ހާރޫނު

6 ސެޕްޓެމްބަރު 2021 | ހޯމަ 12:44

ތަފާސް ހިސާބުތަކަށް ބަލާއިރު 2018ވަނަ އަހަރު އެކަނިވެސް ކެންސަރު ބައްޔަށް 1،029 މީހުން ފަރުވާ ހޯދާފައިވޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 6 ސެޕްޓެމްބަރު 2021 | ހޯމަ 12:44
އަޙުމަދު ހާރޫނު - ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެމްބަރު

އަޙުމަދު ހާރޫނު - ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެމްބަރު

ކެންސަރާއި ނާރުގެ ބަލިތަކަށް 2 އަހަރުގެ ތެރޭގައި 100 މިލިއަން ރުފިޔާ ޚަރަދުވެފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެމްބަރު އަޙުމަދު ހާރޫނު ވިދާޅުވެއްޖެއެވެ.

ބޯތަކެތީގެ ރައްކާތެރިކަމުގެ ބިލުގެ ބަހުސް ފެށުމުގެ ގޮތުން މެމްބަރު ވިދާޅުވީ، އާސަންދަ ކުންފުނީގެ ތަފާސް ހިސާބުތަކަށް ބަލާއިރު 2018ވަނަ އަހަރު އެކަނިވެސް ކެންސަރު ބައްޔަށް 1،029 މީހުން ފަރުވާ ހޯދާފައިވާ ކަމަށެވެ. ޖެހިގެން އައި 2019ވަނަ އަހަރު އެއަދަދު 1417ށް އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ ކަމަަށެވެ. ހަމައެއާއެކު ނާރުގެ ބަލިތަކަށް 2018ވަނަ އަހަރު 405 މީހުން ރާއްޖެއިން ބޭރުން ފަރުވާ ހޯދާފައިވާިއރު 2019ވަނަ އަހަރު އެއަދަދު 646ށް އިތުރުވެފައިވާ ކަމަށެވެ. މިއީ ގާތްގަނޑަކަށް ސަތޭކަ މިލިއަނެއްހާ ރުފިޔާ ކަމަށް ހާރޫނު ވިދާޅުވިއެވެ.

Advertisement - newsAdvertisement

މެމްބަރު ވިދާޅުވީ، މި ބަލިތަކަކީ އާއްމު ދިރިއުޅުމުގައި ކުރެވޭ ކަންކަމުގެ ސަބަބުން ޖެހޭ ބަލިތައްކަން ޑޮކްޓަރުންވެސް ފާހަގަ ކުރައްވާ ކަމަށާއި، ކާބޯތަކެތީގެ ރައްކާތެރިކަމަކީ މިފަދަ ބަލިތަކުން ރައްކާތެރިވުމަށް މުހިއްމު ދައުރެއް އަދާކުރާ ކަމެއް ކަމަށެވެ.

ގާނޫނުއަސާސީގައި ރަނގަޅު ކާނާއާއި ސާފު ބޯފެން ފުދޭ މިންވަރަކަށް ލިބެންޖެހޭ ކަމަށް އޮތްނަމަވެސް ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މިހާތަނަށް ވަކި ގާނޫނެއް ނެތްކަން ހާރޫނު ފާހަގަ ކުރެއްވިއެވެ. ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލަކީ ވަރަށް ރަނގަޅު ކަންތައްތަކެއް ފާހަގަކޮށް ވަރަށް ރަނގަޅަށް ތަރުތީބު ކުރެވިފައިވާ ބިލެއް ކަމަށާއި، ބިލު ގާނޫނަކަށް ވެގެން އަންނަތާ 3 މަސް ތެރޭގައި ގަވައިދުތަކެއް ހަދައި އެއަަށް އަމަލުކުރަން ޖެހޭކަމަށް ހާރޫނު ވިދާޅުވިއެވެ. ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކަނޑައަޅާ ކަންކަމުގައި އިހުމާލުވާ މީހުންނަށް އެޅޭނެ ފިޔަވަޅުތައްވެސް ބިލުގައި ބަޔާން ކޮށްފައިވާ ކަމަށް މެމްބަރު ވިދާޅުވިއެވެ.

ކާބޯތަކެތި އުފެއްދުމުގެ މަރުހަލާގައި ރައްކާތެރިކަން ކަށަވަރުކުރުމާއި، ކާބޯތަކެތި އުފައްދައިގެން ވިއްކުމުގައި ހުންނަންޖެހޭ މިންގަނޑުތަކާއި، ކާބޯތަކެތި އުފައްދާ މީހާގެ ހުންނަންޖެހޭ މިންގަނޑުތައް ވެސް މި ބިލުގައި ބަޔާން ކޮށްފައިވެއެވެ.

ދިވެހިރާއްޖެއަށް އިމްޕޯޓުކުރާ ނުވަތަ ދިވެހިރާއްޖެއިން އެކްސްޕޯޓުކުރާ އަދި ދިވެހިރާއްޖޭގައި އުފައްދާ ކާބޯތަކެތި ޓެސްޓުކުރުމަށާއި، ކާބޯތަކެތި އުފައްދާ ތަންތަނާއި، ނުވަތަ ބަންދުކުރާ ތަންތަނާއި، ނުވަތަ ގުދަންކުރާ ތަންތަނާއި، ވިއްކާތަންތަނާއި، ކާބޯތަކެތި ފޯރުކޮށްދޭ ތަންތަނުގެ ޞިއްޙީ ރައްކާތެރިކަން ބެލުމަށާއި ތަޙްލީލުތައް ކުރުމަށް ނޭޝަނަލް ހެލްތު ލެބޯރޓަރީއެއް ޤާއިމުކުރަންވާނެކަމަަށް ބިލުގައި ބުނެފައިވެއެވެ.

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ޚާއްސަ ލެބޯރޓަރީއެއް ޤާއިމްކުރަންވާނެ ކަމަށްވެސް ބިލުގައި ބަޔާން ކޮށްފައިވެއެވެ.

އެންމެ ހިނގާ

1

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

2

މުޅިރާއްޖެ އަލައްބާރެއްގެ "ދަށަށް", ރަސްމާލެ ހޯދަން އަލައްބާރު "ވަތަށް"

3

ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރެމުންދާދިއުމާ މެދު ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި

4

"އަހަންނަކީ ޚައިރާތުކުރާ މީހެއް ނޫން" ކަމަށް ބުނެ ޣައްޒާއާ ގުޅޭގޮތުން އަލައްބާރު ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

5

އިންތިޚާބާ ދިމާކޮށް ދިން ހަމަލާތަކާއެކު ސުލްހައިގެ ވާހަކަތައް ފެށުމުގެ ފުރުސަތު ހަނިވެއްޖެ: ޕުޓިން

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
24 ޖެނުއަރީ 2017

މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ

24 ޖެނުއަރީ 2017
މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް