Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޤުރުއާން ފޮތުގައި ކުށެއް އިނުން

ފޮތްތައް ޕްރޫފް ރީޑް ކުރުމުގައި އިހުމާލުވި ފަރާތްތައް ދެނެގަތުމަށް ކޮމިޓީއެއް އެކުލަވާލައިފި

ފޮތް ޗާޕުކުރުމުގެ ކުރިން ބަލާފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 6 ސެޕްޓެމްބަރު 2021 | ހޯމަ 05:32
ގްރޭޑް 1 ގެ ގުރުއާން ފޮތުގައި އިން ކުށް

ގްރޭޑް 1 ގެ ގުރުއާން ފޮތުގައި އިން ކުށް

ދަރިވަރުންނަށް ކިޔަވައިދޭ ބައެއް ފޮތްތަކުގައި ޤުރުއާނުގެ އާޔަތެއް ނުބައިކޮށް ލިޔެވިފައިވާ މައްސަލަތަކެއް ފެންމަތިވެފައިވާއިރު، ފޮތްތައް ޕްރޫފް ރީޑް ކުރުމުގައި އިހުމާލުވެފައިވާ ފަރާތްތައް ދެނެގަތުމަށް ކޮމިޓީއެއް އެކުލަވާލާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ހޯމަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ އާއިޝަތު އަލީ ވިދާޅުވީ، ފޮތްތައް އެކުލަވާލުމަށްފަހު ޕްރޫފް ރީޑް ކުރުމުގެ މަރުޙަލާ ކުރިއަށްގެންދާ ކަމަށެވެ. އަދި އެ މަރުޙަލާއަށްފަހު އިސްލާމިކް މިނިސްޓްރީން ވެސް ފޮތްތައް ފާސް ކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، މި ދެ މަރުޙަލާގައި ވެސް އެންމެ އެކަށީގެންވާ ވަރަށް ބެލިފައި ނުވާ ކަމަށާއި، އެފަދަ 4 ފޮތެއް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މިކަމުގައި އިހުމާލުވެފައިވާ ފަރަތްތައް ދެނެގަތުމަށް މިހާރު ކޮމިޓީއެއް އެކުލަވާލާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވަނީ އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި ގްރޭޑް 2 ގެ ފޮތަކީ 2015 ވަނަ އަހަރު ލިޔެވި، އޭރުގެ އިސްލާމިކް މިނިސްޓްރީން ފާސް ކޮށްފައިވާ ފޮތެކެވެ. އަދި އެފަދަ ކަންކަން ދެނެގަނެވުމުން ރިޕޯޓު ކުރުމަށް ވެސް ޚާއްސަ މެކޭނިޒަމެއް މިހާރު އެކުލަވާލެވިފައިވާކަން ފާހަގަކޮށް މިނިސްޓްރީން ވަނީ މިއީ ސިޔާސީ ކަމަކަށް ނުހެއްދެވުމަށް އެދިފައެވެ. އެގޮތުން ގްރޭޑް 1 ގެ ޤުރުއާން ފޮތުގައި އާޔަތްތަކެއްގެ މައްސަލަ ފާހަގަވެފައިވާއިރު، ފޮތްތަކުން ސޫރަތްތައް ނަގަނީ އެޕްލިކޭޝަނަކުންކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ. އަދި އެގޮތަށް އެކަން ކުރާއިރު މީގެ ކުރިން ވެސް މައްސަލަ ދިމާވާކަމަށާއި، އެފަދަ މައްސަލަތައް ދިމާވާކަން މިނިސްޓްރީގެ ސަމާލުކަމަށް ވެސް އައިސްފައިވާކަން މިނިސްޓްރީން ފާހަގަކުރިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ފޮތްތައް ޗާޕުކުރުމުގެ ކުރިން އެންއައިއީ އަދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒުން ބަލައި ޗެކްކޮށްފައިވާކަމަށެވެ. މި ފޮތުގައި މައްސަލަ ދިމާވި ސަބަބު ދެނެގަތުމަށް ވެސް މިހާރު މަސައްކަތް ފަށާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ.

މައުލޫމާތު ލިބޭގޮތުގައި ގްރޭޑް 1ގެ ގުރުއާން ފޮތުގައި ފިލާވަޅެއްގެ މެދު ތެރެއިން އެހެން ސޫރަތެއް އިނީ ފެށިފައެވެ. މިކަމާ ގުޅިގެން ބެލެނިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އިތުރަށް ކިޔާލަން

01 އެޕްރީލު 2017

ނިމިދިޔައީ ހެއްވާޒާތުގެ ސަބަބުތައް ބަޔާންކޮށް ސިޔާސީ ފަރާތްތައް ހާޒިރުކުރުމުގައި ރެކޯޑް ހެދި ހަފްތާއެއް: އެމްޑީޕީ

01 އެޕްރީލު 2017
ނިމިދިޔައީ ހެއްވާޒާތުގެ ސަބަބުތައް ބަޔާންކޮށް ސިޔާސީ ފަރާތްތައް ހާޒިރުކުރުމުގައި ރެކޯޑް ހެދި ހަފްތާއެއް: އެމްޑީޕީ
15 މާރިޗު 2017

!ކަނޑުދަތުރުކުރުމުގައި ސަމާލުވުމަށް އެމްއެންޑީއެފް އިން އެދެފި

15 މާރިޗު 2017
!ކަނޑުދަތުރުކުރުމުގައި ސަމާލުވުމަށް އެމްއެންޑީއެފް އިން އެދެފި
03 މާރިޗު 2017

ވަލު ޖަނަވާރާއި ގަސްގަހާގެހި ހިމާޔަތް ކުރުމުގައި ރާއްޖެއިން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައި: އެންވަޔަރަމަންޓް މިނިސްޓްރީ

03 މާރިޗު 2017
ވަލު ޖަނަވާރާއި ގަސްގަހާގެހި ހިމާޔަތް ކުރުމުގައި ރާއްޖެއިން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައި: އެންވަޔަރަމަންޓް މިނިސްޓްރީ
25 ފެބުރުއަރީ 2017

އިންޑިޔާ އިން ރާއްޖެއަށް ތައުރީފު ކުރުމުގައި ގެންގުޅެނީ ވަކި މިންގަނޑެއް!

25 ފެބުރުއަރީ 2017
އިންޑިޔާ އިން ރާއްޖެއަށް ތައުރީފު ކުރުމުގައި ގެންގުޅެނީ ވަކި މިންގަނޑެއް!
11 ފެބުރުއަރީ 2017

އުޅަނދުތައް ޓޯވް ކުރަން ފަށަނީ، ޓޯވް ކުރުމުގައި ލިބޭ ގެއްލުން ކުޑަކުރުމަށް އުޅަނދުގެ ބިއްލޫރިގަނޑު ތަޅާލެވޭނެ: ފުލުހުން

11 ފެބުރުއަރީ 2017
އުޅަނދުތައް ޓޯވް ކުރަން ފަށަނީ، ޓޯވް ކުރުމުގައި ލިބޭ ގެއްލުން ކުޑަކުރުމަށް އުޅަނދުގެ ބިއްލޫރިގަނޑު ތަޅާލެވޭނެ: ފުލުހުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު