Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއައިޓީއެފްސީގެ މެމްބަރަކަށް ވުމުގެ ހުއްދަ

އައިޓީއެފްސީގެ މެމްބަރު ގައުމަކަށް ރާއްޖެވުމުގެ އެޕްރޫވަލް ލިބިއްޖެ

5 ސެޕްޓެމްބަރު 2021 | އާދީއްތަ 18:10

ރާއްޖެއިން ހުށަހެޅި ހުށަހެޅުން ރަސްމީކޮށް ބަލައިގެންފައި ވަނީ އައިއެސްޑީބީ ގްރޫޕުގެ އަހަރީ ބައްދަލުވުމުގެ ތެރެއިން

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 5 ސެޕްޓެމްބަރު 2021 | އާދީއްތަ 18:10
އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) ގްރޫޕުގެ އަހަރީ ބައްދަލުވުމުގެ ހަވާސާގައި ރާއްޖޭގެ ވަފުދު އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަންގެ ސީއީއޯ އާއި ބައްދަލުކުރެއްވުން

އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) ގްރޫޕުގެ އަހަރީ ބައްދަލުވުމުގެ ހަވާސާގައި ރާއްޖޭގެ ވަފުދު އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަންގެ ސީއީއޯ އާއި ބައްދަލުކުރެއްވުން

އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) ގެ މެމްބަރު ގައުމަކަށް ވުމަށް ރާއްޖެއިން ހުށަހެޅި ހުށަހެޅުން ބަލައިގެންފިއެވެ.

އައިޓީއެފްސީގެ މެމްބަރު ގައުމަކަށްވުމަށް ރާއްޖެއިން ހުށަހެޅި ހުށަހެޅުން ރަސްމީކޮށް ބަލައިގެންފައިވާއިރު، މިހުށަހެޅުން ރާއްޖެއިން ހުށައެޅީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) ގްރޫޕުގެ އަހަރީ ބައްދަލުވުމުގެ ތެރެއިންނެވެ. ރާއްކެ އަކީ އޯއައިސީގެ މެމްބަރު ގައުމެއްކަމުން އައިޓީއެފްސީގެ މެމްބަރު ގައުމަކަށް ރާއްޖެ ނުވި ނަމަވެސް ފަންނީ އަދި މާލީ އެހީ އަބަދުވެސް ރާއްޖެއަށް ދަނީ ލިބެމުންނެވެ.

އެގޮތުން މިހާރު ކުރިއަށްދާ ބައްދަލުވުންތަކުގެ ހަވާސާ ބައްދަލުވުމެއްގައި އައިޓީއެފްސީން ވަނީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަށް 75 މިލިއަން އެމެރިކާ ޑޮލަރުގެ ޓްރޭޑް ފެސިލިޓީއެއް ހަމަޖައްސައި ދިނުމަށް އެއްބަސްވެފައެވެ. އިސްލާމިކް ފައިނޭންސިންގެ މި މުރާބަހާ ފެސިލިޓީ އެސްޓީއޯއިން ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ތެލާއި ކާޑުގެ ބާވަތްތައް ގަތުމަށެވެ. އެސްޓީއޯއަށް ދޫކުރި ފެސިލިޓީއާ ގުޅިގެން އައިޓީއެފްސީން ބުނީ މި ފައިސާއަކީ ކޮވިޑާ ގުޅިގެން ހީނަރުވެފައިވާ ރާއްޖޭގެ އިގުތިސާދު ދިރުވަން ކުރާ މަސައްކަތަށް މުހިންމު ފެސިލިޓީއެއް ކަމަށެވެ.

އޭގެ އިތުރުންވެސް 2019 ވަނަ އަހަރު، އައިޓީއެފްސީން ވަނީ ރާއްޖެއަށް 1.5 ބިލިއަން ޑޮލަރުގެ އެހީ ދިނުމަށް ފްރޭމް ވޯކް އެގްރިމެންޓެއްގައި ސޮއިކޮށްފައެވެ. ސަރުކާރުން ވަނީ މި އެއްބަސްވުމަކީ ދަނޑުވެރިކަމުގެ ދާއިރާގެ އިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އިންވެސްޓްކުރުމަށް ލިބިގެންދިޔަ އެހީތެރިކަމެއް ކަމަށް ބުނެފައެވެ.

އުޒްބެކިސްތާނުގެ ވެރިރަށް ތަޝްކެންޓުގައި ކުރިއަށްދާ މިބައްދަލުވުންތަކުގައި ރާއްޖެއިން އައިއެސްޑީީބީއަށް ކަނޑައަޅާފައިވާ އެކްޓިން ގަވަނަރުގެ ހައިސިއްޔަތުން ޕްލީނެރީ ސެޝަންގައި ރާއްޖޭގެ ފަރާތުން އިސްކޮށް ބައިވެރިވަނީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް އެވެ. ބައްދަލުވުމުގެ ހަވާސާގެ ތެރެއިން މިނިސްޓަރ ފައްޔާޒް ވަނީ އައިޓީއެފްސީގެ ސީއީއޯ ހާނީ ސާލިމް އާއި ބައްދަލުކުރައްވާ ރާއްޖޭއާއި އައިޓީއެފްސީ ގުޅިގެން ހަރުދަނާ މަސައްކަތްތަކެއް ކުރުމާއި މެދު މަޝްވަރާ ކުރައްވާފައެވެ.

އިސްލާމިކް ޓްރޭޑް ފައިނޭންސިން ކޯޕަރޭޝަނަކީ އައިއެސްޑީބީގެ ޓްރޭޑް ފައިނޭންސިން ގޮތްޕެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

18 އޮކްޓޯބަރު 2025

ސަރުކާރުން ޗާޕުކުރާ 2.5 ބިލިއަން ރުފިޔާ ޕެންޝަން ފަންޑު މެދުވެރިކޮށް ސަރުކާރަށް ވެއްދުމަށް ޕެންޝަން ފަންޑުގެ ބޯޑު މެމްބަރުންނަށް ޕްރެޝަރ ކޮށް ބިރު ދައްކަނީ!

18 އޮކްޓޯބަރު 2025
ސަރުކާރުން ޗާޕުކުރާ 2.5 ބިލިއަން ރުފިޔާ ޕެންޝަން ފަންޑު މެދުވެރިކޮށް ސަރުކާރަށް ވެއްދުމަށް ޕެންޝަން ފަންޑުގެ ބޯޑު މެމްބަރުންނަށް ޕްރެޝަރ ކޮށް ބިރު ދައްކަނީ!
03 މާރިޗު 2025

ރާއްޖެ އަށް އެންމެ ގިނައިން މުދާ ގެންނަ އެއް ގައުމަކަށް ޗައިނާ، ރާއްޖޭން މުދާ އެންމެ ގިނައިން ބޭރު ކުރާ ގައުމުތަކުގެ ތެރޭގައި ޗައިނާ އެއް ނެތް

03 މާރިޗު 2025
ރާއްޖެ އަށް އެންމެ ގިނައިން މުދާ ގެންނަ އެއް ގައުމަކަށް ޗައިނާ، ރާއްޖޭން މުދާ އެންމެ ގިނައިން ބޭރު ކުރާ ގައުމުތަކުގެ ތެރޭގައި ޗައިނާ އެއް ނެތް
18 ޖުލައި 2024

ފަތުރުވެރިކަމުގެ ދުވެލި ބާރު ކުރަން ތައިލެންޑުން 93 ގައުމަކަށް ވިސާ ފްރީ ކޮށްފި

18 ޖުލައި 2024
ފަތުރުވެރިކަމުގެ ދުވެލި ބާރު ކުރަން ތައިލެންޑުން 93 ގައުމަކަށް ވިސާ ފްރީ ކޮށްފި
19 ފެބުރުއަރީ 2021

އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއައި ގައުމަކަށް އަވައްޓެރި އިންޑިއާ

19 ފެބުރުއަރީ 2021
އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއައި ގައުމަކަށް އަވައްޓެރި އިންޑިއާ
11 އޮކްޓޯބަރު 2020

ޕްރިވިލޭޖްޑް މޯލްޑިވްސް: 4 ގަޑިއިރު ތެރޭގައި 3،000 މެމްބަރުން

11 އޮކްޓޯބަރު 2020
ޕްރިވިލޭޖްޑް މޯލްޑިވްސް: 4 ގަޑިއިރު ތެރޭގައި 3،000 މެމްބަރުން
29 އޯގަސްޓު 2017

އެމްޓީޑީސީ ހިއްސާ ނުބަހާ، ބޯޑު މެމްބަރުންގެ އިސްތިއުފާއަށް ގޮވައިފި

29 އޯގަސްޓު 2017
އެމްޓީޑީސީ ހިއްސާ ނުބަހާ، ބޯޑު މެމްބަރުންގެ އިސްތިއުފާއަށް ގޮވައިފި
07 ޖޫން 2017

ޚަޒާނާ މޯލްޑިވްސް ލިމިޓެޑްގެ ޝަރީޢާ ބޯޑަށް މެމްބަރުން ހޯދަނީ

07 ޖޫން 2017
ޚަޒާނާ މޯލްޑިވްސް ލިމިޓެޑްގެ ޝަރީޢާ ބޯޑަށް މެމްބަރުން ހޯދަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް