Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުރާއްޖެ އަންނަ ފަތުރުވެރިން

އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއައި ގައުމަކަށް އަވައްޓެރި އިންޑިއާ

19 ފެބުރުއަރީ 2021 | ހުކުރު 15:10

ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައި ވަނީ ރަޝިއާއިން

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 19 ފެބުރުއަރީ 2021 | ހުކުރު 15:10
ރާއްޖެ އައިސްފައިވާ ފަތުރުވެރިން

ރާއްޖެ އައިސްފައިވާ ފަތުރުވެރިން

އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައިސްފައި ވަނީ އަވައްޓެރި އިންޑިއާއިން ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ފެބްރުއަރީ 17ގެ ނިޔަލަށް 32,970 ފަތުރުވެރިން އިންޑިއާއިން ރާއްޖެ އައިސްފައިވާއިރު، މިއީ ރާއްޖެ އައި ފަތުރުވެރިންގެ 22.3 އިންސައްތައެވެ.

މީގެ އިތުރުން ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައިސްފައިވާ ގައުމުތަކުގެ ތެރެއިން، ރަޝިއާއިން އައި 32,019 ފަތުރުވެރިން ހިއްސާކުރަނީ 21.7 އިންސައްތައެވެ. އަދި ޔޫކްރެއިން ރާއްޖެއައި 10,178 ފަތުރުވެރިން 6.9 އިންސައްތަ ހިއްސާކުރާއިރު، ކަޒަކިސްތާނުން އައި 6,788 ފަތުރުވެރިން ހިއްސާކުރަނީ 4.6 އިންސައްތައެވެ. ރުމޭނިއާއިން ރާއްޖެއައި 6,154 ފަތުރުވެރިން ހިއްސާކުރަނީ 4.2 އިންސައްތައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ޖަރުމަނުން އައި ފަތުރުވެރިން 3.9 އިންސައްތަ ހިއްސާކުރާއިރު، އެގައުމުން ރާއްޖެ އައިސްފައި ވަނީ 5,689 ފަތުރުވެރިންނެވެ. އަދި ފްރާންސުން ރާއްޖެއައި 4,740 ފަތުރުވެރިން ހިއްސާ ކުރަނީ 3.2 އިންސައްތައެވެ.

ސްވިޒަލޭންޑުން ރާއްޖެއައި 3,862 ފަތުރުވެރިން ހިއްސާކުރަނީ 2.6 އިންސައްތައެވެ. އިނގިރޭސިވިލާތުން އައި 3,853 ފަތުރުވެރިން 2.6 އިންސައްތަ ހިއްސާކުރާއިރު، ޗެކްރިޕަބްލިކުން އައި 3,668 ފަތުރުވެރިން ހިއްސާކުރަނީ 2.5 ފަތުރުވެރިންނެވެ.

ކޮވިޑް-19ގެ ސަބަބުން ގައުމުތަކުގެ ބޯޑަރު ބަންދުކޮށް ދަތުރުފަތުރުކުރުމުގައި ދިމާވެފައިވާ ގޮންޖެހުންތަކާއިއެކު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދަށްވެފައި ވީނަަމަވެސް އަހަރުގެ މިހާތަނަށް ރާއްޖެއަށް 147,744 ފަތުރުވެރިން ވަނީ އައިސްފައެވެ. ދުވާލެއްގެ މައްޗަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އެވްރެޖުކޮށް 3,078 ގައި އުޅޭއިރު، ފަތުރުވެރިން ރާއްޖޭގައި ހޭދަކުރަނީ އެވްރެޖުކޮށް 9 ދުވަހެވެ.

މިއަހަރުގެ ފުރަތަމަ މަސް ނިންމާލިއިރު، ރާއްޖެއަށް 90،000ށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާއިރު، ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް 643 ފެސިލިޓީއެއްގައި 43,990 އެނދު ދަނީ އޮޕަރޭޓްކުރަމުންނެވެ. އެއީ 145 ރިސޯޓުގައި 33,432 އެނދު، 136 ސަފާރީގައި 2,636 އެނދު އަދި 351 ގެސްޓް ހައުސްގައި 6,464 އެނދުގެ އިތުރުން 11 ހޮޓަލުގައި އޮޕަރޭޓް ކުރަމުންދާ 1,458 އެނދެވެ.

ރާއްޖެއަށް ފަތުރުވެރިން އަންނަ ފެށިތާ 49 އަހަރުވެފައިވާއިރު، ފަތުރުވެރިކަމުގެ ރަންޔޫބީލް ރަން އަހަރުގެ ގޮތުގައި ފާހަގަކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން ޓޫރިޒަމް މިނިސްޓްރީން ވަނީ 2021 ވަނަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ އިންވެސްޓްމެންޓް އަހަރުކަމަށް ބުނެފައެވެ. އަދި ރާއްޖެއަކީ ރައްކާތެރި މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓްކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ފަތުރުވެރިންނާއި އެސިނާއަތުގެ މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަތުރުވެރިންނަށް ކޮވިޑް-19 ވެކްސިން ޖެހުމުގެ މަސައްކަތްވެސް މިހާރު ވަނީ ފަށާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

02 އޮކްޓޯބަރު 2017

ފަތުރުވެރިން ރާއްޖެއަށް ޝައުގުވެރިކުރުވުމަށް އާ އުކުޅެއް!

02 އޮކްޓޯބަރު 2017
ފަތުރުވެރިން ރާއްޖެއަށް ޝައުގުވެރިކުރުވުމަށް އާ އުކުޅެއް!
24 ސެޕްޓެމްބަރު 2017

ރިކޯޑް އަދަދަކަށް އިނގިރޭސި ވިލާތަށް ޖުލައި މަހު ފަތުރުވެރިން ޒިޔާރަތްކޮށްފި

24 ސެޕްޓެމްބަރު 2017
ރިކޯޑް އަދަދަކަށް އިނގިރޭސި ވިލާތަށް ޖުލައި މަހު ފަތުރުވެރިން ޒިޔާރަތްކޮށްފި
18 ސެޕްޓެމްބަރު 2017

ރިކޯޑް އަދަދެއްގެ ޝެފުންނާއެކު އިންޓަރނޭޝަނަލް ކަލިނަރީ ޗެލެންޖް ފަށައިފި

18 ސެޕްޓެމްބަރު 2017
ރިކޯޑް އަދަދެއްގެ ޝެފުންނާއެކު އިންޓަރނޭޝަނަލް ކަލިނަރީ ޗެލެންޖް ފަށައިފި
20 އޯގަސްޓު 2017

ކަލިނަރީ ޗެލެންޖުގެ އެންމެ ގިނަ އެވޯޑް ބަރޮސް މޯލްޑިވްސްގެ ޝެފުންނަށް!

20 އޯގަސްޓު 2017
ކަލިނަރީ ޗެލެންޖުގެ އެންމެ ގިނަ އެވޯޑް ބަރޮސް މޯލްޑިވްސްގެ ޝެފުންނަށް!
18 ޖުލައި 2017

ވެމްކޯގެ ސަބަބުން ގިނަ ފަރާތްތަކަކަށް ދަނީ އޮޅުން އަރަމުން: ވީއޭއެމްކޯ

18 ޖުލައި 2017
ވެމްކޯގެ ސަބަބުން ގިނަ ފަރާތްތަކަކަށް ދަނީ އޮޅުން އަރަމުން: ވީއޭއެމްކޯ
11 ޖޫން 2017

އިންޓަރނޭޝަލް ބޯޓް އެންޑް ޑައިވް ޝޯވްގައި 50 ވުރެ ގިނަ މީޑިއާ އަދި ޑައިވް އޮޕަރޭޓަރުން!

11 ޖޫން 2017
އިންޓަރނޭޝަލް ބޯޓް އެންޑް ޑައިވް ޝޯވްގައި 50 ވުރެ ގިނަ މީޑިއާ އަދި ޑައިވް އޮޕަރޭޓަރުން!
31 މާރިޗު 2017

ފެބްރުއަރީ މަހު ދެ ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

31 މާރިޗު 2017
ފެބްރުއަރީ މަހު ދެ ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
18 ފެބުރުއަރީ 2017

އިނގިރޭސި ވިލާތުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް

18 ފެބުރުއަރީ 2017
އިނގިރޭސި ވިލާތުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް
12 ފެބުރުއަރީ 2017

ބީއެމްއެލް ގިފްޓް ކާޑެއް ހޯދާލަން ފަސޭހަ ވެއްޖެ، ގިނަ ފިހާރަތަކުން ލިބޭނެ

12 ފެބުރުއަރީ 2017
ބީއެމްއެލް ގިފްޓް ކާޑެއް ހޯދާލަން ފަސޭހަ ވެއްޖެ، ގިނަ ފިހާރަތަކުން ލިބޭނެ
12 ފެބުރުއަރީ 2017

އެންމެ ގިނަ ޑޭޓާ ހިމެނޭ ދެ ޕެކޭޖް ދިރާގުން ތައާރަފުކޮށްފި

12 ފެބުރުއަރީ 2017
އެންމެ ގިނަ ޑޭޓާ ހިމެނޭ ދެ ޕެކޭޖް ދިރާގުން ތައާރަފުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް