Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދިއްދޫ ފެރީޓާމިނަލް

ދިއްދޫގައި ހަދާ ޓާމިނަލުގެ ފައުންޑޭޝަނުގެ ބޮޑުބައި ނިމިއްޖެ

ފުރަތަމަ ފިޔަވަހީގެ ދަށުން ހއ. ހދ. އަދި ށ. އަތޮޅުގެ ރަށްރަށުގައި ފެރީ ޓާރމިނަލް ތަރައްގީ ކުރެވޭނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 5 ސެޕްޓެމްބަރު 2021 | އާދީއްތަ 11:40
ދިއްދޫ ފެރީޓަރމިނަލްގެ ފައުންޑޭޝަނުގެ މަސައްކަތް

ދިއްދޫ ފެރީޓަރމިނަލްގެ ފައުންޑޭޝަނުގެ މަސައްކަތް

ހއ. ދިއްދޫ ފެރީ ޓާރމިނަލް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ފައުންޑޭޝަނުގެ ފޫޓިން މަސައްކަތްތަކުގެ 70 ޕަސެންޓް ނިމިއްޖެއެވެ.

ހއ. ދިއްދޫ ފެރީ ޓާރމިނަލަކީ "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ތަރައްގީ ކުރެވޭ ޓާރމިނަލެކެވެ.

"އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫއުގެ މަގްސަދަކީ ދިވެހިރާއްޖޭގެ އަތޮޅުތަކާއި ރަށްރަށް ހައި-ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމެވެ. އަދި މި މަޝްރޫއު ތަންފީޒު ކުރެވޭނީ 3 ފިޔަވައްސެއްގެ ދަށުންނެވެ. ފުރަތަމަ ފިޔަވަހީގެ ދަށުން ހއ. ހދ. އަދި ށ. އަތޮޅުގެ ރަށްެަށުގައި ފެރީ ޓާރމިނަލް ތަރައްގީ ކުރެވޭނެއެވެ.

މި ނިޒާމުން ލުއިފަސޭހަ އަވަސް ޚިދުމަތެއް ފޯރުކޮށްދޭނެއެވެ. އަދި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާއި އެއްގޮތްވާ ގޮތުގެމަތިން، ރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުން ގުޅުވާލައި، ޚިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދީ، އެކަމުން ރާއްޖޭގެ އިގްތިސާދީ އަދި އިޖުތިމާޢީ ތަރައްގީއަށް ކުރިއެރުންތަކެއް ލިބި، ސަރަހައްދީ ތަރައްގީ ލިބިގެންދާނެއެވެ.

އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކްގެ ފުރަތަމަ މަރުހަލާގެ ދަށުން ހއ، ހދ އަދި ށ އަތޮޅުގައި ފެރީގެ ޚިދުމަތް ދިނުމަށް 40 އާއި 50އާ ގާތްކުރާ އަދަދެއްގެ ހައިސްޕީޑް ލޯންޗް ބޭނުންކުރާނެއެވެ. ހަފުތާގެ ހުރިހާ ދުވަހެއްގައި ފެރީގެ ޚިދުމަތްދިނުމަށް ނިންމާފައިވާ އިރު، ހޮސްޕިޓަލް ހުންނަ ރަށްރަށަށް މަދުވެގެން ދުވާލަކު ދެ ދަތުރު ކުރަން ވަނީ ނިންމާފައެވެ.

އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކަކީ މުޅި ރާއްޖެއަށް އަމާޒުކޮށް ފަސިންޖަރުންނާއި މުދާ އުފުލާ ފެރީ ހިމެނޭ ގޮތުން، ނޭޝަނަލް ސްޕެޝަލް ޕްލޭން (2020-2040) ގައި ހިމެނޭ ތިން ޒޯނާއި ހަ ރީޖަން ގުޅުވައިދިނުމަށް ފަރުމާކޮށްފައިވާ ވިއުގައެކެވެ. މި ގޮތުން ފެރީ ނެޓްވޯކުން ހަ ރީޖަންގައި އެކުލެވޭ ހުރިހާ ރަށްތަކެއް ގުޅައިލެވޭއިރު، އެއް ރީޖަން އަނެއް ރީޖަނާ ވެސް ގުޅިގެންދާނެއެވެ. މި ގޮތަށް ފަސިންޖަރުން އުފުލާ ފެރީ ގުޅުވައިލެވިގެންދާނީ ތަފާތު ތިން ގޮތަކަށެވެ. އެއީ "ކޮމިއުޓް ލިންކް،" "ނަން-ކޮމިއުޓް ލިންކް،" އަދި "ހައިވޭ ލިންކް" މެދުވެރިކޮށެވެ.

ކޮމިއުޓް ލިންކަކީ އެ ރީޖަނެއްގައި ހިމެނޭ ރަށްތައް ގުޅުވައިދޭ، އާންމުކޮށް ކުރަންޖެހޭ މަސައްކަތް ނުވަތަ ޒަރޫރީ ބޭނުންތަކަށް ކުރާ ކުރު ދަތުރުތަކަށް ޚާއްސަކުރެވިފައިވާ ލިންކެކެވެ. ނަން-ކޮމިއުޓް ލިންކަކީ ދެ ރަށެއްގެ ދެމެދުގައި ކުރާ، ދިގު ދަތުރުތަކަށް ޚާއްސަކޮށްފައިވާ ލިންކެވެ. އަދި ހައިވޭ ލިންކަކީ އެއް ރީޖަން އަނެއް ރީޖަނާ ގުޅުވައިދޭ މައި ދަތުރުފަތުރުގެ ހަބެވެ.

އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކްގައި ހިމެނޭ ދެވަނަ ޚިދުމަތަކީ ކާގޯ ނުވަތަ މުދާ އުފުލާ ފެރީގެ ޚިދުމަތެވެ. މި ޚިދުމަތަކީ، އެ ރީޖަނެއްގައި ހިމެނޭ ހުރިހާ ރަށްތަކާއި އެންމެ ކައިރީގައި އޮންނަ ކޮމަރޝަލް ހަބާއި ގުޅުވައިދޭނެ ޚިދުމަތެކެވެ.

އިތުރަށް ކިޔާލަން

11 މެއި 2017

ރިޔާޒުގެ އަތުން އަތުލީ އައިފޯން 6 ޕްލަސްއެއް، ފޮރެންސިކް ރިޕޯޓް ހަދާ ނިމުނުއިރު އައިފޯން 6 އެސް އަކަށް!؟

11 މެއި 2017
ރިޔާޒުގެ އަތުން އަތުލީ އައިފޯން 6 ޕްލަސްއެއް، ފޮރެންސިކް ރިޕޯޓް ހަދާ ނިމުނުއިރު އައިފޯން 6 އެސް އަކަށް!؟
31 މާރިޗު 2017

މޮޑެލް ރައުދާ އާތިފްގެ ޕޯސްޓް މޯޓަމް ނުހަދާ ހަށިގަނޑު އާއިލާއާ ހަވާލުކުރަން އެދިއްޖެ

31 މާރިޗު 2017
މޮޑެލް ރައުދާ އާތިފްގެ ޕޯސްޓް މޯޓަމް ނުހަދާ ހަށިގަނޑު އާއިލާއާ ހަވާލުކުރަން އެދިއްޖެ
26 މާރިޗު 2017

ހަ ރަށެއްގެ ލަފާ ފުރުމުގެ ދަތިކަން ހައްލު ކުރުމުގެ މަސައްކަތް 14.3 މިލިޔަން ރުފިޔާ އަށް މަގުހަދާ ކުންފުންޏަށް

26 މާރިޗު 2017
ހަ ރަށެއްގެ ލަފާ ފުރުމުގެ ދަތިކަން ހައްލު ކުރުމުގެ މަސައްކަތް 14.3 މިލިޔަން ރުފިޔާ އަށް މަގުހަދާ ކުންފުންޏަށް
24 މާރިޗު 2017

އަލުން މިސްޓޭކެއް ނަހަދާނަން، އެކޮޅުކޮޅުން އެލުވި ނަމަވެސް މި ސަރުކާރަށް އާނއެކޭ ނުބުނާނަން: ޤާސިމް

24 މާރިޗު 2017
އަލުން މިސްޓޭކެއް ނަހަދާނަން، އެކޮޅުކޮޅުން އެލުވި ނަމަވެސް މި ސަރުކާރަށް އާނއެކޭ ނުބުނާނަން: ޤާސިމް
14 މާރިޗު 2017

އެންމެ ބޮޑު ގޮންޖެހުމަކީ ގާނޫނުތަކާއި ރާއްޖެ ބައިވެރިފެދައިވާ ބައިނައްލަޢުވާމީ މުޢާހަދާތައް ތަންފީޒް ނުވުން: އީނާސް

14 މާރިޗު 2017
އެންމެ ބޮޑު ގޮންޖެހުމަކީ ގާނޫނުތަކާއި ރާއްޖެ ބައިވެރިފެދައިވާ ބައިނައްލަޢުވާމީ މުޢާހަދާތައް ތަންފީޒް ނުވުން: އީނާސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު