Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނަދީމްގެ މަރުގެ މައްސަލަ

ނަދީމްގެ މަރުގެ މައްސަލައިގެ އަޑުއެހުން ކެންސަލް

މަފާޒުގެ މައްޗަށް ދަޢުވާ ސާބިތުވެއްޖެ ނަމަ އޭނާއަށް އަންނާނީ މަރުގެ އަދަބު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 5 ސެޕްޓެމްބަރު 2021 | އާދީއްތަ 04:07
ކްރިމިނަލް ކޯޓް

ކްރިމިނަލް ކޯޓް

ހއ. ތަކަންދޫ އިބްރާހީމީ ހިޔާ، ނަދީމު ޢަބްދުއްރަޙީމް (ނަޑޭ, 23އ)އަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުން ކެންސަލްކޮށްފިއެވެ.

އާދީއްތަ ދުވަހުގެ ހެނދުނު 9:30 ގައި ކްރިމިނަލް ކޯޓުގައި ބޭއްވުމަށް ހަމަޖެއްސި އަޑު އެހުން ކެންސަލްކޮށްފައިވަނީ ދިފާއީ ވަކީލް އެދިގެން ކަމަށް ކްރިމިނަލް ކޯޓުން ބުނެއެވެ. އަދި މި އަޑު އެހުން ވަނީ އެހެން ދުވަހަކަށް ތާވަލުކޮށްފައެވެ.

ނަދީމް މަރާލި މައްސަލައިގައި، ގ. ޝާރާޒް، މުޙައްމަދު މަފާޒު ޙުސައިން ސަލީމްގެ މައްޗަށް ވަނީ ތޫނު އެއްޗަކުން ހަމަލާދީ މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައެވެ. އަދި ތޫނު އެއްޗެއް ބޭނުންކޮށްގެން، ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ކުށުގެ ދައުވާ، ރ. އިންނަމާދޫ ސަމަންތާ، ޙުސައިން ޝާމިންއާއި ގއ. ގެމަނަފުށި ހަވާސް، މުޙައްމަދު ކަރަމް ސުހައިލް އަދި ލ. ގަން ވިދާތަރި، ޢަލީ ނިފާޒުގެ މައްޗަށް އުފުލާފައިވެއެވެ. މި ހަތަރު މީހުން ވެސް ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ.

ދައުވާގައިވާ ގޮތުން މަފާޒަކީ ނަދީމަށް ހަމަލާދިން މީހާއެވެ. މަފާޒް ފިޔަވައި ދައުވާ ލިބޭ ދެން ތިބި ތިން މީހުންނަކީ ސައިކަލުތަކުގައި އެތަނަށް ގޮސް، އެކަމުގައި ބައިވެރިވި މީހުން ކަމަށް ދައުލަތުން ވަނީ ފާހަގަކޮށްފައެވެ. އެ 4 މީހުން ވެސް ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ. މި މައްސަލައިގައި ދަޢުވާ ލިބޭ މީހުންގެ ފަރާތުން ދިފާޢީ ވަކީލު ވަނީ މި މައްސަލައަށް ގިނަ ދުވަސްތަކެއް ވަމުންދާތީ އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި، ވީހާވެސް އަވަހަކަށް މައްސަލަ ނިންމުމަށް ބޭނުންވާ ކަމަށް ވިދާޅުވެފައެވެ.

މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުންތަކުގައި ވަނީ ދިފާއީ ބައެއް ހެކިންގެ ހެކިބަސް ނަގާފައެވެ. އެގޮތުން މި މައްސަލައިގައި ތުހުމަތުކުރެވޭ ބައެއް ފަރާތްތައް އެތަނުގައި ހާޒިރުވެ ނެތްކަމުގެ ދިފާއު ސާބިތުކުރުމަށް ވަނީ ހެކިން ހުށަހަޅާފައެވެ.

ނަދީމް މަރުވީ 2017 ޖުލައި 27 ވަނަ ދުވަހުގެ ހަވީރު ޓަރމިނަލް ކެފޭ ތެރޭގައި އިންދާ، ބަޔަކު ގޮސް ވަޅި ހަރައި ޒަޚަމްކޮށްލުމުން ލިބުނު އަނިޔާތަކަށް އޭޑީކޭގައި ފަރުވާ ހޯދަމުން ދަނިކޮށެވެ. މި މައްސަލައަށް ގިނަ އަހަރުތަކެއް ވަމުންދާއިރު، މަރުގެ މިފަދަ ބޮޑެތި މައްސަލަތަކުގެ ޝަރީއަތް ނުނިމި ދިގުލައިގެންދާކަމުގެ ޝަކުވާ ގިނަ ބަޔަކު ގެންދަނީ ކުރަމުންނެވެ.

މި މައްސަލައިގައި މަފާޒުގެ މައްޗަށް ދަޢުވާ ސާބިތުވެއްޖެ ނަމަ، އޭނާއަށް އަންނާނީ މަރުގެ އަދަބެވެ. ނަމަވެސް މަފާޒުގެ މައްޗަށް އެ ދަޢުވާ ސާބިތުނުވެ، އެ ކުށުގެ ޢަމަލުން ފުރިހަމަވާ އެހެން ކުށެއް ސާބިތުވެއްޖެ ނަމަ 15 އަހަރާއި 25 އަހަރާ ދެމެދުގެ ޖަލު ޙުކުމެއް މަފާޒަށް އަންނާނެއެވެ. އޭގެ އިތުރުން، އެކަމުގައި ބައިވެރިވި މީހުންގެ މައްޗަށް އެ ދަޢުވާ ސާބިތުވެއްޖެ ނަމަ 15 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތުގެ ޖަލު ޙުކުމެއް އަންނާނެއެވެ.

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

07 ފެބުރުއަރީ 2017
ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!
06 ފެބުރުއަރީ 2017

އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ

06 ފެބުރުއަރީ 2017
އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ
02 ފެބުރުއަރީ 2017

ގްލޯފިޓްގެ ޒުމްބާ މަސްޓަރ ކެންސަލްވެއްޖެ

02 ފެބުރުއަރީ 2017
ގްލޯފިޓްގެ  ޒުމްބާ މަސްޓަރ ކެންސަލްވެއްޖެ
30 ޖެނުއަރީ 2017

ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!

30 ޖެނުއަރީ 2017
ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު