Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޮލިމްޕަހުގެ މަރާމާތުގެ މަސައްކަތް

ސެޕްޓެމްބަރ 15ގައި އޮލިމްޕަސް ބުކިންގއަށް ހުޅުވޭނެ

4 ސެޕްޓެމްބަރު 2021 | ހޮނިހިރު 17:02

މަރާމާތުކުރުމުގެ މަސައްކަތް ފަށައިފައިވަނީ ޖުލައި މަހުގެ ތެރޭގައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 4 ސެޕްޓެމްބަރު 2021 | ހޮނިހިރު 17:02
ދެމަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެ ކަމަށް ވަނީ ލަފާކޮށްފައި

ދެމަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެ ކަމަށް ވަނީ ލަފާކޮށްފައި

ސެޕްޓެމްބަރ މަހު 15ގައި އޮލިމްޕަސް ބުކިންގއަށް ހުޅުވާލެވޭނެކަމަށް މިނިސްޓްރީ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖްގެ އިވެންޓްސް ޑައިރެކްޓަރ އަޙުމަދު ރަމީޒް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ "ކުލަ ސްކްރީން" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރަމީޒް ވިދާޅުވީ އޮލިމްޕަސް މަރާމާތުކުރުމުގެ މަސައްކަތް ފަށައިފައިވަނީ ޖުލައި މަހުގެ ތެރޭގައި ކަމަށާއި, ދެމަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

Advertisement - newsAdvertisement

ރަމީޒް ވިދާޅުވީ އިމާރާތް މަރާމާތުކުރުމުގެ މަސައްކަތް ފެށީ އިމާރާތް ހަލާކުވެ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ހުރުމުން ކަމަށެވެ. އޮލިމްޕަހަށް ލިބިފައި ހުރި ގެއްލުންތަކުގެ ތަފްސީލު ހާމަކުރައްވައި ރަމީޒް ވިދާޅުވީ އޮލިމްޕަސް ހޯލާއި ހޯލުގެ ވަށައިގެން ހުރި ކޮރިޑޯ ތަކުގައި ހުރި ޝީޓްތައަ ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށެވެ. އަދި ފެން ލީކުވުމުގެ މައްސަލަވެސް ދިމާވެފައިވާ ކަމަށެވެ.

އިމާރާތުގެ ހުޅަނގު ފަރާތުގައި ހުރި ތިން ގަހެއްގެ ސަބަބުން އިމާރާތަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ރަމީޒް ވިދާޅުވިއެވެ. ރަމީޒް އިތުރަށް ވިދާޅުވީ މިތިން ގަހުގެ ތެރެއިން އެއްގަސް ކަނޑާލުމުން ވަރަށް ގިނަ މީހުން އެކަމާ ނުރުހުން ފާޅުކޮށްފައިވާ ކަމަށެވެ. ގަހުގެ ސަބަބުން އިމާރާތުގެ ފައުންޑޭޝަނާއި މަތީ ޝީޓްތަކާއި އަދި ފުރާޅު ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށް ރަމީޒް ވިދާޅުވެފައިވެއެވެ. އަދި މިކަމުގެ ސަބަބުން ހޯލްތަކުގެ ފާރުތަކުގައި ފެން ހިފައިފައިވާ ކަމަށް ވެސް ފާހަގަކުރައްވާފައެވެ.

އޮލިމްޕަސް މަރާމާތު ކުރުމުގެ މަސައްކަތަށް އަލިއަޅުވާލައްވައި ރަމީޒް ވިދާޅުވީ އާންމުންނަށް ފަސޭހަވާގޮތަށް ކޮރިޑޯ ބޮޑު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ކޮރިޑޯ ބޮޑު ކުރުމަށްޓަކައި ޓިކެޓް ކައުންޓަރ ހުރި ތަނުން އެހެންތަނަކަށް ކައުންޓަރ ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، ކެފޭ ސަރަހައްދުގެ ޖާގަ ބޮޑުކޮށް ސާފު ވައި ދައުރުވާހެން އެތަން ބައްޓަން ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ފާޚާނާބަރި ޒަމާނީ ފެންވަރަށް ބަދަލުކުރުމުގެ އިތުރުން ފުރޮޅުލީ ގޮނޑީގައި ތިބޭ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ރޭމްޕެއް ހުންނާނެކަމަށް ރަމީޒް ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަމުން ރަމީޒް ވިދާޅުވީ އިމާރާތް މަރާމާތު ކުރަން ފެށީ އޮލިމްޕަހަށް ދާމީހުންގެ ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ކަމަށެވެ. 2012 ވަނަ އަހަރު އޮލިމްޕަހުގެ އެތެރެ މަރާމާތުކުރި ނަމަވެސް އިމާރާތަށް އެއްކޮށް ބަދަލުތަކެއް ގެނެސްފައިނުވާ ކަމަށް ރަމީޒް ވިދާޅުވިއެވެ. އޭގެ އިތުރުން އިމާރާތް ރައްކާތެރިކުރުމަށްވެސް މިހާތަނަށް އެއްވެސް ކަމެއް ކޮށްފައި ނެތް ކަމަށް ރަމީޒު ފާހަގަ ކުރެއްވިއެވެ.

އޮލިމްޕަހަކީ 56 އަހަރު ވެފައި ހުރި އިމާރާތެއްގެ އިތުރުން އާސާރީ އިމާރާތެކެވެ. ރާއްޖޭގައި ގިނަ ސިނަމާތަކެއް އުފެދި އުވިގެން ދިޔަ ނަމަވެސް އޮލިމްޕަސް ދެމިއެބައޮތެވެ. މިހެން ވުމުން އޮލިމްޕަހަށް ގިނަ ބަދަލުތަކެއް ގެނެވެން ނެތް ކަމަށް ރަމީޒް ވިދާޅުވިއެވެ. އެހެންނަމަވެސް ޒަމާނީ ކުލަ ޖެއްސޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރައްވާ ކަމަށް ރަމީޒް ވިދާޅުވިއެވެ.

މިކަންތައްތަކުގެ އިތުރުން ހޯލްގެ އެކޯސްޓިކް ރަނގަޅު ކުރުމާއި ސައުންޑާއި ވީޑިއޯ ޕްރޮޖެކްޓްތައް ބަދަލުކުރުމާއި އިސްތިހާރުތައް ދެއްކޭނެހެން ލެޑް ޕެނަލްއެއް ދޮރުމައްޗަށް ބަދަލު ކުރުމަށް ރާވާފައިވާ ކަމަށް ރަމީޒް ވިދާޅުވިއެވެ. އަދި މަގުސަދަކީ އޮލިމްޕަހުން ޚިދުމަތް ލިބިގަންނަ މީހުންނަށް އެތަނަކީ ހިތްގައިމު ރައްކާތެރި މާހައުލަކަށް ހެދުން ކަމަށް ރަމީޒް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

09 މާރިޗު 2018

ޕެވިލިއަން އަންނަ މަހު ހުޅުވޭނެ: މުއިއްޒު

09 މާރިޗު 2018
ޕެވިލިއަން އަންނަ މަހު ހުޅުވޭނެ: މުއިއްޒު
19 ޑިސެމްބަރު 2017

މިރޭ އޮންނަ ދިވެހި ފިލްމު އެވޯޑު ހަފްލާއަށް އޮލިމްޕަސް ހިމެނޭ ސަރަހައްދު ބަންދު ކުރަނީ

19 ޑިސެމްބަރު 2017
މިރޭ އޮންނަ ދިވެހި ފިލްމު އެވޯޑު ހަފްލާއަށް އޮލިމްޕަސް ހިމެނޭ ސަރަހައްދު ބަންދު ކުރަނީ
03 ނޮވެމްބަރު 2017

ސެޕްޓެމްބަރު މަހު މަސް ކިރުވި އަދަދު ބޮޑު ތަނުން ދަށަށް!

03 ނޮވެމްބަރު 2017
ސެޕްޓެމްބަރު މަހު މަސް ކިރުވި އަދަދު ބޮޑު ތަނުން ދަށަށް!
04 ސެޕްޓެމްބަރު 2017

އީދު ބަންދަށްފަހު މާދަމާ ސަރުކާރުގެ އޮފީސްތައް ހުޅުވޭނެ!

04 ސެޕްޓެމްބަރު 2017
އީދު ބަންދަށްފަހު މާދަމާ ސަރުކާރުގެ އޮފީސްތައް ހުޅުވޭނެ!
20 އޯގަސްޓު 2017

އޭޑީކޭ އާ އިމާރާތުގައި ސެޕްޓެމްބަރު މަހު ޚިދުމަތްދެވޭނެ

20 އޯގަސްޓު 2017
އޭޑީކޭ އާ އިމާރާތުގައި ސެޕްޓެމްބަރު މަހު ޚިދުމަތްދެވޭނެ
06 ޖުލައި 2017

މަޖީދީ މަގު ހެދުމުގެ މަސައްކަތް ދެން ފަށާނީ ސެޕްޓެމްބަރު މަހު

06 ޖުލައި 2017
މަޖީދީ މަގު ހެދުމުގެ މަސައްކަތް ދެން ފަށާނީ ސެޕްޓެމްބަރު މަހު
05 ޖުލައި 2017

ބުރިޖުގެ މަސައްކަތް ބާރަށް އެބަދޭ، އަންނަ އަހަރުގެ ސެޕްޓެމްބަރުގައި ހުޅުވާނެ: މުއިއްޒު

05 ޖުލައި 2017
ބުރިޖުގެ މަސައްކަތް ބާރަށް އެބަދޭ، އަންނަ އަހަރުގެ ސެޕްޓެމްބަރުގައި ހުޅުވާނެ: މުއިއްޒު
29 ޖޫން 2017

އައްޑޫގެ 100 އެނދުގެ ހޮސްޕިޓަލް އަންނަ އަހަރު ހުޅުވޭނެބާ؟

29 ޖޫން 2017
 އައްޑޫގެ 100 އެނދުގެ ހޮސްޕިޓަލް އަންނަ އަހަރު ހުޅުވޭނެބާ؟
01 ޖޫން 2017

ހަތް އަހަރަށް ފަހު އެމްޑީޕީގެ ކޮންގްރެސް ސެޕްޓެމްބަރު މަހު ބާއްވަނީ

01 ޖޫން 2017
ހަތް އަހަރަށް ފަހު އެމްޑީޕީގެ ކޮންގްރެސް ސެޕްޓެމްބަރު މަހު ބާއްވަނީ
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް