Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމާލެ ލީގު

ދެވަނަ ބުރުގައިވެސް ނިއުއަށް ވެލެންސިއާ އަތުން ހަނި މޮޅެއް

21 މެއި 2017 | އާދީއްތަ 00:07

ފުރަތަމަ ބުރުގައިވެސް ނިއުއިން ވެލެންސިއާ ބަލިކުރީ 1-0 ގެ ނަތީޖާއަކުން

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ | 21 މެއި 2017 | އާދީއްތަ 00:07
މާލެ ލީގުގައި ވެލެންސިއާ އަދި ނިއުރޭޑިއަންޓް ބައްދަލުކުރި މެޗުގެ ތެރެއިން

މާލެ ލީގުގައި ވެލެންސިއާ އަދި ނިއުރޭޑިއަންޓް ބައްދަލުކުރި މެޗުގެ ތެރެއިން

އެސްޓީއޯ މާލެ ލީގުގެ ދެވަނަ ބުރުގައި ވެލެންސިއާ އަތުން ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު އުނދަގޫ މޮޅެއް ހޯދައިފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗް ނިއުއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މިދެޓީމު ފުރަތަމަ ބުރުގައި ބައްދަލުކުރި މެޗުވެސް ނިއުއިން ކާމިޔާބުކުރީ ހަމަ މި ނަތީޖާއިންނެވެ.

ސަސްޕެންޝަނުގެ ސަބަބުން މުހިންމު ކުޅުންތެރިންތަކެއް މަދުކޮށް ކުޅުނު ނިއުރޭޑިއަންޓަށް މެޗުގައި މާ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. އެގޮތުން ފުރަހަމަ ހާފުވެސް ނިމިގެންދިޔައީ ދެޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. ނަމަވެސް ދެވަނަ ހާފުގެ ވަރަށް ކުރީކޮޅުގައި ނިއުއިން ވަނީ ލިބުނު ފުރުސަތެއްގެ ބޭނުންހިފައި މެޗުގައި ފެނިގެންދިއަ ހަމައެކަނި ލަނޑު ކާމިޔާބުކޮށްފައެވެ. ވެލެންސިއާގެ ޑިފެންޑަރަކަށް ހެދުނު ބޮޑު ގޯހެއްގެ ބޭނުންހިފައި، މެޗުގެ 48 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޢަލީ ފާސިރު (ސެންޓޭ) އެވެ.

ސަސްޕެންޝަނުގެ ސަބަބުން ނިއުގެ ކެޕްޓަން އަދި ކީޕަރު އިމްރާންއަށް މެޗުގައި ކުޅެވިފައި ނުވާއިރު، ނިއުގެ ބޭންޑް އަޅައިގެން މެޗުގައި ކުޅެފައުވަނީވެސް ފާއިތުވި އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ، ސެންޓޭ އެވެ. މީގެ އިތުރުންވެސް އިންމަގެ ބަދަލުގައި ގޯލު ބެލެހެއްޓި ތަޖުރިބާކާރު ގޯލްކީޕަރު ޒިޔަޒަންގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެން ގޮސްފައި ވެއެވެ.

ލީޑުގައި އޮވެގެން ނިއުއިން ކުޅެމުން ދިޔަ ނަމަވެސް ވެލެންސިއާއިން ވަނީ ލިބުނު ފުރުސަތުތަކުގައި ނިއުގެ ގޯލަށް ނުރައްކާ ކޮށްފައެވެ. މީގެ އިތުރުން ނިއުގެ ސެންޓޭއަށްވެސް ވަނީ މެޗުގެ ފަހު ކޮޅުގައި ލީޑު ފުޅާކުރުމަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރު ވެފައެވެ. އެގޮތުން އޭރިއާ އާއި ވަރަށް ކައިރިން ސެންޓޭ ފޮނުވާލި ހިލޭޖެހުން ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ. މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ސެންޓޭއަށް ކުރި ފައުލަކާ ގުޅިގެން ވެލެންސިގެ ބިދޭސީ ކުޅުންތެރިޔާ ޕްރިންސް އަށް ވަނީ ދެވަނަ ރީންދޫ ކާޑާއިއެކު ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.

މެޗުން ލިބުނު 3 ޕޮއިންޓާއިއެކު ނިއުއިންވަނީ ތާވަލުގެ ދެވަނާގައި 18 ޕޮއިންޓު ހަމަކޮށްފައެވެ. އެޓީމުން ވަނީ މިހާތަނަށް ލީގުއި 8 މެޗު ކުޅެފައެވެ. ތާވަލުގެ އެއްވަނާގައި އަދިވެސް އޮތީ، ހުރިހާ މެޗެއް ކާމިޔާބުކޮށްގެން ފުރަތަމަ ބުރު ނިންމާލި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އެވެ. އެޓީމުން މިހާތަނަށް ކުޅެފައިވަނީ 7 މެޗެވެ. ދެވަނަ ބުރުގައި އެޓީމުން ކުޅޭ ފުރަތަމަ ބުރުގައި ހޯމަ ދުވަހު ހަވީރު އެޓީމުން ނިކުންނާނީ، 8 ޕޮއިންޓާއިއެކު ތާވަލުގެ 6 ވަނާގައި އޮތް ވިކްޓްރީ ސްޕޯޓްސް ކުލަބާ ދެކޮޅާށެވެ. ނިއު އަތުން ބަލިވި ވެލެންސިއާ އޮތީ ކުޅުނު 8 މެޗުން ލިބުނު 1 ޕޮއިންޓާއިއެކު ތާވަލުގެ އެންމެ ފުލުގައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

ދިގު މުއްދަތަކަށްފަހު ފެސްކޯ އެނބުރި ވެލެންސިއާ އަށް

28 ޖެނުއަރީ 2017
ދިގު މުއްދަތަކަށްފަހު ފެސްކޯ އެނބުރި ވެލެންސިއާ އަށް
27 ޖެނުއަރީ 2017

ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

27 ޖެނުއަރީ 2017
ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
22 ޖެނުއަރީ 2017

އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި

22 ޖެނުއަރީ 2017
އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި
22 ޖެނުއަރީ 2017

ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

22 ޖެނުއަރީ 2017
ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް