Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެވެކްސިން ދިނުމުގައި ޗައިނާއަށް ގޮންޖެހުންތަކެއް ކު

ވެކްސިން ދިނުމުގެ ޕްރޮގްރާމް ފުޅާކުރުމަށް ޗައިނާއަށް ދަތިތަކެއް

4 ސެޕްޓެމްބަރު 2021 | ހޮނިހިރު 02:27

ވެކްސިން ޖެހުން ފުޅާކުރުމުގައި ދިމާވަނީ ކޮން ދައްޗެއްކަމެއް ސީދާ ހާމަކޮށްފައެއްނުވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 4 ސެޕްޓެމްބަރު 2021 | ހޮނިހިރު 02:27
ކޮވިޑް-19 ވެކްސިން

ކޮވިޑް-19 ވެކްސިން

ޗައިނާގައި ކުރިއަށްދާ ކޮވިޑް-19 ވެކްސިން ޕްރޮގްރާމް އިތުރަށް ފުޅާކުރުމުގައި ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށް އެގައުމުގެ ސިއްހީ އޮފިޝަލުން ބުނެފިއެވެ.

ޗައިނާގެ ސިއްހީ އޮފިޝަލުންނާ ހަވާލާދީ ރޮއިޓަރސް އިން ރިޕޯޓްކޮށްފައިވަނީ ވެކްސިން ދިނުމުގެ ކަންކަން އިތުރަށް ފުޅާކުރުމަށް ދަތިތަކެއްދިމާވި ނަމަވެސް ގިނަ ބަޔަކަށް ވެކްސިން ދިނުމަށް މަސައްކަތް ކުރަމުންދާ ކަމުގައެވެ. އަދި ބޫސްޓަރ ޝޮޓް ދިނުމަށްވެސް އަންނަނީ މަސައްކަތްކުރަމުން ކަމުގައެވެ.

ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަންގެ އޮފިޝަލެއް ކަމުގައިވާ ޒެންގ ޒޮންގވެއި ވެކްސިން ޖެހުން ފުޅާކުރުމުގައި ދިމާވަނީ ކޮން ދައްޗެއްކަމެއް ސީދާ ހާމަކުރައްވާފައެއްނުވެއެވެ. އެހެންނަމަވެސް ވެކްސިން ނުޖަހާ ތިބި މީހުންނަށް ވެކްސިން ޖަހާފައިވާ މީހުންގެ ފުށުން ރައްކާތެރިކަން ލިބިދާނެކަމަށް ނުވިސްނުމަށް ވަނީ އެދިފައެވެ. ޗައިނާގައިވެސް ޑެލްޓާ ވޭރިއަންޓް އަންނަނީ ފެތުރެމުންނެވެ.

ޒެންގ ވިދާޅުވީ ވެކްސިން ޖެހުމުގެ ކަންކަން މިހާރު ކުރިއަށް ގެންދަން އުނދަގޫ ކަމަށެވެ. ޗައިނާގެ ވެކްސިން ޖަހަންޖެހޭ އާބާދީގެ ތެރެއިން 900 މިލިއަން މީހުންނަށް ވަނީ ދެ ޑޯޒް ދީފައެވެ. އެއީ 1.4 ބިލިއަން މީހުންގެ 60 އިންސައްތަ މީހުންނެވެ. ބައެއް މާހިރުން ލަފާކުރާ ގޮތުގައި ޗައިނާގެ ވެކްސިން ޖަހަންޖެހޭ އާބާދީގެ 80 އިންސައްތައަށް ވުރެ މައްޗަށް ވެކްސިން ދޭންޖެހޭނެއެވެ.

ޗައިނާގައި ޖޫން މަހު ދުވާލަކު 19 މިލިއަން ޑޯޒް ޖަހާފައިވެއެވެ. އެއަދަދު ޖުލައި މަހާއި އޮގަސްޓް މަހު ހުރީ ދުވާލަކު 13 މިލިއަން ޑޯޒްގައެވެ.

ޗައިނާއިން މަސައްކަތްކުރަމުން އަންނަނީ އޮކްޓޯބަރ މަސް ނިމެންވާއިރަށް 1.1 ބިލިއަން މީހުންނަށް ދެ ޑޯޒް ދިނުމަށެވެ. އަދި ވަކި އުމުރުފުރާތަކުގެ މީހުންނަށް ބޫސްޓަރ ޝޮޓް ދިނުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން އުމުރުން ދުވަސްވީ މީހުންނާއި މަސައްކަތްކުރާ މީހުންގެ ތެރެއިން ހައި ރިސްކު މީހުންނަށް ބޫސްޓަރ ޝޮޓް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ޗައިނާއިން ވަނީ މިހާތަނަށް ދުނިޔޭގެ އެކި ގައުމުތަކަށް 1 ބިލިއަން ޑޯޒް ދީފައެވެ. ޗައިނާގެ ރައީސް އޮގަސްޓް މަހު ވިދާޅުވެފައިވަނީ މިއަހަރު ނިމެންވާއިރަށް ޗައިނާއިން 2 ބިލިއަން ޑޯޒް ގައުމުތަކަށް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

05 އޮކްޓޯބަރު 2017

ފިރެހެން ދަރިފުޅަށް ވެކްސިން ނުދިން މަންމައަކު ޖަލަށްލާން ހުކުމްކޮށްފި

05 އޮކްޓޯބަރު 2017
ފިރެހެން ދަރިފުޅަށް ވެކްސިން ނުދިން މަންމައަކު ޖަލަށްލާން ހުކުމްކޮށްފި
30 ސެޕްޓެމްބަރު 2017

ޓިލާސަން ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ މައި ފޯކަސްއަކީ ވިޔަފާރި އާއި އުތުރު ކޮރެޔާ!

30 ސެޕްޓެމްބަރު 2017
ޓިލާސަން ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ މައި ފޯކަސްއަކީ ވިޔަފާރި އާއި އުތުރު ކޮރެޔާ!
02 ސެޕްޓެމްބަރު 2017

މިޔަންމާގެ ރެފިއުޖީންނަށް އދން ހިންގާ ކާނާގެ ޕްރޮގްރާމް ހުއްޓާލައިފި

02 ސެޕްޓެމްބަރު 2017
މިޔަންމާގެ ރެފިއުޖީންނަށް އދން ހިންގާ ކާނާގެ ޕްރޮގްރާމް ހުއްޓާލައިފި
30 އޯގަސްޓު 2017

އުތުރު ކޮރެއާ އިން މިސައިލް ހަމަލާ ދިނުން ހުއްޓާލާ ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލަން ޖެހޭ: އދ ގެ ސެކިޔުރިޓީ ކައުންސިލް

30 އޯގަސްޓު 2017
އުތުރު ކޮރެއާ އިން މިސައިލް ހަމަލާ ދިނުން ހުއްޓާލާ ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލަން ޖެހޭ: އދ ގެ ސެކިޔުރިޓީ ކައުންސިލް
29 ޖުލައި 2017

ހަމްބަންޓޮޓާގެ ބަނދަރު 99 އަހަރަށް ޗައިނާ އަށް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

29 ޖުލައި 2017
ހަމްބަންޓޮޓާގެ ބަނދަރު 99 އަހަރަށް ޗައިނާ އަށް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
23 ޖުލައި 2017

މައާފްދިނުމުގެ ފުރިހަމަ ބާރު އަޅުގަނޑަށް އެބަ އޮތް: ޓްރަމްޕް

23 ޖުލައި 2017
މައާފްދިނުމުގެ ފުރިހަމަ ބާރު އަޅުގަނޑަށް އެބަ އޮތް: ޓްރަމްޕް
03 ޖޫން 2017

ދެކުނު ޗައިނާ ކަނޑުގެ މައްސަލައިގައި އެމެރިކާގެ އިންޒާރު ޗައިނާއަށް

03 ޖޫން 2017
ދެކުނު ޗައިނާ ކަނޑުގެ މައްސަލައިގައި އެމެރިކާގެ އިންޒާރު ޗައިނާއަށް
08 އެޕްރީލު 2017

މިއަހަރު ރައީސްް ޓްރަމްޕް ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގަންނަވާނެ: ސެކްރެޓަރީ އޮފް ސްޓޭޓް

08 އެޕްރީލު 2017
މިއަހަރު ރައީސްް ޓްރަމްޕް ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގަންނަވާނެ: ސެކްރެޓަރީ އޮފް ސްޓޭޓް
13 މާރިޗު 2017

ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ

13 މާރިޗު 2017
ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ
19 ފެބުރުއަރީ 2017

ވޯލްޑް ޓްރޭޑް ސެންޓަރަށް ބޮމުގެ ހަމަލާދިނުމުގެ މޭސްތިރީގެ ގޮތުގައި ބެލެވުނު ޝޭޚް އުމަރު މަރުވެއްޖެ

19 ފެބުރުއަރީ 2017
ވޯލްޑް ޓްރޭޑް ސެންޓަރަށް ބޮމުގެ ހަމަލާދިނުމުގެ މޭސްތިރީގެ ގޮތުގައި ބެލެވުނު ޝޭޚް އުމަރު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް