Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުކުރު ޚުތުބާ

މަސައްކަތެއްނުކޮށް ވަގުތު ނަގައިލާ މީހުންނަކީ، މުޖްތަމަޢަށް ކުރިމަތިވެފައިވާ ބަލިމަޑުކަމެއް: ޚުތުބާ

3 ސެޕްޓެމްބަރު 2021 | ހުކުރު 09:01

އިންސާނާގެ ހަޔާތް ބާއްޖަވެރިކަމުގެ މަސްދަރަކީ މަސައްކަތް

އަމްނާ އިމާދު
އަމްނާ އިމާދު | 3 ސެޕްޓެމްބަރު 2021 | ހުކުރު 09:01
އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދު ކުރުމަށްފަހު މީހުންތައް ދަނީ،

އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދު ކުރުމަށްފަހު މީހުންތައް ދަނީ،

މަސައްކަތެއް ނުކޮށް ބޭކާރުގޮތުގައި ވަގުތު ނަގައިލާ މީހުންނަކީ، މުޖްތަމަޢަށް ކުރިމަތިވެފައިވާ ބަލިމަޑުކަމެއް ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

"އިސްލާމްދީނުމުގައި މަސައްކަތުގެ މަގާމު" މި މައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ހުކުރު ޚުތުބާގައި ބުނީ އިސްލާމް ދީނަކީ އަމަލާއި މަސައްކަތުގެ ދީން ކަމަށާއި، އުފެއްދުންތެރިކަމަށް ގޮވާލައި، އެކަމަށް ހިތްވަރުދޭ ދީން ކަމަށެވެ. މުއުމިނު އަޅާއަކީ، މާތް ﷲ އަމުރު ކުރެއްވި ފަދައިން ދުނިޔެއާއި އާޚިރަތް އާރާސްތުކުރުމަށް ތެދުވެ، ގަދައަޅައި މަސައްކަތް ކުރާ މީހާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

Advertisement - newsAdvertisement

ޚުތުބާގައި ބުނީ ރިޒުގަކީ ޤިޔާމަތާ ޖެހެންދެން އެންމެން ދިރިއުޅުމަށް ފުދިގެންވާ ތަނަވަސްކަމެއް ކަމަށާއި، ބާއްޖަވެރި ހަޔާތެއް ހޭދަކުރުމަށާއި، ތަރައްގީގެ މަސައްކަތްތައް ހިންގުމަށް ބޭނުންވާ ހުރިހާ އެއްޗެއް އެ ބިމުގައި ލައްވާފައިވާ ކަމަށެވެ. އިންސާނާގެ މައްޗަށް އޮތީ، މި ތަކެތިން ފައިދާ ލިބިގަތުމަށް އޭގެ ކަންކޮޅުތަކުގައި ހިނގައި، މަސައްކަތް ކުރުން ކަމަށާއި، އެ ބިމުގެ ފަރުބަދަތަކާއި، ތިރިބިންތަކުގެ މަތީގައްޔާއި، ކަނޑާއި، އެއްގަމާއި، ޖައްވުގައި މިންވަރު ކުރައްވާފައިވާ ރިޒުގު ހޯދުމަށް މަސައްކަތް ކުރުން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. ޚުތުބާގައި ބުނީ މަސައްކަތަކީ، އެއާ ދުރަށް ގޮސްގެން ފުދުންތެރިކަން ހާސިލުކުރެވެން ނެތް ޒަރޫރަތެއް ކަމަށާއި، މަސައްކަތް ނެތިއްޖެ ނަމަ ދުނިޔޭގެ ހަޔާތް ހުއްޓި، ބިމަށް ގެއްލުމާއި ހަލާކު އަތުވެދާނެ ކަމަށެވެ.

ޚުތުބާގައި ބުނީ އިންސާނާގެ ހަޔާތް ބާއްޖަވެރިކަމުގެ މަސްދަރަކީ މަސައްކަތް ކަމަށާއި، އިންސާނާ އޭނާގެ ނަފްސަށާއި އެހެން މީހުންނަށް ފައިދާ ކޮށްދެނީ މަސައްކަތުން ކަމަށެވެ. ކަންނެތްކަމާއި، ބޭކާރުގޮތުގައި ވަގުތު ނަގައިލުމުން ސަލާމަތް ވެވޭނީ މަސައްކަތުންކަން ފާހަގަކޮށް ޚުތުބާގައި ބުނީ އަމިއްލަ އަތުން މަސައްކަތް ކޮށްގެން ދިރިއުޅޭނަމަ ސަލާމްޖެހުމުގެ ނިކަމެތިކަމުންނާއި، އެހެން މީހުންގެ ފައިދަށަށް ވެއްޓުމުގެ އިހާނެތިކަމުން ސަލާމަތް ވެވޭނެ ކަމަށެވެ. ކަރާމަތާއި، ޝަރަފާއި، ޢިއްޒަތާއި، އިއްފަތުގެ މާނަ އޭރުން އޭނާއަށް އިޙްސާސް ވާނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި ޚުތުބާގައި ބުނީ މަސައްކަތް ކުރުމުގެ ކުޅަދާނަކަން ލިބި، މަސައްކަތެއް ނެތި ހުންނަ މީހަކީ އެންމެ ގާތް މީހާއަށް ވެސް ޖެހިފައިވާ ބުރައަކަށް މެނުވީ ނުވާނެ ކަމަށެވެ.

ޚުތުބާގައި ބުނީ އަމަލަކީ އަޅުކަމެއްގެ އިތުރުން ޝަރަފެއް ކަމަށެވެ. މަސައްކަތެއް ނުކޮށް އުޅޭ މީހަކީ، ގައުމުގެ ހަށިގަނޑުގައި ހިމެނޭ ވާގިނެތް ގުނަވަނެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އެއީ އެއިން އެއްވެސް ފައިދާއެއް ލާބައެއް ނެތް ބޮޑު ބުރައެއް ކަމަށާއި، މުޖުތަމައުގެ ތަރައްގީއަށް ހުރަސްއަޅާ މީހެއް ކަމަށެވެ. ޚުތުބާގައި ބުނީ މުޖުތަމައުގެ ހިއްމަތް ކަމީނާ ކުރާ މީހެއް ކަމަށާއި، އޭނާއަކީ އޭނާގެ ގައުމަށް އެއްވެސް ކަމެއް ހަދިޔާކުރާ މީހެއް ނޫން ކަމަށެވެ.

ދުނިޔޭގައި ކުރިއަރާފައިވާ ގައުމުތަކަށް އިޝާރާތްކޮށް ޚުތުބާގައި ބުނީ ގައުމުތައް ކުރިއެރުމުގެ ސިއްރަކީ އިލްމާއި މެދުކެނޑުމެއް ނެތް އަމަލާއި އުފެއްދުންތެރިކަން ކަމަށެވެ. އެގޮތުން ދެވަނަ ބޮޑު ހަނގުރާމައިގައި މުޅިން ހަލާކުވެގެން ގޮސްފައިވާ ދެ ގައުމު ކަމުގައިވާ ޖަރުމަނާއި، ޖަޕާނު، އިޤުތިޞާދީ ބިޔަ ދެ މާރިދުންގެ ގޮތުގައި މިއަދު ތެދުވެފައިވާ ކަމަށެވެ. އަދި މި ދެ ގައުމުގައި އުފައްދާ ތަކެއްޗާއި މުދާތައް މިއަދު މުޅި ދުނިޔޭގެ ބާޒާރުތަކުގައި ފެތުރިފައިވާ ކަމަށާއ، އެ ދެ ގައުމުގެ ސުމަކުން ފެށި އިޤުތިޞާދު ވަރަށް މައްޗަށް އުފުލިފައިވާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ ބޭކާރުގޮތުގައި ވަގުތު ނަގައިލާ މީހުންނަކީ، މުޖްތަމަޢަށް ކުރިމަތިވެފައިވާ ބަލިމަޑުކަމެއް ކަމަށެވެ. ބައެއް މީހުންނަކީ އެއްވެސް މަސައްކަތެއް ނުކޮށް ކެފޭތަކުގައްޔާއި، މީސްމީޑިޔާގައި، މަޖާ ކުރުމުގައި ވަގުތު ނަގައިލާ ބަޔެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. މަސައްކަތުގެ މައިދާނުން ބޭރުވެފައިވާ މީހަކީ ސަލާމްޖެހުމުގެ ބިންގަރާސްތެރެއަށް ވަދެފައިވާ މީހެއް ކަމަށާއި، މީސްތަކުންގެ ހަމްދަރުދީގައި ދިރިއުޅޭ ބިކަ އިންސާނެއް ކަމަށެވެ. ގައިބާރު ހުރި މީހުން މަސައްކަތެއް ނުކޮށް އުޅުމަކީ، ރަސޫލު ﷲ ގެ ލޯބިވެވަޑައިގެންނެވި ކަމެއް ނޫންކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

ޚުތުބާގައި ބުނީ މަސައްކަތެއް ނުކޮށް ސަލާމްޖެހުމުގެ ސަބަބުން މޫނުގައި ކަޅު ފާހަގަތަކެއް ލެވިގެން އައުމަށްވުރެ މަސައްކަތް ކޮށްގެން އުޅުން މާ ރަނގަޅު ކަމަށާއި، އިސްލާމް ދީނުގައި ތިން ހާލަތެއްގައި މެނުވީ ސަލާމްޖެހުން ހުއްދަވެގެން ނުވާ ކަމަށެވެ. އެއީ ފަގީރުކަމުން ގޮސް ހާލުގައި ޖެހިފައިވާ މީހާއާއި ބޯނުހިކޭވަރުގެ ދަރަންޏެއް ބޮލުގައި އެޅިފައިވާ މީހާއާއި، އަދާ ނުކުރެވޭވަރުގެ މަރުގެ ދިޔައެއް ބޮލުގައި އެޅިފައިވާ މީހާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. ނަމަވެސް ޚުތުބާގައި ބުނީ މިއަދު ސަލާމްޖެހުމުގެ ފަންނު ވަނީ، ވަރަށް ބޮޑަށް ފެތުރިފައިވާ ކަމަށާއި، ސަލާމްޖެހުމުގެ ހުނަރުތައް ވަނީ، އީޖާދު ކޮށްފައި ކަމަށެވެ.

އެގޮތުން ބައެއް މީހުން ބޭސް ސިޓީ ހިފައިގެންނާއި، އަނެއް ބަޔަކު ރަށަށް ދާންވެގެން ފެރީ ފީ ހޯދުމަށާއި، އަނެއް ބަޔަކު ބަލި ކުއްޖަކު ހުންނާތީއޭ ކިޔާފައި އެ ކުއްޖާއަށް ފަރުވާކުރާށޭ ކިޔައިގެން ވެސް ސަލާން ޖަހާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި މަގުމަތީގައްޔާއި ގޭގެއަށް ގޮސްގެންނާއި، ބޭންކުތަކުގެ ކައިރީގައްޔާއި ކެފޭ ރެސްޓޯރެންޓުތަކުގެ ކައިރީގައި ތިބެގެންނާއި، މީސްމީޑިޔާ މެދުވެރިކޮށް ސަލާމްޖަހަމުން އަންނަ ކަމަށެވެ.

ދިވެހި ގައުމަށް މަސައްކަތް ކުރާނެ މީހުންނަށް ބޭނުންވެފައިވާކަން ފާހަގަކޮށް ޚުތުބާގައި ބުނީ އެތައް ހާސް ބިދޭސީންނަށް ރާއްޖެއިން މަސައްކަތް ލިބޭއިރު، ދިވެހީންނަށް ނުލިބެންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. ޚުތުބާގައި ބުނީ ގައުމު ތަރައްގީ ކުރެވޭނީ ގައުމުގެ ދަރީންގެ މަސައްކަތުން ކަމަށެވެ. ނަމަވެސް މިއަދު ފެންނަ މަންޒަރުން އަޅުގަނޑުމެންނަކީ މަސައްކަތް ނުކުރާ ކަންނެތްބައެއްކަން ބުނެދޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

18 މެއި 2017

ރަމަޟާން މަހުގައި ވިޔަފާރިކުރެވޭނެ ވަގުތުތައް އިކޮނޮމިކް މިނިސްޓްރީ ކަނޑައަޅައިފި

18 މެއި 2017
ރަމަޟާން މަހުގައި ވިޔަފާރިކުރެވޭނެ ވަގުތުތައް އިކޮނޮމިކް މިނިސްޓްރީ ކަނޑައަޅައިފި
07 މެއި 2017

ރައީސް ޔާމީންގެ ވެރިކަން ނިމުމުގެ ވަގުތު ދަނީ ކައިރިވަމުން: ރައީސް ނަޝީދު

07 މެއި 2017
ރައީސް ޔާމީންގެ ވެރިކަން ނިމުމުގެ ވަގުތު ދަނީ ކައިރިވަމުން: ރައީސް ނަޝީދު
06 މެއި 2017

ވޯޓް ލުމުގެ ވަގުތު އިތުރުކުރީ ގާނޫނާ ހިލާފަށް، މިއީ ވޯޓަށް ނުފޫޒު ފޯރުވަން ކުރި ކަމެއް: އެމްޑީޕީ، ޖޭޕީ

06 މެއި 2017
ވޯޓް ލުމުގެ ވަގުތު އިތުރުކުރީ ގާނޫނާ ހިލާފަށް، މިއީ ވޯޓަށް ނުފޫޒު ފޯރުވަން ކުރި ކަމެއް: އެމްޑީޕީ، ޖޭޕީ
28 އެޕްރީލު 2017

ކެމްޕޭންގެ އެންމެ މުހިންމު ވަގުތު މިއީ، އެންމެ ފަހުގެ މަސައްކަތް މިކުރަނީ: ޝިފާޒް

28 އެޕްރީލު 2017
ކެމްޕޭންގެ އެންމެ މުހިންމު ވަގުތު މިއީ، އެންމެ ފަހުގެ މަސައްކަތް މިކުރަނީ: ޝިފާޒް
10 އެޕްރީލު 2017

އިދިކޮޅު ލީޑަރުން ވަގުތުން މިނިވަންކުރުމަށް ގޮވާލައި އަތޮޅުތެރޭގައި މުޒާހަރާކޮށްފި

10 އެޕްރީލު 2017
އިދިކޮޅު ލީޑަރުން ވަގުތުން މިނިވަންކުރުމަށް ގޮވާލައި އަތޮޅުތެރޭގައި މުޒާހަރާކޮށްފި
09 އެޕްރީލު 2017

ގާސިމް ހުންނެވީ ގާނޫނާ ހިލާފު ބަންދެއްގައި، ވަގުތުން މިނިވަންކުރޭ:ޖޭޕީ

09 އެޕްރީލު 2017
ގާސިމް ހުންނެވީ ގާނޫނާ ހިލާފު ބަންދެއްގައި، ވަގުތުން މިނިވަންކުރޭ:ޖޭޕީ
31 މާރިޗު 2017

ސިޔާސީ މަގުސަދުތައް ހާސިލް ކުރުމަށް ޖުޑިޝަރީގެ ބޭނުން ކުރުން ވަގުތުން ހުއްޓާލަން ޖެހޭ: ރައީސް މައުމޫން

31 މާރިޗު 2017
ސިޔާސީ މަގުސަދުތައް ހާސިލް ކުރުމަށް ޖުޑިޝަރީގެ ބޭނުން ކުރުން ވަގުތުން ހުއްޓާލަން ޖެހޭ: ރައީސް މައުމޫން
28 މާރިޗު 2017

ޕީޕީއެމް ސްލޫކީ ކޮމެޓީއަށް ހާޒިރުވާންވީ ވަގުތު ސާފުކޮށް ބަޔާންކޮށްދިނުމަށް އަމީތު އެދިއްޖެ

28 މާރިޗު 2017
ޕީޕީއެމް ސްލޫކީ ކޮމެޓީއަށް ހާޒިރުވާންވީ ވަގުތު ސާފުކޮށް ބަޔާންކޮށްދިނުމަށް އަމީތު އެދިއްޖެ
03 ފެބުރުއަރީ 2017

ޖަލަށް ދާންޖެހުނު ނަމަވެސް ވަގުތު ޖެހުމުން ރާއްޖެ ދާނަން: ރައީސް ނަޝީދު

03 ފެބުރުއަރީ 2017
ޖަލަށް ދާންޖެހުނު ނަމަވެސް ވަގުތު ޖެހުމުން ރާއްޖެ ދާނަން: ރައީސް ނަޝީދު
24 ޖެނުއަރީ 2017

އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

24 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް