Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޭސީސީ ހަރުދަނާކުރުން

އަމިއްލަ މަސްލަހަތަށް މަސައްކަތް ކުރުމުގެ ޖާގަ އޭސީސީގައި މިހާރަކު ނޯންނާނެ: ޝިއުނާ

2 ސެޕްޓެމްބަރު 2021 | ބުރާސްފަތި 18:24

ސަރުކާރު މުއައްސަސާތަކުގައި ކޮރަޕްޝަން އޮންނަ މިންވަރު ކުޑަކުރުމަކީ މި ސަރުކާރުގެ އަމާޒެއް

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 2 ސެޕްޓެމްބަރު 2021 | ބުރާސްފަތި 18:24
އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ

އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ

ސިޔާސީ އަމިއްލަ މަސްލަހަތަށް މަސައްކަތްކުރުމުގެ ޖާގައެއް މިހާރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި ނޯންނާނެ ކަމަށް އެ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވެއްޖެއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަންގެ އައު ވެބްސައިޓް އިފްތިތާހު ކުރުމަށާއި، މުވައްޒަފުންގެ ޚިދުމަތުގެ އަގު ވަޒަން ކުރުމަށް ބުރާސްފަތި ދުވަހުގެރޭ ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވީ އޭސީސީގެ މަސައްކަތް ހުންނަ ގޮތުން އެ ކޮމިޝަނަށް އަބަދުވެސް ފާޑުކިޔުން އަމާޒުވާ ކަމަށެވެ. ކޮމިޝަނުގެ މަސައްކަތްތަކާއިމެދު އަންނަ ފާޑުކިޔުންތައް ސިޔާސީ މަގުސަދުތަކުގައާއި، އަމިއްލަ މަސްލަހަތުގައި އަންނަ ކަމަށް ޝިއުނާ ވިދާޅުވިއެވެ. މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންގެ ފަރާތުންނާއި، އަދި އޭސީސީން ރަނގަޅުކުރަންޖެހޭ ކަންކަމާ ގުޅޭގޮތުން އެ ކޮމިޝަނަށް ފާޑުކިޔުން އަމާޒުވާ ކަމަށެވެ.

Advertisement - newsAdvertisement

ޝިއުނާ ވިދާޅުވީ މިފަދަ ކޮންމެ ކަހަލް ފާޑުކިޔުމެއް އަޔަސް އެކަން ބަލައިގަންނާނެ ކަމަށެވެ. އަދި އެ ކޮމިޝަނުގައި ސިޔާސީ އަދި އަމިއްލަ މަސްލަހަތަށް މަސައްކަތްކުރުމުގެ ޖާގައެއް މިހާރު ނޯންނާނެ ކަން އޭނާ ފާހަގަކުރެއްވިއެވެ.

ޝިއުނާ ވިދާޅުވީ ކޮމިޝަނާ ހަމައަށް އަންނަ ފާޑުކިޔުންތަކާއި ގުޅިގެން ހައްލު ކުރަންޖެހޭ ކަންކަން ހައްލު ކުރުމުގައި ބައެއް ފަހަރު ގޮންޖެހުންތަކާ ކުރިމަތިވި ނަމަވެސް އެކަންކަމަށް ހައްލު ހޯދަން އަބަދުވެސް މަސައްކަތްކުރާ ކަމަށެވެ. މީގެ އިތުރުން ކޮރަޕްޝަނާއި ގުޅިގެން އެ ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް ހައްލުކުރުމަށް ކުރާ މަސައްކަތުގައިވެސް ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ކަމަށާއި، އަދި އެ ކޮމިޝަނުން އަންނަނީ އެ ކަންކަމާވެސް ކުރިމަތިލަމުން ކަމަށް ޝިއުނާ ވަނީ ވިދާޅުވެފައެވެ.

ދައުލަތުގެ މުއައްސަސާތަކުގެ ތެރޭގައި ކޮރަޕްޝަން އޮންނަ މިންވަރުގެ ވާހަކައަކީ އަބަދުވެސް ދެކެވެމުން އަންނަ ވާހަކައެކެވެ. ވަކިން ޚާއްސަކޮށް ރައީސް ޔާމީންގެ ސަރުކާރު ނިމުނުއިރު މުއައްސަސާތަކުގައި ކޮރަޕްޝަން އޮތް މިންވަރު ވަނީ އިންތިހާއަށް ބޮޑުވެފައެވެ. އެހެންކަމުން މި ސަރުކާރު ވުޖޫދުވެގެން އައީ ސަރުކާރުގެ މުއައްސަސާތަކުގެ އެތެރޭގައި ކޮރަޕްޝަން އޮތް މިންވަރު ކުޑަކުރުމުގެ ވައުދާއިއެކުއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

17 ނޮވެމްބަރު 2025

ކުޑޫގެ މެސެޖެއް އޭސީސީއަށް: ހޯދަން އެންގި 77 މިލިއަނުން ހޯދުނީ އެންމެ 49،000 ރުފިޔާ، ޓައި އަޅައިގެން އޮފީހަށް ދާނެ ކަމެއް ނެތް!

17 ނޮވެމްބަރު 2025
ކުޑޫގެ މެސެޖެއް އޭސީސީއަށް: ހޯދަން އެންގި 77 މިލިއަނުން ހޯދުނީ އެންމެ 49،000 ރުފިޔާ، ޓައި އަޅައިގެން އޮފީހަށް ދާނެ ކަމެއް ނެތް!
12 ނޮވެމްބަރު 2025

އޭސީސީ އިން ބުނީ ސަރުކާރުގެ ނުފޫޒެއް ނެތް ކަމަށާ ބޭނުން ވަނީ މިހާރަށް ވުރެ ބޮޑު ބަޖެޓެއް ކަމަށް

12 ނޮވެމްބަރު 2025
އޭސީސީ އިން ބުނީ ސަރުކާރުގެ ނުފޫޒެއް ނެތް ކަމަށާ ބޭނުން ވަނީ މިހާރަށް ވުރެ ބޮޑު ބަޖެޓެއް ކަމަށް
10 ނޮވެމްބަރު 2025

ބިޑަކާއި ނުލާ މަޝްރޫޢޫތައް ބަހާލުން: މައްސަލަ ބަލާ، ފައިސާ ދިނުން ހުއްޓުވައިދިނުމަށް އެދި އެމްޑީޕީ އިން އޭސީސީ އަށް

10 ނޮވެމްބަރު 2025
ބިޑަކާއި ނުލާ މަޝްރޫޢޫތައް ބަހާލުން: މައްސަލަ ބަލާ، ފައިސާ ދިނުން ހުއްޓުވައިދިނުމަށް އެދި އެމްޑީޕީ އިން އޭސީސީ އަށް
09 ނޮވެމްބަރު 2025

މަޖިލިސް މެންބަރުންނާއި ސަރުކާރާއި ގުޅުން އޮންނަ ފަރާތްތަކުގެ ކުންފުނިތަކަށް ޕްރޮޖެކްޓް ބަހާލި މައްސަލަ ހޯމަ ދުވަހު އެމްޑީޕީ އިން އޭސީސީ އަށް ހުށަހަޅަނީ

09 ނޮވެމްބަރު 2025
މަޖިލިސް މެންބަރުންނާއި ސަރުކާރާއި ގުޅުން އޮންނަ ފަރާތްތަކުގެ ކުންފުނިތަކަށް ޕްރޮޖެކްޓް ބަހާލި މައްސަލަ ހޯމަ ދުވަހު އެމްޑީޕީ އިން އޭސީސީ އަށް ހުށަހަޅަނީ
10 ސެޕްޓެމްބަރު 2025

ފްލެޓާ ގުޅޭގޮތުން އެފްޑީސީން ބައި ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ކޮރަޕްޝަން ހިންގާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ އޭސީސީއަށް

10 ސެޕްޓެމްބަރު 2025
ފްލެޓާ ގުޅޭގޮތުން އެފްޑީސީން ބައި ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ކޮރަޕްޝަން ހިންގާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ އޭސީސީއަށް
08 އޯގަސްޓު 2025

"މި ސަރުކާރު ފާހަގަކުރެވެނީ ބައި އަޅަން ޖެހޭ މީހުންނަށް ބައި ނޭޅީމަ، ކޮރަޕްޝަންގެ މައްސަލަ ބަލާ ސަރުކާރެއްގެ ގޮތުގައި."

08 އޯގަސްޓު 2025
"މި ސަރުކާރު ފާހަގަކުރެވެނީ ބައި އަޅަން ޖެހޭ މީހުންނަށް ބައި ނޭޅީމަ، ކޮރަޕްޝަންގެ މައްސަލަ ބަލާ ސަރުކާރެއްގެ ގޮތުގައި."
20 އެޕްރީލު 2025

ފުލުހުންގެ އެހީތެރިކަމާއެކު އެގްރިކަލްޗަރ މިނިސްޓްރީއަށް އޭސީސީން ވަދެއްޖެ

20 އެޕްރީލު 2025
ފުލުހުންގެ އެހީތެރިކަމާއެކު އެގްރިކަލްޗަރ މިނިސްޓްރީއަށް އޭސީސީން ވަދެއްޖެ
18 އެޕްރީލު 2025

އައިޔޫއެމްއިން ހައްގުނޫން މީހަކަށް ވަޒީފާ ދިން މައްސަލާގައި ދެ ބޭފުޅަކަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީއަށް

18 އެޕްރީލު 2025
އައިޔޫއެމްއިން ހައްގުނޫން މީހަކަށް ވަޒީފާ ދިން މައްސަލާގައި ދެ ބޭފުޅަކަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީއަށް
28 ފެބުރުއަރީ 2025

ފަނޑިޔާރުން ސަސްޕެންޑް ކުރި މައްސަލަ ހައިކޯޓަށް ހުށަހަޅައިފި

28 ފެބުރުއަރީ 2025
ފަނޑިޔާރުން ސަސްޕެންޑް ކުރި މައްސަލަ ހައިކޯޓަށް ހުށަހަޅައިފި
27 ފެބުރުއަރީ 2025

ގެދޮރުވެރިޔާ ފުލެޓް ލިސްޓް އާއްމުކޮށްފި

27 ފެބުރުއަރީ 2025
ގެދޮރުވެރިޔާ ފުލެޓް ލިސްޓް އާއްމުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް