Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީ އޮފީހުގައި މާރާމާރީ ހިންގުން

ހަމަލާދިނީ ސިޔާސީ ބޭނުމަކު ޓާގެޓްކޮށްގެންނެއް ނޫން، މަސްތުވެ ހުރެ: މީކާއީލް

އެމްޑީޕީ އޮފީސްތެރޭގައި މާރާމާރީ ހިންގާފައިވަނީ ޗޭނު ގަނޑަކުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 2 ސެޕްޓެމްބަރު 2021 | ބުރާސްފަތި 17:19
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ މީކާއީލް ނަސީމް

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ މީކާއީލް ނަސީމް

އެމްޑީޕީ އޮފީހުގައި ބުރާސްފަތި ދުވަހުގެ މެންދުރެއް ހާއިރު ހިންގި މާރާމާރީއެއްގައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙުމަދު ނަސީމްގެ މަންމަ، މަރިޔަމް ޒުބައިރު (މަންދީ)އަށް ހަމަލާ ދިނީ ޓާގެޓް ކޮށްގެން ސިޔާސީ ބޭނުމަކު ނޫން ކަމަށް މީކާއިލް ވިދާޅުވެެއްޖެއެވެ.

މިމާރާމާރީއާ ގުޅިގެން ފުލުހުން ބުނީ އެމްޑީޕީ އޮފީސް ތެރޭގައި މާރާމާރީއެއް ހިންގިކަމުގެ މައުލޫމާތު ބުރާސްފަތި ދުވަހުގެ މެންދުރު 12:30 ހާއިރު ފުލުހުންނަށް ލިބުނުކަމަށެވެ. އެ މާރާމާރީގައި އަނިޔާވި އުމުރުން 50 އަހަރުގެ އަންހެނަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. ނަމަވެސް މާރާމާރީ ހިނގާފައިވާ ގޮތުގެ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއްނުވެއެވެ.

Advertisement - newsAdvertisement

ސޯޝަލް މީޑިޔާގައި އާންމުވެފައިވާ ފޮޓޯތަކަށް ބަލާއިރު އެމްޑީޕީ އޮފީސްތެރޭގައި މާރާމާރީ ހިންގާފައިވަނީ ޗޭނު ގަނޑަކުންނެވެ. މިހަމަލާގައި މަންދީގެ އިތުރުން އެއޮފީހުގައި މަސައްކަތްކުރާ އެހެން މީހަކަށްވެސް ވަނީ އަނިޔާ ލިބިފައެވެ.

މަންދީއަށް ދިން ހަމަލާއާ ގުޅިގެން މީކާއީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަންމަ އަށް ދިން ހަމަލާއަކީ ބަޔަކު ރާވައިގެން ދިން ހަމަލާއެއް ނޫންކަމަށެވެ. އަދި މަންމަގެ ހާލު މިހާރު ރަނގަޅުކަމަށްވެސް މީކާއީލް ވަނީ ވިދާޅުވެފައެވެ. އަދި މިއީ މަސްތުގެ ހާލުގައި މީހަކު ހުރެގެން ދިން ހަމަލާއެއްކަމަށްވެސް މީކާއީލް ވަނީ ވިދާޅުވެފައެވެ.

ސޯސަން މަގުގައި ހުންނަ އެމްޑީޕީ އޮފީސް ތެރޭގައި ހިންގި މާރާމާރީ ކުށްވެރިކޮށް އެޕާޓީން ވަނީ ބަޔާނެއް ނެރެފައެވެ. އެބަޔާނުގައި ބުނެފައިވަނީ އެމް.ޑީ.ޕީ. ސެކްރެޓޭރިއެޓްގައި ހިމެނޭ މުވައްޒަފަކު އޮފީސްތެރޭގައި ހިންގި މާރާމާރީގެ ޢަމަލު އެ ޕާޓީން ކުށްވެރިކޮށް، އެފަދަ ޢަމަލުތައް މި ޕާޓީން ޓޮލަރޭޓް ނުކުރާނެކަން ހާމަކުރާކަމަށެވެ. އަދި އަވަސް ޖިނާއީ ތަހުގީގެއް ހިންގުމަށް ގޮވާލާ ކަމަށެވެ.

މަންދީއަށް ދިން ހަމަލާއާ ގުޅިގެން ރައީސް މުހައްމަދު ނަޝީދުވެސް ވަނީ, އެމްޑީޕީ އޮފީސްތެރޭގައި މާރާމާރީ ހިންގުން ބަލައިނުގަނެވޭކަމަށް ވިދާޅުވެ ޓްވީޓް ކުރައްވާފައެވެ. ރައީސް ނަޝީދު ކުރެއްވި ޓްވީޓްގައި އިތުރަށް ވިދާޅުވެފައިވަނީ އެކަންކުރި މީހުން ހައްޔަރުކޮށް އަނިޔާގައި ގެއްލުންވި ފަރާތްތަކަށް އިންސާފު ލިބެންޖެހޭ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްޑީޕީ އޮފީހަށް ވަދެ ހަމަލާދީފައިވަނީ އެއޮފީހުގައި މަސައްކަތްކުރާ މުވައްޒަފެކެވެ. އޭނާއަކީ އެމްޑީޕީ އޮފީހުގެ ޕިއޯން ކަމުގެ ވަޒީފާ އަދާކުރަމުންދާ ޖަޒީލް ކަމަށްވެއެވެ. 

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)

އިތުރަށް ކިޔާލަން

31 ޑިސެމްބަރު 2025

ހުޅުމާލެ މުނިސިޕަލް ޚިދުމަތް ކައުންސިލް ދަށަށް ބަދަލު ކުރަން މުއިއްޒު ކުރައްވަން ޖެހޭނީ އެންމެ ފޯނު ކޯލެއް، އެކަން ނުކުރައްވަނީ ގަސްތުގަ: އަލީ ނިޔާޒް

31 ޑިސެމްބަރު 2025
ހުޅުމާލެ މުނިސިޕަލް ޚިދުމަތް ކައުންސިލް ދަށަށް ބަދަލު ކުރަން މުއިއްޒު ކުރައްވަން ޖެހޭނީ އެންމެ ފޯނު ކޯލެއް، އެކަން ނުކުރައްވަނީ ގަސްތުގަ: އަލީ ނިޔާޒް
18 އޮކްޓޯބަރު 2025

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

18 އޮކްޓޯބަރު 2025
އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް
16 އޮކްޓޯބަރު 2025

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

16 އޮކްޓޯބަރު 2025
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި
15 އޮކްޓޯބަރު 2025

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

15 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް
15 އޮކްޓޯބަރު 2025

ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

15 އޮކްޓޯބަރު 2025
ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު